އީރާނަށް އައިފޯނު އެތެރެކުރުން ހުއްދަކޮށްފި

އެމެރިކާގެ ލަގްޒަރީ ވިޔާފާރިއަށް އީރާނުގައި ފުރުސަތު ނުލިބޭނެ ކަމަށް އަންގަވައި 2020 ވަނައަހަރުން ފެށިގެން އީރާނަށް އައިފޯނު އެތެރެކުރުން މަނާކޮށްފައިއޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ. އެހެންނަމަވެސް ފާއިތުވެގެން މިދާ ދުވަސްތަކުގައި ވެސް ސެމްސަންގް މޮޓޮރޯލާ ނޯކިއާ ފަދަ ބްރޭންޑްތައް އީރާނަށް އެތެރެ ކުރުން އޮތީ ހުޅުވާލާފައެވެ. އަދި އެ ބްރޭންޑްތަކުގެ މޮބައިލް ފޯނު ބޭނުންވަރަކަށް ގަނެ ވިއްކުމަކީ ހުއްދަ ކަމެކެވެ. އެސޯޝިއޭޓެޑް ޕްރެސް ތެހެރާނުން މިއަދު ހަވީރު ދީފައިވާ ޚަބަރުގައި ބުނެފައިވަނީ އެމެރިކާގެ އެޕަލް ކުންފުނީގެ އެންމެ […]

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން އެ ބޭންކުގެ ޚިދުމަތުން ވަކިވެ ވަޑައިގަންނަވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އެ ބޭންކުގެ ޚިދުމަތުން ވަކިވެ ވަޑައިގަންނަވަން ނިންމަވައިފިއެވެ. މިކަން ހާމަކޮށް ބީއެމްއެލްގެ މުވައްޒަފުންނަށް މިއަދު ފޮނުއްވި އީމެއިލެއްގައި އޭނާ ވިދާޅުވީ ބީއެމްއެލްގެ ޒިންމާތަކުން ފެންނާނެ އެންމެ ފަހު ދުވަހަކީ އަންނަ ނޮވެމްބަރު 7 ކަމަށެވެ. އައިޝަތު ވިދާޅުވީ ބީއެމްއެލްގައި ހޭދަކުރެއްވި މުއްދަތުގައި ކުރިއެރުންތައް ލިބި އަދި ގޮންޖެހުންތަކާ ވެސް ކުރިމަތިލެއްވި ކަމަށެވެ. މީގެ އިތުރުން ބީއެމްއެލްގެ އާ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު އެ […]

ހާދަ ޚަބަރެއް ނުވެޔޭ….، ކީހާ ޅެން ފަރިއްސަށްވީތަ!

އަޅުގަނޑުމެންގެ މި ލިއުމަކީ ފާޑު ކިއުމުގެ ލިއުމެކެވެ. ހިތް ހަމަނުޖެހިގެން ބޭރުކޮށްލާ ޝުއޫރުތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ، ސަރުކާރުގެ އެއްވެސް ވަޒީފާއަކަށް އައްޔަންކުރައްވާ ބޭފުޅަކު، ތިމަންނައަށް އެ ދެއްވީ ހުރިހާ ގައުމެއްގެ ވިސާ ޖައްސަވާފައި އޮތް ޕާސްޕޯޓެކޭ ހީކޮށްގެން ނުވާނެއެވެ. ދައުލަތުގެ ފައިސާއަކީ ހުރިހާ ރައްޔިތުންގެ ހިއްސާ އެއްވަރަކަށް އޭގައި އެކުލެވިފައިވާ އެއްޗެކެވެ. ސަރުކާރުގެ ވަޒީފާއެއް ލިބުމަކުން ތިމާއަށް ނޭނގޭ ކަންތަކުގެ ތެރެއަށް ވަދެ އެ ފައިސާ އިސްރާފުކުރުމަށް ދިވެހި އެއްވެސް ރައްޔިތަކު ނޭދޭނެއެވެ. އަމުދުން ގައުމުގެ ދަރަނި އިންތިހާއަށް […]

ވަށަފަރު ޕޮލިސް ޕޯސްޓު ހުޅުވައިފި

ހއ. ވަށަފަރު ޕޮލިސް ޕޯސްޓު ހުޅުވައިފިއެވެ. އިއްޔެ ވަށަފަރުގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޢަލީ ޝުޖާއު އާއި ވަށަފަރު ކައުންސިލު ރައީސް އަޙްމަދު މުޢީންއެވެ. ިމި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ ވިދާޅުވީ ”ފުލުހުން ތިބުމުން އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް މި ރަށުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދާކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން. މިއަދު ވަށަފަރު ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފެށިގެން ދިއުމަކީ ރަށުގެ ރައްޔިތުންނަށް ލިބޭނެ […]

އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، 2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ޚަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 51 ބިލިއަން ރުފިޔާގައެވެ. އެއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ޒަމީރު ވިދާޅުވި ގޮތުގައި […]

ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑޮކްޓަރީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވައިފި

ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑޮކްޓަރީ ރޮނގުން ފުރަތަމަ ޑިގްރީ ފުރިހަމަކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވައިފިއެވެ. އެ ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވާފައި ވަނީ ދަރުބާރުގޭގައި މިއަދު ހެނދުނު ކުރިއަށް ދިޔަ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއެވެ. އެގޮތުން 311 ދަސްވެނިންނަށް ސަނަދު ހަވާލުކުރެވުނު މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންއިން، ފަސްޓް ޑިގްރީ އިން ޑޮކްޓަރ އޮފް މެޑިސިން ފުރިހަމަ […]

ދިވެއްސަކަށްވީތީ ޤައުމަށް ކޮށްދޭންޖެހޭ ކަންކަމަކީ ލޯމަރާލެވެން އޮތް ކަމެއް ނޫން:ރައީސް

ދިވެއްސަކަށްވީތީ ޤައުމަށް ކޮށްދޭންޖެހޭ ކަން ކަމަކީ ލޯމަރާލެވެން އޮތް ކަމެއް ނޫންކަމީ، ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން އިލްތިމާސްކުރެއްވީ، ދަރުބާރުގޭގައި މިއަދު ހެނދުނު ކުރިއަށް ދިޔަ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ޢަޒުމަކަށް ވާންވީ، ގޮންޖެހުންތައް އިތުރުވިކަމުގައިވިޔަސް އަމިއްލަ ނަފުސަށް އިތުބާރުކޮށް، ޕޮޒިޓިވް ވިސްނުމެއްގައި، ތިމާއަކީވެސް ކަންކަން ކުރެވޭނެ މީހެއް ކަމަށް ޤަބޫލުކޮށްގެން މަސައްކަތުގެ ނަތީޖާ […]

ކަމަލާ ހެރިސް އަށް ދެން ޓްރަމްޕް ބަލި ކުރެވޭވީ ”ތޮފިން މުސަޅެއް ނެރެގެން“

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުން އަންނަ އިރު ވާދަ ކުރައްވާ ދެކެންޑިޑޭޓުން ކަމަށްވާ ކަމަލާ ހެރިސް އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުންގެ ފިކުރު އެނބުރެމުން ދާކަމަށްވެއެވެ. ޑިމޮކްރެޓިކް ޕާޓީން ފުރަތަމަ ވާދަކުރެއްވި މިހާރުގެ ރައީސް ޖޯބައިޑަންގެ ބަދަލުގައި އެޕާޓީން، މިހާރުގެ ނައިބް ރައީސް ކަމަލާ ހެރިސް ނިކުމެވަޑައިގެންނެވިއިރު ހެރިސްގެ މަގްބޫލުކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. ޓްރަމްޕްގެ މައްޗަށް ބޮޑުތަނުން ކުރިހޯއްދަވާނެކަމަށް އޭރުގެ ޕޯލްތަކުން އައީ ދައްކަމުންނެވެ. ނަމަވެސް ފަހުގެ ޕޯލްތައް […]

ޙައްޖާއި ޢުމްރާގެ ޚިދުމަތް ދޭންވާނީ ވިޔަފާރިއަށް ވުރެ ބޮޑަށް ޘަވާބު އިސްކޮށްގެން:ނައިބު ރައީސް

ޙައްޖާއި ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތަކުން އެ ޚިދުމަތް ދެއްވަންވާނީ ވިޔަފާރިއަށް ވުރެ ބޮޑަށް އެކަމުން ލިބޭ ދަރުމަ އާއި ޘަވާބު އިސްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފުރަތަމަ ޙައްޖު، ޢުމްރާ ކޮންފަރަންސް އިފްތިތާޙުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ކޮންފަރަންސްގެ އިފްތިތާޙީ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ މިއަދު ދިވެހިރާއްޖޭގައި މި ފަދަ ކޮންފަރަންސެއް ބޭއްވޭކަމީ، މި މަސައްކަތް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވާ […]

ނަޖިސް ހޮޅިއެއްފެޅި ދިހަ ބުރީގެ ހައުސިންގ ޓަވަރަކަށް ވުރެމައްޗަށް ނަޖިސް އަރައިފި

މޮސްކޯގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ނަޖިސްހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ދިހަ ބުރީގެ ހައުސިންގ ޓަވަރަކަށް ވުރެމައްޗަށް ނަޖިހާއެކު ނަޖިސްފެން އަރައިފިއެވެ. މިކަން ހިނގިމަންޒަރުގެ ވީޑިއޯތައް މިއަދުވަނީ ސޯޝަލް މީޑިޔާގައި ވައިރަލްވެގެން ގޮސްފައެވެ. ހޮޑުލަވައިގަންނަ ފަދަ މިވީޑިއޯ އިން ފެން ގޮތުގައި މައްޗަށް އެރި ނަޖިސް ފައިބާފައިވަނީ ކައިރީގައި ޕާކް ކޮށްފައިވާ ކާރު ތަކުގެ މައްޗަށާ އަދި އެހެން ތިރި އިމާރާތްތަކާ އެހިސާބުގައި އުޅުނު އާންމުންގެ ގަޔަށެވެ.     ބައެއް ޗެނެލަތަކުން ޚަބަރު ދީފައިވާ ގޮތުގައި މިކަން ހިނގަން […]