ހަލަބޮލި މާލޭ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓްތައް މަދު ކުރެވޭނީ ކިހިނެތް؟

ރާއްޖޭގެ ވެރިރަށް މާލޭ ސިޓީއަކީ ގިނަ ޚިދުމަތްތައް ލިބެންހުރުމާއެކު ދިވެހިންގެ އާބާދީގެ އެންމެ ގިނަ އިންސައްތަ ބަޔަކު ދިރިއުޅޭ ސިޓީއެވެ. އެހެންކަމުން އާބާދީގެ ގިނަ ބަޔަކު ދިރިއުޅޭ ދުނިޔޭގެ އެހެނިހެން ސިޓީތަކެކޭ އެއްފަދައިން މާލެ ސިޓީގައި އެއްގަމު އުޅަނދުތަކާއި ހިނގާ މީހުންގެ މެދުގައި އެކްސިޑެންޓްތަކުގެ ނުރައްކާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މާލޭ ސިޓީގެ ގިނަ މަގުތަކަކީ ހަނި މަގުތަކެއް ކަމުން ތޮއްޖެހުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވެއެވެ. މިކަމުގެ ސަބަބުން މަގުތައް ބޭނުންކުރާ ފަރާތްތަކުގެ […]

ޖުލައިމަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި އިކްރާމްގެ ބަންދަށް 30 ދުވަސް

މިދިޔަ ޖުލައިމަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސްޕޯޓްސް ކާރު ދުއްވި މީހާ 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓްތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގީ ޖުލައި 31 ވަނަ ދުވަހުއެވެ. މި އެކްސިޑެންޑުވިއިރު ކާރު ދުއްވި މ.ލޭންޑްއޮފްގާރޑްން، އިކްރާމް އިބްރާހިމް […]

އެއްގަމު މަސް އަޅާފައިފާ ކާއެއްޗެއް ގެންދިއުމުން ސްކޫލުން ވަކިކޮށްފި

އިންޑިޔާގެ އުއްތަރް ޕްރަދޭޝްގެ އަމްރޯހާގެ ޕްރައިވެޓް ސްކޫލެއްގައި ގްރޭޑް 3ގައި ކިޔަވަމުންދާ ކުއްޖެއްގެ ލަންޗްބޮކްސް ގައި އެއްގަމު މަސް އަޅާފައިފާ ކާއެއްޗެއް ގެންދިއުމުން ކުއްޖާ ސްކޫލުން ވަކިކޮށްފިއެވެ. މި މައްސަލައިގައި ޕްރިންސިޕަލް އާއި ކުއްޖާގެ މަންމަ އާއި ދެމެދު ބަދަލު ކުރެވުނު ބަހުގެ ހޫނު ހަމަލާތަކެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި މިހާރު ވަނީ ވައިރަލް ވެފައެވެ. ކުއްޖާ އަތަށް ދީފަ މިގޮތަށް އެއްގަމު މަސް ބޭނުންކޮށްގެން ހަދާފައިވާ ކެއުން ފޮނުވުމުގެ ބޭނުމަކީ ކްލާހުގެ ހުރިހާ ކުދިން […]

ހިޒްބުﷲއިން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަކަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއްދީފި

ހިޒްބުﷲ އިން ޑްރޯން މެދުވެރިކޮށް ފޮނުވި ހަމަލާތަކެއްގައި، އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ރޮކެޓު ހަމަލާތަކެއް ދީފިއެވެ. ހިޒްބުالله އިން ނެރުނު ކުރު ބަޔާނެއްގައި ބުނީ ބުރާސްފަތި ދުވަހުގެ ހަވީރު ރަމޯޓް ނަފްތާލީ ކޮށީގައި ކަމިކާޒޭ ޑްރޯންތަކާއި ބީއެމް-21 ގްރޭޑް ރޮކެޓްތަކެއްގެ ސްކޮޑްރަންއެއް ފޮނުވާލައި، އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. ބެއިތު ހިއްލެލް ކޮށީގައި ހުންނަ އަލް ސާލް ބެޓޭލިއަންގެ ކޮމާންޑް ހެޑްކުއާޓަރާއި، ޔާރާ ކޮށީގެ ދެކުނުގައި ހުންނަ ހުޅަނގު ބްރިގޭޑް 300ގެ އަލަށް […]

މަރުވުމުގެ ކުރިން ތައުބާ ނުވާނަމަ ނުފުއްސަވާނެ ހަމައެކަނި ފާފައަކީ ޝަރީކުކުރުން: ޚުޠުބާ

މަރުވުމުގެ ކުރިން ތައުބާ ނުވާނަމަ ނުފުއްސަވާނެ ކަމަށް އަންގަވާފައިވާ ހަމައެކަނި ފާފައަކީ އެކަލާނގެއަށް ޝަރީކުކުރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ޚުޠުބާގައި ބުނެފައިވަނީ މާތް ރަސްކަލާނގެ ހައްދަވާފައިވާ މަޚުލޫގުންކުރެ އިންސާނުން ކުރާ އެންމެ ބޮޑު ފާފައަކީ އެ އިންސާނާ ހައްދަވައި ބޮޑުކުރައްވައި އޭނާއަށް ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވި މާތް ރަސްކަލާނގެއަށް ޝަރީކުކުރުން ނުވަތަ އެކަލާނގެއާއި އެކަލާނގެ މަޚުލޫގުން ހަމަހަމަކުރުން ކަމަށާއި ނުވަތަ އަޅުުކަމުގައި ބައިވެރިކުރުން ކަމަށެވެ. މާތް ރަސްކަލާނގެ އިންސާނުންގެ ގާތަށް ފޮނުއްވި އެންމެހައި […]

ކާމިޔާބު ފިރިންގެ ފަހަތުގަ ތިބޭ އަނބިން

ކޮންމެވެސް ރަށެއްގައިވާ ހައިވާނު ބަގީޗާއެކެވެ. މިތަނުގައި ވަރަށް ގިނަ ތަފާތު ޖަނަވާރު ތައް ވެއެވެ. އެހެން ކަމުން މިތަނަކީ ގިނަބަޔަކު ޒިޔާރަތް ކުރާ އަދި އާންމުންގެ މެދުގައި މަގްބޫލް ތަނަކަށް ވަނީ ވެފައެވެ. މިތަނުގެ މެދުގައި ވަރަށް ބޮޑު ފުން ކޯރެއްވެއެވެ. އަދި ކޯރުގައި ވަރަށް ގިނަ ކިނބޫ އުޅެއެވެ.އެކި ވަރުގެ އެކި އުމުރުގެ ކިނބޫ ތަކުން މިކޯރު ވަނީ ގާތްގަނޑަކަށް ފުރިފައެވެ. ކޯރުގެ މެދުގައި ކުޅިބަލާގެއެއް ތައްޔާރު ކޮށްފައި ވެއެވެ. އެއީ އެތަނަށް ޒިޔާރަތް ކުރާ […]

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ. މި އެކްސިޑެންޓް ހިނގީ ހުޅުމާލޭގައި ބާރު ސްޕީޑްގައިި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހިގެންނެވެ. ރޭ މެންދަމު ހިނގި މި އެކްސިޑެންޓާ ގުޅިގެން ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވަން އިން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށެވެ. ފުލުހުން ހާމަކުރި ގޮތުގައި ނިޔާވެފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ މި އެކްސިޑެންޓްގައި ހިމެނޭ […]

ރަޝިޔާގެ ބާރުގަދަ ހަމަލާތަކުގައި ކީވް އާއި އެހެން ސަރަހައްދުތައް ގުޑުވާލައިފި

ކީވުން ރޮއިޓާރސް ދީފައިވާ ޚަބަރުތަކުގައި ރަޝިޔާއިން އޮއްސައިލި ގިނަ އަދަދެއްގެ މިސައިލް ހަމަލާގައި ކީވް އާއި ކައިޜިގެ އެހެން ސަރަހައްދުތައް ގުޑުވާލައިފިއެވެ. އެ ހަމަލާތަކުގައި ގެތަކާއި އެހެނިހެން އިމާރާތްތައް ހަލާކުވެގެން ދިޔަ ކަމަށް އޮފިޝަލުން ރޮއިޓާރސްއަށް ކިޔާދީފައި ވެއެވެ. ގޮވުންތަކުގެ ބާރުގަދަ އަޑަށާއި އަދި ޔޫކްރެއިންގެ އެއަރޑިފެންސުން އެ މިސައިލްތަކަށް ފޮނުވި ރައްދު ހަމަލާގެ އަޑުފަށްގަނޑަށް ކީވްގައި ދިރިއުޅޭ ރައްޔިތުން ނިދިން ހޭލައްވާލީ ބިރުވެރި ކަމެއްގެ ތެރެއަށެވެ. ރަޝިޔާގެ ހަމަލާގައި ދުއިސައްތަ ވަރަކަށް މިސައިލް ބޭނުންކޮށްފައިވެއެވެ. އެ […]

އެމްއެންޑީއެފްގެ ޤައުމީ ލަވަ އަލްބަމް ”ދިވެހީން“ ނެރެފި

ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކު ނެރެމުންދާ ”ޤައުމީ ލަވަ އަލްބަމް“  މިއަދު ނެރެފިއެވެ. މި އަހަރުގެ މި އަލްބަމުގައި ޖުމްލަ 6 ލަވަ ހިމެނޭނެއެވެ. މި އަހަރުގެ ޤައުމީ ލަވަ އަލްބަމް ޚާއްޞަ ކޮށްފައި ވަނީ ”ދިވެހީން“ މި ތީމަށެވެ.   މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައި ވަނީ ރާއްޖޭގެ ފުންނާބު އުސް ޒުވާން ލަވަކިޔުންތެރިންނެވެ. އެމްއެންޑީއެފުން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިފަހަރުގެ އަލްބަމްގައި ވެސް ޤައުމީ ރޫޙާއި […]

ސަޢޫދީގެ އަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އަވަހާރަވުމާއި ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލެއްކަމަށްވާ، އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސުޢޫދު އަވަހާރަވުމާއި ގުޅިގެން މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، އެ މަނިކުފާނު ވަނީ އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސުޢޫދުގެ ހެޔޮ ހަނދާންތަކުން، މި އުނދަގޫ ދަނޑިވަޅުގައި ޢާއިލީ ހިތާމަތަކަށް ކޮންމެވެސްވަރެއްގެ […]