އާރަށުގެ މައްސަލަ: ޔާމީނަށް އިއްވި ޖަލު ހުކުމްގެ އިސްތިއުނާފު ބުދަ ދުވަހު ފަށަނީ

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޚިޔާނާތް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ އަންނަ ބުދަ ދުވަހު ފަށަން ނިންމައިފިއެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަރ ކުރެއްވިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އެމަނިކުފާނަށް ހުކުމް އިއްވެވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ […]
ގަލްފު ކަނޑުގެ މެރިޓައިމް ކޯލިޝަންގައި ދެން ބައިވެރިނުވާނަން – އިމެރެޓްސް

އެމެރިކާ އިސްވެއޮވެ ކުރިއަށްގެންދާ މެރިޓައިމް ކޯލިޝަންގައި ދެން ބައިވެރިނުވުމަށް އިމިރެޓްސް އިން ނިނެމައިފިއެވެ. ދުބާއި އިން ރޮއިޓާރސް ޚަބަރު ދީފައިވާގޮތުގައި މިފަހަކަށް އައިސް ގަލްފު ސަރަޙައްދުން ދަތުރުކުރާ ޓޭންކަރު ފަހަރު އީރާނުން އަތުލަމުންވގެންދިއުމާއި ގުޅިގެން […]
އެމެރިކާއާއިއެކު އިތުރަށް ދައްކާނެ ވާހަކައެއް ނެތް – ޗައިނާ

އެމެރިކާއާއި ޗައިނާގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމަކަށް ޗައިނާއިން އެއްބަސްނުވުމުން މިހާރު ޗައިނާއިން ގެންގުޅޭ ދެކޮޅުވެރި ސިޔާސަތާހުރެ ވަރަށް ދެރަވި ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އައުސްޓިން ވިދާޅުވެއްޖެއެވެ. ސިންގަޕޯރުގައި މިހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑިފެންސް ސަމިޓުގެ ހަވާސާގައި ޗައިނާގެ ދިފާއީވަޒީރު ލީ ޝަންގްފޫ އާއި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އައުސްޓިން ބައްދަލުކުރަން ބޭނުންކަމަށް އެމެރިކާއިން ދިން ދައުވަތު ޗައިނާއިން ގަސްދުކުރީ ސަބަބު ބަޔާންކުރުމަކާއި ނުލައި ގަބޫލު ނުކުރުމަށެވެ. ޗައިނާގެ ދިފާއީ ވުޒާރާގެ ސްޕޯކްސްވުމަން ހަމައެކަނި […]
ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި 5 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ. ޕީޖީ އޮފީހުން މިއަދު ބުނީ މިދިޔަ މާޗުމަހުގެ 20 ދުވަހުގެރޭ ބޮޑުތަކުރުފާނުމަގު ޗީބޯ ކެފޭ ކައިރިން ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއަޅައި, އަޑުގަދަކޮށް އާއްމު މަސްލަހަތު ނަގާލައި, ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފަަސް މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގައި […]
ބޭބެ މަރައިލި މައްސަލައިގައި ހައްޔަރުކުރި ކޮއްކޮ ޝަރީއަތް ނިމެންދެން ބަންދު

އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ ބޭބެ މަރައިލި މައްސަލައިގައި ހައްޔަރުކުރި ކޮއްކޮ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ. މެއި 31 ވަނަ ދުވަހުގެރޭގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ މަރަދޫފޭދޫ/ބްލޫސްޓާރ އަޙްމަދު ޝުޢައިބު (27 އ) އަށް ހަމަލާދިނީ އޭނާގެ ކޮއްކޮ މަރަދޫފޭދޫ/ބްލޫސްޓާރ ޙުސައިން މަވާޒް (25 އ) އެވެ. މި މާރާމާރީގައި މަވާޒް ވަނީ ޝުއައިބުގެ މެއަށް ކަތުރެއް ހަރާލައިފައެވެ. ލިބުނު އަނިޔާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ޝުއައިބު […]
މާރާމާރީއެއް ހުއްޓުވައި އެކަކު ހައްޔަރުކޮށްފި, ބައެއް މީހުން ވަނީ ފިލާފައި

މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ރޭ 23:25 ހާއިރު މަޖީދީމަގު ޑައިނަމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައި ވިޒިބިލިޓީ ފުލުހުން ހުއްޓުވާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް […]
އީރާނުން އަލަށް ގާއިމްކުރާ ނިއުކްލިއަރ ހަތިޔާރު ހުއްޓުވޭނެ ގޮތެއްނެތް

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ބައްޓަންކުރަންޖެހޭ މިންގަނޑުތަކަށް ބާރުގަދަ ގައުމުތަކުން އީރާނާއެކު ހެދި އެއްބަސްވުމުން ޑޮނާލްޑް ޓްރަމްޕުގެ ރިޔާސަތުގައި އެމެރިކާއިން އަމިއްލައަށް އެކަހެރި ވީ ފަހުން ފަސް އަހަރު ފުރުނީއެވެ. އެހެންކަމުން ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި އީރާންވެސް ޚިޔާރުކުރީއަކީ ނިދާފަ އޮތުމަކަށް ނޫނެވެ. އެއްބަސްވެފައިވާ ނިއުކްލިއަރ ޕްރޮގްރާމްގެ ހުދޫދު ކަނޑައެޅުނު ގޮތަށް އެމެރިކާ އެކަހެރިވެ އީރާނާ ދެކޮޅަށް އިތުރު އިގްތިސާދީ ދަތިކުރުންތަށް ދިމާކުރަން ފެށުމާއިއެކު ލިބުނު ފުރުސަތުގައި އީރާނުންވެސް ނިއުކްލިއަރ ޕްރޮގްރާމްގެ ހޫދޫދުން ބޭރުވީއެވެ. އެންމެފަހުގެ ސެޓެލައިޓް ފޮޓޯތަކުން ފެންނަގޮތުގައި މީގެކުރިންވެސް ނިއުކްލިއަރ ހަކަތަ ތައްޔާރުކުރަމުން ގެންދިޔަ ނަތަންޒް ސަރަޙައްދު […]
އަނެއްކާވެސް ބައިޑަން ވެއްޓިއްޖެ

އަނެއްކާވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެއްޓިއްޖެއެވެ. ކޮލޮރާޑޯއިން މީޑިޔާރިޕޯރޓް ކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހު އެމެރިކާގެ އެއަރފޯސްގެ ދަސްވެނިންނަށް ސަނަދު ދިނުމަށް ބޭއްވުނު ޙަފްލާގައި އެ ސަނަދުތައް ލިބެންވާ ފަރާތްތަކަށް ޙަވާލުކުރުމުގެ ތެރޭގައި ރައީސް ބައިޑްން އަރިއަޅާލައިގެން ވެއްޓުނީއެވެ. ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ވިދާޅުވީ އެޙަފްލާ ނިމެންކައިރިވެފައިވަނިކޮށް ސަނަދުލިބުނު ދަސްވެނިންނާއި ސަލާންކުރައްވަމުންސްޓޭޖްމަތީގައި ރައީސް ހިންގަވަމުން ވަޑައިގަންނަވަނިކޮށް އެތަނުގެ ތަޅުންގަނޑުމަތީގައި އޮތް އެއްޗެއްގައި އަޅައިގަނެގެން ރައީސް ވެއްޓުނީ ކަމަށެވެ. އެމަނިކުފާނު ކޮޅަށް ނެގުމުގައި އެނަމިކުފާނުގެ ސަލާމަތީ ކަންތައް ބަލަހައްޓަވާ ދެ އޮފިޝަލަކާއި އެއަރފޯސްގެ އޮފިސަރަކު އެހީތެރިވެ ދިންކަމަށް ޚަބަރުތަކުން އެނގިފައިވެއެވެ. މިހާދިސާގައި ރައީސަށް […]
އެމެރިކާ ސަރުކާރަށް ”އަންހެން“ މި ލަފްޒު މާނަކުރާކަށް ނޭނގުނު!

އެމެރިކާގެ ގިނަ އަދަދެއްގެ މުއައްސަސާތަކަށް ”އަންހެން“ މި ލަފްޒު މާނަކޮށްދޭކަށް ނޭނގުނެވެ. އަދި ޚާއްސަކޮށް ”އަންހެނުންގެ ސިއްހަތު“ ފަދަ ދައުލަތުގެ މުހިންމު ސިޔާސަތުތަކާއި ގުޅުވައިގެންވެސް އެބަހުގެ ލަފްޒީ މާނައެއް އަންގައެއް ނުދެވުނެވެ. ފޮކްސް ނިއުސް ޑިޖިޓަލްއިން އިސްނަގައި، ބައިޑެން ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ)، ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަން، ޑިޕާޓްމަންޓް އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓް (އެޗްޔޫޑީ) އަދި ފެޑަރަލް ބިއުރޯ އޮފް ޕްރިޒަންސް ގާތުން ”އަންހެން“ މިލަފްޒު މާނަކޮށްދިނުމަށް އެދިފައިވާއިރު، އެއިން އެއްވެސް […]
މޭޑޭގައި ފިލައި ރައްކާވި އިމްރާނުގެ މުނާފިގުކަމާ ހުރެ “އިބިލީސް ވެސް ވާނުވާގައި“

“ސިޔާަސީ ބައެއް ލީޑަރުން ކަންކުރާ ގޮތަކީ އެއްވުންތަކަށް ގޮސް ހަމަނުޖެހުން ހިންގައި ރައްޔިތުން ލައްވައި ގޯސް ހައްދަވާފައި މައިދާނުން ފިލައިގެން ދިއުން. ކުށްވެރިވެ އަދަބު ލިބެނީ ނިކަމެތި ރައްޔިތުންނަށް. ލީޑަރުން ތިބެނީ ފިލާ!“ މިއަދު މެންދުރު ކުރީގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހެންނެވެ. މި ވާހަކައާ ގުޅިގެން ގިނަ ބަޔަކު ވަނީ އެއީ ޚުދު އިމްރާން އަމަލު ކުރެއްވި ގޮތްކަން ހަނދާންކޮށްދެއްވައި އޭނާގެ މުނާފިގުކަމުގެ ވާހަކަ ދައްކައިފައެވެ. ރައީސް ޔާމީން […]