ޗައިނާގެ ދިފާއީ ވަޒީރު މަގާމުން ދުރުކޮށް ތަޙްގީގަށް ފޮރުވައިފި – އެމެރިކާ

ފައިނޭންޝަލް ޓައިމްސް އަށް ޙަވާލާދީ ބުލޫމްބާރގް ނިއުސް އިން ޚަބަރު ދީފައިވާގޮތުގައި ޗައިނާގެ ދިފާއީވަޒީރު ލީ ޝަންގްފޫ މިވަގުތު ހުންނެވީ ތަޙުގީގަށްޓަކައި މަގާމުން ދުރުކުރައްވާފައި ކަމަށް އެމެރިކާއިން ބުނެފިއެވެ. މިއީ ރައީސް ޝީ ޖިންފިންގް ގެ ތިންވަނަ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މެދުވެރިވެފައިވާ މިފަދަ ތިންވަނަ ޙާދިސާއެވެ. އެހެންނަމަވެސް މިކަމާއި ބެހޭގޮތުން ޗައިނާގެ ޚާރިޖިއްޔާއިން މިހާތަނަށް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. […]
ދެވަނަ ބުރަށްފަހު ނިޒާމީ ވޯޓެއް ނަގަން އެމްޑީޕީން އެއްބަސްވެއްޖެ

ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްކަމަށް އެމްޑީޕީން ބުނެފިއެވެ. ރިޔާސީ އިންތިޚާބުގައި ތިންވަނަ ހޯދި ދަ ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން މި މަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީއާއި ޕީޕީއެމް/ޕީއެންސީއަށް ހުށަހަޅައިފައެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް މިއަދު ވިދާޅުވީ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ކުރިއަށް އޮތް […]
ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީ ކުރުމަށް 47,000 ވުރެ ގިނަ ފޯމު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލެވުނު 3 ދުވަހުގެ ތެރޭގައި އޮންލައިންކޮށާއި އިލެކްޝަންސް ކޮމިޝަންގެ ކައުންޓަރުތަކަށް އަދި އަތޮޅުތަކުގެ ފޯކަލްޕޮއިންޓް މެދުވެރިކޮށް 47,000 ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ. އީސީއިން ބުނީ ދެވަނަ ބުރަށް ހުޅުވާލެވުނު 3 ދުވަހުގެ ތެރޭގައި އޮންލައިންކޮށާއި އިލެކްޝަންސް ކޮމިޝަންގެ ކައުންޓަރުތަކަށް އަދި އަތޮޅުތަކުގެ ފޯކަލްޕޮއިންޓް މެދުވެރިކޮށް47,000 ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށާއި މިގޮތުން 19,000 ވުރެ ގިނަ ފޯމު ޕްރޮސެސްކޮށް ނިމިފައިވާ […]
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ: ޚަބަރެއް ނުވާތާ ދެ ހަފުތާވެއްޖެ

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ އއ. މާޅޮސް / ހުސްނޫވިލާ، ޢަލީ ރިޝާން (21އ) އެވެ. ފުލުހުން މިރޭ ބުނީ އާއިލާއަށް ޚަބަރެއްނުވެ އޭނާ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރު 15 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ގާތްގަނޑަކަށް ދެހަފުތާ ކުރިންކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. […]
ޔަމަނުގެ ސުލްޙައަށް އިތުރު ތަކުލީފް

ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށްކުރަމުންގެންދާ މަސައްކަތުގައި އެ ހަނގުރާމައިގެ އެންމެ ފުނުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ސަޢޫދީ އެރޭބިޔާއާއި އެމިރޭޓްސްގެ މެދުގައި އުފެދެމުންދާ ދެބަސްވުންތަކުގެ ސަބަބުން ސުލްޙައަށް ކުރެވެމުންދާމަސައްކަތަށް އިތު ތަކުލީފު ތަކެއް މެދުވެރި ވެއްޖެއެވެ. ޔަމަންގެ ހަނގުރާމާގައި މިހާތަނަށް ހަތަރުލައްކައަށް ވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ. މި ހަނގުރާމާގައި ހޫތީންނާ ދެކޮޅަށް އެމިރޭޓްސްއަށް ތާއީދުކުރާ 126000 ސިފައިން ޙަރަކާތްތެރި ވަމުންގެންދާއިރު ސަޢޫދީ އެރޭބިޔާ އަށް ވަފާތެރި އެއްލައްކަ ސިފައިންވެސް ހޫތީންނާ ދެކޮޅަށް ޙަރަކާތްތެރި ވަމުންގެންދެއެވެ. […]
ނަޝީދާ ބައްދަލު ކުރައްވަން ޔާމީން ދެކޮޅު ހައްދަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ބައްދަލު ކުރެއްވުމަށް މާފުށީ ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ދެކޮޅު ހައްދަވައިފިއެވެ. “ދޮންމަނިކު ސްކައި ވިއު“ ރެސްޓޯރެންޓްގައި ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނައިރުގައި މިކަމުގައި ރައީސް ޔާމީނާ ވެސް މަޝްވަރާކުރުން ބޭނުންތެރި ކަމަށާއި އެގޮތުން އެމަނިކުފާނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. “ރައީސް ޔާމީން އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 […]
އިންތިޚާބު ވަގަށް ނެގުމަށް ސަރުކާރުން ދަނީ ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން: އަދުރޭ

މި އިންތިޚާބު ވަގަށް ނެގުމަށް ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ. ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓާއެކު މިއަދު ހދ.ކުމުންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ވަގަށް ނެގުމަށް ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވަމުން ޢަބްދުއްރަޙީމް އެދިވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީގެ ހުރިހާ މެންބަރުން ވެސް އެކަމަށް ވަރަށް ބޮޑަށް ސަމާލުވެ ފާރަވެރިވުމަށެވެ. “ރީރަޖިސްޓްރީކުރުމަށް ހުޅުވައިލި ދެ ދުވަހުގެ […]
ޓެކްސީއެއް ކޮންޓްރޯލްނުވެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ސޯލާ ޕެނަލްތަކަށް ގެއްލުންވެއްޖެ

މާލެ ހުޅުމާލެ ހައިވޭގައި ދުއްވި ޓެކްސީ އެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގައި އެތަނުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކަށް މިއަދު ގެއްލުންވެއްޖެއެވެ. އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ އެއް ނުލިބެއެވެ. ފުލުހުން ބުނީ ހައިވޭގެ ހަތަރު ލޭނުން ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނަލްތަކުގައި ޖެހިފައިވާކަމަށް މިއަދު ހެނދުނު ހަތެއް ޖެހި އިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ”މިކާރިސާގައި މީހަކަށް އަނިޔާއެއް ނުވޭ، ނަމަވެސް ޓެކްސީއަށާއި ސޯލާޕެނަލް ތަކަށް އެކިވަރުގެ […]
މުސްލިމް އާއިލާއެއް ޤަތުލުކުރި ކެނެޑާ މީހެއްގެ މައްސަލަ ބަލަނީ

ދޮން މީހަކަށްވުމަކީ އޭނާއަށް ލިބޭ ފަޚުރެއްކަމަށް ދެކި މުސްލިމުންނާއި ދޭތެރޭގައި އުފެދޭ ނަފްރަތުގެ ސަބަބުން މުސްލިމް އާއިލާއެއްގެ ހަތަރު މެންބަރުން މަރާލައި، ޓެރަރިޒަމްގެ އަމަލެއް ހިންގި ކެނެޑާ ފިރިހެނެއްގެ މައްސަލަ ކެނެޑާގެ ކޯޓެއްގައި ބަލަން ފަށައިފިއެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މި މައްސަލައިގެ ސަބަބުން ”ވައިޓް ނޭޝަނަލިސްޓް“ ވިސްނުމުގެ ހަރުކަށި ކަނާއަތުގެ ފިކުރުގެ މީހުން ކުރާ މިފަދަ ކުށްތަކުގައި ކެނެޑާއިން ގެންގުޅޭނެ އިންސާފުގެ މިންގަނޑުތައް ހާމަވެގެންދާނެކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ. އުމުރުން 22 އަހަރުގެ ނެތޭނިއަލް […]
ހިފާއްޓާފައިވާ އީރާނުގެ ފައިސާއިން 6 ބިލިއަން ޑޮލަރު އަނބުރާ ދެނީ

އީރާނުގައި ހިފާއްޓާފައި ތިބި އެމެރިކާގެ ފަސް ރައްޔިތަކު މިނިވަންކުރުމަށާއި އަދި އެމެރިކާގައި ހިފާއްޓާފައިތިބި އީރާނުގެ ފަސް ރައްޔިތަކު މިނިވަން ކުރުމަށްޓަކައި ކުރެވެމުންދިޔަ މަޝްވަރާތައް ކާމިޔާބު ކުރެވިއްޖެއެވެ. އެގޮތުން އެމެރިކާގެ އަމުރަށް ދެކުނު ކޮރެއާގައި ހިފާއްޓާފައިހުރި އީރާނުގެ ފައިސާގެ ތެރެއިން 6 ބިލިއަން އެމެރިކާ ޑޮލަރު އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެއްވެސް ގުޅުމެއް ނެތް ގޮތުގައި ބައިނަލް އަގްވާމީ ފައިސާ ބަދަލުކުރުމުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އީރާނަށް އަނބުރާ ދިނުމަށްޓަކައި ގަތަރުގެ ބޭންކަކަށް ޓްރާނސްފަރ ކުރުމުގެ މަގު އެމެރިކާ ސަރުކާރުން ހުޅުވާދީފިއެވެ. ދެގައުމުން […]