އިންޑިއާގައި ހަދަމުންދިޔަ ބްރިޖެއް ވެއްޓިއްޖެ

Loading

Facebook
Twitter
WhatsApp

ބިހާރުގެ ބާގަލްޕުރް އަވަށުގައި އޮންނަ ގަންގާ ކޯރުގެ މަތީގައި ތަރައްގޯކުރަމުން ގެންދިޔަ ބްރިޖެއް ވެއްޓިއްޖެއެވެ.

އާދީއްތް ދުވަހު ފުރޮޅާލި މި ބްރިޖުގެ މަޝްރޫޢަކީ 17.16 ބިލިއަން އިންޑިއާ ރުފިޔާގެ މަޝްރޫޢެކެވެ. ބާގަލްޕުރްގެ ސުލްތާންގަންޖާއި، ޚަގާރިއާ އަވަށުގެ އަގުވާނީ ގުޅުވައިލާ އަޅަމުންދިޔަ ހަތަރު ލޭނުގެ މި ބްރިޖު ވެއްޓިފައި މިވަނީ ދެވަނަ ފަހަރުއެވެ. އަދި ސަރުކާރުން މިހާދިސާއާއި ގުޅިގެން މައްސަލައިގެ ހަޤީގަތް ދެނެގަތުމަށް ތަހުގީގެއްވަނީ ފަށާފައެވެ.

2014 ވަނަ އަހަރު ފެށި ބްރިޖުގެ މަސައްކަތް ނިންމުމަށް ކަނޑައެޅި ތާރީޚަށް ނުނިމި އަށްފަހަރު ސުންގަޑި އިތުރުކޮށްފައިވާއިރު، މިދިޔަ އަހަރު ބްރިޖު އިމާރާތް ވެއްޓުނީ ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުންނެވެ.

މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ އެނގޭގޮތުގައި ބްރިޖް ފުރޮޅާލީ ބްރިޖްމަތީގައި މީހުން މަސައްކަތްކުރަމުން ގެންދަނިކޮށެވެ. އެހެންނަމަވެސް މި ހާދިސާގައި އެއްވެސް ފަރާތެއްގެ ފުރާނަ ގެއްލުނުކަމަށް އަދި ރިޕޯޓުކޮށްފައެއް ނުވެއެވެ.

23 ފެބުރުވަރީ 2014 ގައި ޚަގާރިއާގެ އަގުވާނީ ގާޓް ބްރިޖްގެ ބިންގާއަޅުއްވައި، 09 މާރިޗު 2015 ވަނަ އަހަރު ބްރިޖުގެ މަސައްކަތް ފަށްޓަވައި ދެއްވާފައިވަނީ ޗީފް މިނިސްޓަރު ނިތިޝް ކުމާރެވެ. އަދި 2016 ވަނަ އަހަރު ހަދަން ފެށި މި ބްރިޖަކީ 2019 ވަނަ އަހަރަށް ނިންމަންޖެހޭ ބްރިޖެކެވެ.

ބްރިޖު ނިންމުމަށް ކަނޑައަޅާފައިވާ 2019 ވަނަ އަހަރުގެ މާރިޗު މަހާއި ހަމަވިއިރު، ބްރިޖުގެ މަސައްކަތުގެ 25 އިންސައްތަ މަސައްކަތް ވެސް ނިމިފައެއް ނުވެއެވެ. ސަރުކާރުން މި ތާރީޚު 2020 ވަނަ އަހަރުގެ މާރިޗަށް ބަދަލުކޮށް، އޭރަށް ނުނިމުމުން 2022 ވަނަ އަހަރަށްވެސް ވަނީ ފަސްކޮށްފައެވެ.

Loading

One Response

  1. 700 ޑޮލަރު އިތުރަށް ދީގެންވެސް އިންޑިޔާމީހުން އަތުން އެ ބުރިޖްހެދުން ހުށްޓުވަން ޖެހޭ. އެނޫނީ ވަރަށްގިނަ ދިވެހިން މަރުވެދާނެ އެބުރިޖް މަތީން. މާތްކަލާކޯ ހުށްޓުވާ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް