މަޙްމޫދު އައްބާސް އާއި އިސްމާޢީލް ހަނިއްޔާއާއެކު އުރުދުޣާން

Loading

Facebook
Twitter
WhatsApp


ތުރުކީގެ ރައީސް އުރުދުޣާންގެ ރަސްމީ އޮފީހުގައި ފަލަސްތީނުގެ ބޮޑުވަޒީރު މަޙުމޫދު އައްބާސްއާއި ފަލަސްތީނުގެ އިސްލާމީ ޖަމާއަތުގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ އާއި ދެބޭފުޅުންނާއި އެކުއެކީގައި ބައްދަލު ކުރައްވައިފިއެވެ. 

އައްބާސް ތުރުކީ އަށް ކުރެއްވި ދަތުރުފުޅުގައި މީގެކުރިންވެސް ވަނީ ރައީސް އުރުދުޣާން އާއި ބައްދަލު ކުރައްވައި ފަލަސްތީނުގައި ސުލްޙަ ގާއިމްކުރުމާއި ބެހޭ މަޝްވަރާތައް ކުރައްވާފައެވެ.               

މަޙްމޫދު އައްބާސްއާއި އިސްމާޢީލް ހަނިއްޔާއާއި ދެބޭފުޅުންނަކީވެސް ފަލަސްތީނުގެ ދެ ބަތޮލުންނެވެ. އަދި ސިޔާސީ ދެ ތަރިންނެވެ. އެހެންނަމަވެސް އިސްރާޢީލުގެ މައްސަލާގައި ދެބޭފުޅުންގެ ވިސްނުންފުޅު ތަފާތު ކަމުން މިހާތަނަށް އެކުގައި މަސައްކަތް ކުރެވިދާނެ ވެއްޓެއް ވަނީ ވުޖޫދު ނުކުރެވިފައެވެ. 

އިސްމާޢީލް ހަނިއްޔާގެ ވިސްނުންފުޅުގައި އިސްރާޢީލާއި އެކު ސުލްޙަގައިމެއް ނުކުރެވޭނެއެވެ. މިތަފާތު ނައްތާލައި ހުޅަނގުވެ މޮނިޓަރިން އާއިއެކު ފަލަސްތީނުގައި ބޭއްވުނު އިންތިޚާބު ބޮޑުތަނުން ކާމިޔާބު މުރެއްވީ ހަމާސް އާއި އިސްލާމިކް ޖިހާދުންނެވެ. 

ނަމަވެސް އިސްމާޢީލް ޙަނިއްޔާގެ ކާމިޔާބު ހުޅަނގުންނާއި އެމެރިކާއިން ބަލައިނުގަނެ އެބައިމީހުންގެ ޑިމޮކްރެސީގެ ޙިއްސާދާރު އިސްރާޢީލް މެދުވެރިކޮށް އިތުރު ދަތިތަކާއި ކުރިމަރި ކުރުވައި އަނިޔާވެރިކަން އިތުރު ކުރުވީއެވެ. އޭގެ ސަބަބުން ޕީ.އެލް.އޯ އާއި އިލެކްޝަން ކާމިޔާބު ކުރި ހަމާސް އާއި އެތެރޭގެ ކޯޅުންތައް ބޮޑުވެ ހަމާސްގެ ބާރުގެ ދަށަށް ގާޒާ ގެނައީއެވެ.

އެގޮތުން 2007 ންފެށިގެން ގާޒާގައި ވެރިކަން ކުރަނީ އިސްމާޢީލް ހަނިއްޔާގެ ހަމާސް އެވެ. އެހެންނަމަވެސް އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވަނީ ގަތަރާއި ތުރުކީގައެވެ. އެހެނީ އިޒްރާޢީލު މޮސާދުގެ އެންމެ މަތީ މަރާލަން ޖެހޭ މީހުންގެ ލިސްޓްގައި އެމަނިކުފާނު ލިސްޓްކޮށްފައި ވާތީއެވެ. އަދި ހަމަ އެމެރިކާއިންވެސް ދެކެނީ އަނިޔާލިބެމުންދާ  ފަލަސްތީނުންނަކީ ޓެރެރިސްޓުން ކަމުގައެވެ.

އަނެއްކޮޅުން މަޙުމޫދު އައްބާސްގެ ވިސްނުންފުޅަކީ ހުޅަނގުގެ ގައުމުތަކުގެ ބައިވެރިވުމާއިއެކު ފަލަސްތީނުގެ މައްސަލައަށް އަދިވެސް ހައްލު ހޯއްދެވުމެވެ. ހުޅަނގު އެހީއާއިއެކު އެމަނިކުފާނު ގެންދަވަނީ ހުޅަނގު އައްސޭރީގައި ޕީ.އެލް.އޯ ގެ ވެރިކަން ކުރައްވަމުންނެވެ. 

އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން ފަލަސްތީނުގެ މައްސަލާގައި އުފެދިފައިވާ އެތެރޭގެ މި ދެބަސްވުން ނިމުމަކަށް ގެނެވޭތޯ މަޝްވަރާ ކުރުމަށް ގާހިރާގައި ބައްދަލުވެ ވަޑައިގަތުމަށް މިދިޔަ އަންގާރަދުވަހު ދެބޭފުޅުންވަނީ އެއްބަސްވެ ވަޑައިގެންފައެވެ.

ގަޒާއާއި ހުޅަނގު އައްސޭރީގައި ދިރިއުޅެމުންގެންދާ ފަލަސްތީނުގެ ރައްޔިތުން މި ދެބޭފޫޅުންގެ ބައްދަލު ކުރެއްވުމުން ހެޔޮ ނަތީޖާއަކާއި ހަމަޔަށް ދެވިދާނެކަމަށް ކުރައްވާ އުންމީދު ވަރަށް ކުޑައެވެ. 

ފާއިތުވެގެންމިދާ ސޯޅަވަރަކަށް އަހަރުދުވަހުގެ ތެރޭގައި ދެބޭފުޅުންނަށް އެއްބަސް ވެވިދާނެ މަގެއް ފެނޭތޯ ކުރަމުން ގެންދިޔަ މަސައްކަތަށް އެއްވެސް ރަނގަޅު ނަތީޖާއަކާ ހަމަޔަށް ދެވިފައެއް ނެތެވެ. އުރުދުޣާން އަކީ އަބަދުވެސް ފަލަސްތީނުގެ އަމިއްލަ ސްޓޭޓްއެއް ގާއިމުކުރުމަށް ބައިނަލް އަގުވާމީ މައިދާނުގައި އެންމެ ގަދަޔަށް މަސައްކުރައްވާ ބޭފުޅެކެވެ. އަދި ފަލަސްތީނު ރައްޔަތުންނަށް އެސައިލަމް ދެއްވާ ތުރުކީގައި ހިލޭސާބަހަށް ބޯހިޔާވެހިކަން ފޯރުކޮށްދެއްވަވާ ދީލަތި ރައީސްއެކެވެ. އެގޮތުން ދެލައްކަ ފަލަސްތީނު، ސީރިޔާ، ލެބިޔާ ، ލެބަނާނުގެ 250،000 ދެލައްކަ ފަންސާސް ހާސް މީހުނަށް ހިލޭ އެނހީތެރިކަން ފޯރުކޮށް ދެވެއެވެ.           

މިދިޔަ އަންގާރަ ދުވަހު ޙަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި އެ ދެބޭފުޅުން ބައްދަލު ކުރެއްވިކަން ކަށަވަރު ކޮށްދެމުން އިތުރަށް ބުނެފައިވަނީ އިސްރާޢީލުގެ މައްސަލާގައި އިތުރަށް ދޫދެވެން ނެތްކަމަށެވެ. 

އެ ޖަމާޢަތުގެ ވިސްނުމަކީ ފަލަސްތީނުން ބޭނުންވާ މަގްސަދު ޙާސިލު ކުރުމަށްޓަކައި އަދިވެސް ވަރުގަދަ ޢަޒުމެއްގައި ތިބުމެވެ. އުރުދުޣާން އާއި އައްބާސް އަދި ހަނިއްޔާގެ ބަދަލުކުރެއްވުމުން އެކަމަށް ބޮޑެތި ކުރިއެރުންތައް ލިބިގެން ދާނެކަމަށް ބުނެފާވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް