އޮކްޓޫބަރުގައި ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އިލްޔާސް ހުށަހެޅުއްވީ އަންނަ އޮކްޓޫބަރުމަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ ޚިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ސީދާ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ.

މުޅި މަޖިލީހުގެ ކޮމިޓީން ގަރާރު ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން ގަރާރު ފާސްކުރީ 35 މެންބަރުންގެ ވޯޓާއެކުއެވެ.

ގަރާރު ފާސްކުރީ އެމްޑީޕީ މެންބަރުންގެ ވެސް ވޯޓާއެކުއެވެ. މި ވޯޓުގައި ޕީޕީއެމްގެ މެންބަރަކު ބައިވެރިއެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް