ރައީސްގެ ދަތުރުފުޅުގެ ޚަރަދު ހާމަކުރަން އެންގި މައްސަލަ ސްޕްރީމް ކޯޓުން ބަލަން ނިންމައިފި

Loading

Facebook
Twitter
WhatsApp

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އދ.ގައި ތަގުރީރުކުރައްވަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތަފުޞީލުތައް ހާމަކުރަން އިންފޮރމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ބަލަން ސްޕްރީމް ކޯޓުން ނިންމައިފިއެވެ.

އދ.ގައި ތަގުރީރު ކުރެއްވުމަށް ރައީސާއި ދައުލަތުގެ އިސް ބޭފުޅުންގެ ވަފުދެއް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުގެ ޚަރަދުތަކާއި ތަފުޞީލުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައިކޯޓުން ތާއިދުކުރުމުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ސްޕްރީމް ކޯޓުގެ ރަޖިސްޓްރާ ކުރިން ނިންމެވުމުން ދައުލަތުން ވަނީ އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އެ ނިންމުން އިސްތިއުނާފު ކޮށްފައެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ނިންމި ނިންމުމުގައި ވަނީ ދައުލަތުން އެ މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނީ ގޮތުން ބަހުސުކުރެވޭނެ ނުކުތާތަކެއްގެ މައްޗަށް ކަމަށްވާތީ އެމައްސަލަ ބަލައިގަތުމަށް ނިންމީ ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ ރައީސްގެ ދަތުރުފުޅު ޚަރަދުގެ ރަސީދު ފަދަ މަޢުލޫމާތު ހާމަކޮށްފިނަމަ ރައީސްގެ ސެކިއުރިޓީއަށްއަށް ބުރޫއެރުމުގެ އިތުރުން ޒާތީ މަޢުލޫމާތުތަކެއް ހާމަވެދާނެ ކަމަށެވެ. ނަމަވެސް ހައިކޯޓުން ނިންމީ އެ މަޢުލޫމާތުތައް އުނިކުރުމަށްފަހު ވެސް ތަފުޞީލު ހާމަކުރަން ޖެހޭނެ ކަމަށެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް