މެދުއިރުމަތީގެ ސަރަހައްދީ ހަނގުރާމަ ވަރުގަދަކުރަނީ

މެދުއިރުމަތީގެ ސަރަހައްދީ ހަނގުރާމަ ފުޅާކޮށް ވަރުގަދަކުރާނެކަމަށް އެސަރަހައްދުގެ މުޖާހިދުންގެ ގުރޫޕްތަކުން ބުނެފައިވާކަމަށް ޣައްޒާގެ ހަމާސް މުޖާހިދުން ބުނެފިއެވެ.  ހަމާސްގެ ތަރުޖަމާނު، އަބޫ އުބައިދާ ބުނެފައިވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އަދިވެސް ހުއްޓާފައިނުވާއިރު، އެސަރަހައްދުގެ އެހެން މުޖާޙިދުން އިސްރާއީލަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެކަމުގެ ޚަބަރުތައް އެ ގުރޫޕްތަކުން ލިބިފައިވާކަމަށެވެ.  ހަމާސްއިން މިހެން ބުނެފައިވާއިރު އިސްރާއީލުން ލުބުނާނުގެ ހިޒްބުﷲ މުޖާހިދުންގެ އިސްވެރިންނަށް ޓާގެޓުކޮށް ޤަތުލުކުރަމުން ދިޔުމުން ހިޒްބުއިން އިސްރާއީލަށް ބޮޑެތި ހަމަލާތަކެއް ދޭނެކަމަށް ގަބޫލުކުރެވޭކަމަށް ކަމާއި ބެހޭ […]

އެމެރިކާގެ މިލިޓްރީ ސިއްރުތަކެއް ފަނަރަހާސް ޑޮލަރަށް ވިއްކާލައިފި

އެމެރިކާ ކަނޑު ސިފައިންގެ ޕެޓީ އޮފިސަރަކު ޗައިނާއަށް ޖާސޫސް ކޮށްދިނުމުގެ ކުށުގައި 5500 އެމެރިކާ ޑޮލަރުން ޖުރިމަނާކޮށް 27 މަސްދުވަހުގެ މުއްދަތަށް ޖަލަށް ލައިފިއެވެ.  އެމެރިކާގެ މިލިޓްރީ ތަމްރީނު ތަކަކާއި ރާޑަރ ބުލޫ ޕްރިންޓް ތަކެއް 26 އަހަރުގެ ވެންހެންގް ޒާއޯ  ޗައިނާއަށް ވިއްކާލީ ފަނަރަހާސް އެމެރިކާ ޑޮލަރުގެ ރިޝްވަތެއް ނަގާފައި ކަމަށް ސަރުކާރުގެ ވަކީލުން ކޯޓުގައި ބުނެފައިވެއެވެ. ޒާއޯ ނުވަތަ ތޯމަސް މަސައްކަތްކުރަމުން ގެންދިޔައީ  ކެލިފޯރނިޔާގެ ވެންޗޫރާ ކައުންޓީގެ ކުޑަ ބީޗް ސިޓީއެއްގައެވެ.  ބިޒްނަސް އިންސައިޑަރސް އަށްވެސް ފެނިފައިވާ އެ […]

ދުނިޔޭގެ މުއްސަނދިންގެ ލިސްޓުން ތައިލޭންޑުގެ ރަސްގެފާނު

ގައުމެއްގެ ވެރިކަން ހޯދަން މަސައްކަތް ކުރުމަކީ ނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ. ލިބިއްޖެނަމަ އެއޮތީ  ޙައްސަ ބާނާނެ ފުރުސަތު ހުޅުވިފައެވެ. ކެރެންޏާ ދެތިން ޙައްސަވެސް ބާނަންވީއެވެ. ބަޔަކު ދައްކާނެ ވާހައެއް ދައްކާފާނެތާއެވެ. އޭގެ ސަބަބުން ތިމާއަށް ލިބިފާއޮތް މުއްސަނދިކަމަށް ކުރާނެ ނޭދެވޭ އަސަރަކީ ކޮބައިހެއްޔެވެ؟ ޚާއްސަކޮށް ރަސްކަމަކީ މުޅި ގައުމު އޭނާއަށް ހިބަކޮށްލިބިދިނުން ފަދަ ކަމެކެވެ.                      މިފަހަރު މި ބަލާލަނީ އޭޝިޔާގެ ތައިލޭންޑްގެ ރަސްގެފާނު މަހާ ވަޖިރަލޯންގ ކޯރންގެ މުއްސަނދިކަމަށެވެ. މިހާތަނަށް ހާމަވެފައިވާ ލިއެކިއުންތަކުން […]

ސީރިއާގައި ތިބި 5 އާއިލާއެއް ރާއްޖެ ގެނެސްފި

ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ މީހުންގެ ތެރެއިން ފަސް އާއިލާއަކަށް ނިސްބަތްވާ 21 މީހަކު މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޢަލީ އިހުސާން ވަނީ ސީރިއާގައި ކުރިއަށްދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ މީހުންގެތެރެއިން ފަސް އާއިލާއަކަށް ނިސްބަތްވާ 21 މީހަކު ރޭ ފަތިހު ރާއްޖެ ގެނެސްފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ 15 ކުދިންނާއި […]

ބޮޑެތިމީހުންނަށް ބޮޑު އިންސާފު އެއީ ބޭއިންސާފެއް

ޔުނައިޓެޑް ނޭޝަންސްގެ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން އަޅުގަނޑުމެންގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަންމަނިކު ވިދާޅުވެފައި ވަނީ ވަރށް ބޮޑު ތެދުފުޅެކެވެ. ފެންނަމުން ދަނީ ބޮޑެތި މީހުންނަށް ބޮޑު އިންސާފު އަދި ކުދި މީހުންނަށް ކުޑަ އިންސާފެވެ. އެއީ ހުރިހާ ހަމަތަކުންބެލިނަމަވެސް ހަމަ ޔަގީނުންވެސް ބޭއިންސާފެވެ. ކިއުންތެރިންނަށް މިގެނެސްދެނީ އެ ބަސްފުޅުގެ ދިރިހުރި މިސާލެކެވެ.                                         […]

މި މަހު 19 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެ އެކަކު ނިޔާވެއްޖެ

މިއަހަރުގެ މަހުގެ މިހާތަނަށް 19 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާއިރު އެކަކު ނިޔާވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮސިޓިވްވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ސަރަހައްދީ ގައުމު ތަކުގައި ވެސް އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސް ވަރަކަށްވެފައި ސްކޫލް ބަންދާއި ދިމާކޮށް ދަތުރުފަތުރު ކުރުން އިތުރުވުމާ ގުޅިގެން […]

ސިއްހަތަށް ނުރަނގަޅު މިންވަރަށް ވައި ނުސާފު

މާލެ ސަރަހައްދަށް މިއަދު ވެސް ސިއްހަތަށް ނުރަނގަޅު މިންވަރަށް ވައި ނުސާފުވެފައިވާ ކަމަށް އެއާ ކޮލިޓީ އިންޑެކްސްއިން ދައްކައިފިއެވެ. ވައި ކޮލިޓީ ބެލުމަށް ހަދާފައިވާ އައިކިއު އެއާ ވިޝުއަލް އެޕުން ދައްކާ ގޮތުން މާލެ ސަރަހައްދުގެ ވައިގެ ނުސާފުމިން ހުރީ 168 ގައެވެ. މިއީ ސިއްހަތަށް ނުރަނގަޅު ކަމަށް ބަލާ މިންވަރެވެ. ވައިގެ ނުސާފު މިން މި މިންވަރުގައި ހުންނައިރު އާންމުކޮށް އެންމެންނަށް ވެސް ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި ބަލި ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑެވެ. […]

ހިދާޔަތުގެ އަލި މަޖަލައްލާ ތައްޔާރުކޮށް ޕްރިންޓްކޮށް ދޭނެ ފަރާތެއް ހޯދަނީ 

ހިދާޔަތުގެ އަލި މަޖައްލާ ތައްޔާރުކޮށް ޕްރިންޓްކޮށް ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ. މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، އެ މިނިސްޓްރީން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ”ހިދާޔަތުގެ އަލި“ މަޖައްލާ ތައްޔާރުކޮށް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް ބުނެފައެވެ.  އެގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް މައުލޫމާތު ސާފު ކުރުމަށް ފަހު އެ މިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައެވެ. މީގެ އިތުރުން […]

ވޯޓުލާ މީހުންގެ އަދަދު މަދުވުން: މަޖިލިސް އިންތިޚާބަށް އަސަރު ކުރާނެބާ؟

މާލެ ސިޓީގެ މޭޔަރު އިންތިޚާބުކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަނުގެ ކަންކަން ހިނގައި ގޮސްފައިވަނީ ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ.  ސަރުކާރުން އިޢުލާނުކުރި ޕްރޮޖެކްޓުތަކާއިއެކު އިންތިޚާބު ދުވަހުގެ ކުރިން ސަރުކާރު އޮފިޝަލުންގެ އުންމީދުތައް ހުރީ އުޖާލާކޮށެވެ. އެހެނީ މިސަރުކާރު ގެނެވިފައިވަނީ ރައްޔަތުންގެ ގިނަބަޔަކު ހެޔޮބަދަލަކަށް ސަރޕޯޓްދީގެނެވެ. ނަމަވެސް ސަރުކާރަށް ދެމަސްނުވަނީސް ރައްޔަތުން ނޫނެކޭ ބުނަންޖެހުނު ސަބަބު ދެނެގަތުމަށް މިވަނީ ބޭނުންވެފައެވެ. ވޯޓުލާން ދިޔަ ރައްޔަތުންގެ 70% ސަރުކާރަށް ނޫނެކޭ މިހާއަވަހަށް ބުނުމަކީ ސަމާސައެއް ނޫނެވެ. އަދި އަމުދުން މާލޭސިޓީގެ ރައްޔަތުންގެ މިފަދަ ނިންމުމަކާއި ކުރިމަތިލާން […]

މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީއާއި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ފަސްކޮށްފި

މިއަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީއާއި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ފަސްކޮށްފިއެވެ. އެމްޑީޕީން ކުރިން ނިންމާފައި އޮތީ މި މަހުގެ 26 އަދި 27 ގައި ޕްރައިމަރީ ބޭއްވުމަށެވެ. އެމްޑީޕީން ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި އެދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ކެންޑިޑޭޓް ނަންބަރާއެކު އާއްމުކޮށް އެ ޕާޓީން ބުނީ އެ ދާއިރާތަކުގެ ޕްރައިމަރީ […]