ލޯންޗަކާއި ދޯންޏެއް ޖެހި, ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

ހއ. އަތޮޅުގައި ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ދޯންޏެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އިހަވަންދޫ ކައިރީގައި އޮންނަ ހުވަހަންދޫ ކައިރީގައިި ލޯންޗަކާއި ދޯންޏެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިރޭ އިރާކޮޅު ހިނގި މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ.

އިހަވަންދޫ ސިއްހީ މަރުކަޒުގައި އެ މީހުންނަށް ފަރުވާދެމުން ދަނިކޮށް އޭގެތެރެއިން އެކަކު ވަނީ ނިޔާވެފައެވެ.

އިހަވަންދޫ ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ ދޯނި ދުއްވަން އިން އިހަވަންދޫ/ނަޔާޑޭޒީ ޢަބްދުއްރަޝީދު މުޙައްމަދު (68އ) އެވެ.

އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކަކާއެކު އޭނާ މަރުކަޒަށް ގެންދިޔައީ މިރޭ 19:30 ހާއިރު ކަމަށާއި ނިޔާވެފައި ވާކަން ކަށަވަރު ކޮށްދީފައި ވަނީ 20:15 ހާއިރު ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް