އެއްޖިންސުން ގުޅުން ހިންގާ މީހުން ގައިގާ އޮށްގަލުން ތަޅާށެވެ- ބުރުންޑީ

ރޮއިޓާރސް އިން ޚަބަރު ދީފައިވާ ގޮތުގައި ބުރުންޑީގައި އެއްޖިންސުން ގުޅުން ހިންގާ މީހުންގައިގާ ހިލައިން ތަޅަން އެގައުމުގެ ރައީސް އެވަރިސްޓޭ ޑޭޔިޝިމިޔޭ އެގައުމުގެ ރައްޔިތުންނަށް ހިތްވަރު ދެއްވައިފިއެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ޔުނައިޓެޑް ނޭޝަންސްގެ 78 ވަނަ ޖެނެރަލް އެސެމްބްލީގެ ބަހުސް ގައެވެ. އެ ގައުމުގައި އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ދޭތެރޭ އާންމު ރައްޔިތުން ބަލަމުން ގެންދަނީ އެފްރިކާގެ ޝަޚްސިއްޔަތު ކަތިލަމުން ގެންދާ ބައެއްގެ ގޮތުގައެވެ. މިހާރު ގާނޫނުތައް އޮންނަގޮތުން އެމީހުންނަށް ދެވެނީ ދެ އަހަރެއްގެ ޖަލު ޙުކުމެވެ. މިދިޔަ ހުކުރު ދުވަހު […]
ސަރުކާރުގެ ދިމާނުވި ހިސާބު: މިހާރު ތިބީ އިންޑިއާގެ 88 ސިފައިން, “މުހިންމީ ފޮނުވައިލުން, އަދަދެއް ނޫން“

ރާއްޖޭގައި މިހާރު ތިބި އިންޑިއާ ސިފައިންގެ އަދަަދަކީ 88 ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ސަރުކާރުން ކުރިން ހަާމަކުރި ގޮތުގައި ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިންނެވެ. ފަހުން އެ އަދަދު 89 އަށް ބަދަލުވިއެވެ. ރައީސް އޮފީހުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ ޢަބްދުﷲ ނާޒިމް ވިދާޅުވީ އެންމެ ފަހުން ސަރުކާރުގެ އެކަމާބެހޭ ފަރާތްތަކުން ހާމަކުރި މައުލޫމާތުތަކުން ދައްކާ ގޮތުން ރާއްޖޭގައި ތިބީ އިންޑިއާގެ 88 ސިފައިން ކަމަށެވެ. […]
އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ތަސްދީގު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ތަސްދީގު ކުރައްވައިފިއެވެ. މިދިޔަ ޑިސެންބަރު 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރި މި ބިލުގައި ގާނޫނުއަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމްއިއްޔާތައް އުފެއްދުމާއި އެފަދަ ޖަމްއިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކުރިއަރުވައި އެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ. އަދި އެ ހައްގު ލިބިދެވޭނެ ދާއިރާ އެކަށައެޅުމާއި މަސައްކަތްތެރިންގެ […]
އިސްލާމީތާރީޚުގެ ތެރެއިން ޙަޖަރުލް އަސްވަދު -1

ތާރީޚު އިލްމަކީ މާޒީގެ ޙާދިސާތައް ކުރިއަށްއޮތް ޖީލުތަކަށް ގެނެސްދިނުމުގައި އެންމެ މުހިންމު ދައުރު އަދާކުރަމުން ގެންދާ ވަސީލަތް ކަމުގައި އެއްވެސް ކިއުންތެރިއަކު ދެބަސް ނުވާނެއެވެ. ހަމަ އެއާއިއެކު ދެނެގަންނަންޖެހޭ އަނެއް ޙަގީގަތަކީ ތާރީޚުގެ ޙާދިސާތައް ގެނެސްދިނުމަކީ އިންސާނުންނާ ގުޅިފައިވާ ކަމަކަށް ވުމާއެކު އެ ޙާދިސާތައް ގެނެސްދީފައިވަނީ ސައްތަ އިންސައްތަ ޙަގީގަތާއި އެއްގޮތަށް ކަމަށް ނުވުމަކީ އެކަށީގެންވާކަމެކެވެ. އެ ހާދިސާތަކުގެ މަޢުލޫމާތު ގެނެސްދޭ މީހާގެ ވިސްނުމާ ފިކުރާއި އަދި އޭނާ ޖައްސަން ބޭނުންވާ ކުލައެއް އޭގައި ޖެއްސުމުގެ ފުރުސަތު […]
ޖަޕާނަށް ބާރުގަދަ ބިންހެލުންތަކެއް

މިއަދު ހަވީރު ގާތްގަނޑަކަށް 4 ޖަހާކަށްހާއިރު ޖަޕާނުގެ ހުޅަނގުސަރަޙައްދު ބާރުގަދަ ބިންހެލުންތަކަކުން ގުޑުވާލުމާއި ގުޅިގެން ސުނާމީގެ އިންޒާރު އިއުލާން ކޮށްފިއެވެ. ޖަޕާނުގެ އިޝިކާވާ ސަރަޙައްދަށް މިއަދު ހަވީރު ޖަޕާނު ގަޑިން 4 ޖަހާކަށް ހާއިރު ޖެހިޖެހިގެން ބާރަ ވަރަކަށް ބިންހެލުން އައިކަމަށް ވެއެވެ. ޖަޕާނުގެ މީޓިއޮރޮލީ ޑިޕާރޓްމެންޓުން ހާމަކޮށްފައިވާ ގޮތުގައި އޭގެތެރެއިން އެންމެ ބާރުގަދަ ގުޑުމުގެ މެގްނެޓިއުޑަކީ 7.6 އެކެވެ. އޭގެ ސަބަބުން ވަރަށްބޮޑެތި ގެއްލުންތަކެއް ލިބުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ. ޖަޕާނުން ޢިއުލާންކުރި ސުނާމީގެ އިންޒާރުގައި އިޝިކާވާ ސަރަޙައްދަށް 5 މީޓަރު […]
ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ދެ ކުއްޖަކު ރާއްޖެއިން ބޭރަށް ފުރައިފި

ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ދެ ކުއްޖަކު މިއަދު ރާއްޖެއިން ބޭރަށް ފުރައިފިއެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުގެ ދަށުން ސަރުކާރުގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރަތަމަ ކުއްޖާ ރާއްޖެއިން ބޭރަށް ފުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އިތުރު ދެ ކުއްޖަކު މިއަދު ފުރާފައިވާކަން ހާމަކޮށް ހެލްތު މިނިސްޓްރީން މިއަދު ބުނީ އިތުރު ކުދިން އަންނަ ހަފްތާގައި ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. “މިއާ އެކު […]
ތަރައްޤީގެ ވިސްނުންތައް އުފަންވާން ވާނީ ރައްޔިތުންގެ ސިކުނޑިތަކުން: ރައީސް މުޢިއްޒު

ތަރައްޤީގެ ވިސްނުންތައް އުފަންވާން ވާނީ ރައްޔިތުންގެ ސިކުނޑިތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ އާ އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ހިޠާބުގައެވެ. އެގޮތުން ރައީސް މުޢިއްޒުގެ ހިޠާބުގައި ވިދާޅުވީ ތަރައްޤީ ފެށިގެން އަންނަން ވާނީ ތިރިން މައްޗަށް ކަމަށެވެ. ހަމަ އެހެންމެ ތަރައްޤީގެ ވިސްނުން އުފަންވާން ވާނީ ރައްޔިތުންގެ ސިކުނޑިތަކުގައި ކަމަށް ވިދާޅުވެ ރައްޔިތުން އެކަމުގެ މަސްއޫލިއްޔަތު ހަވާލުކުރާ ވެރިން މާތްﷲ އަށް ބިރުވެތިވެ، ތެދުވެރިކަމާއި ވަފާތެރިކަމާއެކު […]
މީލާދީ އާ އަހަރަކީ ރާއްޖެއަށާއި ދިވެހީންނަށް އުޖާލާ އަލިވިލުމެއް: ރައީސް

އަލަށް ފެށުނު މީލާދީ އާ އަހަރަކީ ދިވެހިރާއްޖެއަށާއި ދިވެހީންނަށް އުޖާލާ އަލިވިލުމެއް ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މީލާދީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި އެންމެހައި ދިވެހި އަޚުންނާއި އުޚުތުންނަށް ފޮނުއްވައި ރައީސް ދެއްވި ޚިތާބުގައި ވިދާޅުވީ ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ، ތަރައްގީގެ ވަރަށް ޚާއްސަ މޫސުމެއް ކަމަށެވެ. މިއީ ސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވައުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް […]
ތަރުޖަމާނަކަށް އައްޔަންކުރެއްވިތާ 3 ހަފުތާ ނުވަނީސް ޝަހީބް މަގާމުން ވަކިކުރައްވައިފި

ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައްޔަންކުރެއްވިތާ ތިން ހަފުތާ ނުވަނީސް މުޙައްމަދު ޝަހީބް އެ މަގާމުން ވަކިކުރައްވައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވައިފިއެވެ. ސަރުކާރުން އަދި މިކަން ރަސްމީކޮށް ހާމަނުކުރި ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތުގައި ޝަހީބް މިހާރު ހިމަނާފައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. މިދިޔަ މަހުގެ 13 ގައި ޝަހީބް ތަރުޖަމާނަކަށް އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ. ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާތައް […]
އާސަންދަ މެދުވެރިކޮށް އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ފަށައިފި

އާސަންދަ ސްކީމްގެ ދަށުން މިއަދުން ފެށިގެން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ. ބޮޑެތި ބަލިތައް ދުރާލައި ދެނެގަނެ ފަރުވާ ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ މަގުސަދުގައި ދިވެހި ރައްޔިތުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްްސައިދިނުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. މިއަދުން ފެށިގެން މެޑިކަލް ޗެކަޕްގެ ޚިދުމަތް ދޭން ހަމަޖެހިފައިވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އަދި އުމުރުން 35 އަހަރާއި 49 ވަނަ އަހަރާ ދެމެދުގެ މީހުންނަށާއި […]