ސިންގަޕޯރުގެ ރޭސްކޯސް ބަންދުކުރަނީ

180 އަހަރުވީ ސިންގަޕޯރުގެ އަސްދުއްވާ ރޭސްކޯސް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުގެ މި ނިންމުން ވެގެންދިޔައީ އަސްދުއްވުމަށް ލޯބިކުރާ މީހުންނަށް ވަރަށް ބޮޑު ހިތްދަތިކަމަކާއި އަދި ރުޅިވެރިކަން ގެނެސްދިން ނިންމުމަކަށެވެ.  ސިންގަޕޯރުގެ ޓާރފް ކްލަބުން ހާމަކުރިގޮތުގައި އެތަނުގައި ބޭއްވޭނެ އެންމެފަހުގެ މުބާރާތް 100 ވަނަ ސިންގަޕޯރ ގޯލްޑް ކަޕް އޮންނާނީ މިއަންނަ އަހަރު އޮކްޓޯބަރު މަހުގައެވެ. ސިންގަޕޯރ ޓާރފް ކްލަބު އުފެއްދީ 1842 ވަނައަހަރު ސްކޮޓިސްއަށް ނިސްބަތް ކުރެވޭ ވިޔަފާރިވެރިއެކެވެ. އޭނާއަކީ އަސްދުއްވުމަށް ވަރަށް ލޯބިކުރިމީހެކެވެ. ސިންގަޕޯރުގެ ބުކިޓް ޓިމާހ އަވަށުގައި ކުރިންހުރި […]

އެމެރިކާއާއި ޗައިނާގެ ހަނގުރާމައެއްގައި ޔޫރަޕުން 

އެމެރިކާއަށް ތާއީދު ކޮށްފާނެތަ؟ މިދުވަސްވަރު ބައިނަލް އަގްވާމީ މީޑިއާގެ ނަޒަރު މައިގަނޑު ގޮތެއްގައި ހުއްޓިފައިވަނީ އެމެރިކާއާއި ޗައިނާގެ މަސްރަޙަށް އަންނަ ބަދަލުގެ މައްޗަށެވެ. އިގްތިސާދީ ގޮތުންނާއި މިލިޓްރީ ގޮތުންވެސް އެ ދެގައުމުން ގެންގުޅޭ ސިޔާސަތެއްގެ ސަބަބުން މުޅި ދުނިޔެއަށްވެސް ބޮޑެތި ފަނާކުރަނިވި ބަދަލު ތަކަކާއިކުރިމަތިލާން ޖެހިދާނެތީއެވެ.                މިފަހުގެ ތާރީޚުގައި ފެންނަމުންދަނީ ޗައިނާގެ ނަން ބުނެވޭ ކޮންމެ ކަމެއްގައި ޔޫރަޕްގެ ގައުމުތަކުން އެމެރިކާގެ ފަހަތަށް ޖެހެމުންދާ މަންޒަރެވެ. ޔޫކްރެއިންގެ ހަނގުރާމައިގާ ޗައިނާއިން ރަޝިޔާއަށް ތާއީދުކުރަމުން ގެންދިއުމާއި ތައިވާނުގެ މައްސަލާގައި އެ […]

ނޯޑް ސްޓްރީމް ޕައިޕްލައިނަށް ހަމަލާދޭން އުޅޭކަމުގެ ޚަބަރު ބައިޑަން ސަރުކާރަށް ވަނީ ލިބިފައި

ގުދުރަތީ ގޭސް ދައުރުކުރާ ނޯޑް ސްޓްރީމް ޕައިޕްލައިނަށް ޔޫކްރޭނުން ހަމަލާދޭން އުޅޭކަމުގެ އިންޓެލިޖެންސް ރިޕޯޓު ބައިޑެން ސަރުކާރަށް ލިބިފައިވާކަމަށް ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކޮށްފިއެވެ. ވޮޝިންގްޓަން ޕޯސްޓުގައި ލިޔެފައިވާ ގޮތުގައި، ރަޝިއާއާއި ޖަރުމަނާއި ދެމެދުއޮތް މި ގޭސް ޕައިޕްލައިނަށް ހަމަލާދީ ގޮއްވާލުމުގެ ތިންމަސްދުވަސް ކުރިން ބައިޑަން ސަރުކާރަށް އެމައުލޫމާތުވަނީ ލިބިފައެވެ. މި ޚަބަރުގައި އިތުރަށް ބުނެފައިވަނީ ޔޫކްރޭނުގެ އަސްކަރީ ބާރުގެ އިސްވެރިއާއަށް ސީދާ ރިޕޯޓުކުރާ ޑައިވަރުންގެ ކުޑަ ޓީމެއް ބޭނުންކޮށްގެން ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާކަން ޔޫރަޕުގެ އިންޓެލިޖެންސް ވުޒާރާއަކުން […]

އިންޑިއާގައި ހަދަމުންދިޔަ ބްރިޖެއް ވެއްޓިއްޖެ

ބިހާރުގެ ބާގަލްޕުރް އަވަށުގައި އޮންނަ ގަންގާ ކޯރުގެ މަތީގައި ތަރައްގޯކުރަމުން ގެންދިޔަ ބްރިޖެއް ވެއްޓިއްޖެއެވެ. އާދީއްތް ދުވަހު ފުރޮޅާލި މި ބްރިޖުގެ މަޝްރޫޢަކީ 17.16 ބިލިއަން އިންޑިއާ ރުފިޔާގެ މަޝްރޫޢެކެވެ. ބާގަލްޕުރްގެ ސުލްތާންގަންޖާއި، ޚަގާރިއާ އަވަށުގެ އަގުވާނީ ގުޅުވައިލާ އަޅަމުންދިޔަ ހަތަރު ލޭނުގެ މި ބްރިޖު ވެއްޓިފައި މިވަނީ ދެވަނަ ފަހަރުއެވެ. އަދި ސަރުކާރުން މިހާދިސާއާއި ގުޅިގެން މައްސަލައިގެ ހަޤީގަތް ދެނެގަތުމަށް ތަހުގީގެއްވަނީ ފަށާފައެވެ. 2014 ވަނަ އަހަރު ފެށި ބްރިޖުގެ މަސައްކަތް ނިންމުމަށް ކަނޑައެޅި ތާރީޚަށް […]

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ޑރ.ޢާޠިފަށް ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި

“ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ“ (ޖޭޑީޕީ) ގެ ނަމުުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން މިއަދު ހުއްދަ ދީފިއެވެ. މި ހުއްދަ ދިނީ, 2017 ވަނަ އަހަރުގެ މާޗުމަހު ބަންގްލަދޭޝްގެ ރާޖްޝާހީ ސިޓީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގެ ހޮސްޓެލްގައި މަރުވި ދިވެހި މޮޑެލް ރައުދާ ޢާޠިފްގެ ބައްޕަ, މ.ފެހިވިނަ ޑރ.މުޙައްމަދު ޢާޠިފަށެވެ. މީގެ ދެ އަހަރު ކުރިން މި ދުވަހުގައި ޑރ.ޢާޠިފް ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ވެސް އިއުލާނުކުރައްވައިފައެވެ. […]

ޑިމޮކްރެޓްސްގެ މެންބަރުންނަށް ބިރުދައްކަމުންދާ ކަމަށް ބުނެ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

 ”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކޮށްފައިވާ މީހުންނަށް ސަރުކާރުން ބިރުދައްކަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ. މި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފެވެ. ޑިމޮކްރެޓްސްއަށް ސޮއިކުރި މީހުންގެ ލިސްޓް އިލެކްޝަން ކޮމިޝަނުން އާންމު ނުކުރަނީސް އެ ލިސްޓު ލީކުވި މައްސަލައެއް ޑިމޮކްރެޓްސްއިން ވަނީ އެ ކޮމިޝަނަށާއި ފުލުހުންނަށް ވެސް ހުށަހަޅާފައެވެ. އެކަމާ ގުޅިގެން ޙަސަން ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ ޕާޓީ އުފައްދަން އީސީއަށް ހުށަހެޅި ފޯމުތަކުގައިވާ މީހުންގެ […]

ލޯބިވެގެން އުޅޭ އަންހެނަކު ފަހަތުން ދުވާހެން އެމެރިކާ ދުވާކަށް ނުޖެހޭ

ފޮކްސް ނިއުންއަށް ދެއްވި ބަސްދީ ގަތުމެއްގައި ސެނޭޓަރ ޓޮމް ކޮޓްން ރައީސް ބައިޑްންގެ ސަރުކާރަށް ފާޑުކިޔަމުން ވިދާޅުވީ ޒުވާން އުމުރުފުރައިގެ ލޯބިވެރިން އެކަކު އަނެކަކު ފަހަތުން އާދޭސްކުރަމުން ދުވާ ގޮތަށް އެމެރިކާގެ އޮފިޝަލުން އެމީހުންގެ ޗައިނާގެ ކައުންޓަރޕާރޓުން ފަހަތުން ދުވުމަކީ ލަދުގަންނަންޖެހޭ ކަމެކެވެ. ޓޮމް ކޮޓްން މިހެންވިދާޅުވީ ސިންގަޕޯރުގައި ބޭއްވުނު ދިފާއީ ސެކިއުރިޓީގެ އަހަރީ  ކޮންފަރެންސްގައި ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންގްފޫވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނިކޮށް އަދި އެ ކޮންފަރެންސްގެ ހަވާސާގައި އެމެރިކާގެ ދިފާއީ ވަޒީރު ލޯއިޑް އައުސްޓިން އެމަނިކުފާނާ ބައްދަލު ކުރައްވަން އެދިވަޑައިގެން އެމެރިކާއިން ފޮނުއްވި ދައުވަތު ޗައިނާއިން […]

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ އަދަދަށް ސޮއި ހަމަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއި ހަމަކޮށްފިއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ ތެރެއިން 36 މެންބަަރުންގެ ތާއީދާއެކުގައެވެ. މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް ކުރެއްވި ޓުވީޓެއްގައި ވަނީ މިއަދު 14:45 އާ ހަމައަށް […]

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ސަަޢޫދީގައި އީރާންގެ އެމްބަސީ

ހަތްއަހަރުދުވަހުގެ ދިގު މުއްދަތަކަށް ބަންދުކޮށްފާ ހުރުމަށްފަހު މިއަދު ހަވީރު 6 ޖަހާއިރު އީރާނުގެ އެމްބަސީ ސަޢޫދީ އެރޭބިޔާގެ ރިޔާޒްގައި ހުޅުވޭނެއެވެ. އެހެންނަމަވެސް އީރާނުގައި ސަޢޫދީގެ އެމްބަސީ ހުޅުވޭނެ ދުވަސް އަދި ޢިއުލާނެއް ނުކުރެއެވެ.  ސަޢޫދީއާއި އީރާނުގެ ގުޅުން ހަމަޔަކަށް އެޅިފައިމިވަނީ ޗައިނާއިން އިސްނަގައިގެން ކުރި ސުލްޙައިގެ މަސައްކަތުގައި ދެގައުމުގެ ތަފާތުތައް ނައްތާލައި އެކުވެރިކަން ގާއިމްކުރަން މިދިޔަ މާރޗްމަހުގެ ތެރޭގައި އެއްބަސްވުމާ ގުޅިގެންނެވެ. ސަޢޫދީ އެރޭބިޔާއިން އީރާނާއެކު ސިޔާސީ ގުޅުން ކަނޑާލި ޝިޔާއީން އިލްމުވެރިއަކު ކަމުގައިވާ ނިމްރު އަލްނިމްރު ސަޢޫދީގައި މަރާލުމާގުޅިގެން އުފެދުނު ހަމަނުޖެހުމުގައި އީރާނުގައި […]

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މުޙައްމަދު ނަޝީދު ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށްފިއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕުގެ ލީޑަރު ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ މި ގޮތަށް ފާސްކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ 110 ވަނަ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް އަމަލުކުރައްވަމުން ގެންދަވާ ގޮތުން މެންބަރުންގެ ވަރަށް ބޮޑެތި […]