މުޢިއްޒުގެ ސުވާލެއް: ވެންޓިލޭޓަރުތައް ކޮބައިތޯ؟ 30 މިލިއަން ރުފިޔާ ކޮބައިތޯ؟

ކޮވިޑާ ގުޅިގެން ގެންނަން އުޅުނު ވެންޓިލޭޓަރުތަކަށް ވީ ގޮތް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށާއި އެކަމުގައި ގެއްލުނު ފައިސާއަށް ވީ ގޮތް ސަރުކާރުން ރައްޔިތުންނަށް ބުނެދޭންޖެހޭ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރ.ހުޅުދުއްފާރުގައި ރޭ ބޭއްވި ޖަލްސާގައި ޑރ.މުޢިއްޒު ވިދާޅުވީ ކޮރަޕްޝަން އިންތިހާއަށް މި ސަރުކާރުގައި ދިޔަ ދިޔުމަށް ޖަވާބެއް ނުދެވި މިއުޅެނީ ކީއްވެތޯ ރައްޔިތުން ސަރުކާރާ ސުވާލު ކުރަންޖެހޭ ކަމަށެވެ.  ޑރ.މުޢިއްޒު ވިދާޅުވީ ކޮވިޑާ ގުޅިގެން ގެންނަން އުޅުނު ވެންޓިލޭޓަރުތަކަށް ވީ ގޮތާއި […]

ޕާޓީތަކުގެ ފިކުރުން ދުރުވެ ޤައުމީ ރޫޙުގައި އެއްވިސްނުމަކަށް އަންނަންޖެހޭ: ޑރ.މުޢިއްޒު

އިންތިޚާބުގެ ވޯޓު ލާން މިހާ ގާތްވެފައިވާއިރު ވިސްނަންޖެހޭ ކަމެއް އެބައޮތް ކަމަށާއި އެއީ ސިޔާސީ ޕާޓީތަކުގެ ފިކުރުން ދުރުވެ ރައްޔިތުން ޤައުމީ ރޫޙުގައި އެއްވިސްނުމަކަށް އައުން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރ.ހުޅުދުއްފާރުގައި ރޭ ބޭއްވި ޖަލްސާގައި ޑރ.މުޢިއްޒު ވިދާޅުވީ  ރާއްޖެއަކީ މާކުރީ ޒަމާނުން ފެށިގެން، އަދި މިނިވަންކަން ލިބުނު ހިސާބުން ފެށިގެން މިނިވަން ޚާރިޖީ ސިޔާސަތެއް ގެންގުޅެމުން އައި ޤައުމެއް ކަމަށެވެ. އެއްވެސް ޤައުމަކުން މި ޤައުމުގެ ދާޚިލީ ކަންތަކަށް އަތްގަދަކޮށް […]

އޮކްޓޫބަރުގައި ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އިލްޔާސް ހުށަހެޅުއްވީ އަންނަ އޮކްޓޫބަރުމަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ ޚިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ސީދާ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ. މުޅި މަޖިލީހުގެ ކޮމިޓީން […]

ރާއްޖެއާއި ޓޯގޯއާ ދެމެދު ވިސާ ވެއިވަރ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހި ސަރުކާރާއި ޓޯގޯ ސަރުކާރާ ދެމެދު ”އެގްރީމަންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް“ ގައި އިއްޔެ ސޮއިކޮށްފިއެވެ.  އެމެރިކާގެ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖޭގެ ޕަރމަނަންޓް މިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަޙުމަދު ޚަލީލްއެވެ.އަދި ޓޯގޯ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރުޕްރޮފެސަރ ރޮބަޓް ޑުސޭއެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ވިސާއާ ނުލައި ޓޯގޯއަށް ދަތުރުކޮށް […]

ސިވިލް ކޯޓުގެ އިސް ގާޒީ ނިމާލް އަވަހާރަވެއްޖެ

ސިވިލް ކޯޓުގެ އިސް ގާޒީ އަޙްމަދު ނިމާލް ޖުނައިދު އަވަހާރަވެއްޖެއެވެ. ރޭގެ ވަގުތެއްގައި ނިމާލް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާ ގޭގައި އުޅުއްވަނިކޮށް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ އަވަހާރަވެފައެވެ. ނިމާލު އަވަހާރަވިއިރު އުމުރުފުޅަކީ 36 އަހަރެވެ. ނިމާލްގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ. ނިމާލް އަވަހާރަވުމާ ގުޅިގެން މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް […]

ކެބިނެޓަށް އައްޔަންކުރާނީ ދާއިރާތަކުން ތައުލީމާއި ތަޖުރިބާ ހުރި ބޭފުޅުން: ޑރ.މުޢިއްޒު

ކެބިނެޓުގެ މިނިސްޓަރުންގެ މަގާމުތަކަށް އައްޔަންކުރައްވާނީ އެ ބޭފުޅަކު މަސައްކަތް ކުރައްވާ މިނިސްޓްރީއެއްގެ ތަޖުރިބާއާއި އިލްމު ލިބިވަޑައިގެންފައިވާ ގާބިލު ބޭފުޅުން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ސަންގު ޓީވީން ރޭ ކުރިއަށްގެންދިޔަ “އާސްކް މުޢިއްޒު“ ޕްރޮގްރާމުގައި ބައިވެރިއަކު ވަނީ މުޢިއްޒުގެ ވެރިކަމުގައި ކެބިނެޓް އެކުލަވައިލާނެ ގޮތާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. ޑރ.މުޢިއްޒުގެ ވެރިކަމެއްގައި އެޑިއުކޭޝަނަށް އައްޔަންކުރައްވާނީ ޖަމްއިއްޔަތުއްސަލަފުން ނަން ފޮނުވާާ ބޭފުޅެއް ކަމަށް ބުނާ ވާހަކައާ ގުޅިގެން ކުރި ސުވާލުގެ ޖަވާބުގައި މުޢިއްޒު […]

ނޭނގި ތިއްބައި ދެވަނަ ބުރުގައި ވޯޓުލާތަން ބަދަލުކުރާ މައްސަލަތަކެއް ފެންމަތިވެއްޖެ

އިދިކޮޅު ސިޔާސީ ޕާޓީތަކަށް ވޯޓުދޭ ފަރާތްތަކަށް ނޭނގި އެ ފަރާތްތަކުން ދެވަނަ ބުރުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރަމުންދާ ކަމަށް ބުނާ ގިނަ ބައެއްގެ ޝަކުވާތަކެއް ފެންމަތިވެއްޖެއެވެ.  އެ ފަރާތްތަކުން ބުނެފައިވަނީ، ދެވަނަ ބުރުގައި ވޯޓުލުމަށް އެހެންތަނަކަށް ރަޖިސްޓްރީވެފައި ނުވިނަމަވެސް، ވޯޓުލާތަން ބަދަލުވެފައިވާ ކަމަށެވެ.  އެހެންކަމުން، ހުރިހާ ބޭފުޅުންވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ ކޮން ވޯޓުފޮށްޓަކަށްތޯ ބަލައި ޔަގީންކުރުމަށް އިލްތިމާސްކުރަމެވެ. ވޯޓުލާންޖެހޭ ފޮށި ބެލުމަށް މެސެޖު ކުރަންޖެހޭނީ ”VR<space><IDnumber>“ ޖެއްސެވުމަށްފަހުގައި އިލެކްޝަންސް ކޮމިޝަންގެ ނަންބަރު […]

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ 5 މަަސް ބޯޓު އަތުލައިގެންފި

ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ 5 މަސް ބޯޓު އަތުލައިގެންފިއެވެ. އޭގެތެރެއިން 4 ބޯޓު ހިފަހައްޓާފައިވާކަން އެމްއެންޑީއެފްއިން ހާމަކުރީ ރޭގެ ވަގުތެއްގައެވެ. އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި އެ ބޯޓުތައް  ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ އދ. މަހިބަދޫ ”އަސުރުމާ“ ނަމަކަށް ކިޔާ މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މައުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައެވެ. އެމްއެންޑީއެފްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ  ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ޚިލާފަށް މަސްވެރިކަން […]

އަނެއްކާ ވެސް މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ހދ.މަކުނުދޫ ސިތާރާމަންޒިލް ނާޠިފް ޢަބްދުއްސަލާމް (28އ) އޭނާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި މަހުގެ 17 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުލުހުން ބުނީ އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުކަމާއި އޭރު ލައިގެންހުރީ ރުއްތަކެއް ޖަހާފައިހުރި ގަމީހަކާއި ސޯޓެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު […]

މިސްކިތަކުން ފައިވާނެއް ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށް

މިސްކިތަށް ދިޔަ މީހެއްގެ ފައިވާން ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ. ފުވައްމުލަކަށް ނިސްބަތްވާ މީހެއްގެ މައްޗަށް އެ ޙުކުމް އައީ ސޯސަންމަގާއި މަޖީދީމަގުގުޅޭ ކަންމަތީގައި ހުންނަ މަސްޖިދުލްއިބްރާހީމަށް މިދިޔަ އެޕްރީލްމަހު ޢިޝާ ނަމާދަށް ދިޔަ މީހެއްގެ ފައިވާން ވަގަށް ނަގާފައިވާތީއެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ ވައްކަމުގެ ދަޢުވާއެވެ. ކުރިމިނަލް ކޯޓުގެ ޙުކުމުގައި ވަނީ އޭނާކުށަށް އިޢުތިރާފުވެ އިސްލާޙުވެގެން އަނބުރާ މުޖުތަޢުއަށް އަންނަން […]