ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރައީސް ނަޝީދު ރައީސް ޔާމީނާ ބައްދަލުކުރައްވަނީ

މާފުށީ ޖަލުގައި ހުންނެވި ރައީސް ޔާމީން ޢަބްދުލްޤައްޔޫމާ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްްވުމަށްް މާދަމާ އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް މާފުށްޓަށް ވަޑައިގަންނަވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ދަ ޑިމޮކްރެޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. “ދޮންމަނިކު ސްކައި ވިއު“ ރެސްޓޯރެންޓްގައި މިއަދު ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން ވޯޓުލަމުންދަނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށާއި އެހެން ނަމަވެސް ސަރުކާރު އުފައްދަމުން ގެންދަނީ ގާނޫނުއަސާސީގައި […]
ބިންހެލުމުގެކުރިން އުޑުމަތިން ފެނިގެންދިޔަ އަޖައިބުކުރުވަނިވިއަލިކަން

މިދިޔަ ހުކުރު ދުވަހު މޮރޮކޯގެ މައްރަކޭޝް ސަރަހައްދަށް އައި ބިންހެލުމުގައި އެތައްބަޔަކު މަރުވެ އިމާރާތްތައް ބިމާހަމަވެ އެތައް ބަޔަކު ވިއްސިވިހާލިވެ މުޅި ދިރިއުޅުން ވަނީ އަލުން އިއާދަނުކުރެވޭ ބަރަށް ބަނގުރޫޓު ވެފައެވެ. މި ބިންހެލުމުގެ ކުރިން އެސަރަޙައްދުގެ އުޑުމަތިން ފެނިގެންދިޔަ އަޖައިބުން ފުރިފައިވާ އަލިކަމުގެ ސަބަބު، އޮޅުންފިލުވާދިނުން މިއަދާހަމަޔަށްވެސް ސައެންސުވެރިން ވަނީ ނުކުޅެދިފައެވެ.ބިންހެލުމާބެހޭ ތަޖްރިބާކާރުންވެސް ބުނަމުންގެންދަނީ އެ އަލިކަން ދިރާސާ ކުރުމަށްވެސް ހުރަސްތަކެއް ކުރިމަތިވެފައި ވާކަމަށެވެ. ރޮއިޓާރސް އިން މަޢުލޫމާތު ދީފައިވާގޮތުގައި […]
2028 ގެ ރިޔާސީ އިންތިޚާބަށް ޢުމަރު ކެމްޕޭން ފަށްޓަވައިފި

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު 2028 އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފަށްޓަވައިފިއެވެ. ޢުމަރު ވަނީ 2028 އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ކަށަވަރުކޮށްދެއްވައިފައެވެ. އަދި ކެމްޕޭން ފެށްޓެވިކަން ހާމަކުރައްވައި ޢުމަރު ވަނީ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގެ ޕްރޮފައިލް ފޮޓޯ ބަދަލު ކުރައްވައިފައެވެ. އެ ފޮޓޯގައިވާ ގޮތުން ކެމްޕޭން ސްލޯގަންއަކީ މިފަހަރު ވެސް ބޭނުން ކުރެއްވި “ނިއު ޑައިރެކްޝަން“ ނުވަތަ “އައު މިސްރާބަކަށް“ […]
ފޭރުމުގެ ދެ މައްސަލައެއްގައި 3 ފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފި

ފޭރުމުގެ ދެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މީގެތެރެއިން އެއް މައްސަލައެއްގައި ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނަކާއި ށ.މާއުނގޫދުއަށް ނިސްބަތްވާ 37 އަހަރުގެ އަންހެނެކެވެ. މި ދެ މީހުން ހައްޔަރުކުރީ ބިދޭސީއެއްގެ އަތުން ފޯނު ފޭރިގަތް މައްސަލާގައެވެ. ފުލުހުން ބުނީ ފޭރިގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ ފޯނު އަންހެން މީހާ ފުލުހުންނާ ހަވާލު ކުރި ކަމަށެވެ. ފުލުހުން ކުށުގެ ވެށްޓަށް ދިއުމުން ބަންގްލަދޭޝް މީހާ ފިލަން މަސައްކަތް ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. […]
އުމުރުން 38 އަހަރު, 104 ވަނަ ފަހަރަށް ހައްޔަރުކުރީ ފޯނެއް ވަގަށް ނަގައިގެން

ކުށުގެ އެކި ތުހުމަތުތަކުގައި މީގެކުރިން 103 ފަހަރު ހައްޔަރުކުރި މީހަކު އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ. ތޮއްޑުއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ޢަލީ ޝާހިދު މިފަހަރު ހައްޔަރުކުރީ ފޯނެއް ވަގަށް ނެގި މައްސަލައެއްގައެވެ. އޭނާގެ ބަންދަށް އިއްޔެ ވަނީ 30 ދުވަސް ޖަހައިފައެވެ. ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފޯނެއް އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް ޢަލީ ޝާހިދު ބުނީ އެއީ މަސްތުވާތަކެތި ވިއްކާ ކާޓެލްއަކުން މީގެ ހަފުތާއެއް ކުރިން ގަތް ފޯނެއް […]
ސަރުކާރުން ރާވައިގެން ބަޔަކަށް ހަމަލާދޭން ރާވާ ވާހަކަ ފުލުހުން ދޮގުކޮށްފި

ދިވެހި ސަރުކާރުން ރާވައިގެން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކާއި ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަލާދިނުމަށް ރާވަމުންދާކަމަށްބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ. ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ނުވަތަ ދައުލަތުގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ ބޭރުގައުމުތަކުގެ ރައްޔިތުންނަށް ޓަރގެޓްކޮށްގެން ހަމަލާދީނުމަށް އެއްވެސް ފަރާތަކުން ރާވައިފައިވާކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުވަތަ އެނޫންވެސް ސަލާމަތީ ޚިދުމަތަކަށް ލިބިފައިނުވާ ކަމަށެވެ. އަދި މި މައުލޫމާތު ސޯޝަލް މީޑިޔާގައި އާންމުކުރި ފަރާތުން މިއީ އެއްވެސް އަސާސެއްގެ މައްޗަށް […]
ރައީސް ޔާމީން މިނިވަންކުރަން އެންމެ ބޭނުންވާ މީހަކީ އަޅުގަނޑު: ނާޒިމް

ކުރީގެ ރައީސް ޔާމީން މިނިވަންކުރަން އެންމެ ބޭނުންވާ މީހަކީ އޭނާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބުވުމުން ނާޒިމް މިހާރު ވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވަން ނިންމަވައިފައެވެ. ެއެގޮތުން ޕީޕީއެމް/ޕީއެންސީއާއެކު އެމްއެންޕީން މިހާރު ވަނީ ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ޑރ.މުޢިއްޒާއެކު އަރިއަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުުފުޅުގައި ފެރިދުއަށް ވަޑައިގެން […]
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު: ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މާާދަމާ 15:00 އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ހަވީރު 16:00 ގެ ނިޔަލަށް ކަމަށެވެ. “މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް […]
އަލަށް ވޯޓުލެވޭ 408 ޒުވާނުންނާއެކު ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282,803 މީހުންނަށް

ސެޕްޓެންބަރު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް އިތުރުވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފިއެވެ. މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު, މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ, ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ, އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެއެވެ. އީސީން […]
ގުދުރަތީ ކާރިސާއެއް މެދުވެރިވުމުން އިންސާނުންގެ ނުކުޅެދުންތެރިކަން

ދުނިޔޭގެ ކަންކޮޅުތަކަށް މުދާއުފުލުމަށް ބޭނުންކުރާ ގިނައަދަދެއްގެ ބޯޓުފަހަރުގެ ދަތުރުތަކަށް ހުއްޓުން އަރައިފިއެވެ. ސަބަބކީ ކޮބައިތޯ ވިސްނާ ފިކުރުކުރާ ބަޔަކު ހަދާނެގޮތް ހުސްވެދާނެއެވެ. ޕެސިފިކް ކަނޑުގައި އޮތް ތަނަކާއި މެޑިޓެރޭނިއަން ކަނޑުގައި އޮތް ތަނަކުން ދަތުރުނުކުރެވޭ ގޮތް މެދުވެރިވުމުން މުޅިދުނިޔޭގެ އިގްތިސާދު މިއޮތީ ގޮތްނޭންގޭ ފައްތަރެއްގެ މައްޗަށް ވެއްޓިފައެވެ. ނިއުކްލިއަރ ހަތިޔާރު ހުއްޓަސް މިކަން ޙައްލުކުރަން ކުރެވޭނެ ގޮތެއްނެތެވެ. ބަނޑުހައިހޫނުކަން ފިލުވުމަށްޓަކައި އާގުބޯޓުފަހަރު ދުއްވަން އެބަ ޖެހެއެވެ. ދުއްވޭނެ މަގު ފަހިކޮށްފާ އޮންނަން ޖެހެއެވެ. އެކަމަކު މިފެންނަނީ ގުދުރަތުގެ ނިޔާއިން މެދުވެރިވާ ކުޑަކުޑަ ކާރިސާއެއްގެ ކުރިމަތީގައިވެސް އިންސާނުންގެ ނުކުޅެދުންކަން ހުރި […]