މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް ޢައްޔަން ކުރުމަށް ނިންމަވައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ހަފުތާ 14 ގައި ހިމަނާފައިވާ ހަރަކާތުގެ ދަށުން، މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް ޢައްޔަންކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ހަފުތާ 14 ގައި ކަނޑައަޅާފައިވާ […]
ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ސިޔާސަތުތައް ތަޢާރަފު ކުރުމަށް ނިންމަވައިފި

ދިވެހިރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ޚާއްޞަ ސިޔާސަތުތައް ތަޢާރަފު ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. އެ މަނިކުފާނު މި ސިޔާސަތުތައް ތަޢާރަފު ކުރުމަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. މިގޮތުން، ދިވެހިރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަ ކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ ސިޔާސަތުތަކުގައިވާ ޓައިމްލައިނާ އެއްގޮތަށް ކުރެއްވުމަށް ނިންމެވި […]
އެމެރިކާއިން ބޭނުންވަނީ ސިފައިންގެ ތެރެއަށް ބޯ ގިނަކޮށްލަން

ވޯޝިންގްޓަނުން ޚަބަރު ދީފައިވާ ގޮތުގައި ފާއިތުވެގެން މިދާ އަހަރު ދުވަހުގެ ތެރޭގައި ސިފައިންގެ ޚިދުމަތަށް ވަންނާނެ މީހުން ނުލިބުމުގެ ސަބަބުބް ދެވަނަފަހަރަށް އެމެރިކާ ސިފައިންގެ ތެރެއަށް ވަނުމުގެ ތަޢުލީމީ ފެންވަރު ދަށް ކޮށްފިއެވެ. މިއީ އެމެރިކާގެ ސިފައިންގެ ތެރެއަށް ވަނުމަށް 2022 ވަނައަހަރު ޑިސެމްބަރު މަހު ހިންގި އިމްތިހާނުގައި ލިބުނު ނަތީޖާގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެކެވެ. ސިފައިންގެ ވަޒީފާއަށް ސިއްޙީ ގޮތުންނާއި ހަށިގަނޑުގެ ދުޅަހެޔޮކަމާއި ރިވެތި އަޚްލާގުގެ ގޮތުން ޝަރުތު ހަމަވާ ޒުވާނުން ނުލިބުމުގެ ދަތިކަން ރެކުރޫޓިން އޭޖެންސީތަކަށް […]
ޕޫޓިންގެ އަޒުމަކީ ޔޫކްރެއިން ބިމާ ހަމަކޮށްލުން -–މައިކަލް ކާޕެންޓަރ

އޯގަނައިޒޭޝަން ފޯރ ސެކިއުރިޓީ އެންޑް ކޯ-އޮޕަރެޝަން އިން ޔޫރަޕް އަށް އެމެރިކާއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބް މައިކަލް ކާރޕެންޓަރ މިދިޔަ ބުރާސްފަތިދުވަހު ވިއެނާގައި އޮތް އެ ޖަމްއިއްޔާގެ ކައުންސިލް ބައްދަލުވުމެއްގައި ޔޫކްރެއިނާ ދޭތެރޭ ރައީސް ޕޫޓިންގެ ވިސްނުންފުޅު ބަދަލު ނުވާކަމަށާއި އެމަނިކުފާނުގެ މަގްސަދަކީ ޔޫކްރެއިން އެއްކޮށް ބިމާހަމަކޮށްލުން ކަމުގައި ޔޫކްރިންފޯމުން މަޢުލޫމާތު ދީފައިވާކަމަށް ޔޫކްރެއިނިސްކާ ޕްރަވްޑާއިން ހާމަކޮށްފިއެވެ. ކާޕެންޓަރ ބުނެފައިވާގޮތުގައި މިއަންނަ އަހަރު ފެބްރުއަރީ މަހު ރަޝިޔާއިން ގާނޫނާ ޚިލާފަށް ޔޫކްރެއިނަށް ފުރަތަމަ ފަހަރު ވަދެގަނެ ކްރީމިއާ […]
ބަންޑާރަނައިބާއި 4 ވަޒީރަކަށް ރުހުން ނުދޭން ނިންމައިފި

ބަންޑާރަނައިބު އަޙްމަދު އުޝާމާއި އިތުރު 4 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ. ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށްފަހު އިއްތިފާގުން ނިންމީ އުޝާމުގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމާއި ހައުސިންގ މިނިސްޓަރު ޑރ.ޢަލީ ހައިދަރާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމީ އުޝާމާއި ޑރ.ޝަހީމާއި ހައުސިންގ ޑރ.ޢަލީ ހައިދަރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދަށް ރުހުން ނުދިނުމަށެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތާއި […]
ބައެއް ވަޒީރުންނަށް ރުހުން ނުދޭން ޑިމޮކްރެޓްސްއިން ނިންމައިފި

މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށްފަހު އެ ބައްދަލުވުމުގެ އިއްތިފާގުން ނިންމައިފިއެވެ. މިގޮތަށް ނިންމިކަން އެ ޕާޓީން ހާމަކުރީ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތާއި އިންތިޚާބާބެހޭ އާންމު ގާނޫނަށް އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ހުށަހެޅި އިސްލާހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާ ފެށުމުގެ އިރުކޮޅެއް ކުރިންނެވެ. ޑިމޮކްރެޓްސްއިން ބުނީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުޢިއްޒުގެ […]
ފުވައްމުލަކުގައި ގެނބިގެން ޒުވާނަކު ނިޔާވެއްޖެ

ޏ. ފުވައްމުލަކުގައި މޫދަށް އެރިގެން އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެއެވެ. މިކަން ހާމަކޮށް ފުލުހުން ދެންމެ ބުނީ، ފުވައްމުލަކުގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު 07:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ ނިޔާވެފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. […]
ކުރީގެ ގިނަ މެންބަރުންތަކެއް ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ކަށަވަރުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު ހިމެނިވަޑައިގެންފިއެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު 10:00 އިން ހަވީރު 17:00 އަށެވެ. ނަމަވެސް ބައެއް ދާއިރާތަކުގައި ވޯޓު ފޮށި ބަންދުކުރީ މިރޭ 19:00 ގައެވެ. 73 ދާއިރާއެއްގެ ޕްރައިމަރީ ބޭއްވިއިރު މި އިންތިޚާބުގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. ބައެއް ދާއިރާތަކުގެ ވޯޓު ގުނައި ނިމިފައިވާއިރު ޓިކެޓް ލިބިވަޑައިގަންނަވާ ބޭފުޅުން […]
ނަތަންޔާހޫ މަގާމުގައި ބެހެއްޓޭކަންނެތް : އިސްރާއީލުގެ ކުރީގެ އިސްވެރިން

އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީގައި ކުރިން މަސައްކަތްކުރައްވާފައި އިސް ބޭފުޅުންނާއި އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ސައިންސްވެރިންނާއި އެންމެ ކުރީގައި ތިއްބެވި ވިޔަފާރިވެރިންގެ ތެރެއިން ސާޅިހަށްވުރެން ގިނަ ބޭފުޅުން އިސްރާއީލަށް މެދުވެރިވެދާނެ ނިކަމެތި ޙަލަތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި ބޮޑުވަޒީރު ނަތަންޔާހޫ މަގާމުން ދުރުކޮށްދިނުން އެދި އިސްރާއީލުގެ ރައީސަށާއި ޕާރލަމެންޓުގެ ރައީސަށް ދަންނަވައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ ސިޓީފުޅު ރައީސް އިސްހާގު ހަރޒޯގް އަތަޕުޅަށް އަރުވާފައި ވާއިރު ހުކުރު ދުވަހު ޕާރލަމެންޓުގެ ރައީސް އަމީރް އޮހާނާގެ އަތްޕުޅަށް ވަނީ އަރުވާފައެވެ. އެސިޓީ ނިންމާލަމުން މި ބޮޑު ގައުމީ […]
ކެމްޕޭނަށް ކުރާ ވަޢުދުތައް ޢާއްމުމީހާގެ ޖީބަށް އާއްމުދަނީއެއް ލިބޭނެ ގޮތަށް ހުރުން މުހިއްމު

ބުރިޖުތަކާ ބިންހިއްކުން ވެސް ކޮންމެހެން ބޭނުންތެރި ވަގުތުގައި ނުހިންގާށެކޭ ނޫނެވެ. ނަމަވެސް ހިއްކޭ ހުރިހާ ބިމަކީ އެޅޭ ހުރިހާ ބުރިޖަކީ ރަޢިއްޔަތު މީހާގެޖީބަށް ލުއިވާނެ ދިރިއުޅުން ހަމަޖައްސައި ދިނުމަށް އެހީތެރިވެދޭ ކަމަކަށްވާންޖެހެއެވެ. ތަރައްޤީ ގެންނަށްވާނީ ބޮނޑިކޮށް އެއްފަހަރާ ގެނެސް ތަނަކަށް އޮއްސާލާ އެއްޗެއް ގޮތުގައެއް ނޫންކަމުގައި ދެކެމެވެ. ކޮންމެހެން ރަޢިއްޔަތުންނަށް ބޭނުންވާކަންކަމާ ލިބެންހުރި އެއްޗަކަށާ ހުރި އެއްޗަކަށް ވުރެ އިތުރަށް ޚަރަދު ނުވާނެ ގޮތުގެ މަތިންނެވެ. ރައްޔަތުން އިތުރަށް ނުދަރާގޮތަށެވެ. އެހެނީ ދައުލަތުން ކުރާ ކޮންމެ ޚަރަދަކީ ދައުލަތުގެ ބައިތުލްމާލުން ކުރާޚަރަދެކެވެ. ދައުލަތަށް ލިބޭ ކޮންމެ ފައިސާ ފޮތްޗަކީ އޭގައި ކޮންމެރަޢިއްޔިތެއް ޙައްގު ހިމެނެއެވެ. އެއަކީ އެއްވެސް ޕާޓީގެ މިލްކެއްނޫންކަން ދަންނަން ޖެހޭނެއެވެ. ސަރުކާރުން ލޯނެއް ނެގިޔަސް ލޯނު ނެގުމަށް ރަހުނެއް ކުރިޔަސް މިއިން ކޮންމެކަމަކަށް ފައިސާ ދައްކަންޖެހެނީ […]