ޚާއްސަ ރަސްމިއްޔާތަކާއެކު ރާއްޖޭގައި ޕާކިސްތާނުގެ މިނިވަންދުވަސް ފާހަގަކޮށްފި

‎ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުގައި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތަކާއެކު ފާހަގަކޮށްފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 8:15 ގައި ޕާކިސްތާން އެމްބަސީގައެވެ. މި ރަސްމިއްޔާތު ފެށުނީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. އެގޮތުން މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ޕާކިސްތާނު ރައްޔިތުންނާއި ދިވެހި ރައްޔިތުން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިދަ ނަގާފައި ވާއިރު ސަޤާފީ ހެދުމުގައި  ރާއްޖޭގައި  ދިރިއުޅޭ ޕާކިސްތާނުގެ ކުޑަކުދިން ޤައުމީ ލަވަތައް ކިޔައި، […]

އެއްމާބަނޑު ދެބެންގެ އުފަން ސެޓްފިކެޓް ހަދަން ގޮސްހުއްޓާ ދެކުދިން ޝަހީދު ކޮށްލައިފި

ޣައްޒާ އަށް އިސްރާއިލުން ދިން އިތުރު ވައިގެ ހަމަލާއެއްގައި މަރުވި މީހުންގެތެރޭގައި އަލަށް އުފަންވެފައިވާ އެއްމާބަނޑު ދެބެން ހިމެނިއްޖެ އެވެ.އިސްރާއިލް އަސްކަރިއްޔާގެ އެންމެ ފަހުގެ ހަމަލާ ދިންއިރު ދެކުދިންގެ ބައްޕަ ހުރީ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ލޯކަލް ގަވަންމަންޓް އޮފީހަށް ގޮހެވެ. އުމުރުން އެންމެ ހަތަރު ދުވަސް ވެފައިވާ އައްސަރު ގެ ނަމުން ނަންދީފައިވާ ފިރިހެން ކުއްޖަކާ އައިސެލް ގެ ނަމުން ނަންދީފައިވާ އަންހެން ކުއްޖާ އާއި އެކު އޭނާގެ މަންމައާއި މާމަވެސް ވަނީ މިހަމަލާގައި […]

ޤައުމެއް ކުރިއަރައި ދިއުމުގައި ޒުވާނުންގެ ހިއްސާ

ޤައުމެއްގެ ތަރައްޤީއާއި މުސްތަޤްބަލުގައި ޒުވާނުން އަދާކުރަނީ ވަރަށް މުހިންމު ދައުރެކެވެ. ދިވެހިރާއްޖޭގައި، 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 15 އަހަރާއި 24 އަހަރާ ދެމެދުގެ 53,537 ޒުވާނުން ތިބިކަމަށް ދައްކައެވެ. މިއީ އާބާދީގެ ބޮޑު ބައެކެވެ. މި ޒުވާނުންނަކީ މުސްތަޤްބަލުގެ ލީޑަރުންނާއި، މަސައްކަތްތެރިންނާއި، އިޤްތިޞާދަށް ޙިއްޞާކުރާނެ ފަރާތްތަކެވެ. އަދި މީގެ އިތުރުން، މި ޒުވާނުންގެ ޢަމަލުތަކާއި ނިންމުންތަކަށް ބިނާކޮށް ޤައުމުގެ އިޖްތިމާޢީ، ޘަޤާފީ އަދި އިޤްތިޞާދީ ވެށި ބައްޓަންކުރެވިގެންދާނެއެވެ. އިޤްތިޞާދީ ޙިއްޞާ: ޒުވާނުންނަކީ އިޤްތިޞާދީ […]

ދިވެހިރާއްޖެ: ފެންބޮޑުވުމާ ކުރިމަތިލުން

ވާރޭވެހި ފެން ބޮޑު ވުމަކީ އެތަކެއް ޒަމާނެއްވަންދެން ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ވާރޭވެހި އަދި  ވައިގަދަ މޫސުމުގެ ސަބަބުން ވެރިރަށް މާލޭގައި އާންމުކޮށް ފެންބޮޑުވެއެވެ. މި ތާއަބަދަށް ދެމިގެންދާ މައްސަލައިގެ ސަބަބުން، އާއްމު ރައްޔިތުންގެ މުދަލަށް ގެއްލުންވުމުގެ އިތުރުން ދިރިއުޅުމާއި ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއެޅެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި މިހާރުން މިހާރަށް ގޮތެއް ހޯދުމަށް މި ވަނީ މަޖުބޫރުވެފައެވެ. ވަރުގަދަ ފެން ހިންދާ ނިޒާމެއްގެ ބޭނުން މައިގަނޑު އެއް ހައްލަކީ ވަރުގަދަ އަދި ހަރުދަނާ ފެން […]

އިސްރާއިލްގެ ކެބިނެޓްގައި އެތެރޭގެ ”ހަނގުރާމަ“ އެއް؟

ހަމާސްއާ ދެކޮޅަށް އިސްރާއިލުން ކުރިޔަށްގެންދާ ހަމަލާތަކުގައި ”ޓޯޓަލް ވިކްޓަރީ“ ނުވަތަ ފުރިހަމަ ނަސްރު ހޯދުމަށް ބޮޑުވަޒީރު ނަތަންޔާހޫ ގެންގުޅުއްވާ އަމާޒަކީ ”ޖިބަރިޝް“ ނުވަތަ ތާކުންތާކު ނުޖެހޭ ކަމެއްކަމުގައި ޑިފެންސް މިނިސްޓަރ ޔޮއާވް ގަލަންޓް ވިދާޅުވެއްޖެއެވެ.މިއާއެކު ބޮޑުވަޒީރުގެ އޮފީހުން ވަނީ ކުއްލިރައްދެއްވެސް ދީފައެވެ. ގަލަންޓް ވިދާޅުވި އެއްޗަކަށް ރައްދު ދެއްވަމުން ނަތަންޔާހޫ ވަނީ ގަލަންޓް ގެންގުޅުއްވަނީ އިސްރާއިލަށް ފައިދާހުރި ގޮތެއްނޫން ކަމަށާ މިކަމުގެ ސަބަބުން ސިފައިންގެ މަސައްކަތަށާ ހޮސްޓެޖުން ސަލާމަތްކުރުމާބެހޭ ވާހަކަތަކަށް އަސަރު ކުރާކަމަށް ވިދާޅުވެފައެވެ. ”ގަލަންޓް އެންޓި […]

ވިއްސާރައާއި ގުޅިގެން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅުއްވައިފި

މިހާރު ރާއްޖެއަށް ކުރަމުން އަންނަ މޫސުމީ ވިއްސާރައާއި ގުޅިގެން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. މިކަންހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން، މާދަމާ (14 އޮގަސްޓް ވާ ބުދަދުވަހަކީ) ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ޑރ މުޢިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެގޮތުން މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ […]

ފަލަސްތީނަށް ދެމެހެއްޓެނިވި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޕޫޓިން ދެއްވައިފި

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން، އެ ޤައުމުގައި ބޭއްވުނު ބައްދަލުވުމެއްގައި ފަލަސްތީނުގެ ރައީސް މަހްމޫދު އަބްބާސްއަށް ރަޝިޔާއިން ފަލަސްތީނަށް ދެމެހެއްޓެނިވި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ. 2021 ވަނަ އަހަރުން ފެށިގެން ފުރަތަމަ ފަހަރަށް ބޭއްވުނު މި ބައްދަލުވުމުން ފާހަގަކޮށްދެނީ މެދުއިރުމަތީގައި ހިނގަމުންދާ އަރައިރުންތަކުގެ ތެރޭގައިވެސް މި ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުމެވެ. ޕުޓިން ވަރަށް ހޫނު މަރުހަބާއަކާއެކު އަބްބާސް ބަލައިގަތެވެ. އަދި ފަލަސްތީނަށް ރަޝިޔާގެ އިލްތިޒާމް އޮތްކަން ފާހަގަކުރެއްވިއެވެ. ޓާސް ނިއުސް އެޖެންސީގެ ރިޕޯޓުގައިވާ […]

އަހަރުމެންނަށް ކުރެވޭނެ ކަންތަކާ ނުކުރެވޭނެ ކަންތައް ކަނޑައަޅަނީ އަހަރުމެންގެ ސިކުނޑިއެވެ.

އެއްދުވަހަކު މީހަކު އެތް ގެންގުޅޭ ކޭމްޕަކަށް ދިޔައެވެ. އެތަނުން އޭނާއަށް ފެނުނު މަންޒަރުން އޭނާ ވަރަށް ހައިރާން ވިއެވެ. އެހެނީ އެތްތައް ވަނީ ދަގަނޑު ކޮށިތަކަށް ލާފައެއް ނޫނެވެ. ނުވަތަ ޗޭނުޖަހާފައެއްވެސް ނޫނެވެ.އެކަމަކު ކޭމްޕްގައި ބޭތިއްބި ތަނެއްގައި ރީތިކޮށް އެތްތައް ތިބެއެވެ. އެތްތައް ކޭމްޕުން ބޭރަށް ދިޔަ ނުދިނުމަށް ހަމައެކަނި އޭގެ ފައިގައި އައްސާލާފައި ވަނީ ކުޑަކުޑަ ރޯނު ފަށެކެވެ. އެމީހާ ހައިރާންވެގެން ހުރިހާ އެތްތައް ކައިރިން ހިނގަމުން ބަލަމުން ދިޔައެވެ. ހަމަ އެންމެ އެތެއްވެސް އެރޯނުފަށް […]

ވީޑިއޯ ހަދަން އުޅެނިކޮން ގެނބިގެން 7 ޒުވާނުން މަރުވެއްޖެ

އިންޑިޔާގެ ރާޖަސްތާންގައި، ވެހެމުން ދިޔަ ބޯވާރޭގައި ކޯރަކަށް އެރި ފަތަމުން ވީޑިއޯ ނަގަން އުޅުމުގެ ތެރޭގައި ގެނބިގެން 7 ޒުވާނުން މަރުވެއްޖެ އެވެ.މިހާދިސާ ހިނގާފައިވަނީ ރާޖަސްތާންގެ ޝްރީނަގަރު ކޯރުގައި ކަމަށްވެއެވެ. މިދުވަސްކޮޅު އެހިސާބަށްވެސް މޫސުންގޯސްވެ ބޯކޮން ވާރޭ ވެހެމުން ދިއުމާއިއެކު ކޯރުގެ ފެންގަނޑު ވަނީ ވަރަށް ބޮޑަށް އުފުލިފަ ކަމަށް ޚަބަރުތައް ބުނެއެވެ. ޕީޓީއައި އާއި ހަވާލާދީ ލިބޭ ޚަބަރުތައް ބުނާ ގޮތުގައި ހާދިސާ ހިނގި އާދީއްތަ ދުވަހު އެހިސާބަށް އެރިފައި ވަނީ 8 ޒުވާނުންނެވެ.މީގެ ތެރޭގައި […]

މަސްތުވާތަކެތީގެ މައްސަލައެއްގައި އިނގުރައިދޫން ހަތް މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ރ. އިނގުރައިދޫން ހަތް މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އިނގުރައިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޮގަސްޓު 10 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ތިން ފިރިހެނުންނާއި ބަނގުލަދޭޝް ހަތަރު ފިރިހެނުންނެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި އެމީހުން ހައްޔަރުކޮށް, އެމީހުން ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ […]