ކީއްވެ މިހެންވާންވީ! އެންމެނަށްވެސް އިންސާފު ކަށަވަރުވެފާ އޮންނަންޖެހޭ
ފުލުހުން ހޯދާހެއްކާއި ޤަރީނާ ތައް ބައެއް ފަހަރު ކޯޓުތަކުން ބަލައި ގަނެ މާނަކުރާގޮތުން ކުށްކުރާ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތު ނުވެ ދިޔުމުން ކުށްތަކުރާރުކޮށް، ކުށަށް އަރައިގަތުން އިތުރުވާކަން ފާހަގަކުރެވެއެވެ. އަދި ކުށެއްކުރާ މީހާގެ މައްޗަށް ދަޢްވާކުރުމުން ދަޢްވާ ނުނިމި ދިގުލައިގެން ދާއިރު ކުށްކުރި މީހާ ދޫވެފައި ހުރުމުން ކުށް ތަކުރާރު ކުރާކަން ވެސް ފާހަގަވެއެވެ. ހަމައެހެންމެ ކުށެއްގެ ތުޙްމަތުގައި ބަންދުކުރެވި ވާނުވާ ޖަހާފައި ޖަލުތަކުގައި ތިބެންޖެހުމަކީވެސް ގާނޫނަށް އަރައިގަތުން ކަމުގައި ބެލެވޭނެއެވެ. ގާނޫނު ނަހަމަގޮތުގައި ބޭނުންކުރުމަކީ ކުށެކެވެ. އެހެނީ ގާނޫނު ހެދިފައިވަނީ މީހުންނަށް ނަހަމަ ގޮތުގައި، ނުވަތަ އެހެން ގޮތަކަށް ބުނާނަމަ ގާނޫނުން ނުޙައްގު ބާރުހޯދާ މީހުންނަށް ލާއިންސާނީ އަނިޔާ ދިނުމަކަށެއްވެސް ނޫނެވެ. ރައްޔަތަކަށް ނުޙައްގު އަނިޔާއެއް ދޭކަށް ދައުލަތެއް […]
މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން ޖުލައި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފި
މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަން އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ ތިން ދާއިރާއެއްގެ ގޮނޑި ހުސްވެފައެވެ. އެއީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާގެ ގޮނޑިއެވެ. މިކަންހާމަކޮށް (އިލެކްޝަންސް ކޮމިޝަން) އީސީން ކުރި އިއުލާނެއްގައި ބުނީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ ޖުލައި މަހުގެ 20 ވަނަ […]
އިސްރާއީލުގެ ވީޑިއޯއިން އެނގެނީ ލަދުޙަޔާތް ނެތް މިންވަރު : ސްޕެއިން
ސްޕެއިނުން ފަލަސްތީނުގެ ދައުލަތް ގަބޫލު ކުރުމުން ފަލަސްތީނުން ޝުކުރުވެރިވާނެ ކަމަށްބުނެ އިސްރާއީލުގެ ޚާރިޖީ ވަޒީރު އެކްސްގައި ކޮށްފައިވާ ޕޯސްޓަކީ އިސްރާއީލުގެ ލަދު ޙަޔާތްނެތް މިންވަރު ހާމަކޮށްދޭ ދަލީލެކެވެ. ސްޕެއިންގެ ޚާރިޖީ ވަޒީރު އިސްރާޢީލަށް ރައްދު ދެއްވައި ވިދާޅުވީ ދެ ގައުމުގެ މެދުގައި އެފެދެމުންދާ ދުރުމިން އިތުރަށް ފުޅާކުރައްވައިފި ކަމަށެވެ. މިދިޔަ ހަފުތާގައި ސްޕެއިނުން ޢިއުލާން ކޮށްފައިވަނީ އެގައުމުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރާނެ ކަމަށާއި ރަސްމީގޮތުން މިމަހުގެ 28 ވަނަ ދުވަހު އެކަން ނިމި ޢިއުލާން ކުރެވިގެންދާނެ ކަމަށެވެ. އެކެން އެގޮތަށް މިހާރުވަނީ ނިމިފައެެވެ. އިސްރާއީލުން ގައްޒާގައި ހިންގަމުން […]
ޓްރަމްޕް ކުށްވެރިވާކަމަށް ކަނޑައަޅައިފި
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ މައްޗަށް ކުރަމުން އައި ޝަރީއަތުގައި ޓްރަމްޕް ކުށްވެރިވާކަމަށް ކަނޑައަޅައިފިއެވެ.މައްސަލައިގަ ހިމެނޭ 34 ކުށްވެސް ޓްރަމްޕް ކުރައްވާފައިވާ ކަމަށް ޖޫރީ ވަނީ ކަނޑައަޅާފައެވެ. މިއީ އެމެރިކާގެ ރައީސްއަކު މިފަދަ ކުށެއް ކުރެއްވި ކަމަށް ކަނޑައެޅުނު ފުރަތަމަ ފަހަރެވެ. ޓްރަމްޕް ގެ މައްޗަށް ހުކުމް ކަނޑައެޅުން އޮންނާނީ ޖުލައި 11ވަނަ ދުވަހުއެވެ. މިކަމުގައި ޖަލު ހުކުމެއް އައިސްދާނެ ކަމަށް އެއްބަޔަކު ގަބޫލު ކުރާއިރު ޖޫރިމަނާއަކަށް ގޮސްދާނެ ކަމަށްވެސް އަނެއް ބަޔަކު ގަބޫލު […]
އުތުރު އަދި ސެންޓްރަލް އިންޑިޔާ އަށާ ޕާކިސްތާންގެ ކަރާޗީ އަށް އާދަޔާ ޚިލާފް ހޫނު ގަދަ މޫސުމެއް
އުތުރު އަދި ސެންޓްރަލް އިންޑިޔާ ގެ ބައެއް ހިސާބުތަކަށް މިހާރު ކުރިމަތި ވެފައިވާ އާދަޔާ ޚިލާފަށް ހޫނުގަދަ މޫސުމަކީ މިހާތަނަށް ރިކޯޑް ކުރެވުނު އެންމެ ހޫނު މޫސުން ކަމަށް ވެދާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ފާއިތުވި 10 ވަރަކަށް ދުވަހު މިހިސާބުގެ 37 ސިޓީ އެއްގައި 45 ޑިގްރީ އަށް ވުރެ މަތީ ޓެމްޕަރޭޗަރު ތައް ރިކޯޑް ކޮށްފައިވެއެވެ. ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަ ތަކަށް ސަމާލުވުމަށް ސަރުކާރުން ދަނީ އަންގަމުންނެވެ. މިހާތަނަށްވެސް […]
ސިޑްސްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ރައީސް މާލެވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް، އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެވަޑައިގެންފިއެވެ. މި މަހާސިންތާގައި ރިޔާސަތު ބެލެހެއްޓެވުމުގައިވެސް ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންފައި ވާއިރު އެ މަނިކުފާނު ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވަޢުދުވެފައިވާގޮތަށް ކަންކަން ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ. ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ އަނިޔާވެރި އުދުވާނުތައް ކުށްވެރިކުރައްވައި […]
ފަލަސްތީނަށް އެހީވުމަށް ޕީއެސްއެމުން ޓެލެތޯނެއް ކުރިއަށް ގެންދަނީ
ފަލަސްތީނަށް އެހީވުމަށް ޓެލެތޯނެއް ކުރިއަށް ގެންދިއުމަށް ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ނިންމައިފިއެވެ. އެގޮތުން މި ޓެލެތޯން ކުރިއަށް ގެންދާނީ އެ އިވެންޓުގައި ބައިވެރިވާން ބޭނުންވާ ހުރިހާ މީޑިއާތަކާ ގުޅިގެންނެވެ. މި ޓެލެތޯން ބާއްވަން ހަމަޖެހިފައި ވަނީ މި ފެށޭ ޖޫން މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ކައުންސިލްތަކާއި ޖަމިއްޔާތަކަށްވެސް އެ ފުރުސަތު ދިނުމަށް ޕީއެސްއެމުން ވަނީ ނިންމާފައެވެ. ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ […]
ބަހެއް ފުރޮޅާލައި އަޑި ހިސާބަކަށް ވެއްޓުމުގެ ސަބަބުން 21 މީހުން މަރުވެއްޖެ
އިންޑިޔާގެ ޖަންމޫ ރީޖަންގައި ބަހެއް ފުރޮޅާލައި އަޑި ހިސާބަކަށް ވެއްޓުމުގެ ސަބަބުން 21 މީހުން މަރުވެ 60 މީހުންނަށް އަނިޔާތައް ލިބިއްޖެ އެވެ. އިދާރާ ތަކުން ހާމަ ކުރި ގޮތުގައި ބަހުން ދަތުރު ކޮށްފައިވަނީ ދީނީ އަޅުކަމެއްގައި ބައިވެރި ވުމަށް އުއްތަރަ ޕްރަދޭޝުން ޝިވް ޚޯރީ އަށް ދަތުރު ކުރި ބަޔެކެވެ. މިހަދިސާގައި ބަސް ވެއްޓިފައިވަނީ 150 ފޫޓު ފުން ވަޅުގަނޑަކަށް ކަމަށް ޚަބަރު ލިބެއެވެ. މިހިތާމަވެރި ހާދިސާއާއި ގުޅިގެން އިންޑިޔާގެ ރައީސް ޑްރުޕަޑީ މޫމޫ ވަނީ […]
ރަފާހްގެ ކޭމްޕަކަށް ބޮން އަޅައި އެތައްބަޔަކު ދިރި ތިއްބާ އަންދާލީ
ރަފާހްގެ ކޭމްޕަކަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ އިސްރާއީލުން ބޮން އަޅައި އެތަނުގައިތިބި އަންހެނުންނާއި ކުޑަކުދިންގެ ތެރެއިން ގިނަ ބަޔަކު ދިރިދިރި ތިއްބާ އަންދާ އަޅިޔަށް ހަދާލައިފިއެވެ. މި މައްސަލާގައި ދުނިޔޭގެ ކަންކޮޅުތަކުން ގެންދަނީ ދުނިޔޭގެ އަދުލު އިންސާފުގެ އެންމެ އިސް ކޯޓުގެ ޙުކުމް ތަންފީޒުކުރުމަށާއި ރަފާހް އަށް ޙަމަލާދިނުން ހުއްޓާލަން އިސްރާއީލަށް ގޮވާލަމުންނެވެ. އިސްރާއީލުން ބުނެފައިވަނީ އެ ކޭމްޕަށް ޙަމަލާދީފައިވަނީ ރަފާހް އިން އިސްރާއީލުގެ ވިޔަފާރީގެ މައި މަރުކަޒު ތެލް އަވީވަށް މިސައިލް ޙަމަލާތަކެއް ދިނުމާގުޅިގެން ކަމަށެވެ. […]
ޢާއިލާތަކުގެ ހާލަތު ދެނެގަތުމަށް ކުރިއަށްގެންދާ ”ހާލު ކިހިނެތް“ ޕްރޮގްރާމް ފަށައިފި
ޢާއިލާތަކުގެ ހާލަތު ދެނެގަތުމަށް ސަރުކާރުން ކުރިއަށްގެންދާ ”ހާލު ކިހިނެތް“ ޕްރޮގްރާމް ފަށައިފިއެވެ. ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ މަޤުޞަދަކީ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޙާލަތު ދެނެގަނެ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީ ކަމާ ގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި މިއަދު ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ފަށާފައެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރާވާފައިވީ ނަމަވެސް […]