އިރާގާއި އީރާން ރޭލުގެ މަގުން ގުޅާލަނީ

ސިޔާސީ އަދި އިގްތިސާދީ ގޮތުން ވަރުގަދަ ގުޅުންތަކެއް މިހާރު ގާއިމް ކޮށްފައިވާ އިރާގާއި އީރާން ރޭލުގެ މަގުން ގުޅާލުމުގެ މަސައްކަތުގެ ފެށުން މި ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހު އިރާގުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާ އަލް ސުދާނީ އާއި އީރާނުގެ ނައިބު ރައީސް މުޙައްމަދު މުޚްބާރް ބިންގާ އަޅުއްވާ ދެއްވައިފިއެވެ. މިއީ ވަރަށް ތާރީޚީ ގުޅުމެއްކަމުގައި ވެގެންދާ ސަބަބަކީ އެމެރިކާއާއި އެމެރިކާގެ ވާގިވެރިވާ ޔޫރަޕްގެ ގައުމުތަކުންވަނީ 30 އަހަރު މިދެގައުމުގައި ފިތުނަ އުފަށްދުވައި ތޮޅުވައި ސުންނާފަތި ކޮށްލާފަކަމަށް ވާތީއެވެ. މިއީ އަވަށްޓެރި […]

ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަ ކުރަން ދުނިޔެއިން ދެފަހަރަށް ވިސްނާތި!

މިދިޔަ ހުކުރުދުވަހު ރޮސްކޮސްމޯސް ޖައްވީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާއިން ސަރްމަތު އިންޓަރކޮންޓިނެންޓަލް ބެލިސަޓިކް މިސައިލް މަގާމުތަކަށް ގެނައުމަށްފަހު ބުނެފާވަނީ ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ ކުރިން ދުނިޔެއިން ދެފަހަރަށް ވިސްނަން ޖެހޭނެ ކަމަށް ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ. ސަރްމަތު ސްޓްރާޓީޖިކް ކޮމްޕްލެކްސް މިހާރު ހަނގުރާމައިގެ މައިދާނަށް ނެރެވިއްޖެކަމަށް ރޮސްކޮސްމޯސްގެ ޑިރެކްޓަރ ޖެނެރަލް ޔޫރީ ބޮރިސޯވް ބުނެފައިވާކަމަށް މޮސްކޯ ޓައިމްސް އާ ޙަވާލާދީ ރަޝިޔާގެ އާރް އައި އޭ ނޮވޯސްޓީ ނިއުސް އޭޖެންސީއިން ޚަބަރުދީފައިވެއެވެ.             […]

ކޯނީ ރިޕޯޓު ގެއްލިއްޖެ, މައްސަލަ ފުލުހަށް ހުށަހަޅައިފިން: ރައީސް ޞާލިޙް

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔަ ގޮތް ތަހުގީގުކުރަން އެކުލަވައިލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން އެކަން ތަހުގީގުކުރުމަށްފަހު އެކުލަވައިލި ރިޕޯޓު ގެއްލިފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދުގެ ވެރިކަމަށް ތިން އަހަރުވީ ތަނާ އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި މުޒާހަރާތަކާ ގުޅިގެން ނަޝީދުގެ ވެރިކަން ވެއްޓުނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހުއެވެ. ރިޔާސީ ކެމްޕޭނަށް ހދ.ނޭކުރެންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި […]

ވޯޓު ކަރުދާހުގައި ފާހަގަޖެހޭނީ ކަޅު ނުވަތަ ނޫކުލައިގެ ގަލަމަކުން އެކަނި ކަމަށް ނިންމައިފި

މި މަހުގެ 09 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނުވަތަ ނޫކުލައިގެ ގަލަމަކުން އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ. އީސީން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ ވޯޓުގެ ސިއްރުކަން ގެއްލިދާނެ ހާލަތްތަކެއް ކަމަށް ބުނެ ބައެއް ޕާޓީތަކުން ހުށަހަޅާފައިވާ މައްސަލަތަކާބެހޭ ގޮތުން ކޮމިޝަންގެ ގާނޫނީ ޓީމާއެކު އިއްޔެ ބައްދަލުވުމެއް ބާއްވައިފައިވާ ކަމަށެވެ. އިންތިޚާބުތަކާބެހޭ ގާނޫނާއި ގަވާއިދުގައި […]

ސިޔާސީ ގޮތުން ވަކަރަށް ޖެހުން

ޑިމޮކްރެސީ ކިޔާ އެއްޗެއް އޭގެ ނަން ހިފައިގެން މި ރާއްޖެ އަށް ނަޔަސް މި ޤައުމުގައި ޑިމޮކްރެސީ އެންމެ އިހުށްސުރެން އޮވެއެވެ. ދެކުނު އޭޝިއާގެ ތާރީޚަށް ބަލާލާއިރު ދިވެހިރާއްޖެއަކީ މި ޞަރަހައްދުގައި އެންމެ ފުރަތަމަ ދުސްތޫރެއް އެކުލަވާލި ޤައުމެވެ. ފުރަމާލޭގެ ގުޅަކުޅޭ ފަސަގަނޑަކީ ޑިމޮކްރެސީ ގެ ތަންމަތި ކަމުގައި ދެންނެވުމަކީ އެހެން ކަންކަމަށް ބުނެވޭނެ ކުޑައިމީސް ބަހެއް ނޫންކަމުގައި އަޅުގަނޑު ދެކެމެވެ. ރިޔާސީ އިންތިޚާބު 2023 ގެ ކޭމްޕޭން ތެރެއިން ޑރ. މުއިއްޒު ކުރައްވާފައި ހުރި ބައެއް ކަންކަމަށް […]

އިބޫއަށް ދެވޭ ކޮންމެ ވޯޓަކީ އިންޑިއާއަށް ދެވޭ ވޯޓެއް!

އިންޑިއާގެ އަސްކަރީ ސިފައިން ދިވެހިރާއްޖޭގައި ތިބުމުގެ މައުޟޫއުގައި ނޭނގި ނަމަވެސް އަތް ނުޖެހުމަށް ދިވެހި ސަރުކާރުން ފާއިތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެތައް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. 2018 ވަނަ އަހަރުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކޮށް ރިޔާސީ ގޮނޑި ނެގުމަށް އިންޑިއާއިން ޚަރަދުކޮށް އެހީތެރިވެދީފައިވާ ކަމަކީ އެންމެން ވެސް ދަންނަ ހަގީގަތެކެވެ. އެހެންވީމާ، އިންޑިއާއާއި އެކުގައި ޚާއްސަ ގުޅުމެއް ވެސް އޮންނާނެތާއެވެ. އެކަމަކު، އެމްޑީޕީއަށް ވޯޓުދިން ފަރާތްތަކުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވޯޓުދިނީ […]

ޑރ.މޫސާ އަންވަރުގެ ތާއީދު ޑރ.މުޢިއްޒަށް

އަންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވަން ނިންމަވާފައިވާކަން ޑރ.މޫސާ އަންވަރު ޙަސަން މިއަދު ހާމަކުރައްވައިފިއެވެ. ޑރ.މޫސާ އަންވަރު ޙަސަން މިކަން ހާމަކުރެއްވީ ފޭސްބުކްގައި ކުރެެއްވި ޕޯސްޓެއްގައެވެ. ޑރ.މޫސާ އަންވަރު ޙަސަން ވިދާޅުވީ ސެޕްޓެމްބަރު 09 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޑރ.މުޢިއްޒަށް ތާއީދުކުރައްވައި ވޯޓުލެެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. “އެމަނިކުފާނަކީ ދީނާއި ގައުމުގެ މިނިވަންކަން ނަގަހައްޓާނެ ތެދުވެރި އަމާނަތްތެރިޔަކަށް ވުމުގެ ތައުފީގު މިންވަރު ކޮށްދެއްވާށި!“ އިސްލާމްދީނަށް މީހުން ހޭލުންތެރިކުރުމާއި ދީނީ އިލްމު […]

އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ބާއްވާތީ, ޖެހިގެން އަންނަ އާދިއްތަ ދުވަހު ސަރުކާރު ބަންދު ކުރަން ނިންމައިފި އެވެ. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ މިއަދު ނެރުނު ދެންނެވުމުގައި ބުނީ, ސެޕްޓެމްބަރު 10، ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. އާދިއްތަ ދުވަސް ބަންދުކޮށްފައި ވަނީ ސެޕްޓެމްބަރު 9، އަކީ އިންތިހާބު ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިހާބާ ގުޅޭ […]

އަނެއްކާވެސް ހުޅަނގު އެފްރިކާގެ އެހެން ގައުމެއް ފްރާންސަށް ގެއްލިއްޖެ

ފްރާންސަށް މިފަހަރު ގެއްލިފައިވަނީ ސީއެފްއޭ ފްރާންކް ޒޯން ބޭނުންކުރޭ ގައުމެއް ކަމަށްވާ ގަބޮން އެވެ. ސީއެފްއޭ ފްރާންކް ޒޯން އަކީ ފްރާންސްގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް 15 ގައުމެއް އިޤްތިޞާދީ އަދި މާލީ ގޮތުން ގުޅިފައިވާ ސަރަހައްދަކަށް ކިޔައި އުޅޭ ނަމެކެވެ. މިގޮތުން މިގައުމުތަކުގެ އިޤްތިޞާދުގެ ބޮޑުބައެއް މިއަދާއި ހަމައަށްވެސް ކޮންޓްރޯލްކުރަނީ ފްރާންސުންނެވެ. މައިގަނޑުގޮތެއްގައި، ފްރާންސުން މި ގައުމުތަކުގެ އިޤްތިޞާދު ކޮންޓްރޯލްކުރަނީ ފްރާންސްގެ ނުފޫޒުން ހިންގާ ”ޕަޕެޓް“ ސަރުކާރުތައް އޮންނަ ގައުމުތައް ބޭނުންކޮށްގެންނެވެ. މިގޮތުން އެ […]

ކޯވިޑް-19ގެ ވަބާއަށްފަހު ސައުދީގެ ބޭރު ފައިސާގެ ރިޒާވް ދުށް އެންމެ ބޮޑު ވެއްޓުން މިދިޔަ މަހުގައި!

ކޯވިޑް-19ގެ އާލަމީ ވަބާގެ ތެރޭގައި ތެލުގެ އަގު ވެއްޓުމާއެކު ސައުދީ އަރަބިއާއިން އެމެރިކާގެ ބާޒާރުން ހިއްސާގަތުމަށް އިންވެސްޓްކުރުމަށްފަހު ސައުދީ އަރަބިއާގެ ބޭރު ފައިސާގެ ރިޒާވް ދުށް އެންމެ ބޮޑު ވެއްޓުން ފެނިފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެގޮތުން ޖުލައި މަހުގެ ތެރޭގައި އެގައުމުގެ ބޭރު ފައިސާގެ ރިޒާވުން 16 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ދަށަށް ގޮސްފައެވެ. ބޭރު މުދަލުގެ އަގު 1.53 ޓްރިލިއަން ނުވަތަ 407 ބިލިއަން އެމެރިކާ ޑޮލަރު ދަށަށް ގޮސްފައިވީނަމަވެސް މެއި މަހާއި […]