2028 ގެ ރިޔާސީ އިންތިޚާބަށް ޢުމަރު ކެމްޕޭން ފަށްޓަވައިފި

Loading

Facebook
Twitter
WhatsApp

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު 2028 އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފަށްޓަވައިފިއެވެ.

ޢުމަރު ވަނީ 2028 އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ކަށަވަރުކޮށްދެއްވައިފައެވެ.

އަދި ކެމްޕޭން ފެށްޓެވިކަން ހާމަކުރައްވައި ޢުމަރު ވަނީ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގެ ޕްރޮފައިލް ފޮޓޯ ބަދަލު ކުރައްވައިފައެވެ. އެ ފޮޓޯގައިވާ ގޮތުން ކެމްޕޭން ސްލޯގަންއަކީ މިފަހަރު ވެސް ބޭނުން ކުރެއްވި “ނިއު ޑައިރެކްޝަން“ ނުވަތަ “އައު މިސްރާބަކަށް“ މި ޝިއާރެވެ.

ފޮޓޯގައި ޢުމަރު ވަނީ ޢުމަރު2028 ހޭޝްޓެގް ވެސް ބޭނުން ކުރައްވައިފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 08 ކެންޑިޑޭޓުން ވާދަކުރެއްވިއިރު, ޢުމަރު ވަނީ ހަތަރުވަނަ ހޯއްދަވައިފައެވެ. ޢުމަރަށް ލިބިވަޑައިގަތީ 6343 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %2.87 އެވެ. 

ދެވަނަ ބުރަށް ޕާޓީތަކުން ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުން އަންނައިރު ޢުމަރު ނިންމެވީ އެއްވެސް ޕާޓީއަކާ ގުޅިގެން ކުރިއަށް ނުދިއުމަށެވެ.

Loading

2 Responses

  1. އަޅުގަނޑު ހިތަށް އަރަނީ ރިޔާސީ ދެވަނަބުރުގައި ބައިވެރިން ހޯދަން މަސައްކަތްކުރައްވަނީ ކީއްވެގެން ބާވައޭ. ކޮންމެ ގޮތެއްގައިވެސް އެހެންބަޔަކާ ނުގުޅަސް ކޮންމެވެސް އެއްބަޔަކު އިންތިޚާބު ކާމިޔާބު ކުރާނެ. އޭރުން ސަރުކާރުގެ މަގާމުތައް ނުލިބިގެން ކުދި ކިޔޭކަށްވެސް ނޯންނާނެ. އަމިއްލަ ޕާރޓީގެ ވެރިކަން. ފިކުރު ތަފާތު އެހެންބަޔަކާގުޅުނީމާ ދެން ކުރިމަތި ލާންޖެހޭނީ މަށަށް ލިބެންޖެހޭ ބައި އަދި ހަމަ ނުވާ ކަމުގެ ޝަކުވާއާއި.

  2. އުމަރު ތިޔަ ހެއްދެވީ ރަނގަޅަށެވެ. އެއްވެސް ބަޔަކާ ގުޅޭނެ ކަމެއް ނެތެވެ. އެހެންނޫނީ ގެއްލޭނީ އުމަރުގެ މިނިވަންކަމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް