އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް --- ވަން ފޮޮޓޯ: މުހައްމަދު އައުޒަމް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ބާއްވާތީ, ޖެހިގެން އަންނަ އާދިއްތަ ދުވަހު ސަރުކާރު ބަންދު ކުރަން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ މިއަދު ނެރުނު ދެންނެވުމުގައި ބުނީ, ސެޕްޓެމްބަރު 10، ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

އާދިއްތަ ދުވަސް ބަންދުކޮށްފައި ވަނީ ސެޕްޓެމްބަރު 9، އަކީ އިންތިހާބު ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ އެ ދުވަސް ބަންދުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދެފައިވާތީއެވެ

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހެވެ. ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30، އެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް