އަންނަ އަހަރުގެ ހުރިހައި ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ގޮތަށް ހަމަޖައްސައިފި

އަންނަ އަހަރުގެ ހުރިހައި ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ގޮތަށް ހަމަޖައްސައިފިއެވެ. ފެމިލީ ކޯޓުން ކުރި އިއުލާނެއްގައިވަނީ އަންނަ އަހަރު އެ ކޯޓުން ކައިވެނިކޮށްދޭނެ ގަޑިތައް އާންމުކޮށްފައެެވެ. އެގޮތުން ރަސްމީ ދުވަސްތަކުގައި ކޯޓުގައި 09:00 އިން 11:30 އަށް, 13:00 އިން 13:30 އަށް އަދި 15:00 އިން 21:00 އަށް ކައިވެނިިކޮށްދޭނެއެވެ. ކޯޓުން ބޭރުގައި ހަފުތާގެ ކޮންމެ ދުވަހަކު 15:00 އިން 21:00 އަށް ކައިވެނިިކޮށްދޭނެއެވެ. ރިސޯޓު ނުވަތަ ސަފާރީ ފަދަ ތަންތަނުގައި ކައިވެނިކޮށްދޭ ގަޑި ހަމަޖައްސާނީ […]

އިސްރާއީލާއި ގުޅުން އޮންނަ ޝިޕިންގް ކުންފުނިތަކާއި ދެކޮޅަށް މެލޭޝިއާއިން ފިޔަވަޅުއަޅަނީ

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާއި ގުޅިގެން އިސްރާއީލާއި ގުޅުންބާއްވާ ޝިޕިންގް ކުންފުނިތަކާއި ދެކޮޅަށް އަޅާނެ ފިޔަވަޅުތަކެއް ނިންމައި މެލޭޝިއާއިން އެކަން އިއުލާނުކޮށްފިއެވެ.  އެގޮތުން، މެލޭޝިއާއިން ވަނީ އިސްރާއީލުގެ ”ޒިމް“ ޝިޕިންގް ކުންފުނީގެ ބޯޓުތައް އެގައުމުގައި ބަނދަރުކުރުން މަނާކޮށް، މީގެ ހަތަރު ހަފްތާ ފަހުން އެނިންމުމަށް އަމަލުކުރަން ފަށާނެކަން އަންގާފައެވެ.  މީގެއިތުރުން، މެލޭޝިއާގެ ސަރުކާރުން ބުނެފައިވާގޮތުގައި، އިސްރާއީލުގެ ދިދައިގެ ދަށުން ދަތުރުކުރާ އެއްވެސް ބޯޓަކަށް އެގައުމުގެ ބަނދަރުން ޖާގައެއް ނުލިބޭނެއެވެ. އަދި އިސްރާއީލުން އަންނަ ބޯޓު ފަހަރާއި، އިސްރާއީލަށް […]

ދެ ކާރެއް ޖެހި އެކްސިޑެންޓުވުމުން އެއް ކާރުގައި އިން މީހާ ފިލައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ކާރެއް ޖެހި އެކްސިޑެންޓުވުމުން އެއް ކާރުގައި އިން މީހާ ފިލައިފިއެވެ. މި އެކްސިޑެންޓް ހިނގީ ރޭ 11:40 ހާއިރު ކާމިލްދީދީ ސްކޫލު ކައިރިންނެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި އެކްސިޑެންޓުގައި އެއް ކާރުގައި ތިބި ހަތަރު މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. މި ކާރު ދުއްވި މީހާގެ އަތުގައި ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުންޏެވެ. ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް […]

ކެމްޕޭނުގައި ދެއްކީ ހުވަފެނެއް ނޫން, އެ ކަންކަން ހަގީގަތަަކަށްވާނެ: ރައީސް

ރިޔާސީ ކެމްޕޭނުގައި ދެއްކެވީ ހުވަފެނެއް ނޫން ކަމަށާއި އެއީ ހަގީގަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ކުރިއަށްދިޔަ ”ކަންގަތި އެވޯޑް 2023“ ދިނުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. “ކެމްޕެއިނުގައި އަޅުގަނޑު ތިޔަބޭފުޅުންނާ ހަމައަށް ގެންދިޔައީ ފަހަރެއްގައި ވެސް ހުވަފެނެއް ނޫން. އަޅުގަނޑު ތިޔަބޭފުޅުންނާ ހަމައަށް ގެންދިޔައީ ހަގީގަތް. އެކަމަކު އޮށުން ގަސްފަޅައި މޭވާ ލިބެނީ، އެ ކަމަށް އެކަށީގެންވާ މުއްދަތު ލިބުނީމާ. އިރާދަކުރެއްވިއްޔާ، އޮށަކުން ނިރު ފަޅަންޖެހޭ މޫސުމުގައި ނިރުފަޅާ […]

ކުނި މެނޭޖު ކުރުމަކީ ޤައުމުގެ އިޤްތިޞާދާއި ގުޅިފައިވާ ކަމެއް: މިނިސްޓަރު ޠާރިގު

ރާއްޖޭގައި އުފެދޭ ކުނި ސަލާމަތްތެރި ކަމާއެކީ މެނޭޖް ކުރުމަކީ ޤައުމުގެ އިޤްތިޞާދާއި ގުޅިފައިވާކަމެއް ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް، އެންޑް އެނަރޖީ ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.  މިނިސްޓަރ ޠާރިޤް މިހެން ވިދާޅުވީ ދ. ކުޑަހުވަދޫގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް އެންޑް އެނަރޖީ އިން މ، ފ، ދ، އަދި ތ، އަތޮޅުގައި ކުރިއަށްދިޔަ ޓްރެއިނިންގ އޮން ވޭސްޓް މެނޭޖްމަންޓް އޮޕަރޭންސް އެންޑް ކޮމިއުނިޓީ އެންގޭޖްމަންޓް ނިންމާލުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.  […]

ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ރައްޔިތުން ސަލާންޖަހަން ޖެހޭ ޖެހުން ނިމުމަކަށް ގެންނާނަން: ރައީސް މުޢިއްޒު

ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ރައްޔިތުން ސަލާންޖަހަން ޖެހޭ ޖެހުން ނިމުމަކަށް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި ބޭއްވި ކަންގަތި ކޮލި 2022 އެވޯޑު ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.  ރައްޔިތުން ތަފާތު ގިނަ ކަންބޮޑުވުންތައް އެ މަނިކުފާނާއި ހިއްސާކުރެއްވި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ތަކުލީފުކަމަށާއި އެކަމަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.  ރައީސް […]

ޕާކިސްތާނުގެ ބާރުގަދަ މިލިޓްރީއަކީ އިސްލާމީ ގައުމުތަކުގެ ދިފާޢީ އައްޑަނަ!

މިދިޔަ ހަފުތާގައި އިސްލާމީ އިލްމުވެރިން ހަމާސްގެ ބައެއް އިސްބޭފުޅުންނާއި އެކުޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ބޭއްވި ބައްދަލުވުމެއްގައި ޕާކިސްތާނުން އިސްރާއީލަށް އިންޒާރު ދީފިނަމަ ގައްޒާގައި ހިނގަމުންދާ ހަނުގާރަމަ އިސްރާއީލުން ހުއްޓާލުމުގެ ފުރުސަތު ބޮޑުކަމަށް ބާރުލިބިދޭ ޝުއޫރުތަކެއް ހާމަކޮށްފިއެވެ. މިހާތަނަށް ދުނިޔޭގައިއޮތް ނިއުކްލިއަރ ބާރުލިބިފައިވާ ހަމައެކަނި އިސްލާމީ ގައުމަކީ ޕާކިސްތާނެވެ. ޕާކިސްތާނަކީ އިސްލާމީ އުންމަތުގެ ދިފާއީ އައްޑަނަ ކަމުގައި ދުނިޔެއަށް ހާމަކޮށްދޭން ޖެހޭނެކަމުގެ ޝުޢޫރުތަކެވެ. މި ޚަބަރު އިސާހިތަކު ޕާކިސްތާނުގެ މީޑިއާގައި ފެތުރިގެން ދިއުމާއިއެކު މެދުއިރުމައްޗާއި ހުޅަނގުން މިހާރު ބޭނުންކުރެވޭ ބަސްމަގު ފިނިކުރުމަށް މަސައްކަތް ކުރަމުން ގެންދާ މިޑްލް އީސްޓް މީޑިއާ ރިސާޗް ސެންޓަރުގެ ސަމާލުކަމަށްވެސް […]

ދުނިޔޭގެ ސަމާލުކަން: ފަލަސްތީނު ހަނގުރާމައަށް އީރާނުގެ އަމާޒު ނިއުކްލިއަރ ހަތިޔާރަށް

އީރާނުގެ ބުޝައިރު ސަރަޙައްދުގެ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް 2019 ވަނައަހަރުން ފެށިގެން ޔުނައިޓެޑް ނޭޝަންސްގެ ހަކަތައާބެހޭ އޭޖެންސީގެ ފާރަވެރިންނަށް ނުވަދެވޭގޮތަށް ވަނީ ބަންދުކޮށްފައެވެ. އޮކްޓޯބަރ މަހުގެ 7 ވަނަދުވަހު ފަލަސްތީނުގެ ޙަމާސް މުޖާހިދުން އިސްރާއީލަށް ދިން ކުއްލި ޙަމަލާއަކީ މަޝްހޫރު ހޮލޯކާސްޓްގެ ފަހުން އިސްރާއީލަށް ކުރިމަތިލާންޖެހުނު އެންމެ ނުރައްކާތެރި ޙާލަތެވެ. އީރާނުން ތަމްރީނުކޮށް އަދި ފައިސާގެ އެހީތައް ފޯރުކޮށްދެމުން ގެންދާ ކަމަށް ހުޅަނުގެ ގައުމުތަކުން ތުޙުމަތު ކުރަމުންދާ ޙަމާސްގެ ޖަމާޢަތުގެ ޙަމަލާތަކާއިގުޅިގެން މުޅިދުނިޔޭގެ ސަމާލުކަން އެ ހަނގުރާމައަށް ދަމާގެންފައިވާ އިރު ފުރުސަތުގެ ބޭނުން ކޮށްގެން އީރާނުން ގެންދަނީ އެގަމުގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ މަޝްރޫޢު އެންމެ […]

އެޓޮމިކް އޭޖެންސީގެ އިންސްޕެކްޓަރުންގެ ކުރިމައްޗަށް ވަރުގަދަ ފާރެއް

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ބަލާ ފާސްކުރަން ހަވާލުކޮށްފައިވާ ޔުނައިޓެޑް ނޭޝަންންސްގެ އެޓޮމިކް އެނަރޖީ އޭޖެންސީގެ އިންސްޕެކްޓަރުންގެ ކުރިމައްޗަށް ވަރުގަދަ ފާރެއް ހުރަސްކުރުމަށްފަހު އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިޔަށް ގެންގޮސް އެންމެ މަދުވެގެން 3 ނިއުކްލިއަރ ބޮން އުފެއްދޭވަރަށް ޔުރޭނިއަމް ފައްކާ ކޮށްފިކަމަށް އެޓޮމިކް އެނަރޖީ އޭޖެންސީގެ ރިޕޯރޓުގައި ފާހަގަ ކޮށްފައިވާކަމަށް ވިއެނާއިން ޚަބަރުދީފިއެވެ. ރޮއިޓާރސް އިން ބުނިގޮތުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގައި ފަހަތަށް ދިއުމަށް ހުޅަނގުގެ ގައުމުތަކާއި އެޓޮމިކް އެނަރޖީ އޭޖެންސީން ތަކްރާރުކޮށްއަންގަމުން ދާއިރުވެސް އެއަޑު ނީވޭކަމަށް ހަދާފައި އެ ޕްރޮގްރާމައިގެން ކުރިއަށްގޮސް ނިއުކްލިއަރ ބޮން އުފެއްދޭ މިންވަރަށް ތަރައްގީކުރުމުން ހުޅަނގުގެ ގައުމުތަކަށް ބޮޑުވެގެންވާ […]

މަޖިލީސް މެންބަރުންގެ މުސާރަ ކުރަން ޖެހެނީ ކުޑަ: ފާރިސް

މަޖިލިސް މެންބަރުންގެ މުސާރަ ކުރަން ޖެހެނީ ކުޑަކަމަށް ރައީސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.  އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާރިސް މިހެން ވިދާޅުވީ، މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމާފައި ވާތީއެވެ.  އެގޮތުން ފާރިސް ވިދާޅުވީ މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސް ވެރިންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމުން އިތުރަށް އެނގި ސާފުވެގެންދަނީ އެމްޑީޕީ  […]