ނޯޑް ސްޓްރީމް ޕައިޕްލައިނަށް ހަމަލާދޭން އުޅޭކަމުގެ ޚަބަރު ބައިޑަން ސަރުކާރަށް ވަނީ ލިބިފައި

Loading

Facebook
Twitter
WhatsApp

ގުދުރަތީ ގޭސް ދައުރުކުރާ ނޯޑް ސްޓްރީމް ޕައިޕްލައިނަށް ޔޫކްރޭނުން ހަމަލާދޭން އުޅޭކަމުގެ އިންޓެލިޖެންސް ރިޕޯޓު ބައިޑެން ސަރުކާރަށް ލިބިފައިވާކަމަށް ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކޮށްފިއެވެ.

ވޮޝިންގްޓަން ޕޯސްޓުގައި ލިޔެފައިވާ ގޮތުގައި، ރަޝިއާއާއި ޖަރުމަނާއި ދެމެދުއޮތް މި ގޭސް ޕައިޕްލައިނަށް ހަމަލާދީ ގޮއްވާލުމުގެ ތިންމަސްދުވަސް ކުރިން ބައިޑަން ސަރުކާރަށް އެމައުލޫމާތުވަނީ ލިބިފައެވެ.

މި ޚަބަރުގައި އިތުރަށް ބުނެފައިވަނީ ޔޫކްރޭނުގެ އަސްކަރީ ބާރުގެ އިސްވެރިއާއަށް ސީދާ ރިޕޯޓުކުރާ ޑައިވަރުންގެ ކުޑަ ޓީމެއް ބޭނުންކޮށްގެން ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާކަން ޔޫރަޕުގެ އިންޓެލިޖެންސް ވުޒާރާއަކުން އެމެރިކާގެ ސީއައިއޭއަށް އަންގާފައިވާކަމަށެވެ.

ހަމަލާގައި ގެއްލުންވެފައިވަނީ ރަޝިއާއާއި ޖަރުމަނު ވިލާތާއި ދެމެދު ބާލްޓިކް ކަނޑުގައި އޮންނަ ނޯޑް ސްޓްރީމް 1 އަދި ނޯޑް ސްޓްރީމް 2 ގެ ގުދުރަތީ ވައި އުފުލާ ޕައިޕްލައިންތަކަށެވެ.

އެމެރިކާއާއި ޔޫރަޕުގެ ބައެއް ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ޔޫކްރޭނަށް ހަތިޔާރާއި ފައިސާގެ އެހީ ދަނީ ފޯރުކޮށްދެމުންނެވެ.

Loading

2 Responses

  1. ތިކަން ކުރާނީ އެނާ. އެހެންވީމާ ސިކުނޑީގައި އިން އެތިފަހަރު ހަދަން އެރާވަނީ. މީގެ ކުރިންވެސް ވަނީ އެ އެތިފަހަރު ހަދާފާ. ނަމަނަމަ އެމެރިކާ ބުނާ އެއްޗެސް ތެދުނުކުރައްވާށެވެ. ކުވޭތުގެ 11 ތެޔޮވަޅުގައި އެމެރިކާ ގައްދާރު މިލިޓަރީ ހުޅުޖަހާފާ ކުވޭތުގެ އަމީރަށް ދެއްކީ ސައްދާމު ޙުސޭނުގެ ސިފައިން ހުޅުޖެހިކަމުގެ ހެއްކާއި މިހާރު ކުވޭތު ހިފުމުގައި އިރާގު ފަޅިން އަރާފިޔޯކިޔާފައެވެ. ދެން އެކަމާ ބިރުން އަމީރު ފަކީރު އެމެރިކާމީހުން ކައިރިން ކުވޭތު ސަލާމަތް ކޮށްދޭން އެނީއެވެ. ދެން ކުވޭތާއި އިރާގާއި ދެތަނަށް ޙަމާލާދިނީއެވެ. އެކަން ފަޅާއެރީމާ ސައްދާމުއާއި ދިމާކޮށް ޑިކްޓޭޓަރު ސައްދާމުއޯ ގޮވާ ގޭސް އަނބުރާ ސައްދާމުގެ ދުވަސް ދުއްވާލީއެވެ. އެއީ ޔަހޫދި އެމެރިކާއެކެވެ.

    1. އަސްލުވެސް އެމެރިކާއަކީ ވަރަށް ނުރައްކާަތެރި ގައުމެކެވެ. އަސްލު ގައުމަށްވުރެ ގައުމުގެ ސިޔާސީ ފަނާކުރަނިވި ޢަމަލުތަށް މާބޮޑަށްވެސް ގޯހީއެވެ. މިހާރު މިއޮއްކކުރެވޭ ޔޫކުރޭން ރަޝިޔާ ހަނގުރަމަ ދެކެބަލާށެވެ. ޔަހޫދީ ވިރިޔަކު ޔޫކުރޭނަށް އިސްކޮށްގެން ހަމަ ސީދާ ޕޫޓިންއާއި ދިމާކުރުމާއި ރަޝިޔާގެ ބާރުކަނޑުވާލުމެވެ. އެހެނެއް ނުވާނަކަން އެނގެމެ ހަމަ ޔޫކުރޭނަށް ފަނާކުރަނިވި ހަތިޔާ އޮއްސައި އެހަދަނީނޫންހެއްޔެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް