ވޭތުވެދިޔަ 5 އަހަރަށް ބަލާއިރު އެންމެ ގިނަ މައްސަލަ ނިންމުނީ މިދިޔަ އަހަރު: އޭސީސީ

ވޭތުވެދިޔަ 5 އަހަރުގެ ތަފާސްހިސާބަށް ބަލާއިރު އެ ކޮމިޝަނުން އެންމެ ގިނަ މައްސަލަ ތަހުގީގު މަރުހަލާގައި ނިންމާފައިވަނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ބުނެފިއެވެ. އޭސީސީއިން ބުނީ 2023 ވަނަ އަހަރުގެ ތެރޭގައި އެ ކޮމިޝަނަށް 1151 ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން 56 އިންސައްތަ ޝަކުވާ ރަޖިސްޓަރީކުރެވިފައިވާ ކަމަށެވެ. އޭގެތެރޭގައި އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ 610 ޝަކުވާއާއި ދައުލަތުގެ އިދާރާތަކުން ހުށަހަޅާފައިވާ 40 ޝަކުވާ ހިމެނެއެވެ. އަދި އެ ކޮމިޝަނުން […]

ޙަމާސްއަކީ ޓެރަރިސްޓުން: ފަލަސްތީނުގެ ލީޑަރޝިޕް

މިދިޔަ އަހަރު އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ޙަމަލާއާއި ގުޅިގެން ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ ގަތުލުއާންމުގެ އަސްލަކީ ޙަމާސްގެ ޓެރަރިސްޓުން ކަމުގައި ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްގެ ސިޔާސީ ޕާރޓީ ފަތަޙް ޖަމާއަތުންބުނެފިއެވެ. ފަތަހް ޕާރޓީގެ ފަރާތުން ނެރުނު ބަޔާނުގައި ޙަމާސްގެ ލީޑަރުން ގަތަރުގައި ދިރިއުޅުއްވަމުން ގެންދަވާ ހިތްފަސޭހަ އަރާމު ދިރިއުޅުމަށާއި އެ ޖަމާޢަތުން އިރާނާއެކު އޮންނަ ގުޅުމަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައި ވެއެވެ.                   […]

އެޕްރީލް 21 އަދި 22 ވަަނަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ހަމަޖައްސަވައިފި

އަންނަ އެޕްރީލް 21 ވާ އާދީއްތަ ދުވަހާއި އެޕްރީލް 22 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ހަމަޖައްސަވައިފިއެވެ. އޭޕްރީލް 21 ވަނަ ދުވަހަކީ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވޯޓުލުން އޮންނަ ދުވަހެވެ. އެގޮތުން އިންތިޚާބާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ، ވޯޓުލުން ބާއްވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައެވެ. މީގެއިތުރުން އިންތިޚާބުގެ ވޯޓުލުމަށް ފަހުގައި، ވޯޓު […]

މަގުތަކުގައި ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ ފޮނުވައިދިނުމަށް އެދިއްޖެ

މާލޭގެ މަގުތަކުގައި ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ ފޮނުވައިދިނުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ‏މާލޭގެ މަގުތަކުގައި ކުނި ބަހައްޓަމުންދާ ފަރާތްތައް ފާހަގަ ކުރެވެމުންދާ ކަމަށެވެ. “މި ގޮތަށް ރައްޔިތުންނަށް އުދަގޫވާ ގޮތަށް ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ ކައުންސިލަށް ފޮނުވައި ދެއްވުން އެެދެން.“ މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި އެދިފައިވެއެވެ. މާލެ ސާފުތާހިރުކޮށް ބޭއްވޭނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެންކަން ވެސް […]

މޫސަގެ ކޮރަޕްޝަން މައްސަލަތައް ބެލުމަށް އޭސީސީން ބީއޭއެމްގެ އޮފީހަށް ވަދެއްޖެ

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމްގެ) މި އަހަރުގެ އިންތިޚާބުގައި އެ އެސޯސިއޭޝަނުގެ ނައިބު ރައީސް ކަމަށް ކުރިމަތިލާފައިވާ އަދި މިދިޔަ ތިން އަހަރު ދުވަހު އެ އެސޯސިއޭޝަނުގެ ރައީސް ކަން ކޮށްފައިވާ މޫސާ ނާޝިދުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ އެސޯސިއޭޝަނަށް ވަދެއްޖެއެވެ.  އޭސީސީން ދެންމެ ބުނީ އިދާރީގޮތުން ޤާނޫނާއި ޚިލާފު އެތައް ކަންތައްތަކެއް ހިނގާފައިވާ ކަމަށްބުނެ މޫސައަށް ތުހުމަތުކޮށް ގިނަ ބަޔަކު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި […]

އަހަރެންނަށް ވެރިކަން ނުލިބިއްޖެއްޔާ އެމެރިކާގައި ލޭގެ ކޯރުތައް ދެމެން ފަށާނެ

ވަންޑާލިއާ- އޮހައިއޯ އިން މިއަދު ހެނދުނު އެން. ބީ. ސީ. ގެ ޚަބަރުގައި ބުނެފައިވަނީ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް މިފަހަރު އިންތިޚާބުގައި ވެރިކަމަށް ނުހޮވިއްޖެނަމަ އެމެރިކާގައި ލޭގެ ކޯރުތައް ދެމިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅު ވެއްޖެ ކަމަށެވެ. ކުރީގެ ރައީސް ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ އޮޓޯ އުފެއްދުމުގައި ޗައިނާއާ ދޭތެރޭ އޮތް ވާދަވެރި ކަމާބެހޭ ގޮތުން ވާހަކަ ދެއްކެވުމެއްގެ ތެރޭގައެވެ. އެއީ ސެނެޓުގެ ރިޕަބްލިކަން ކެންޑިޑޭޓް ބާރނީ މޮރޭނޯއަށް ތާއީދު ހޯދަން ބޭއްވި އެއްވުމެއްގައެވެ. ވާހަކަ ދައްކަން ފެއްޓެވީ  “ އެންމެންނަށް އަދުލު […]

ޔޫކްރެއިންގެ ގިނަ ސިފައިންތަކެއް މަރާލަން ވެކިއުމް ބޮން ބޭނުން ކުރީމު: ރަޝިޔާ

ވެކިއުމް ބޮން ބޭނުންކޮށްގެން ޔޫކްރެއިންގެ ގިނަ އަދަދެއް ސިފައިން މަރާލާފައިވާނެ ކަމަށް ރަޝިޔާއިން ބުނި ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފިއެވެ. ވެކިއުމް ބޮމަކީ ވަށައިގެންވާ ތިމާވެށިން އޮކްސިޖަން އެތެރެއަށް ދަމައިގަނެގެން ގޮއްވައިލެވޭ ބާރުގަދަ ހަތިޔާރެކެވެ. ރަޝިޔާ ސިފައިންގެ ޑެޕިއުޓީ ޗީފް އޮފް ދަ ޖެނެރަލް އާރމްޑް ފޯސަސް ރަޝިޔާގެ ދިފާއީ ވަޒީރާއެކު ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވާފައިވަނީ “ އަމާޒަށް ވާސިލު ކުރެވުނު އޭރިއަލް ހަތިޔާރުގެ ސަބަބުން ތިން ސަތޭކަ ޔޫކްރެއިންގެ ސިފައިން މަރާލެވިފައިވާނެ ކަމަށެވެ. ރަޝިޔާއިން […]

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި

މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަމާހު ރަޝީދު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ ޝަމާހުއާ ގުޅޭ ގޮތުން ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް އެ ބޯޑަށް ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން އެކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕީސީބީއިން ބުންޏެވެ. އެހެންވެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ (ށ) […]

އެމްޕީއެލްއިން ފިޔަވައްޗަށް މަސްދަޅު ކޭސްތަކެއް ހަދިޔާކޮށްފި

ދައުލަތުގެ ފަރާތުން ބަލަހައްޓާ ކުޑަކުދިން ތިބޭ މަރުކަޒެއް ކަމަށްވާ ”ފިޔަވަތި“ އަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މަސްދަޅު ކޭސްތަކެއް ހަދިޔާކޮށްފިއެވެ. އެމްޕީއެލްއިން މިއަދު ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ފިޔަވައްޗަށް ޖުމްލަ 35 ދަޅުމަސް ކޭސް ހަދިޔާކޮށްފައިވާ ކަމަށެވެ. މަސްދަޅު ކޭސްތައް ރަސްމީކޮށް ހަވާލުކޮށްދެއްވުމަށް އެމްޕީއެލްގެ ޗީފް އޮފް ބިއުރޯ އައިޝަތު ޝިމްލާއާއި ޖެނެރަލް މެނޭޖަރު އަޙްމަދު ސަލީމާއ ޖެނެރަލް މެނޭޖަރ ޢަލީ ޖައުފަރު މިއަދު ހެނދުނު ވަނީ ފިޔަވައްޗަށް […]

އީސީއަށް މެމްބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތް ހަދަން އެމްޑީޕީގެ ފަރާތުން ގާނޫނަށް އިސްލާހެއް

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެމްބަރުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތް ހަދަން އެމްޑީޕީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ. އީސީއަށް މެމްބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް އޮތުން މުހިންމު ކަމަށް ވިދާޅުވެ މި އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔޫނުސް ޢަލީއެވެ. ގާނޫނުގައި މިހާރު އޮންނަނީ އީސީއަށް މެމްބަރުން އައްޔަންކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައެވެ. ގާނޫނުގައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މެމްބަރަކު އައްޔަން ކުރެއްވޭނީ މެންބަރު […]