މެލޭޝިއާ ވަކީލުންގެ ޓީމަކުން އިސްރާއީލުން ކޮށްފައިވާ ހަނގުރާމަމަތީ ކުށްތަކުގެ ހެކި ހުށައަޅައިފި

ޣައްޒާއާއި ދެކޮޅަށް އިސްރާއީލުން ދިން ހަމަލާތަކުގައި އަރައިގަނެފައިވާ ހަނގުރާމަމަތީ ކުށްތައް ސާބިތުކުރުމަށްޓަކައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މެލޭޝިއާގެ ވަކީލުންގެ ގްރޫޕަކުން ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓު (އައިސީސީ) ގައި ހެކި ހުށައަޅައިފިއެވެ.  މި ގްރޫޕުން އިސްރާއީލާއި ދެކޮޅަށް ހެކި ހުށައަޅާފައިވަނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުގައެވެ. އައިސީސީ ހިންގުމަށް އެކުލަވާލެވުނު މުއާހަދާ، ”ދަ ރޯމް ސްޓެޓިއުޓް“ގެ ދަށުން މައްސަލާގައި ބައިވެރިވާ ފަރާތްތަކުގެ އިތުރުން ތިންވަނަ ފަރާތަކަށްވެސް މައްސަލައާއި ގުޅޭ ހެކި ހުށައެޅުމުގެ ފުރުސަތު ލިއްބައިދެއެވެ. މިގޮތުން، އިސްރާއީލުން ފަލަސްތީނު […]

އިސްލާމީތާރީޚުގެ ތެރެއިން ހަޖަރުލް އަސްވަދު – 2

https://sandhaanu.today/36032/ އާއި ގުޅޭ … ިއުންތެރިންގެ ސަމާލުކަމަށްޓަކައި އަދިވެސް އެއްފަހަރު ހަނދާންކޮށްލަ ދޭންބޭނުމެވެ. މާތްވެގެންވާ އިސްލާމްދީނަކީ މާތް ﷲ ބާވައިލެއްވި ސީދާވެގެންވާ ތެދުމަގެވެ. އެހެންނަމަވެސް އަހަރެމެންގެ ތާރީޚަކީ ދުނިޔޭގެ އެހެން ޙާދިސާތަކުގެ ވާހަކަތަކެކޭ އެއްފަދައިން އިންސާނުންގެ އުފެއްދުމެކެވެ. އޭގައި އެ ތާރީޚުގެ ޙާދިސާ ގެނެސްދިން ބަޔަކު ބޭނުންވާގޮތް އެކުލެވިފައިވާނޭ ކަމަށް ބެލެވެއެވެ. ހިޖުރައިން 317 ވަނައަހަރު ހިނގާދިޔަ ޙާދިސާގެ މުހިންމުކަން ފާހަގަކުރަން ޖެހެއެވެ. އިސްލާމީ ތާރީޚުގެ ނައު އެހިސާބަށް ދަތުރުކުރިއިރު ތަފާތު މަޒްހަބުތައް އުފެދި އިސްލާމީ އުސޫލުތަކުގައި ހަމައެކަނި […]

ޕްރައިމަރީއަކާ ނުލައި 36 ބޭފުޅަކު އެމްޑީޕީގެ މަޖިލިސް ޓިކެޓު ކަށަވަރު ކުރައްވައިފި

މިއަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވި 36 ބޭފުޅަކު ޕްރައިމަރީއަކާ ނުލައި ޓިކެޓު ކަށަވަރު ކުރައްވައިފިއެވެ. މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވައިލި މުއްދަތު ހަމަވީ 30 ޑިސެމްބަރުގެ ނިޔަލަށެވެ. އެމްޑީޕީން މިއަދު ބުނީ ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ބައެއް ދާއިރާތަކަށް ކުރިމަތިލައްވާފައިވަނީ އެންމެ ބޭފުޅެއް ކަމަށެވެ. އެގޮތުން އެމްޑީޕީން ވަނީ ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ ޓިކެޓް ކަށަވަރު […]

މިދިޔަ 5 އަހަރު އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިން: މިނިސްޓަރު އަމީން

މިދިޔަ 5 އަހަރު އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ މިދިޔަ 5 އަހަރު 69,780 އުޅަނދު އަލަށް ރަޖިސްޓްރީކޮށްދިން ކަމަށާއި އޭގެތެރެއިން 42,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކުރީ މާލެއަށް ކަމަށާއި މިއީ އާދަޔާ ޚިލާފަށް ގިނަ އަދަދެއް ކަމަށެވެ. “މި ސްކޭލުގައި މި […]

ގޯތި އަދި ފުލެޓު ލިބޭ މީހުންނަށް މި ހަފުތާގައި ރަޖިސްޓްރީ ހަވާލުކުރަން ފެށޭނެ: ރައީސް

މިިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފުލެޓް ލިބޭނެކަމަށް ފައިނަލް ލިސްޓްގައި ހިމެނި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ އެ ފަރާތްތަކަށް ގޯތި ނުވަތަ ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި ހަފުތާއާއި ކުރިއަށް އޮތް ހަފުތާގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ހަފުތާ އާއި މިއަންނަ ހަފުތާ ތެރޭ ގޯތި އަދި ފުލެޓް […]

މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު އަންނަ ހަފުތާގައި އިއުލާނުކުރަނީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚު އަންނަ ހަފުތާގައި އިއުލާން ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް އެކްސްގައި ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚު އަންނަ ހަފުތާގައި އާންމުކޮށް އިއުލާން ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ އިންތިޚާބާބެހޭ ޖަލްސާ އިން ކަމަށް ޙަބީބް ވިދާޅުވިއެވެ. އިންތިޚާބުގެ އެކި […]

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން މަޖިލީހަށް ކުރިމަތި ނުލާން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައިފިއެވެ. އެގޮތުން ހިސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާ އަހަރުގެ ތަހުނިޔާ ފޮނުއްވަމުން ވަނީ ރައްޔިތުންގެ މަޖިލީހުގައި ތުޅާދޫ ދާއިރާ ތަމްސީލް ކުރެއްވުމަށް ދާއިރާގެ ރައްޔިތުން ދިން ފުރުސަތަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ ހިސާން ވަނީ އޭނާގެ މަސައްކަތުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރު […]

އެމްކިއުއޭގެ ސީއީއޯއަކަށް ފިޒާނާ ހަމަޖައްސައިފި

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯއަކަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ އެޑިޔުކޭޝަން ފެޝިލިޓީގެ ކުރީގެ ޑީން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ފިޒާނާ ރަޝީދު ހަމަޖައްސައިފިއެވެ.  މިކަން ހާމަކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ފިޒާނާ އެ މަޤާމަށް ހަމަޖެއްސުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، އޭނާއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން މުވައްޒަފުންނާއެކު ބޭއްވި އެ ބައްދަލުވުމުގައި މުވައްޒަފުންގެ މަޝްވަރާވެސް މިނިސްޓަރު މާރިޔާ ހޯއްދަވާފައިވާ ކަމަށް […]

ދެބޯޓު ޖެހި ޓޯކްޔޯ ރަންވޭގައި ހިނގި އެކްސިޑެންޓުގައި ޖަޕާން އެއަރލައިންސްގެ ބޯޓުގައި އަލިފާން ރޯވެއްޖެ

ޓޯކްޔޯ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސަން އުޅުނު ޖަޕާން އެއަރލައިންސްގެ މަތިންދާބޯޓެއް އެކްސިޑެންޓުވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.  ރަންވޭ މަތީގައި އޮތް އެހެން މަތިންދާބޯޓެއްގައި ޖެހި ހިނގި މި އެކްސިޑެންޓާއެކު، ޖަޕާން އެއަރލައިންސްގެ ބޯޓުގައި އަލިފާން ރޯވުމުން، ބޯޓުން ދަތުރުކުރި އެތައް ސަތޭކަ ފަސެންޖަރުން ވަނީ ބޯޓުން ބާލާފައެވެ. މިގޮތުން، މި ބޯޓުން ދަތުރުކުރި 379 މީހުންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށާއި، ރައްކާތެރިކަމާއެކު ބޭލިފައިވާކަމަށް ޖަޕާނުގެ ޓްރާންސްޕޯޓް މިނިސްޓަރ ޓެޓްސުއޯ ސައިޓޯ ވަނީ ބުނެފައެވެ.  […]

އިޒްރޭލު ބޭނުންވާ ކާމިޔާބު ނުލިބި ޣައްޒާއިން ފައިބަނީ

އިޒްރޭލުން ޣައްޒާގައި ހާސިލްކުރަން ބޭނުންވި ކަންކަން ހާސިލްނުކުރެވުމުން އިޒްރޭލުގެ ނިރުބަވެރި ސިފައިން ބައިބަޔަށް ޣައްޒާއިން ފައިބަން ފަށައިފިއެވެ. އިޒްރޭލުން ބުނެފައިވަނީ ”ދެން އޮތް ފިޔަވަހީގެ ހަރަކާތްތައް ފެށުމަށްޓަކައި“، ޣައްޒާގައި ތިބި އިޒްރޭލު ސިފައިންގެ އަދަދު މަދުކުރަން އެގައުމުން ވާނީ ފަށާފައެވެ.  މިގޮތުން، އިޒްރޭލު ސިފައިންގެ ރިޒާވް ޑިވިޝަން އެއްކޮށް ޣައްޒާ ސްޓްރިޕް ދޫކޮށް މިހާރު ގޮސްފައިވާއިރު، 551 ރިޒާވް ޕެރެޝޫޓް ކޮމާންޑޯ ބްރިގޭޑްއާއި އާމާރޑް ރިޒާވް ބްރިގޭޑްގެ 14 ވަނަ ބްރިގޭޑްވެސް ވަރަށް އަވަހަށް ޣައްޒާ ދޫކޮށް […]