ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު މާދަމާ ހުށަހަޅަނީ
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެންސީ ފޯމު މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން މިރޭ ބުނެފިއެވެ. މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖުލައި 24 ގައި ވަނީ އެމަނިކުފާނުގެ ކެންޑިޑެންސީ ފޯމުގައި ސޮއިކުރައްވައިފައެވެ. ޕީޕީއެމްއިން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މާދަމާ 10:00 ގައި ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު ހުށަހަޅާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކެނޑިޑޭޓުންގެ […]
ސައާދަތު ހިމާޔަތްކުރުމަށްޓަކައި ދިވެހީން ކުށާއި ކޮރަޕްޝަނުގެ އަމަލުތަކާމެދު ހަރުކަށިވުމަށް މުޢާދް ލަފާދެއްވައިފި
ގައުމެއްގެ އިޤްތިޞާދީ ސައާދަތާއި (prosperity) ފާގަތިކަން ހިމާޔަތްކުރުމަށްޓަކައި ކުށްކުރުމާއި ކޮރަޕްޝަނުގެ އަމަލުތަކާމެދު ހަރުކަށިވުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިއަށް މި އޮތް ރިޔާސީ އިންތިޚާބުގައި ގައުމީ މަސްލަހަތު އިސްކުރުމަށް ބައިނަލްއަޤްވާމީ ގުޅުންތަކާއި، އިޤްތިޞާދާބެހޭ މާހިރެއްކަމަށްވާ މުޢާދް މުޙައްމަދު ޒަކީ ލަފާދެއްވައިފިއެވެ. ޤާނޫނު ތަންފީޒުކުރުމުގައި ސިންގަޕޫރުން ޚިޔާރުކުރި އައު އުކުޅުގެ ކާމިޔާބީން ފިލާވަޅު ނެގުމަށް މުޢާދް ވަނީ ދިވެހީންނަށް ހިތްވަރުދީފައެވެ. މުޢާދް ވިދާޅުވީ، ކުށުގެ ވެއްޓާ ދެކޮޅަށް ސާބިތުވެ ތިބޭ މުޖުތަމަޢުތަކުގައި ދިރިއުޅޭ އާއިލާތަކަކީ ރައްކާތެރިކަމުގެ އިޙުސާސްކުރެވޭ އާއިލާތައް ކަމުގައިވާއިރު، […]
ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި
ގއ.ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފިއެވެ. ވިލިނގިލީގައި އުމުރުން 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ ހުކުރު ދުވަހުގެރޭގައެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރީ އުމުރުން 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެެއް ކަމަށް ބުނި ނަމަވެސް އެ މީހުންގެ އިތުރު […]
މަޙްމޫދު އައްބާސް އާއި އިސްމާޢީލް ހަނިއްޔާއާއެކު އުރުދުޣާން
ތުރުކީގެ ރައީސް އުރުދުޣާންގެ ރަސްމީ އޮފީހުގައި ފަލަސްތީނުގެ ބޮޑުވަޒީރު މަޙުމޫދު އައްބާސްއާއި ފަލަސްތީނުގެ އިސްލާމީ ޖަމާއަތުގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ އާއި ދެބޭފުޅުންނާއި އެކުއެކީގައި ބައްދަލު ކުރައްވައިފިއެވެ. އައްބާސް ތުރުކީ އަށް ކުރެއްވި ދަތުރުފުޅުގައި މީގެކުރިންވެސް ވަނީ ރައީސް އުރުދުޣާން އާއި ބައްދަލު ކުރައްވައި ފަލަސްތީނުގައި ސުލްޙަ ގާއިމްކުރުމާއި ބެހޭ މަޝްވަރާތައް ކުރައްވާފައެވެ. މަޙްމޫދު އައްބާސްއާއި އިސްމާޢީލް ހަނިއްޔާއާއި ދެބޭފުޅުންނަކީވެސް ފަލަސްތީނުގެ ދެ ބަތޮލުންނެވެ. އަދި ސިޔާސީ ދެ ތަރިންނެވެ. އެހެންނަމަވެސް އިސްރާޢީލުގެ މައްސަލާގައި […]
އެފްރިކާގެ 6 ގައުމަކަށް ގޮވާމުގެ ބާވަތްތައް ހިލޭ ފޮނުވާ ދޭނަން -ރައީސް ޕޫޓިން
ޔޫކްރެއިނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯރޓް ކުރުމުގެ އެއްބަސްވުމުން ރަޝިޔާ އެކަހެރި ވުމަށްފަހު އެފްރިކާ ބައްރުގެ ބައެއްގައުމުތަކަށް ކާބޯތަކެތި ލިބުން ދަތިވެފައިވާތީ އެފްރިކާގެ 6 ގައުމަކަށް ހިލޭ އެހީގެ ގޮތުގައި ގޮވާމުގެ ބާވަތްތައް ފޮނުވާދޭއްވާނެ ކަމަށް ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމުގެ ސަބަބުން ބައިނަލް އަގްވާމީ ދަނޑުގައި ރަޝިޔާއެކަހެރި ވެފައިވާ މި ދަނޑިވަޅުގައި އެފްރިކާގެ ގައުމުތަކާއިއެކު ގުޅުން ބަދަހިކުރަން ރައީސް ޕޫޓިން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ނަތީޖާ ލިބެމުންދާ މިންވަރެއް ދެނެގަތުމުގެ ބޭނުމުގައި އެފްރިކާ ގައުމުތަކުގެ ވެރިންނާއިއެކު ސެއިންޓް ޕީޓަރސްބާރގް ގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ޕޫޓިންވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ […]
ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވެއްޖެ
ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މަންމާފުޅު ފާޠިމަތު ޙަސަން (ފާތިމާ މަނިކެ) އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 86 އަހަރުގައި ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވީ ރޭގެ ވަގުތެއްގައި ސްރީލަންކާގައެވެ. ފާޠިމަތު ޙަސަން އަވަހާރަވީ އާލަސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްފަހުންނެވެ. ރައީސް ޔާމީން ހިމެނިވަޑައިގަންނަވާހެން އެމަނިކުފާނުގެ މަންމާފުޅުގެ ފަސް ބޭފުޅުން ތިއްބަވައެވެ.
ބޮޑުވަޒީރު މަގާމުން ދުރުވެ ދަރިފުޅަށް ޙަވާލުކުރުން – ކެމްބޯޑިއާ
ކެމްބޯޑިއާގެ ވެރިރަށް ޕެނޮމްޕެން އިން އޭ.އެފް.ޕީ. ޚަބަރު ދީފައިވާ ގޮތުގައި ސާޅީސް އަހަރުވަންދެން ވެރިކަން ކުރުމަށްފަހު މިއަންނަ އޯގަސްމަހުގެ 22 ވަނަ ދުވަހުގެ ހަވީރު ވެރިކަމުން ދުރުވެ ދޮށީ ފިރިހެން ދަރިފުޅު 45 އަހަރުފުޅުގެ ހަތަރު ތަރީގެ ޖެނެރަލް ހުން މަނެޓް އަށް ވެރިކަން ޙަވާލު ކުރައްވާނެ ކަމަށް ކެމްބޯޑިޔާގެ ބޮޑުވަޒީރު ހުން ސެން ވިދާޅުވެއްޖެއެވެ. ކުރީގެ ހުމޭރްރޫޝް ގެ ހަނގުރާމައިގެ ލަޝްކަރުގައި ކޮމާންޑަރަކަށް ހުރި ހުން ސެން ވިދާޅުވީ ވެރިކަން ހިންގާ ޕީޕަލްސް ޕާރޓީން އިންތިޚާބަށް ކުރިމަތިލި އޭނާގެ ފިރިހެންދަރިފުޅަށް އިންތިޚާބުގައި ވޯޓުދިން މީހުންގެ %82 ވޯޓު ލިބިފައިވުމާއެކު […]
ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ޑރ.ޖަމީލް ހަމަޖައްސަވައިފި
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔުމް ރަނިންގް މޭޓަކަށް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ހަމަޖައްސަވައިފިއެވެ. ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔުމް އެމަނިކުފާނުގެ ރަނިންގް މޭޓަކަށް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ހަމަޖައްސަވައިފި ކަމަށެވެ. 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރަނިންގމޭޓަކަށް ހުންނެވީ ވެސް ޖަމީލެވެ. ނައިބު ރައީސްކަމުގައި 2015 ވަަނަ އަހަަރުގެ […]
ރައީސް ޔާމީންގެ މައްސަލަ ލަސްކުރަނީ ރައީސް ޞާލިޙް ގަދަކަމުން ދެވަނަ ދައުރެއް ހޯދަން: އަދުރޭ
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހައިކޯޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ ލަސްކުރަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގަދަކަމުން ދެވަނަ ދައުރެއް ހޯއްދެވުމުގެ ބޭނުމުގައި ކަމަށް އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ. އަދުރޭ މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ލަސްވާތީ މިއަދު ހައިކޯޓަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. “ފެނިގެން މިދަނީ ސަރުކާރުން ރާވައިގެން ގަސްދުގައި ފަނޑިޔާރުން ވެސް […]
ރައީސް ނަޝީދާއެކު ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އައްޑުއަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް އައްޑޫ ސިޓީއަށް ފުރާވަޑައިގަންނަވައިފިއެވެ. ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓްގެ ހައިސިއްޔަތުން އިލްޔާސް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކުރިއަށްދާނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އިލްޔާސް ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ އިއްޔެ ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ވޯޓުލީ 3203 މީހުންގެ ތެރެއިން 3041 މީހުންގެ ވޯޓާއެކުއެވެ. ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވީ އިލްޔާސް އެކަނި ކަމުން ނެގީ ފެންނަ ނުފެންނަ […]