މުޅި އުންމަތް އެއްބައިވަންތަ ކުރުވި ޙުތުބާއެއް!

2026 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި އެތައް މިލިއަން މުސްލިމުންނެއް އަރަފާތު ބިމަށް ޖަމާވެފައިވަނިކޮށް، ފަޟީލަތުއްޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޒައިފީ ދެއްވި ޚުޠުބާ ބިނާކުރެއްވީ އީމާންކަމާއި، އެއްބައިވަންތަކަމާއި، ﷲ އަށް ފުރިހަމައަށް އިޚްލާޞްތެރިވުމުގެ މައްޗަށެވެ.ޚުޠުބާގައި އެމަނިކުފާނު ހަނދާންކޮށްދެއްވީ، ކޮންމެ މުއުމިނަކުވެސް ﷲ އަށް ކިޔަމަންތެރިވުމާއި، އިޚްލާޞްތެރި އަޅުކަމާއި، ފާފަތަކުން ދުރުހެލިވުމުގެ ޒަރީއާއިން ގިޔާމަތްދުވަހަށް ތައްޔާރުވާންޖެހޭނެ ކަމެވެ. މި މެސެޖުގެ އެންމެ މުހިންމު އަސާސަކީ ތައުޙީދު ނުވަތަ ﷲ އަށް އެކަނި އަޅުކަންކުރުމެވެ. އެއީ އިސްލާމްދީނުގެ […]

އަރަފާތުގައި ތިބުމުގެ އެންމެ ވަގުތުކޮޅެއްވެސް ދިވެހި ހައްޖުވެރިންނަކަށް ނުގެއްލޭ: ވަޒީރު

ހައްޖުގެ އެންމެ މުހިއްމު ރުކުންކަމުގައިވާ އަރަފާތުގައި ތިބުމުގެ އެންމެ ވަގުތުކޮޅެއްވެސް ދިވެހި ހައްޖުވެރިންނަށް ނުގެއްލޭކަމަށާއި، މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިނާގައި ދިވެހި ހައްޖުވެރިން ތިބޭ ފޭލިގެއަށް ކުރެއްވި ޒިޔާރަތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ. ވަޒީރު ވިދާޅުވީ، މީގެ ކުރިން ދިވެހި ހައްޖުވެރިންނަށް އަރަފާތަށް ލަހުން ދެވިފައި އެބަހުރިކަމަށެވެ. އެކިއެކި ސަބަބުތަކާ ގުޅިގެން އެހެން […]

ހައްޖުވެރިން އުފުލުމަށް 62 އެއާ ކެރިއަރގައި 238 މަންޒިލަކުން 3،314 ފްލައިޓް ދަތުރުކުރި

މިއަހަރުގެ ހައްޖުގެ އަޅުކަން ފެށިގެން ކުރިޔަށްދާއިރު ،ހައްޖުވެރިން އުފުލުމަށް 62 އެއާ ކެރިއަރުން 71 ގައުމެއްގެ 238 މަންޒިލަކުން 3،314 ދަތުރު ކޮށްފައިވާ ކަމަށް ހައްޖު ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ސިސްޓަމް ގެ ތަރުޖަމާން ސާލިހް އަލް ޒުވައިދް ހާމަ ކުރައްވައިފިއެވެ. ހައްޖު މީޑިއާ އޮޕަރޭޝަންސް ސެންޓަރ ގައިބޭއްވި ނޫސްވެރިންގެ ކޮންފަރެންސެއްގައި ވާހަކަފފުޅު ދައްކަވަމުން ސާލިހް އަލް ޒުވައިދް ވިދާޅުވީ ހައްޖުވެރިންނަށް މަރުހަބާ ކިއުމުގެ ކަންތައް ކުރިޔަށް ގެންދިޔައީ އެންމެ މަތީ ފެންވަރުގައި ކަމަށެވެ.އެހެން ކަމުން މީހުން […]

ދުނިޔޭގައި މިހާތަނަށް ބެހެއްޓުނު އެންމެ ބޮޑު ފިނިކުރާ ނިޒާމް ހަރަމްފުޅުގައި ބަހައްޓައިފި

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ ކަންތައްތަކުގެ ތެރޭން، ދުނިޔޭގައި މިހާތަނަށް ބެހެއްޓުނު އެންމެ ބޮޑު ފިނިކުރާ ނިޒާމް ސައޫދީ ސަރުކާރުން ހަރަމްފުޅުގައި ބަހައްޓައިފިއެވެ. ގްރޭންޑް މޮސްކް ނުވަތަ މަސްޖިދުލް ހަރާމް އަދި މަސްޖިދުލް ނަބަވީ ބެލެހެއްޓުމާއި ހަވާލުވެފައިވާ ޖެނެރަލް ޕްރެޒިޑެންސީ އިން ބެހެއްޓި ނިޒާމަކީ 155،000ޓަނުގެ ކެޕޭސިޓީގެ ނިޒާމެކެވެ. މަސްޖިދުލް ހަރާމްގެ އެއާކޮންޑިޝަނިންގ ނިޒާމް ހިންގާނީ މައި ދެ ސްޓޭޝަނަކުންނެވެ.އެއީ 120،000ޓަނުގެ ކެޕޭސިޓީގައި ހިންގާ އަލް ޝާމިޔާ ސްޓޭޝަން އަދި 35،000ޓަނުގެ ކެޕޭސިޓީ […]

ހައްޖުވެރިންނަށް ޚާއްސަ ވަގުތީ ހޮސްޕިޓަލެއް އަރަފާތު ބިމުގައި ހުޅުވައިފި

ހައްޖުވެރިންނަށް ޚާއްސަ ވަގުތީ ހޮސްޕިޓަލެއް އަރަފާތު ބިމުގައި ހުޅުވައިފިއެވެ. ހޮނިހިރު ދުވަހު ހޮސްޕިޓަލް ހުޅުވާދެއްވާފައިވަނީ އިންޓީރިއަރ މިނިސްޓަރ އަދި ޗެއާމަން އޮފްދަ ސުޕްރީމް ހައްޖު ކޮމިޓީ ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް އެވެ. އަލަށް ހުޅުވި ފީލްޑް ހޮސްޕިޓަލުގައި ސަތޭކަ އެނދާއެކު ހުރިހާ ޑިޕާޓްމަންޓަކުން ވެސް އެންމެ ފަހުގެ މެޑިކަލް އާލާތް ހިމެނެއެވެ.ހޮސްޕިޓަލްގައި ޚާއްސަ ތަމްރީން ދެވިފައިވާ މެޑިކަލް ސްޓާފުން ގެ އިތުރުން ނަރުހުންނާއި ޓެކްނިކަލް ސްޓާފުން ހައްޖުވެރިންނަށް ކުރިމަތިވާ އިމަޖެންސީ ސިއްހީ މައްސަލަ […]

މައްކާ ރޫޓް ރަސްމީކޮށް ލޯންޗުކުރުން މި މަހުގެ 26ގައި

މައްކާ ރޫޓް ރަސްމީކޮށް ލޯންޗުކުރުން މި މަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ މި ޙަފްލާއަށް ސަޢޫދީ ޢަރަބިއްޔާގެ މަތީފެންވަރުގެ ވަފުދެއް ވަޑައިގަންނަވާނެ ކަމަށެވެ. ޙައްޖުވެރިން ފުރުމުގެ އިންތިޒާމުތަކާއި މައްކާ ރޫޓް ތަންފީޒުކުރުމުގެ ތައްޔާރީތަކަށް، ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީއާއި ޙައްޖު މިނިސްޓްރީއާއި އިމިގްރޭޝަނުގެ މަތީފެންވަރުގެ ޓީމެއްވެސް ވަނީ ރާއްޖެވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހި ޙައްޖުވެރިންނަށް ދޭ […]

ހުއްދަނެތި ހައްޖުވުމަށް މަޑުކުރާ މީހުންނަށް އެހީތެރިވާ ފަރާތްތައްވެސް އެއްލައްކަ ރިޔާލުން ޖޫރިމަނާ ކުރާނެކަން އަންގައިފި

ޞައްހަ ހައްޖުވިސާއެއްނެތި ހައްޖުވުމަށް މަޑުކުރާމީހުންނަށް އެހީތެރިވާ ފަރާތްތައްވެސް އެއްލައްކަ ރިޔާލުން ޖޫރިމަނާކުރާނެ ކަމަށް އެގައުމުގެ އިންޓީރިއަރ މިނިސްޓްރީން ހޯމަ ދުވަހު އިއުލާން ކޮށްފައި ވެއެވެ. މިގޮތުން ރަނގަޅުނޫން ޗެނެލްތަކުން ވިސިޓްވިސާ ހޯދުމަށް އެހީތެރިވާ ފަރާތްތަކާއި އަދި ނުގަވާއިދުން ހައްޖުވުމަށް މަޑުކުރާ މީހުންނަށް ހިޔާވަހިކަންދިނުމާއި އެމީހުންނަށް ދަތުރު ފަތުރުގެ ޚިދުމަތްދޭ ފަރާތްތައް އެއްލައްކަ ރިޔާލާ ހަމަޔަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އެމިނިސްޓްރީން ބުނެފައި ވެއެވެ. މިގަވާއިދަށް އަމަލުކުރަން ފަށާނީ އެޕްރިލްމަހުގެ 29 ވަނަ ދުވަސް ކަމަށްވާ ޛުލްޤައިދާ މަހުގެ […]