އެމްއާރްއެމްގެ ފަރާތުން އެމްޑީޕީއަށް ފަސް ހުށަހެޅުމެއް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން އެމްއާރްއެމްއަށް ދީފައިވާ ދައުވަތާ ގުޅިގެން ބޭއްވި ދެވަނަ ބައްދަލުވުމުގައި އެމްއާރްއެމްގެ ފަރާތުން ފަަސް ހުށަހެޅުމެއް ހުށަހަޅައިފިއެވެ. ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެމްއާރްއެމްގެ ފުރަތަމަ ބައްދަލުވުން އޮތީ ރައީސް ޞާލިޙާއެކުއެވެ. ދެވަނަ ބައްދަލުވުން ކުރިއަށްދިޔައީ ރޭ އެމްއާރްއެމްގެ އޮފީހުގައެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާއި އެ ޕާޓީގެ އިސް ބޭފުޅުންނާއެކު ބޭއްވި މި ބައްދަލުވުމުގައި އެމްއާރްއެމްއިން ހުށަހެޅީ ކޯލިޝަނަކަށް ދިއުމުގެ ކުރިން ޔަގީންކުރަން […]

ބުރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި

ސިނަމާލެ ބުރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ފުލުހުން މިއަދު ބުނީ އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ މިއަދު ހެނދުނު 8:44 ހާއިރުކަމަށެވެ. ފުލުހުން ބުނީ ކަނޑަށް ފުންމާލާފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުން އެވަގުތު ދަތުރުކުރި ލޯންޗަކުން ކަމަށެވެ. ”ޕޮލިސް ލޯންޗުގައި މާލެ ގެނެސް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ“ ފުލުހުންގެ އޮފިޝަލަކު ވިދާޅުވިއެވެ. އެނގިފައިވާ ގޮތުގައި އެ މީހާގެ ހާލު ރަނގަޅެވެ.

އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް އުޅުނު ދިވެހި އަންހެނަކު ނިޔާވެއްޖެ

އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް އުޅުނު ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. ނިޔާވީ ރ.އަލިފުށީ މުރިނގު ޖަމީލާ މަޙްމޫދެވެ. ޖަމީލާ ނިޔާވީ ކުއްލިއަކަށް ހާލުދެރަވެ މައްކާގެ ހޮސްފިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެރޭ ވެސް ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެފައެވެ.  އެ ދުވަހު ނިޔާވީ 83 އަހަރުގެ ފިރިހެނެކެވެ.

ޔާމީންގެ ގޮޅީގައި ކެމެރާ ހަރުކުރުން: ލާއިންސާނީ އަމަލެއް

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު ޔާމީން ޢަބްދުލްޤައްޔޫމް ހުންނަވާ ގޮޅީގައި ކެމެރާ ހަރުކޮށްގެން ބަލަމުންދާކަމަށް ބުނާ މައްސަލައިގައި ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވީ ރައީސް ޔާމީން ނިދިިކުރައްވާ ކޮޓަރިއާއި ވަދެވަޑައިގަންނަވާ ފާހާނާއާއި ހޯލުގައި ކެމެރާ ހަރުކޮށް ފޯނަށް އެޕްލިކޭޝަން އަޅައިގެން ބަލަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ކެމެރާގެ މަންޒަރުތައް ވަގުތުން ބެލޭ ގޮތަށް […]

ރައީސް ޔާމީން ހުންނަވާ ގޮޅީގައި ކެމެރާ ހަރުކޮށްގެން ބަލަމުންދާކަމުގެ ތުހުމަތު

ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު ޔާމީން ޢަބްދުލްޤައްޔޫމް ހުންނަވާ ކޮޓަރިއާއި ފާހާނައިގައި ކެމެރާ ހަރުކޮށްފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ. ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާކަމަށް ނިންމަވައި އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ) ގައެވެ. ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި […]

ރައީސް ނަޝީދުއަށް ތާއީދު ކުރާ މެނަބަރުން ހުށަހަޅާ ބިލްތައް ބޭރުކުރާތީ އެޕާޓީގެ މެންބަރުން ރަތަށް

     ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ މެދުގައި އުފެދިފައިވާ ދެފެކްޝަންގެ ޚިޔާލު ތަފާތުވެ ނަޝީދަށް ތާއީދު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމަޖިލީހަށް ހުށަލަޅާ ބިލްތައް މަޖިލީހުން ބޭރުކުރަމުން ދާތީ އެމްޑީގެ މެންބަރުން އިންތިހާއަށަ ކަންބޮޑުވާކަމަށް ބުނެފިއެވެ.      ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުންވަނީ ދެބައިވެފައެވެ. އެއީ ރައީސް ނަޝީދަށް ތާއީދު ކުރާމެންބަރުންނާއި ރައީސް ޞާލިހަށް ތާއީދު ކުރާ މެންބަރުންނެވެ.     މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ޒުވާނުން ރަނގަޅުކޮށް ޒުވާނުންނަކީ މުޖުޖުތަމަޢަށް ފައިދާ […]

ސަޢޫދީ އީރާނުގެ އެކުވެރިކަމުގެ ހެކިތައް ސޫދާނުންވެސް

ދުބާއި އިން ރޮއިޓާސް ޚަބަރުދީފައިވާ ގޮތުގައި އެތައްޒަމާނެއް ވެފައިވާ ސަޢޫދީ އެރޭބިޔާއާއި އީރާނުގެ ދެކޮޅުވެރިކަން އެކުވެރިކަމާއި އަޅާލުމަށް ބަދަލުވަމުންދާ ކަމުގެ ހެކިތައް ސޫދާނުގައި ހިނގަމުންދާ ދެކޮޅުވެރި ކަމުގެ ތެރެއިން މީހުން ސަލާމަތުގެ އައްސޭރިތަކަށް ގެންދިއުމުގައި ވަރަށް ރީތިކޮށް ހާމަވަމުން އެބަދެއެވެ.  ސޫދާނުގައި ތާށިވެފާތިބި އީރާނުގެ 65 މީހަކު ސަޢޫދީ ކަނޑުގެ ސިފައިން އުޅަނދުތަކުގައި ޕޯރޓް ސޫދާނުން ޖިއްދާއަށް ގެންގޮސް އެމީހުން ތެހެރާނަށް ވައިގެ މަގުން ފޮނުވުމުގެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖެއްސިފައެވެ.  އިރާނުގެ ޚާރިޖިއްޔާގެ ސްޕޯކްސްޕަރސަން ނާސިރު ކަންއާން ވިދާޅުވީ […]

ބެއިޖިންގ އިން ހުށައަޅާފައިވާ ޔޫކްރެއިންގެ ސުލްހައިގެ މަޝްރޫއާއި ދެކޮޅު

މުހައްލިލުން ދެކޭގޮތުގައި ޔޫކްރެއިންގެ ހަނގުރާމައަށް ނިމުމެއް ގެނައުމަށްޓަކައި ޗައިނާއާއި ޔޫކްރެއިންގެ ލީޑަރުން ދެއްކެވި ވާހަކަފުޅުތަކާއި ޗައިނާއިން ހުށައެޅި ތަޖްވީޒަކީ ކީވް އަށާއި ހުޅަނގަށް ބަލާގަނެވޭނެ އެއްޗެއް ނޫނެވެ.  މިދިޔަ ބުދަދުވަހު ޝީ ޖިންޕިންގ އާއި ޒެލެންސްކީގެ އެއްގަޑިއިރަށް ދެމިގެން ދިޔަ ވާހަކަތަކަކީ ހަނގުރާމަ ފެށުނީއްސުރެން މިހާތަނަށް ހުޅަނގަށް ތަޢީދުކުރާ ލީޑަރަކާއެކު ޗައިނާއިން އެންމެ ފުރަތަމަ ވާހަކަ ދެއްކި ފަހަރެވެ. ޗައިނާގެ ރައީސަކީ މޮސްކޯ އާއިއެކު ގާތް ރަނގަޅު ގުޅުމެއް ބާއްވަވާ ބޭފުޅަކަށް ވެފައި ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުން ކުށްވެރި ކުރަން އިންކާރު […]

5 ކިލޯ ޑްރަގް އެތެރެކުރި އިންޑިއާ މީހާއަށް އިނގިރޭސި އަދި ހިންދީ ބަސް ވެސް އެނގޭކަމަކަށް ނުވި

ވައިގެމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި އިންޑިއާގެ އަންހެން މީހާއަށް އިނގިރޭސި އަދި ހިންދީ ބަސް ނޭނގޭ ކަމަށް ބުނާތީ ތަހުގީގު ކުރިއަށް ގެންދަން ދަތިތަކާ ކުރިމަތިވެއްޖެއެވެ. މިދިޔަ އޭޕްރީލްމަހުގެ 12 ވަނަ ދުވަހު އިތިއޯޕިއާއިން ރާއްޖެއައި އިންޑިއާގެ 56 އަހަރުގެ އަންހެެނެއްގެ އަތް ދަބަހުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް އަދި ލަގެޖުން ފެނުނު ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައެވެ. އެ ތަކެތީގެ ބަރުދަނުގައި 5.3 ކިލޯ […]

އެމްޕީ ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ތޫނު އެއްޗަކުން ޒަރީރަށް ހަމަލާދީފައިވަނީ ރޭ ފަތިހު 05:00 ހާއިރު ހަބީބީ ކެފޭ އެންޑް ބިސްޓްރޯތެރޭގައި އިންނަވަނިކޮށެވެ. ފުލުހުން ވިދާޅުވީ މި ހަމަލާއާ ގުޅިގެން އެމްޕީ ޒަރީރަށް ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯއްދަވަމުންދާ ކަމަށެވެ. ނަމަވެސް ޒަރީރަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފުވާ ގޮތެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރާ ކަމަށާއި […]