ޕީޕީއެމް/ޕީއެންސީއިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް ޚާއްސަ އެލަވަންސެއް ދެނީ
ރައްޔިތުންގެ މަޖިލީހުގައި އަންހެން މެންބަރުން ގިނަކުރުމަށް ބާރުއެޅުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީއިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް ޕާޓީން ޚާއްސަ އެލަވަންސެއް ދޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޢިއްޒު ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އެމަނިކުފާނު ވަރަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. “މިގޮތުން ޕީޕީއެމް/ޕީއެންސީއިން މަޖިލީހުގެ މަދުވެގެން %20 […]
ނަޝީދުގެ ވަކިކުރުމުގެ މައްސަލާގައި އެމްޑީޕީން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީއިން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފިއެވެ. 49 މެންބަރުންގެ ސޮޔާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ އޮތީ މިއަދަށް އެޖެންޑާކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ވަނީ ނިންމައިފައެވެ. މިކަމާ ގުޅޭ ގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު […]
ރައީސް ޔާމީން ގޭބަންދުން ރަށު ބަންދަށް ބަދަލުކޮށްފި
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ގޭބަންދުން ރަށު ބަންދަށް ބަދަލުކޮށްފިއެވެ. ވ.އާރަށުގެ މައްސަލާގައި މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ޔާމީން ދިގު މުއްދަތެއްގައި ޖަލުގައި ހުންނެވުމަށްފަހު މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުންނެވީ ގޭބަންދުގައެވެ. ރައީސް ޔާމީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރައީސް އިބްރާހިމް […]
ލޯންޗަކާއި ދޯންޏެއް ޖެހި, ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ
ހއ. އަތޮޅުގައި ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ދޯންޏެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނީ އިހަވަންދޫ ކައިރީގައި އޮންނަ ހުވަހަންދޫ ކައިރީގައިި ލޯންޗަކާއި ދޯންޏެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިރޭ އިރާކޮޅު ހިނގި މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ. އިހަވަންދޫ ސިއްހީ މަރުކަޒުގައި އެ މީހުންނަށް ފަރުވާދެމުން ދަނިކޮށް އޭގެތެރެއިން އެކަކު ވަނީ ނިޔާވެފައެވެ. އިހަވަންދޫ ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި […]
ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ނަގައި، އެކަމަށް ހާއްސަ ދެ ރަށަކަށް ބަދަލުކުރާނަން: ޑރ.މުޢިއްޒު
ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ނަގައި، އެކަމަށް ހާއްސަ ދެ ރަށަކަށް ބަދަލުކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ހަވީރު ހުޅުމާލެ 1 ގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ޑރ.މުޢިއްޒު ވިދާޅުވީ ސޯލާ ޕެނަލްތަކާ އެކު ހުޅުމާލެ ހައިވޭ މިހާރު ފެންނަނީ ވަރަށް ހާސްކަން ބޮޑު ތަނެއްގެ ގޮތުގައި ކަމަށެވެ. މާލެ ސަރަހައްދުގައި މޫދު އެންމެ ރީތިކޮށް ފެންނަން އޮންނަ ސަރަހައްދަކީ އެއީ ކަން ފާހަގަކުރައްވާ ޑރ މުޢިއްޒު ވިދާޅުވީ މިހާރު ޖަހާފައިވާ […]
ފަލަސްޠީނުގެ މުސްލިމުންނަށް ދުޢާ ކޮށްދީ، ކުޅަދާނަވީ މިންވަރަކުން އެހީތެރިވުމަށް އަދާލަތުން ގޮވާލައިފި
ޔަހުދީ އިޒްރޭލުގެ އަނިޔާވެރި ކަމުގެ ޝިކާރައަކަށްވެފައިވާ ފަލަސްތީންގެ ރައްޔިތުންނާއި، ގުދުސް ސަލާމަތް ކުރުމަށް ވީހާވެސް ގިނަ ފަރާތްތަކުން މިހާރަށް ވުރެން ބޮޑަށް ދުޢާ ކޮށްދީ, ކުޅަދާނަވީ މިންވަރަކުން އެހީތެރިވުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ. އަދާލަތުން މިއަދު ކުރި ޓުވީޓެއްގައި ވަނީ ދިވެހި އެންމެހާ ރައްޔިތުން، ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން އުޅޭ ސިޙްޔޫނީން ޣައްޒާއިން ފެނާއި، ކާނާއާއި، ބޭސްފަރުވާ އާއި ކަރަންޓާއި މުވާޞަލާތީ ޚިދުމަތް ކަނޑާލުމަށްފަހު ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޤަތުލުޢާންމު ހައްދުން […]
އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކުން ސީރިއާއަށް ބޮން އެޅުން – ދައްޖާލުގެ އިންސާފު
މީޑިއާ ޚަބަރުތަކުގައި ފަލަޝުރުޚީއިން އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކުން އިރުމަތީ ސީރިޔާގައި ހުރި އީރާނާ ގުޅުންހުރި ކަމަށް ޕެންޓަގަނަށް ޝައްކުކުރެވޭ ތަންތަނަށް ބޮން އަޅައިފިކަމަށް ޕެންޓަގަނުން ބުނެފިއެވެ. އަދި އެއީ އެ ސަރަޙައްދުގައި ހުރި އެމެރިކާގެ މަސްލަޙަތު ތަކަށް ޙަމަލާ ދެމުންގެންދާތީ ކަމަށްބުނެ އެމެރިކާއިން ކަނޑައެޅި ނިޔާއެއް ކަމަށާއި އީރާނާއި ގުޅުން ހުރި ފަރާތްތަކުން މުސްތަގްބަލު ގައިވެސް އެމެރިކާގެ މަސްލަޙަތުތަކާއިނުކުޅެވޭނެ ކަމަށް ދިން އިންޒާރެއް ކަމަށްވެސް ބުނެފައިވެއެވެ. ފަލަސްތީނާއި އާއި އިސްރާއީލާ ދެމެދު ކުރެވެމުންދާ ހަނގުރާމަ އިތުރަށް ފުޅާވެގެން ދާން އެމެރިކާ ބޭނުމެއް ނުވެއޭ ބުނަމުން ގެންދެއެވެ. ނަމަވެސް އެމެރިކާއިން ބޭނުން ކޮންމެ ކަމެއް ކުރެވެން ޖެހޭނެއެވެ. އެހެންބަޔަކު ޗުއްޕުވެސް […]
ރައީސްގެ ދަތުރުފުޅުގެ ޚަރަދު ހާމަކުރަން އެންގި މައްސަލަ ސްޕްރީމް ކޯޓުން ބަލަން ނިންމައިފި
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އދ.ގައި ތަގުރީރުކުރައްވަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތަފުޞީލުތައް ހާމަކުރަން އިންފޮރމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ބަލަން ސްޕްރީމް ކޯޓުން ނިންމައިފިއެވެ. އދ.ގައި ތަގުރީރު ކުރެއްވުމަށް ރައީސާއި ދައުލަތުގެ އިސް ބޭފުޅުންގެ ވަފުދެއް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުގެ ޚަރަދުތަކާއި ތަފުޞީލުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައިކޯޓުން ތާއިދުކުރުމުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. އެ މައްސަލަ ބަލައިނުގަތުމަށް ސްޕްރީމް ކޯޓުގެ ރަޖިސްޓްރާ ކުރިން […]
އާސަންދައިގެ ދަށުން ބޭސް ނަގަން ފޯނަށް ކޯޑެއް
އާސަންދައިގެ ދަށުން ބޭސް ސީޓީއަށް ބޭސް ނެގޭނީބޭސް ގަންނަމީހާގެ ފޯނަށް ލިބޭ ޑިސްޕެންސިން ކޯޑު ޖެހުމުން ކަމަށް އާސަންދައިން ބުނެފިއެވެ. އާސަންދައިން ބުނި ގޮތުގައި މި ބަދަލާއެކު އާސަންދައިގެ ދަށުން ބޭސް ސިޓީއަށް ދެން ބޭސްނެގޭނީ ފޯނަށް ލިބޭ ޑިސްޕެންސިން ކޯޑު ޖެހުމުންނެވެ. ”އާސަންދައިގެ ދަށުން ބޭސް ސިޓީއަށް ބޭސް ނަގަން ފާމަސީއަށް ދިއުމުން ފޯނަށް ޑިސްޕެންސިން ކޯޑު ހިމެނޭ އެސްއެމްއެސް އެއް ލިބޭނެ. މިކޯޑް އެކްސްޕެއަރވާނެ އެއްގަޑިއިރުގެ ތެރޭގައި“ އާސަންދައިގެ އޮފިޝަލަކު ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވި […]
ސަމާލުވޭ! ޕީޕީއެމްގެ ނަމުގައި ސްޕޭމް މެސެޖުތައް ފޮނުވަނީ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނަމުގައި ސްޕޭމް މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ޕާޓީން އެދިއްޖެއެވެ. ރެއިން ފެށިގެން ޕީޕީއެމްގެ ނަމުގައި ގިނަ މެސެޖުތައް ފޮނުވަމުންދަނީ ޑީއެޗްއެލްގެ ނަމުގައެވެ. ޕީޕީއެމްއިން މިއަދު ބުނީ އެ ޕާޓީގެ ނަމުގައި ޑީއެޗްއެލްގެ ލިންކާއެކު ފޮނުވަމުންދާ މެސެޖްތަކަކީ ސްޕޭމް މެސެޖްތަކެއް ކަމަށެވެ. “ޕީޕީއެމްގެ ނަމުގައި ޑީއެޗްއެލްގެ ލިންކާއެކު ފޮނުވަމުންދާ މެސެޖްތަކަކީ ސްޕޭމް މެސެޖްތަކެއް ކަމުގައި ދަންނަވަން. އަދި އެ މެސެޖްގައިވާ ލިންކަށް ނުވެންނެވުން އެެެދެން.“ ޕީޕީއެމްގެ ނަމުގައި […]