2025 ވަނަ އަހަރަކީ ”ބޯހިޔާވަހިކަމުގެ އަހަރަށް“ހައްދަވާނަން:ރައީސް
2025 ވަނަ އަހަރަކީ ”ބޯހިޔާވަހިކަމުގެ އަހަރަށް“ ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މާލެ އަތޮޅު ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.އެގޮތުން ރައީސް ވަނީ މި ފެށުނު 2025 ވަނަ އަހަރު ވެގެންދާނީ މާތް ﷲ ގެ އިރާދަފުޅާއެކު، ގެދޮރުގެ ދަތިކަމުގެ މައްސަލަ ޙައްލު ކުރުމުގައި ޢަމަލީ ގޮތުން އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަސައްކަތް ހިންގާނެ އަހަރަށް ވާނެ ކަމުގެ […]
އާސަންދައިން ބޭސް ލިބުން ދަތިވާނަމަ ފިހާރައިގެ ނަމާއެކު މައްސަލަ ރިޕޯޓު ކުރަން އެދިއްޖެ
އާސަންދައިން ބޭސް ލިބުން ދަތިވާނަމަ ފިހާރައިގެ ނަމާއެކު މައްސަލަ ރިޕޯޓު ކުރަން އާސަންދަން ކުންފުނިން އެދިއްޖެއެވެ. އާސަންދަ އިން ކުރި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އާސަންދައިން، ބޭސް ނަގާއިރު އަމިއްލަ އަތުން ފައިސާ ދައްކަންޖެހޭ ނަމަ ނުވަތަ ބޭހެއް ނުލިބިއްޖެ ނަމަ އެ ޝަކުވާއެއް ހޮޓްލައިން 7951400 އަށް ވައިބާ ކުރަން އެދޭ ކަމަށެވެ. އެގޮތަށް ރިޕޯޓު ކުރާނީ ބޭސް ފިހާރައިގެ ނަމާއެކު ކަމަށާއި ބޭސް ސިޓީ އަދި ބޭހުގެ ރަސީދު ފޮނުވަން ވެސް އާސަންދަ […]
ބުޅަލަށް ދޫނިރޯގާ ޖެހުމުގެ ފުރުސަތު ބޮޑު: ނިއުސްވީކް ރިޕޯޓް
ބުޅަލަށް ބަރޑްފްލޫ ނުވަތަ ދޫނިރޯގާ ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ނިއުސްވީކުން ހަދާފައިވާ ރިޕޯޓެއްގައި ކަމުގެ މާހިރަކު ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ވެޓެނިރަރީ މެޑިކަލް އެސޯސިއޭޝަން(އަވްމާ)ގެ އައު ރައީސް މައިކަލް ބެއިލީ ޔޫއެސްއޭ ޓުޑޭ އަށް ދެއްވި އިންޓަރވިއުއެއްގައި ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. ބުޅަލަކީ އޭގެ ޒާތުގައި ދޫނި،ކުކުޅުހާ މީދާފަދަ އެއްޗެތި ހިފައިގެންކާ ޖަނަވާރެކެވެ. މިބާވަތްތަކަކީ އާންމުކޮން ދޫނިރޯގާގެ ވައިރަސް އުފުލާ ނުވަތަ ވާރުތަކުރާ ބާވަތްތަކެވެ.ހުކުރުދުވަހު އޫއެސްއޭ ޓުޑޭއިން ނެރުނު ބަޔާނަކާ ހަވާލާދީ ބުނެފައިވަނީ ބުޅާ […]
އޯގާތެރިކަމާއެކު ވެލާ ހިނިތުންވުމެއްވެސް ގެއްލި ނުދާނެއެވެ.
ގަނޑުކުރި މަސް ވިއްކާ ފެކްޓަރީއެއްގައި މަސައްކަތް ކުރާ މީހަކު އުޅުނެވެ.އޭނާއަކީ ފެކްޓަރީގެ އެންމެނާވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ.ކޮންމެ މީހަކާދިމާލަށްވެސް ހިނިތުންވެލާ ވާހަކަދައްކާލާ ހެދުމަކީ އޭނާ އާންމުކޮން ކޮށް އުޅޭ ކަމެކެވެ. ފެކްޓަރީގައި މައިގަނޑު ގޮތެއްގައި އޭނާ ކުރަންޖެހޭ މަސައްކަތަކީ މަސް ގަނޑުކުރުމަށް ގެންގުޅޭ ބޮޑެތި ފްރީޒަރުތައް ފުރިހަމަޔަށް މަސައްކަތް ކުރޭތޯ ބަލާ އަދި މަސް ހުރީ ބަހައްޓަން ޖެހޭ ފިނިމިނުގައިތޯ ބަލާ ޗެކް ކުރުމެވެ. މީގެ އިތުރުން މަހުގެ ސްޓޮކް ހުރި މިންވަރު ބަލާ،މަދުވާ ބާވަތްތައް […]
ޗައިނާ އިން އަނެއްކާވެސް ޕެންޑަމިކްއެއް ފެށެނީތަ ؟
ޗައިނާއިން ފެނި،މުޅިދުނިޔެއަށް ފެތުރިގެންދިޔަ ކޮވިޑް 19 ޕެންޑަމިކް އަށް ފަސްއަހަރު ފުރުނުތަނާ އަނެއްކާވެސް ޗައިނާގައި ޕެންޑަމިކް ލެވެލްގެ ރޯގާއެއް ބާރަށް ފެތުރެމުންދާކަމަށް ހަބަރު ލިބިއްޖެއެވެ. ”އެޗްއެމްޕީވީ ވައިރަސް“ގެ ނަމުން ނަންދީފައިވާ ޕެންޑަމިކް ޖެހިގެން ގިނައަދަދެއްގެ ބަޔަކު ހޮސްޕިޓަލްތަކަށް ގޮސްގެންއުޅޭ މަންޒަރުފެންނަ ވީޑިއޯތައް ސޯސަލްމީޑިޔާގައި ދަނީ އާންމުވަމުންނެވެ.ބަލީގެ ދިގުނަމަކީ ”ހިއުމަން މެޓަނިއުމޯވައިރަސް“ ކަމަށްވެއެވެ.ބަލިފެތުރޭލެއް ހަލުއި ކަމުން މުޅި ޗައިނާގައި މިވަގުތު ވަނީ ހާސްކަމާ ކަންބޮޑުވުން ފެތުރިފައި ކަމަށް ވެއެވެ.މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފެންނަނީ މައިކްރޯ ޕްލަސްމާ،ނިއުމޯނިއާ އަދި […]
އެމްއެންޑީއެފުން މާލޭގެ މަގުމަތިން 30,569 ޓަނުގެ ފެން ހިންދައިފި
ރާއްޖެއަށް މިހާރު ކުރަމުން އަންނަ މޫސުމީ ވިއްސާރައިގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން މާލޭގޭ މަގުމަތިން 30.569 ޓަނުގެ ފެން ހިންދައިފިއެވެ. އެމްއެންޑީއެފުން މިއަދު ބުނީ މާލޭ ސިޓީގެ މަގުތަކުން ފެން ހިންދުމަށް އިއްޔެ 11:37 ހާއިރުން ފެށިގެން ކުރަމުން ދިޔަ މަސައްކަތުން މިއަދު 08:30 ހާއިރު ވަނީ މަގުތައް އާންމު ހާލަތަށް ގެނެވިފައި ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި 30،569 ޓަނުގެ ފެން ހިންދާފައިވާކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. މާލޭގެ މަގުތަކުގައި ފެން ބޮޑުވެގެން، […]
ރެކޯޑު މިންވަރަކަށް ވާރޭ ވެހި މާލެއާއި ރަށްތަކުގައި ފެންބޮޑުވެއްޖެ!
ރެކޯޑު މިންވަރަކަށް ވާރޭ ވެހި މާލެއާއި ރަށްތަކުގައި ފެންބޮޑުވެއްޖެއެވެ. އެގޮތުން މިހާރު ރާއްޖެއަށް ކުރަމުން އަންނަ މޫސުމީ ވިއްސާރައިގައި މިއަދު ހެނދުނުން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރޭގައި މާލޭގައި ފެންބޮޑުވެ ގެތަކާއި ފިހާރަތަކަށް ފެން ވަނުމުން ފުލުހުންނާއި ސިފައިން އަންނަނީ މާލޭގައި ފެންހިންދުމުގެ މަސައްކަތް ކުރަމުން އާންމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ގޭގެއަށާއި ފިހާރަތަކަށް ފެން ވަނުމުން ރައްކާތެރިކުރުމަށް ވެލިބަސްތާ ޖެހުމާއި ފެން ވަދެފައިވާ ގޭބިސީތަކުން ފެން […]
އިންޑިއާގެ ”ނެއިބަހުޑް ފަސްޓް“ ސިޔާސަތުގެ އެންމެ ސާފު މިސާލަކީ ރާއްޖެ: ޖައިޝަންކަރު
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިއަދު ވިދާޅުވީ، ރާއްޖެއަކީ އިންޑިއާ އިން އަވައްޓެރި ގައުމުތަކަށް އިސްކަން ދިނުމަށް ގެންގުޅޭ ”ނެއިބަހުޑް ފަސްޓް“ ސިޔާސަތުގެ އެންމެ ސާފު މިސާލު ކަމަށެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާ އެކު ބޭއްވި ރަސްމީ މަޝްވަރާތަކުގައި، ޖައިޝަންކަރު ވަނީ ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ މާލީ އަދި އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވާފައެވެ. މީގެ ތެރޭގައި ހިމެނެނީ:400މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއްސްޓޭޓް ބޭންކް […]
ކުރީގެ ތެލުގެ ޓައިކޫން އޯ.ކޭ. ލިމް އަދި އޭނާގެ ދަރިން ބަނގުރޫޓުވެއްޖެ
މިހާރު ބަންދުކޮށްފައިވާ ތެލުގެ ވިޔަފާރީގެ ބޮޑު ކުންފުނި ހިން ލިއޯންގް ގެ ބާނީ، ލިމް އޫން ކުއިން ނުވަތަ އޯ.ކޭ. ލިމް އަދި އޭނާގެ ދެ ދަރިން ދިގު މުއްދަތެއްގެ ޤާނޫނީ މައްސަލައަކަށްފަހު ބަނގުރޫޓުވެއްޖެއެވެ. އެގޮތުން ޑިސެމްބަރ 27 ގައި ޝާއިޢުކުރެވުނު އެ ގައުމުގެ އިލެކްޓްރޯނިކް ސަރުކާރުގެ ގެޒެޓުން ހާމަވިގޮތުގައި ބަނގުރޫޓުވިކަމުގެ އަމުރު ނެރެފައިވަނީ ޑިސެމްބަރ 19 ގައެވެ. 82 އަހަރުގެ ކުރީގެ ތެޔޮ ޓައިކޫން އޭނާގެ ދަރިފުޅު ލިމް ހުއެއި ޗިންގ (57)، އަދި ދަރިފުޅު […]
ކަނޑު އަޑީގެ ޓަނަލް އަޅަނީ ހަމައެކަނި ޓްރާންސްޕޯޓް ބޭނުމަށްތަ؟
ދުނިޔޭގައި ފާހަގަކޮށްލެވޭ ގިނަ އަދަދެއްގެ ކަނޑުއަޑީގެ ޓަނަލްތައް މިހާރުވެސް ހުރިއިރު މިހާތަނަށް އެޅޭ އެންމެ ދިގު ޓަނަލް ޤަތަރުން އީރާނަށް އަޅަން އެދެގައުމުން ކަނޑައަޅައިފިއެވެ.އީރާނުގެ އޮފިޝަލަކު ހާމަ ކޮށްފައިވާ ގޮތުގައި މިކަމާބެހޭ ޕްރެލިމިނަރީ ސްޓަޑީތައް ހެދުމުގައި ހަރަކާތްތެރިވާނެ އީރާންގެ އެކްސްޕާޓުންގެ ގްރޫޕެއް މިހާރު ވަނީ އެކަށައަޅާފައެވެ. އަދި ކަމާބެހޭ ރަސްމީ ވާހަކަތައް ވަރަށް އަވަހަށް ދޯހާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އީރާނާއި ޤަތަރު ގުޅުވާލުމަށް ޕާޝިއަން ގަލްފް ހުރަސްކޮށް އަޅާ ޓަނަލްގެ ދިގުމިނުގައި 190 ކިލޯމީޓަރު ހުންނާނެއެވެ.މިއީ […]