އިސްރާއީލު ސަރުކާރުގެ ރަސްމީ ތަރުޖަމާނު ގެއަށް ފޮނުވާލައިފި
އިސްރާއީލު ސަރުކާރުގެ ރަސްމީ ތަރުޖަމާނު އީލޯން ލެވީ ސޯޝަލް މީޑިއާގައި އިނގިރޭސި ވިލާތުގެ އޮފިޝަލުންތަކަކާއި ޒުވާބު ކުރުމާގުޅިގެން ވަގުތީ ގޮތުން ގޭގައި މަޑުކުރަން އަންގައިފިކަމަށް ދާދި ދެންމެއަކު ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ހާދިސާއަށްފަހު އިސްރާއީލުން ބޭނުންވާގޮތަށް ޚަބަރުތައް ތަރުޖަމާކޮށް މީޑިއާތަކަށް ހާމަކުރުމުގެ ސަބަބުން ލެވީ އަށް ބޮޑު މަޝްހޫރުކަމެއް ލިބެމުންދިޔައެވެ. ލެވީ ވަގުތީގޮތުން ގެއަށް ފޮނުވާލި ސަބަބު އިސްރާއީލުން ހާމައެއް ނުކުރެއެވެ. އެކަމަކު އޭނާ ގެއަށް ފޮނުވާލާފައިވަނީ އިނގިރޭސި ޚާރިޖީ […]
2028 ގެ ކުރިން ތުރުކީގެ ދަތުރުފަތުރުކުރުމުގެ ނިޒާމް ސްމާޓް ނިޒާމަކަށް ބަދަލު ކުރަނީ
ޒަމާނީ “ސްމާޓް” ވަސީލަތްތަކުގެ އެހީގައި ތުރުކީގެ ދަތުރުފަތުރުކުރުމުގެ ނިޒާމު އިތުރަށް ފުރިހަމަކޮށް، އެއްތަނުން އަނެއްތަނަށް ކުރާ ދަތުރުތައް ފަސޭހަކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން ގެންދާކަން އެގައުމުގެ ޖެނެރަލް ޑިރެކްޓަރޭޓް އޮފް ހައިވޭސް އިން ހާމަކޮށްފިއެވެ. ކުރިއަށް އޮތް އަހަރުތަކަށް އެ ވުޒާރާއިން ހަމަޖައްސާފައިވާ ތަދުބީރީ ޕްލޭންތަކުގެ މައުލޫމާތު ހިއްސާކުރަމުން ޖެނެރަލް ޑިރެކްޓަރޭޓުން ބުނީ މި ސިޔާސަތުތަކުގެ ދަށުން ދަތުރުތަކަށް ހޭދަކުރަާ ވަގުތު ބޮޑުތަނުން މަދުކުރެވިގެން ދާނެކަމަށާއި، ޓްރެފިކްގެ ރައްކާތެރިކަން އިތުރުކޮށް، މަގުތަކުގެ ހާލަތު ރަނގަޅުކުރުމުގެ އިތުރުން، ފެހި ހަކަތަ […]
ޔަމަނު މުޖާހިދުންގެ ނިމުމެއްނެތް ޙަމަލާތަކުގެ ކުރިމަތީގައި އެމެރިކާގެ ނޭވީ ވަރަށް އަވަދިނެތި!
އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ ޔޫ. އެސް. އެސް. ޑްވައިޓް ޑީ. އައިޒެންހަވަރ އަކީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެތެރޭގައި ރެޑް ސީން ދަތުރކުރާ އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސި ވިލާތާއި ގުޅުން ހުރި އެއްވެސް އުޅަނދަކަށް ސަލާމަތުން ދަތުރު ނުކުރެވޭނެ ކަމަށްޔަމަނުގެ ހޫތީ މުޖާހިދުން ދިން އިންޒާރާއި ގުޅިގެން އެ ދަތުރުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމެރިކާއާއި ބައިވެރިންގެ ލަޝްކަރުގައި ބައިވެރި ވުމަށް ފޮނުވި އެމެރިކާގެ އެންމެ ބިޔަ އެއަރކްރާފްޓް ކެރިއަރ އެވެ. މިދިޔަ ނޮވެމްބަރ މަހުގެތެރޭގައި ރެޑް ސީގެ ޙަމަލާތައް ފެށި އެމެރިކާއާއި ބައިވެރިންގެ ލަޝްކަރުތައް އެ […]
ރަފާހްގެ ގެތަކަކަށް އިޒްރޭލުން ދިން ހަމަލާގައި 14 މީހަކު ޝަހީދުކޮށްލައިފި، ގިނައީ ކުޑަކުދިން
ޣައްޒާގެ ރަފާހްގައި ހުންނަ މީހުން ދިރިއުޅޭ ގެތަކަކަށް އިޒްރޭލުން ދިން ވައިގެ ހަމަލައެއްގައި ފަލަސްތީނުގެ 14 މީހަކު ޝަހީދުވެ، ގިނަ ބައެއް އެ ގެތަކުގެ ދަށުގައި ތާށިވެއްޖެއެވެ. ހޮނިހިރު ދުވަހު ދިން މިހަމަލާގައި އައްސަލާމް ހިސާބުގަނޑުގައި ހުރި ހަތަރު ބުރީގެ އިމާރާތެއް މުޅިން ބިމާ ހަމަކޮށްލާފައިވާއިރު، ޝަހީދުވި މީހުންގެ ތެރޭގައި އަދި ގާތަކުގެ ދަށުގައި ތާށިވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި އަންހެނުންނެވެ. އިޒްރޭލުން ޖަބަލަޔާއާއި ނުސެއިރަތު ރެފިއުޖީ ކޭމްޕުތަކަށް ދިން ހަމަލާތަކުގައިވެސް ގިނަ ބަޔަކު ވަނީ […]
ރާއްޖެ އެތެރެކުރަން އުޅުނު 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 5.30 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ރާއްޖެ އެތެރެކުރަން އުޅުނު 5.30 ކިލޯގެ މަސްތުވާތަކެތި ފެނުނީ މި މަހުގެ 12 ވަނަ ދުވަހު ޤަތަރުގެ ދޯހާއިން ރާއްޖެ އައި ޕާކިސްތާނުގެ 56 އަހަރުގެ ފިރިހެނެއްގެ ލަގެޖުން ކަމަށެވެ. ކަސްޓަމްސްއިން ބުނީ ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގު 5,300,000 ދިވެހި […]
ރާއްޖޭގައި އީދު ނަމާދުކުރާ ވަގުތު އަވަސްކޮށްފި
ދިވެހިރާއްޖޭގައި އީދު ނަމާދުކުރަމުން އަންނަ ވަގުތު އަވަސްކޮށްފިއެވެ. މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ޢީދު ނަމާދު ކުރަމުން އައިސްފައި ވަނީ ހެނދުނު 07:30 ގައި މިސްކިތްތަކުގައި ކަމަށެވެ. އަދި އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވެފައި، މިހާރަކަށް އައިސް ދިވެހިރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި ޢީދު ނަމާދު ކުރަމުން ގެންދާ ކަމަށާއި ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްޞަ […]
ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ކެނެޑާގެ ޕާރލަމެންޓުގައި ވޯޓު ނަގަނީ
އޮޓާވާއިން ރޮއިޓާރސްގެ ޑޭވިޑް ޖުންގްރެން ޚަބަރުދީފައިވާގޮތުގައި ކެނެޑާގެ ޕާރލްމެންޓުގައި ފަލަސްތީނުގެ މިނިވަންދައުލަތެއް އުފެއްދުން ގަބޫލުކުރުމާއިމެދު މިއަދު ވޯޓުނަގަން ހަމަޖެހިއްޖެއެވެ. އެހެންނަމަވެސް މި ނެގޭ ވޯޓުގެ ނަތީޖާއަކީ ގާނޫނީ ގޮތުން ތަންފީޒުކުރުން ލާޒިމްކުރާ ވޯޓެއް ނޫނެވެ. ކެނެޑާގެޕާރލަމެންޓުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރުމަށް ވޯޓުނެގުމާއި ދޭތެރޭ އިސްރާއީލުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެ މައްސަލައިގާ މިހާރުގެ ސަރުކާރު ހިންގާ ލިބަރަލް ޕާރޓީގެ ތެރޭގައިވެސް ބޮޑެތި ބައިބައިވުންތަކެއް ވަނީ އުފެދިފައެވެ. […]
ޙަމާސް ހަނގުރާމަ ހުއްޓުމާބެހޭގޮތުން އެމެރިކާއާއި އީރާނުގެ ސިއްރު ބައްދަލުވުން
އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ އަނިޔާވެރިލާއިންސާނީ ހަނގުރާމަ ހުއްޓުވޭނެ މަގެއް ހޯދުމަށްޓަކައި އެމެރިކާއާއި އީރާނުގެ އޮފިޝަލުންގެ ސިއްރު ބައްދަލުކުރެއްވުން ތަކެއް އޮމާނުގައި ބޭއްވެމުންދާ ކަމަށް ނިއުޔޯރކް ޓައިމްސްއިން ޚަބަރު ދީފިއެވެ. މި ބައްދަލުވުން ތަކުގައި ރެޑް ސީގެ ދަތުރުފަތުރު ތަކަށް ޔަމަނުގ މުޖާހިދު ހޫތީންގެ ސަބަބުން ދިމާވެފައިވާ ނުރައްކާތެރި ކަމާއި އަދި އިރާގުގައިތިބި އީރާނަށް ތާއީދު ކުރާ މިނިވަން ޖަމާއަތްތަކުން އެމެރިކާގެ އަމާޒުތަކާއި ވަސީލަތްތަކަށް ދެމުންގެންދާ ޙަމަލާތަކާއި ބެހޭ ގޮތުންވެސް ވާހަކަ ދެކެވެމުންދާ ކަމަށް އެމެރިކާއާއި އީރާނުގެ އޮފިޝަލުންވެސް ބުނެފައިވެއެވެ. މި ވާހަކަތައް ބޭއްވެމުންދަނީ އަރަބި މަސްކަތުގައެވެ. އަދި އެމެރިކާއާއި އީރާނުގެ ވަފުދުގެ ބޭފުޅުން މަޝްވަރާކުރައްވާއިރު ތިއްބަވަނީ ސީދާ ބައްދަލު ނުކުރެވޭގޮތަށްތަފާތު ކޮޓަރިތަކުގައެވެ. […]
ފުލުހުންގެ މުސާރަ ބޮޑުކޮށްފި
މި މަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ފުލުހުންގެ މުސާރަ މި މަހުން ފެށިގެން 35 ޕަސެންޓް ބޮޑުކޮށްފައިވާ ކަމަށެވެ. އަދި މިއީ 2009 ވަނަ އަހަރަށްފަހު ފުލުހުންގެ އަސާސީ މުސާރައާއެކު މުސާރަ ބޮޑުކުރި ފުރަތަމަ ފަހަރު ކަމަށާއި މުސާރައިގެ އާ އޮނިގަނޑާއެކު ކުރިން ދެމުން އައި އެލަވަންސްތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ. […]
ކްރިސްޓީއާއި މަރިން ބެޑްމިންޓަންގެ އޯލް އިންގްލެންޑް އޯޕަން ކާމިޔާބު ކޮށްފި
ބާމިންގްހަމް ގައި ބޭއްވި ބެޑްމިންޓަންގެ އޯލް އިންގްލެންޑް އޯޕަންގެ ފިރިހެން ސިންގްލްގެ ޓައިޓްލް އިންޑޮނޭޝިއާގެ ޖޮނަޓަން ކްރިސްޓީ ކާމިޔާބުކޮށް، އަންހެނުންގެ ބައިން ކެރޮލީނާ މަރިން މޮޅު ހޯދައިފިއެވެ. ރަހުމަތްތެރިޔާ، އެންތަނީ ސިނިސުކާ ޖިންޓިންގް އާއި ވާދަކޮށް 21-15 އަދި 21-14 އިން ކްރިސްޓީ މެޗު ކާމިޔާބުކޮށްފައިވާއިރު، މިއީ 1994 ވަނަ އަހަރަށްފަހު ބެޑްމިންޓަނުން އިންޑޮނޭޝިއާއަށް ލިބުނު މިފަދަ ފުރަތަމަ ކާމިޔާބީއެވެ. 2016 ވަނަ އަހަރުގެ އޮލިމްޕިކް ވިމެންސް ސިންގްލްސް ކާމިޔާބުކުރި ސްޕެއިންގެ މަރިން ޖަޕާނުގެ އަކާނެ ޔަމަގޫޗީއާއި […]