ބުރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި

Loading

Facebook
Twitter
WhatsApp

ސިނަމާލެ ބުރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ފުލުހުން މިއަދު ބުނީ އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ މިއަދު ހެނދުނު 8:44 ހާއިރުކަމަށެވެ.

ފުލުހުން ބުނީ ކަނޑަށް ފުންމާލާފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުން އެވަގުތު ދަތުރުކުރި ލޯންޗަކުން ކަމަށެވެ.

”ޕޮލިސް ލޯންޗުގައި މާލެ ގެނެސް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ“ ފުލުހުންގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެ މީހާގެ ހާލު ރަނގަޅެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް