މުސާރަދިނުން ހުއްޓާލުމާއެކު އިންޑިއާގެ މުސްލިމް މުދައްރިސުންގެ ވަޒީފާތައް ގެއްލޭނެކަމުގެ ބިރު އުފެދިއްޖެ

ފައިސާ ނެތްކަމަށްބުނެ އިންޑިއާގެ އެންމެ ބޮޑު އާބާދީއެއް ދިރިރުޅޭ ނިއު ދިއްލީގެ އިސްލާމިކް ސްކޫލުތަކުގައި ހިސާބާއި ސައިންސް މާއްދާތައް ކިޔަވައިދޭ 21،000 އަށްވުރެ ގިނަ މުސްލިމް މުދައްރިސުންނަށް މުސާރަދިނުން ހުއްޓާލާފައިވާއިރު، އެވަޒީފާތައް މުޅިންހެން ގެއްލުމުގެ ފުރުސަތު އެބައޮތްކަމަށް އިންޑިއާ ސަރުކާރުގެ މަސްދަރަކުން ހާމަކޮށްފިއެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހިންދޫ ނޭޝަނަލިސްޓް ޕާޓީއިން ވެރިކަންކުރާ އުއްތަރް ޕްރަދޭޝްގެ މަދަރުސާތަކުގައި މަސައްކަތްކުރާ މުދައްރިސުންނެވެ. މި މައްސަލަ ފެންމަތިވެފައި މިވަނީ ބޮޑުވަޒީރު މޯދީ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް ކުރިމަތިލާފައިވަނިކޮށެވެ. […]
މި ހަނގުރާމައަކީ ”ޒަޔަނިސްޓް ގޭންގް“ އާ ދެކޮޅަށް ކުރާ ހަނގުރާމައެއް: ހޫތީ މުޖާހިދުން

ޔަމަނުން ކުރަމުން ގެންދާ ހަނގުރާމައަކީ އެމެރިކާ ނުވަތަ އިނގިރޭސިވިލާތުގެ ރައްޔިތުންނާއި ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫންކަމަށާއި، ހޫތީން ހަނގުރާމަކުރަނީ އެދެގައުމުގެ ވެރިކަން ކުރުމާއި ހަވާލުވެތިބި ”ޒަޔަނިސްޓް ގޭންގާއި ދެކޮޅަށްކަމަށް ހޫތީން ބުނެފިއެވެ. ޔަމަނުގެ ހޫތީ މުޖާހިދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއާއި އިނގިރޭސިވިލާތުގެ ވެރިކަމުގައި ތިބި ޒަޔަނިސްޓުން އިސްވެ ތިބި ދުނިޔޭގެ ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ދީފައިވާކަމަށާއި، އެއްވެސް ބޭނުމެއްނެތް ގިނަ ހަނގުރާމަތަކަކަށް އެމެރިކާގެ ސިފައިން ފޮނުވައި އެ ސިފައިންގެ ފުރާނަ ގެއްލުވާލާފައިވާކަމަށެވެ. މިގޮތުން، […]
އެމެރިކާއާއި އިނގިރޭސިވިލާތުން ބޭނުންވަނީ ރަތްކަނޑު ލޭގެ ކަނޑަކަށް ހަދާލަން: އުރުދުޣާން

ރަތްކަނޑު ލޭގެ ކަނޑަކަށް ބަދަލުކޮށްލުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން މަސައްކަތްކުރާކަމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ. އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދާ ގަތުލުއާންމުގެ މައްސަލަ ބައިންލައަޤްވާމީ އިންސާފުގެ ކޯޓު (އައިސީޖޭ) އިން ބަލަން ފެށުމާއެކު، އިންގިރޭސިވިލާތާއި އެމެރިކާއިން ޔަމަނަށް ބޮން އަޅަން ވަނީ ފަށާފައެވެ. މިކަމާއި ގުޅުވައިގެން ވާހަކަދައްކަމުން ރައީސް އުރުދުޣާން ވިދާޅުވީ މިއީ ވަރުގަދަ ބާރުތަކުން އެއަށްވުރެ ދެރަ ބާރުތަކާއި ދެކޮޅަށް ކުރާ ހަނގުރާމައެއްކަމަށާއި، އިސްރާއީލުން ޣައްޒާގައި މިކަން ދައްކަމުން ގެންދާކަމަށެވެ. އަދި އިރާނުންވެސް އެމީހުން […]
އިންޑިއާއިން ރާއްޖެ ހިފައި ރައީސް މުޢިއްޒުގެ ސަރުކާރު ވައްޓާލަން އެ ގައުމުގެ ލީޑަރަކު ގޮވާލައްވައިފި

އިންޑިއާއިން ރާއްޖެ ހިފުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު ސްބްރަމާނިޔަމް ސްވަމީ ގޮވާލައްވައިފިއެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން މުހުލަތެއް ދީފައެވެ. މިކަން ފާހަގަކުރައްވައި ސްވާމީ ވަނީ އެ އެންގުމަށް އިންޑިއާގެ ސަރުކާރުން އަމަލުކުރާނެތޯ ސުވާލު އުފައްދަވައިފައެވެ. މި އެންގުމާއެކު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އިންޑިއާގެ މޫނުމަތީ ތަފާލެއް ޖަހާނީތޯއާއި މީގެކުރިން ރަޖީވް ގާނދީ ހެއްދެވިހެން އިންޑިއާ ސިފައިންގެ ލަޝްކަރެއް, އިތުބާރު […]
އިޒްރާޢީލުގެ އަނިޔާތަކަށް ރައްދު ޖަވާބުދޭނަން: ހިޒްބުއްލާ

އޮކްޓޯބަރު 7 ގެ ފަލަސްތީނުން އިޒްރާއީލަށް ޙަމަލާދިނުމުގެ ތިން މަސްދުވަސްކުރިން އިސްރާއީލާއި ލެބަނަން ގުޅޭ ސަރަޙައްދުން އިސްރާއީލުގެ އެތައްހާސް ރައްޔިތުންނެއް ދުރަށް ގެންދިޔައެވެ. ނަމަވެސް އެ ސަރަޙައްދުގައި ހިޒްބު ﷲ ގެ މިލިޓްރީ ބާރު މާބޮޑަށް ގަދަކުރުމަކީ އިސްރާއީލުން ފުރުސަތުދޭން ބެނުންވާ ކަމެއް ނޫނެވެ. މިހާރުވެސް އިސްރާއީލުން ހިޒްބު ﷲ އަށް އިންޒާރު ދެމުންގެންދަނީ 2006 ގައި ފާސްކުރި އ. ދ. އެއްބަސްވުމާ ޚިލާފު ވަމުންދާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެނަސް އިސްރާއީލުން ދައްކާ މިފަދަވާހަކަތައް އަޑުއަހާކަށް ބޭނުން ނުވާކަމަށް ހިޒްބު ﷲ ބެނެއެވެ. އެމެރިކާއިން އީރާނަށާއި […]
އިސްރާއީލާއި އެމެރިކާ އަދި އީރާނުގެ ބައިވެރިން ބޮޑު ހަނގުރާމައަކާ ދިމާލަށް

އިސްރާޢީލުން ލުބުނާނަށް ދިން ހަމަލާތަކުގައި ޙިޒްބުއްލާ ގެ ކޮމާންޑަރަކު ޝަހީދު ކޮށްލުމާ ގުޅިގެން އިސްރާއީލާއި އެމެރިކާ އަދި އީރާނުގެ މަދަދު ލިބެމުންދާ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ހަނގުރާމަ ފެށުމުގެ ބިރުވެރި އަލާމާތަތައް ފެންނަން ފަށައިފިއެވެ. ބިރުވެރި އަލާމާތަތައް ފެންނަން ފަށައިފިއެވެ. މި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ޙިޒްބުﷲ އިން އިސްރާއީލުގެ ވަރަށް މުހިންމު މިލިޓްރީ ޓާގެޓަކަށް ހަމާލާދިނެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ދިން ވައިގެ ހަމަލާގައި ހަމާސް ޖަމާއަތުގެ އިސް ބޭފުޅަކު ޝަހީދު […]
ނަތީޖާތަކުން ދައްކާ ގޮތުން އެމްޑީޕީ ކެންޑިޑޭޓް އާޒިމް ބޮޑު ތަފާތަކުން ކުރީގައި

މާލޭގެ މޭޔަރު އިންތިޚާބުކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގެ ވޯޓު ގުނަމުންދާއިރު އެންމެ ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްކަމަށް ނަތީޖާތަކުން ދައްކައިފިއެވެ. މާލޭގެ މޭޔަރުކަމަށް ބޭފުޅަކު އިންތިޚާބުކުރަން ވޯޓުލުން ފެށީ ހެނދުނު 08:00 ގައެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ ހަވީރު 17:00 އާ ހަމައަށެވެ. އިލެކްޝަން ކޮމިޝަނުން ބުނީމި އިންތިޚާބުގައި 54680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު ވޯޓުލާފައިވަނީ 17000 އެއްހައި މީހުން ކަމަށެވެ. ވޯޓު ގުނަން ފަށާފައިވާއިރު ބައެއް ޓީވީ ޗެނަލްތަކުގެ ވަގުތީ […]
އެންމެ ފުރަތަމަ ފަލަސްތީނު ރެފިއުޖީން ބަލައިގަތީ ރަޝިއާގެ ދަގެސްތާނުން

ފަލަސްތީނުން ނުކުމެގެން ގެންދިޔަ ފުރަތަމަ 5 ރެފިއުޖީން ބަލައިގަނެފައިވަނީ ރަޝިއާގެ ދަގެސްތާނުންނެ. ދަގެސްތާނުގެ ބޮޑުވަޒީރު އަބްދުލްމުސްލިމޮވް ރެފިއުޖީންނަށް މަރުހަބާ ކިޔުމުގައި އިސްކޮށް ހަރަކާތެތެރިވެފައިވާއިރު، އެގައުމަށް ހިޖުރަކުރި ރެފިއުޖީންނަށް އެގައުމުގައި ތިބުމަށާއި، ތައުލީމު ހާސިލްކުރުމަށާއި، މަސައްކަތްކުރުމުގެ މަގުފަހިކޮށް ޚިދުމަތްތައް ވަނީ ގާއިމްކޮށްދީފައެވެ. ފަލަސްތީނުގެ 200 އެއްހައި ރެފިއުޖީންނަށް މަރުހަބާ ކިޔުމަށް ތައްޔާރަށް ތިބިކަމަށްބުނެ އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަގެސްތާނުގެ ހެޑް އޮފް ދަގެސްތާން، ސަރްޚޭ މެލިކޮވް ބުނީ، ހައްޤުގެއްލޭ ކޮންމެ ބަޔަކާއި އެކުގައި ދަގެސްތާނުން ތިބޭނެކަމަށާއި، ކާބޯތަކެއްޗާއި ދިރިއުޅޭނެ […]
އެކުއަޑޯގައި ގޭންގުތަކާއި ދެކޮޅަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

އެކުއަޑޯގައި އޮންނަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު ގޭންގުގެ ލީޑަރު ޖަލުން ފިލުމާއި ގުޅިގެން އެގައުމުގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ. މިގޮތުން، ބަންދުގައި ހުރި އެޑޮލްފޯ މާކީއަސް، އާންމު ނަމުންނަމަ ފީޓޯ، އޭނާގެ ޖަލު ގޮޅިން ފިލާފައިވާކަމަށް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ އާދީއްތަ ދުވަހުގައެވެ. އަދި އޭނާ ޖަލުން ފިލުމުގައި ޖަލު ބަލަހަށްޓަން ތިބި ދެ އޮފިސަރަކު ބައިވެރިވެފައިވާކަމަށް ޚަބަރުތަކުން ބުނެއެވެ. އަދި އެކުއަޑޯގެ ޕްރޮސެކިއުޓަރުން ވަނީ އެ ދެ އޮފިސަރުންނާއި ދެކޮޅަށް ކޯޓުގައި […]
ގަތުލުއާންމުގެ މައްސަލާގައި އިޒްރޭލާއި އެއްކޮޅަށް ތިބީ އެމެރިކާއާއި އިނގިރޭސިވިލާތް އެކަނި

ދެކުނު އެފްރިކާއިން އިޒްރޭލާއި ދެކޮޅަށް ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓު (އައިސީޖޭ) އަށް ވެއްދި ގަތުލުއާޏްމުގެ މައްސަލާގައި އިޒްރޭލާއި އެއްކޮޅަށް ތިބީ އިނގިރޭސި ވިލާތާއި އެމެރިކާ އެކަންޏެވެ. މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ބުރާސްފަތިދުވަހު ހޭގްގައި ހުންނަ ބައިނަލްއަޤްވާމީ ކޯޓުގައި ބޭއްވުނުއިރު، ދެކުނު އެފްރިކާގެ ފަރާތުން ބަޔާން އިއްވުމަށްފަހު އިޒްރޭލުން ގަތުލުއާންމު ހިންގާކަމަށް ގަބޫލުނުކުރާކަމަށް ބުނެފައިވަނީ ހުޅަނގުގެ އެމެރިކާއާއި އިނގިރޭސިވިލާތުންނެވެ. ދެންތިބި ހުރިހައި ގައުމަކުންވެސް ވަނީ އިޒްރޭލާއި ދެކޮޅަށް ފަލަސްތީނަށް ތާއީދުކޮށްފައެވެ. މިގޮތުން، އިޒްރޭލުން ހިންގަނީ ގަތުލުއާންމެއްކަމަށް ގަބޫލުކުރާ ގައުމުތަކުގެ […]