އިސްރާއީލުގެ ދިފާއުގައި ނިކުތް އަރަބި ގައުމުތަކުގެ އަސްލު

އީރާނުން އިސްރާއީލަށް ދިން ޙަމަލާ އެވަރަށްވެސްފޭލިކޮށްލެވުނީ އެމެރިކާއަށް އެހީތެރިވެ ދިން މެދުއިރުމަތީގެ ބައިވެރިންގެ މަދަދާއި އެކުގައިކަން ބައިޑްން ސަރުކާރުން ހާމަކޮށްފިއެވެ. މި އެއްބައިވުންތަކަށް ކިހާދުވަހަކު ދެމިއޮންނާނެކަން ޔަގީން ވާނީ އިސްރާއީލުން އީރާނަށް ދޭ ރައްދު ޙަމަލާއެއްގެ ފެންވަރުގެ މައްޗަށެވެ. އީރާނުގެ ޙަމަލާގައި ބައިވެރިވި ޖޯރޑަން އާއި އެމިރޭޓްސް އަދި ސަޢޫދީ އެރޭބިޔާގެ ރައްޔިތުންތިބީ އެ ގައުމުތަކުގެ ވެރިންނާއި އެކުގައި ކަމަށް ބުނެވޭކަށް ނެތެވެ.                                       […]

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަޤާމަށް ހީނާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމުގެ މަޤާމަށް، ސ.ހިތަދޫ، ސަންސެޓްވިލާ، ހީނާ ވަލީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ.  މިއީ، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމުގެ މަޤާމުގެ މަސްއޫލިއްޔަތާ އަންހެން ބޭފުޅަކު ޙަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމަށް ހީނާ ޢައްޔަން ކުރައްވާފައި ވަނީ، އެ ކަމަނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ގޮތަށެވެ. އެގޮތުން ޗީފް ސްޕޯކްސް ޕާސަންގެ ގޮތުގައި ހީނާ ޚިދުމަތް […]

ޔާމީނަށް އިއްވި ހުކުމް ބާތިލުކުރި މައްސަލަ އިސްތިއުނާފުކުރުމާމެދު ދައުލަތުން ގޮތެއް ނިންމަނީ

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކުރި މައްސަލަ އިސްތިއުނާފުކުރުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނެފިއެވެ. ވ.އާރަށް ކުއްޔަށް ދޫކުރުމުގެ ނަމުގައި ޚިޔާނަތް ހިންގި ކަމަށް ބުނާ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ 11 އަހަރުގެ ޖަލު ހުކުމެއް […]

ޕީއެންސީގެ މައިނޯރިޓީ މަޖިލީހުގައި އޮތް އިރު ފިއްތުންތަކާއި ކުރިމަތި ކުރުވާފައިވޭ: ސަލީމް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް އިރު ފިއްތުންތަކާއި ކުރިމަތި ކުރުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.  ސަލީމް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.  އެގޮތުން ނިމިދިޔަ މަޖިލިސް އިންތިޚާބުގެ ނަތީޖާއަށް އިޝާރަތްކުރައްވާ ސަލީމް ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް ލިބިފައިވީ ނަމަވެސް މައިނޯރިޓީއަށް އިޙްތިރާމް ކުރައްވާނެ ކަމަށެވެ.  އަދި މަޖިލީހުގައި ޕީއެންސީއަށް ސުޕަ މެޖޯރިޓީ އޮތް ނަމަވެސް މައިނޯރިޓީ […]

މަޖިލީހަށް އަލަށް އިންތިޚާބުވި މެންބަރުން ހުވާކުރެއްވުމުގެ ޖަލްސާ މެއިމަހުގެ 28 ގައި

ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުވި މެންބަރުން ހުވާކުރެއްވުމުގެ ޖަލްސާ އަންނަ މެއިމަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރުން ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މެންބަރުކަމުގެ ހުވާކުރުން މެއި 28 ގައި އޮންނާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ތައްޔާރީތައް މަޖިލީހުގެ އިދާރާއިން ކުރަމުން މިހާރު ގެންދާ ކަމަށެވެ. މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު […]

ވަގުތީ ނަތީޖާ: އެމްޑީޕީއަށް 12 ގޮނޑި

މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި  މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީއަށް 12 ގޮނޑި ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސް އިން ނެރުނު ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.  އެގޮތުން  އެކޮމިޝަނުން ރޭ އިއުލާންކުރި 20 ވަނަ މަޖިލީހުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ.  އަދި އިދިކޮޅު އެމްޑީޕީއަށް ލިބިފައި ވަނީ […]

ސިޔާސީ ވާދަވެރިކަން ދޫކޮށް، ޤައުމުގެ ކުރިއެރުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި

ސިޔާސީ ވާދަވެރިކަން ދޫކޮށްލުމަށްފަހު، ދިވެހި ޤައުމުގެ ކުރިއެރުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މިގޮތަށް އެދިވަޑައިގެންނެވީ މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.  އެގޮތުން ސިޔާސީ ވާދަވެރިކަން ދޫކޮށްލުމަށްފަހު، ޤައުމުގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް ރައީސް ވަނީ ސިޔާސީ ލީޑަރުންނަށް ދައުވަތު އަރުވާފައެވެ.  ހަމަ އެހެންމެ ސިޔާސީ ކުލައަށް ބަލައިގެން އެއްވެސް ރައްޔިތަކާމެދު ތަފާތު […]

ރައީސް މުޢިއްޒުގެ ވަޢުދުތައް ފުއްދެވުމަށް މިހާރު އެއްވެސް ހުރަހެއް ނެތް: ޑރ. ޖަމީލް 

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުތައް ފުއްދުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.  ޖަމީލް މިހެން ވިދާޅުވެފައި ވަނީ އިއްޔެ ބޭއްވި މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައި ވާތީ އެކަމަށް އިޝާރާތްކޮށް ކުރެއްވި ޕޯސްޓެއްގައެވެ.  ޖަމީލް މިހެން ވިދާޅުވެފައިވާއިރު ސަރުކާރުގެ މަޝްރޫޢުތަކާއި ރައީސް މުޢިއްޒުގެ ވައުދުތައް ފުއްދުމަށް ބާރު ސްޕީޑުގައި ކުރިއަށް ދެވޭނީ މަޖިލިސް […]

އިސްރާއީލުން އީރާނަށްދިން ހަމަލާ ބޮޑުބޭޒާރު ވުމަކަށް

ބައިނަލް އަގްވާމީ ސިޔާސީ ތަޖްރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި މިދިޔަ ހުކުރު ދުވަހު އީރާނުން އިސްރާއީލަށް ދިންކަމަށްބުނާ ހަމަލާގެ ނަތީޖާއަކީ އީރާނަށް ބޮޑު ނަސްރެއް ލިބުމެވެ. އޭގެ ފަހުން މިހާރު ރައްދު ޙަމަލާއެއް ދިނުން ނުވަތަ ބަދަލު ހިފަން މަސައްކަތް ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟            އިސްރާއީލުން އިސްފަހާނަށް ޙަމަލާދިނީ މި ބޭނުމުގައި ހެއްޔެވެ؟ އެހެންކަމަށް ވާނަމަ އިސްރާއީލުން ދެނެއް އެހެން ޙަމަލާއެއް ދީފާނެކަމަކަށް ނުބެލެވެއެވެ. އިސްރާއީލުން އީރާނަށް ދިން ޙަމަލާގެ އެއްވެސް މަގްސަދެއް އޮތްނަމަ އެއީ އެމެރިކާއާއި އިސްރާއީލާއި އަދި އިނގިރޭސި […]

މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރުން ކަށަވަރު ކޮށްފި

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ކަށަވަރުކޮށްފިއެވެ.  މިއަދު ކުރިއަށްދިޔަ އިންތިޚާބުގެ މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީން ވަނީ އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ މެޖޯރިޓީ އޮތް ރަށް ތަކުންނާއި ސިޓީތަކުން ބޮޑު ތަފާތަކުން ކުރި ހޯދާފައެވެ.  އެގޮތުން މާލެ، އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށި ސިޓީން ވެސް ޕީއެންސީން ވަނީ ތަފާތު ބޮޑުކޮށް ކާމިޔާބު ހޯދާފައެވެ.  މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދަން 62 […]