އިސްލާމީތާރީޚުގެ ތެރެއިން ހަޖަރުލް އަސްވަދު - 2

Loading

Facebook
Twitter
WhatsApp

https://sandhaanu.today/36032/ އާއި ގުޅޭ …

ިއުންތެރިންގެ ސަމާލުކަމަށްޓަކައި އަދިވެސް އެއްފަހަރު ހަނދާންކޮށްލަ ދޭންބޭނުމެވެ. މާތްވެގެންވާ އިސްލާމްދީނަކީ މާތް ﷲ ބާވައިލެއްވި ސީދާވެގެންވާ ތެދުމަގެވެ. އެހެންނަމަވެސް އަހަރެމެންގެ ތާރީޚަކީ ދުނިޔޭގެ އެހެން ޙާދިސާތަކުގެ ވާހަކަތަކެކޭ އެއްފަދައިން އިންސާނުންގެ އުފެއްދުމެކެވެ. އޭގައި އެ ތާރީޚުގެ ޙާދިސާ ގެނެސްދިން ބަޔަކު ބޭނުންވާގޮތް އެކުލެވިފައިވާނޭ ކަމަށް ބެލެވެއެވެ.

ހިޖުރައިން 317 ވަނައަހަރު ހިނގާދިޔަ ޙާދިސާގެ މުހިންމުކަން ފާހަގަކުރަން ޖެހެއެވެ. އިސްލާމީ ތާރީޚުގެ ނައު އެހިސާބަށް ދަތުރުކުރިއިރު ތަފާތު މަޒްހަބުތައް އުފެދި އިސްލާމީ އުސޫލުތަކުގައި ހަމައެކަނި ތިމަތިމާމެންގެ ގޮތަކީ ރަނގަޅުގޮތް ކަމުގައި ދުށް މަޒްހަބުތަކެއް އުފެދިގެން ދިޔައެވެ.

އަދި މަޒްހަބުތައް ކަފިކަފިވެގެންވެސް ހިނގައްޖެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ބައެއް މަޒްހަބުތަކަށް ތަބާ ނުވާމީހުން މެރުންފަދަ އަނިޔާވެރިކަން ވެސް ހިނގަމުން ދިޔައެވެ.

އޭގެތެރޭގައި އެންމެ ހަރުކަށި ވިސްނުމެއްގައި ތިބީ އިސްމާޢީލީންގެ މަޒްހަބުން ކަފިވެގެން ގޮސްފައިވާ ގަރާމިތާ އޭ ކިއުނު ގަބީލާތަކުގެ މީހުންނެވެ. އެމީހުން ދިރިއުޅެމުން ގެންގޮސްފައިވަނީ ޢަރަބި ކަރައިގެ އަލްޙައްސާ ( މިހާރުގެ ބަޙްރައިން ) ހިމެނޭ ސަރަހައްދުތަކުގައެވެ.

އިސްލާމީ ޝަރީޢަތާއި ނަމާދު ކުރުންފަދަ އަޅުކަންތައްވެސް އަދާކުރަމުން ގެންދިޔައީ އެމީހުން ބޭނުންވާ ގޮތަކަށް މާނަކޮށް ގެންނެވެ. އެ ޖަމާއަތުގެ އަމިއްލަ ވެރިކަމެއް އުފައްދައި ނުފޫޒު ފަތުރަމުން ގެންދިޔައެވެ. އޭގެތެރޭގައި އައްބާސީ ދައުލަތާ ހަނގުރާމަ ކުރުންފަދަ ޙަރަކާތްތައް ވެސް ގެންދިޔައީ ހިންގަމުންނެވެ.

އައްބާސީ ދައުލަތަކީ އޭރު ބާރުގަދަ ދައުލަތެއްނޫނެވެ. އެ ހަނގުރާމަ ތަކުގައި އައްބާސީ ދައުލަތުގެ ބާރު ކަނޑުވާލައި އެދައުލަތުގެ ބިންތައްވެސް ފޭރިގަތް ކަމަށް ތާރީޚުން އެނގެއެވެ.

އެމީހުންގެ ލަޝްކަރުތައް އިރާގުގެ ކޫފާވަށާލައި ބަޣްދާދަށް އަރާގަތުމާ ހަމަޔަށް ވާސިލުވުމާއި ކައިރިއަށް ދިޔައެވެ. އަދި މައްކާއަށް އަރާގަނެ އެ އަހަރުގެ ޙައްޖުވެރިންގެ ތެރެއިން ވިހިހާސްމީހުން މަރާލިކަމަށާއި ގަބުރުތައް އަޅާ ޒަމްޒަމް ވަޅުކޮޅު ފުރާލިކަމަށް ތާރީޚުން ހެކިލިބެއެވެ.

ބުނެވޭގޮތުގައި ޙަރަމްފުޅުގެ ސަރަޙައްދު ލޭގެ ކޯރެއްގެ ގޮތުގައި ވަނީ ސިފަކުރެވިފައެވެ. ހާރޫން ރަޝީދު ޙަޖަރުލް އަސްވަދު ރައްކާތެރި ކޮށްފައިވާލެއް ފުރިހަމަކަމުން އެބައިމީހުންނަށް ޙަޖަރުލް އަސްވަދު ނުނެގިގެން އެންމެފަހުން ކޯރާޑިއަކުންތަޅާ ކުދިކޮށްގެން ނަގާ ކޮތަޅަކަށް އަޅައިގެން އެބައިމީހުންގެ ގައުމަށް ގެންދިޔަކަމުގައި ލިޔެވިފައިވެތެވެ.

އޭގެފަހުން އެބައިމީހުންގެ މައި ސަރަޙައްދުގައި ގެފުޅުގެސިފައަށް އިމާރާތެއް ހަދައި އެތަނުގައި ހަޖަރުލް އަސްވަދުގެ އެތިކޮޅުތައް ބަހައްޓިއެވެ. އެއަށްފަހު އެޢިމާރާތުގައި ތަވާފުރުމަށާއި ހަޖަރުލް އަސްވަދުގައި ބޮސްދިނުން އެ ގަބީލާތަކުގެ މީހުންނަށް މަޖްބޫރު ކުރެވިގެންދިޔައެވެ.

ެހެންނަމަވެސް އެ ގަބިލާތަކުގެ ގިނަބަޔަކު އެކަމަށް އިންކާރުކުރުމުން އަމިއްލަ ގަބީލާތަކުގެ އެތައްބަޔަކު މަރާ ހުސްކޮށްލިއެވެ.  އެއަށްފަހު ބާވީސް އަހަރު ދުވަސް ވާންދެން މައްކާގައި ޙަޖަރުލް އަސްވަދު ނެތި ފާއިތުވެގެން ދިޔައެވެ.

އެ މުއްދަތުގައި ޙަަޖަރުލް އަސްވަދު އޮތީ ގަރާމިތާއިންގެ އަތްދަށުގައެވެ. ބާވީސް އަހަރުދުވަސް ވާންދެން އައްބާސީ ދައުލަތުން އެކިއެކި އަގުތައް ހުށައަޅައިގެންވެސް ގަރާމިތާއިންގެ އަތުން ޙަޖަރުލް އަސްވަދު ލިބޭނެ މަގެއް ނުފެނި ދިޔައެވެ.

އެނެމެފަހުން އެ މައްސަލާގައި ފާތިމީ އިސްލާމުންނާ ދިމާލަށް އިނގިލި ދިމާކުރެވި އިލްޒާމުތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. ގަރާމިތާއިންނަކީ ފަތިމީ އިސްލާމްގެ އުސޫލުތައް ގަބޫލު ނުކުރާ ބަޔަކު ކަމުގައިވިޔަސް އެ މަޒުހަބުން ކަފިވެގެން ގޮސްފައިވާ ޖަމާޢަތަކަށް ވީތީ ކުރިމަތި ވަމުންދިޔަ ފާޑުކިއުންތަކުން ބަރީއަވެގަތުން ފާތިމީ އިސްލާމުންނަށް ފަސޭހައެއް ނުވިއެވެ.

އެންމެފަހުން އެކިއެކި ގޮތްގޮތުން ވާހަކަދެކެވި މަޝްވަރާތަކެއް ކުރުމަށްފަހު އެހެންގޮތެއް ނެތިގެން ގަރާމިތާއިންގެ ފަރާތުން ޙަޖްރުލް އަސްވަދުގެ ވިއްސަކަށް އެތިކޮޅު އަޅާފައިއޮތް ކޮތަޅު ކޫފާގެ ބޮޑު މިސްކިތުގެ ގޯތިތެރެއަށް އެއްލާލާފައި ފާތިމީ އިސްލާމުންނަށް ކަލޭމެން ގެންދާށޭ ބުނެ ދޫކޮށްލީ ކަމަށް ބުނެވެއެވެ. އެއަށްފަހު އަނެއްކާވެސް މައްކާގެ ހަރަމްފުޅަށް ގެންގޮސް އޭގެ މަގާމުގައި ބެހެއްޓިފައި ވަނީއެވެ. ދުނިޔަވީ ކަންތައްތަކަށް ބަލާއިރު އިސްމާއީލީ މަޒްހަބުގެ މައިތަނބުކަމުގައި ބެލެވުނު ފާތުމީ އިސްމާޢީލިއްޔަތުން ގަބޫލުކުރާ އިސްލާމްދީނުގެ އުސޫލުތައްވެސް ގަރާމިތާއިން ގަބޫލެއް ނުކުރެއެވެ.

ފާތިމީ އިސްލާމުންކަމުގައި ބުނެވެނީ ޢަރަބިންގެ ނަސްލުން ޢަލީގެފާނާއި ފާތުމަތުގެ ފާނަށް ނިސްބަތްކުރެވޭ ޝިޔާއިންނަށެވެ. ފާތިމީ އިސްލާމުންގެ ޚިލާފަތު ދެމިއޮތީ މީލާދީން 909 ން 1171 ށް މިސްރުގައެވެ.

ިފަހަރު ޙަޖްރުލް އަސްވަދު ލިބުމުން ޙަޖަރުލް އަސްވަދުގެ އެތިކޮޅުތައް ރައްކާތެރިކުރުމުގެ ގޮތުން މައްކާގެ ވެރިކަމުގެ ފަރާތުން ކަންތައް ކުރެއްވިގޮތަކީ އެ އެތިކޮޅުތައް ތަތްކުރެވޭނެ ގޮތަކަށް ތާރާއި ބައެއް އެހެނިހެން މާއްދާތައް އެއްކޮށްގެން ތެރަހެއް ފާޑުގެ އެއްޗެއް ތައްޔާރުކޮށް އެ އެތިކޮޅުތައް ތަތްކުރުމަށްފަހު ކުރިންވެސް ހުރި ރިއްސާއި އަގުބޮޑު މައުދަން ތަކުން ހަދާފައިވާ ކޭސިން އާއި ވޮށީގައި ހަރުކުރީއެވެ.

އެއީ ހިޖްރައިން 317 ވަނަ އަހަރު ހިސާބުގައެވެ. ތަތްކުރުމުގެ ތެރޭގައި ހައެއްކަ ހިލަކޮޅު ވަނީ އެތެރެއަށްވަދެ ނިވާވެފައެވެ. ފެންނަންއެހުރީ އަނެއް ހައެއްކަ ހިލަކޮޅެވެ. މިހާރު ފެންނަން އެހުރީ އެގޮތަށް ތައްޔާރުކުރެވުނު ޙަޖްރުލް އަސްވަދުގެ އެތިކޮޅުތަކެވެ. އެތެރޭން ފެންނަ ކަޅުކުލައަކީ ހަޖަރުލް އަސްވަދުގެ ބައެއް ނޫނެވެ.

ޙަޖަރުލް އަސްވަދަކީ އޭގައި ތަތްތޮކޮށްފައިވާ ކުދިކުދި ހިލަކޮޅުތަކެވެ. ކަޅުކުލައިގާ ފެންނަ މައުދަނަކީ ދޭތެރެދޭތެރޭން އާކުރެވެމުންދާ އެއްޗެކެވެ. އެންމެފަހުން އާކުރެވުނު ކަމަށް ބުނެވެނީ މީގެ ހަތްދިހަ ވަރަކަށް އަހަރުގެ ކުރިންނެވެ.   

ޮންމެއަކަސް ޙަޖަރުލް އަސްވަދުގެ ވާހަކަ އެހިސާބުން ނިމުނީކީ ނޫނެވެ. އިސްލާމީ އުންމަތުގެ ފަހުގެތާރީޚު ދުށް އެންމެ ބާރުގަދަ ޚިލާފަތު ކަމުގައި ބެލެވިފައިވާ އުސްމާނީ ޚިލާފަތުގެ ބާރުގަދަ ޚަލީފާ ސުލައިމާން އައްވަލްގެ ވެރިކަމުގައި މައްކާއާއި މަދީނާ އަދި ބައިތުލް މަގްދިސް ވަރަށް ފުރިހަމައަށް ބިނާކުރެއްވިއެވެ.

އެއީ މީގެ 550 ވަރަކަށް އަހަރުގެ ކުރިންނެވެ. ސުލައިމާން އައްވަލް ނުވަތަ ސުލައިމާނު ގާނޫނީ އަކީ އުސްމާނީ ޚިލާފަތުގައި އެންމެ ގިނަ ދުވަހު ޚަލީފާކަން ކުރެއްވި ބޭފުޅާއެވެ. މީލާދީ ތާރީޚުގެ 1520 ން 1566 އަށެވެ.   

މިތާނގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ މައްކާއާއި މަދީނާ އަދި މަސްޖިދުލްއަގްސާ ބިނާކުރެއްވުމުގައި ބައިތުލް މާލުން ބަޖެޓެއް ކަނޑައެޅުއްވުމަކާއި ނުލައި ހޭދަކުރެއްވިއިރު އެންމެ ފަހަރަކުވެސް އެމަނިކުފާނު މައްކާއަށް ޒިޔާރަތްކުރައްވާ ފައެއްނުވެއެވެ. އަދި އުސްމާނީ ޚިލާފަތުގެ އެއްވެސް ޚަލީފާއަކު ޙައްޖުގެ އަޅުކަން އަދާކުރެއްވިކަން ތާރީޚުން އެނގޭކަށްވެސް ނެތެވެ. އެޒަމާނަކީ ދަތުރުފަތުރުކުރުން މިހާފަސޭހަ ޒަމާނެއް ނޫނެވެ.

 އެހެންނަމަވެސް ޙަޖަރަލް އަސްވަދު ދެކެން ސުލައިމާން އައްވަލް ބޭނުންފުޅުވިއެވެ. ދެން އޭނާގެ އަމުރުފުޅަށް ޙަޖަރުލް އަސްވަދުގެ ފަސްހިލަކޮޅު ނައްޓާލައިގެން އޭނާގެ އަރިހަށް ގެނެވުނުކަމުގައި ތާރީޚު ބުތެވެ.

އެކަމަކު އެ ހިލަކޮޅުތައް އަނބުރާ މައްކާގެ ޙަރަމްފުޅަށް ފޮނުވާކަށް އެމަނިކުފާނު ބޭނުންފުޅެއް ނުވިއެވެ. އޭގެ ބަދަލުގައި އެމަނިކުފާނުގެ އާރކިޓެކް ސިނާނަށް އަމުރުކުރެއްވީ އެ ހިލަކޮޅުތައް ބެހެއްޓުމަށްޓަކައި ވަޒީރުގެ ނަމުގައި މިސްކިތެއް ބިނާކުރުމަށެވެ.

ސިނާނަކީ އެދުވަސްވަރު މުޅި އިސްލާމީ އުންމަތުގައިހުރި އެންމެމޮޅު އާރކިޓެކްޓެވެ. މުޅި ތުރުކީއަށް ބަލާލިއަސް މިހާރުވެސް އެތަން މިތަނުން ފެންނަމުންދާނީ ސިނާނުގެ އާކިޓެކްޓުގެ ފުރުހަމަ ނަމޫނާތަކެވެ.

ތުރުކީގެ އިސްތަންބޫލްގައި މިހާރުވެސް ފެންނަން ހުރި ރީތި ބޮޑު މިސްކިތް ބިނާކުރެވި ނަންދެވިފައިވަނީ ވަޒީރު މަހްމޫދު ބާޝާގެ ނަމަށެވެ. އެ މިސްކިތަށް ވަންނައިރު ކުރިމަތިން ޙަޖަރުލް އަސްވަދުގެ އެއް ހިލަކޮޅު ފެންނަން ހުންނާނެއެވެ.

މިސްކިތުގެ މިޙްރާބުގައިވެސް އެއް ހިލަކޮޅު ބެހެއްޓިފައި ހުންނާނެއެވެ. މިސްކިތް ބިނާކުރެވިފައިހުރީ އެކި ދިމާލުގައި ބަހައްޓާފައިހުރި ފަސްހިލަކޮޅުތަކަށް އިޝާރާތް ކޮށްދޭ ގޮތަކަށެވެ. އެކަމަކު އަތްލެވޭވަރަށްވުރެން މާ އުހުގައެވެ.                                                 

ދީނީ ނަޒަރަކުން ބަލާއިރު ހަނދާނަށް އަންނަނީ ޙަޖަރަލް އަސްވަދާ މުޚާތަބު ކުރައްވައި މިއުންމަތުގެ 3 ވަނަޚަލީފާ އުމަރުގެފާނު ވިދާޅުވި ކަމަށް އިލްމުވެރިން ވިދާޅުވަމުން ގެންދަވާ ބަސްފުޅެކެވެ.

 “ ތިޔައީ އަހަރެންނަށް ފައިދާއެއް ނުވަތަ ގެއްލުމެއްވިޔަސް ދިނުމުގެ ގާބިލުކަން ލިބިފައި ނުވާ ހިލައެކެވެ. އަހަރެން ކަލެއަށް ސަލާމްކުރަނީ ކީރިތި މާތް ނަބިއްޔާގެ ސުންނަތަށް ތަބާ ވުމުގެގޮތުންނެވެ ”.

Loading

One Response

  1. ތާރީޚުގެ މިފަދަ ވިލާވަޅުތައް ވީހާވެސް ގިނައިން ގެނެސް ދެއްވާނެ ނަމަ ވަރަށް ރަނގަޅެވެ. ލިއުން ފައްޓަވަމުން އިޝާރާތް ކުރައްވާފައިވާ ފަދައިން ތާރީޚީ ފިލާވަޅު ތަކަކީ މުޅިން ހަގީގަތަށް ނުވެދާނެއެވެ. އެކަމަކު ތާރީޚު އިލްމުން ނޫނީ މާޒީގެ ސަފްހާތައް އެނގޭނެ ގޮތެއްވެސް ނޯންނާނެއެވެ.
    މި ލިއުއްވުމުންވެސް އާންމުކޮށް އެނގިފައިނުވާ މައުލޫމާތުތަކަކަށް އަލި އަޅުވާލަ ދެއްވައިފީމުއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް