ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީ ކުރުމަށް 47,000 ވުރެ ގިނަ ފޯމު

Loading

Facebook
Twitter
WhatsApp

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލެވުނު 3 ދުވަހުގެ ތެރޭގައި އޮންލައިންކޮށާއި އިލެކްޝަންސް ކޮމިޝަންގެ ކައުންޓަރުތަކަށް އަދި އަތޮޅުތަކުގެ ފޯކަލްޕޮއިންޓް މެދުވެރިކޮށް 47,000 ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

އީސީއިން ބުނީ ދެވަނަ ބުރަށް ހުޅުވާލެވުނު 3 ދުވަހުގެ ތެރޭގައި އޮންލައިންކޮށާއި އިލެކްޝަންސް ކޮމިޝަންގެ ކައުންޓަރުތަކަށް އަދި އަތޮޅުތަކުގެ ފޯކަލްޕޮއިންޓް މެދުވެރިކޮށް47,000 ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށާއި މިގޮތުން 19,000 ވުރެ ގިނަ ފޯމު ޕްރޮސެސްކޮށް ނިމިފައިވާ ކަމަށެވެ. އަދި 27,000 ވުރެ ގިނަ ފޯމެއް ވަނީ ޞައްޙަކުރުމުގެ މަރުހަލާގައި ކަމަށެވެ.

ރީ-ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފޯމުތައް ވެރިފައިކޮށް ނިމުމުން، ވޯޓުލުމަށް ރީ-ރަޖިސްޓަރީ ލިސްޓު ސަރުކާރުގެ ގެޒެޓުގައި ޢާންމުކޮށް ކެންޑިޑޭޓުންނާއި، ޕާޓީތަކާ ޙިއްޞާކޮށް ޝަކުވާއަށް ދެ ދުވަހުގެ ފުރުޞަތަށް ހުޅުވާލެވޭނެ ކަމަށް އީސީން ބުންޏެވެ.

އީސީން ބުނީ ރީ-ރަޖިސްޓަރޭޝަންގެ އޮންލައިން ޕްރޮސެސްއަކީ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ގޮތެއް ހޯދައިދިނުމަށްޓަކައި ތަޢާރަފްކޮށް ބޭނުންކުރަމުންގެންދާ ޕޯޓަލްއެއް ކަމަށެވެ. ނަމަވެސް މި ޕޯޓަލްއާ މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭގޮތަށް، ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުން ގެންދާތީ އެފަދަ ޙަޤީޤަތަކާ ޚިލާފު ޚަބަރު ނުފެތުރުއްވުމަށް އިލްތިމާސްކުރާ ކަމަށް އީސީން ބުންޏެވެ.

އަދި ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންނާއި އަދި ކެންޑިޑޭޓުންނާ ދެމެދު އޮތް އިތުބާރު ގެއްލޭފަދަ ގޮތްގޮތަށް ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް