5 ކިލޯ ޑްރަގް ގެނައި ލަލްތުލަންޕަރިގެ ބަންދަށް 30 ދުވަސް ޖަހައިފި

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި މިދިޔަ އޭޕްރީލް މަހުގައި ހައްޔަރުކުރި އިންޑިއާގެ އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ. އޭޕްރީލް 12 ވަނަ ދުވަހު ހައްޔަރުކުރި ލަލްތުލަންޕަރި (56އ) ގެ ބަންދުގެ މުއްދަތު އިތުރުކުރީ އޭނާގެ ބަންދަށް ކުރިން ޖެހި 5 ދުވަސް ހަމަވުމާއެކު ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ. ލަލްތުލަންޕަރިއަށް އިނގިރޭސި އަދި ހިންދީ ބަސް ވެސް ނޭނގޭތީއާއި އޭނާގެ ބަސް ދަންނަ ތަރުޖަމާނަކު ނުލިބޭތީ މައްސަލަ […]

ސޮއި ހަމަވިޔަސް, ރައީސް އަޒުލު ކުރެވިދާނެތަ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މަގާމުން އަޒުލުކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކުރެވޭނެ ކަމަށް ސަރުކާރާ އިދިކޮޅު މެންބަރުން ގުޅިގެން އެކުލަވާލައްވާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން މިއަދު ބުނެފިއެވެ. ރައީސް ޞާލިޙްގެ ސަރުކާރާ އިދިކޮޅު މެންބަރުން ގުޅިވަޑައިގެން އެކުލަވާލައްވާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕަކީ ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ގުރޫޕެކެވެ. އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި […]

އެމެރިކާއަށް ދަތުރު ނުކުރުމަށް އެމްނެސްޓީއިން އިންޒާރު ދީފި

އެމެރިކާއަށް ދަތުރުކުރުމުގެ ކުރިންނާއި ދަތުރުކުރުމުގެ ތެރޭގައިވެސް ރައްކާތެރިވެ ތިބުމަށް އެމްނެސްޓީ އިންޓަރނޭޝަލުން ޓްރެވަލް އެޑްވައިޒަރީ ނެރެފިއެވެ.  ބައެއް އިސްލާމީ ގައުމުތަކުގައި އިސްލާމީ ޝަރީއަތާއި އަދި އެގައުމުތަކުގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކުގެ ބިނާކޮށް ހިންގޭ ޝަރީއަތްތަކުގައި ކުށް ސާބިތު ކުރެވޭ ނުރައްކާތެރި ބޮޑެތި މުޖުރިމުން މަރަން ޙުކުމްކޮށް އެޙުކުމް ތަންފީޒު ކުރަމުން ގެންދާތީ ކަންބޮޑުވެ އިންސާނިއްޔަތުގެ ކަރާމާތުގެ ނަމުގައި ވަކާލާތުކޮށް އަޑު އުފުލުމުގެ އެންމެ ކުރީ ސަފުގައި ހުންނަކަމަށް ދައުވާކުރަމުން ގެންދާ އެމެރިކާގެ އަސްލު ހަގީގަތަކީ މިއީއެވެ.  އަހަރެއްގެ މައްޗަށް ހަމައެކަނި […]

ތުރުކީގެ އިންތިޚާބުގައި ރައީސް އުރުދުޣާން ކަނޑިއެއްގެ މިޔަމަތީގައި

ވިއްސަކަށް އަހަރުދުވަހު ތުރުކީގައި ވެރިކަން ކުރަމުން އަންނަ ވަރުގަދަ އިސްލާމީ ޝަޚްސިއްޔަތު ރަޖަބު ތައްޔިބު އުރުދުޣާން ގައުމުގެ އިގްތިސާދު ފުނޑާލައިފިކަމަށް ތުޙުމަތުކޮށް އިދިކޮޅު ފަރާތްތަކުންނާއި ހުޅަނގުގެ ނުފޫޒުތަކުންކުރިމަތިކުރުވަމުން ގެންދާ ފިތުނަތައް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން މިމަހު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމުގައި ގިނަ ހުރަސްތަކެއް ކަޑައްތު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. 69 އަހަރުފުޅުގެ އުރުދުޣާނަކީ މި ފާއިތުވެގެންދާ ފަންސާހަކަށް އަހަރުދުވަހުގެ ތެރޭގައި ތުރުކީ ދުށް އެންމެ ވަރުގަދަ ސިޔާސީ ޝަޚްސިއްޔަތު ކަމުގައި ދެބަސްވެވޭކަން ނެތެވެ. އެކަން ހުޅަނގުންވެސް ގަބޫލުކުރެއެވެ.  ތުރުކީގައި އެތައް ޒަމާނަކަށް ހިނގަމުންދިޔަ ސެކިއުލަރ ނިޒާމް […]

ކަނޑު އުޅަދު ދުއްވުމުގެ ލައިސަންސް ހިފަހައްޓާނޭކަމުގެ އިންޒާރުދީފި

މާލެއާއި ވިލިމާލެ ކަނޑުއޮޅިން ދަތުރު ކުރާނަމަ ލައިސަންސް ހިފަހައްޓާނޭ ކަމުގެ އިންޒާރު ދީފިއެވެ. ތިލަމާލެ ބުރިޖް އެޅުމުގެ މަސަކަތް ކުރަމުންދާތީ އެސަރަޙައްދުގެ ކަނޑުއޮޅިން ދަތުރު ނުކުރުމަށާއި މާލެ ވިލިމާލެ ތިލަމާލެ ހިމެނޭ ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އަޅާ ކަމަށް ޓްރާންސްޕޯޓު އެން ސިލްއޭވިޝަން މިނިސްޓްރީއިން ބުނެފައި ވެއެވެ.     ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރަމުން ދާތީ މާލެ ވިލިމާލެ ތިލަމާލެއާއި ގުޅުފައިވާ ކަނޑުއޮޅިތަކުން ދަތުނުކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިއޭވިއޭޝަނުނުން ވަނީ މީގެކުރިންވެސް އެއީ މަނާ ކަމެއްކަމުގައި އަންގާފައެވެ.      އެހެން […]

ރައީސްގެ ސެކިއުރިޓީ ފެއިލްވުމުގައި ކޮމާންޑިން އޮފިސަރު ޢަބްދުﷲ ގެ އިހުމާލެއް ނެތް: އެމްއެންޑީއެފް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސެކިއުރިޓީ ފެއިލްވުމުގައި ޕްރެޒިޑެންޝިއަލް ގާޑްސްގެ ކޮމާންޑިން އޮފިސަރު ކާނަލް ޢަބްދުﷲ އިބްރާހިމްގެ އެއްވެސް އިހުމާލެއް ނެތްކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ. ރައީސް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް މިދިޔަ މާޗުމަހުގައި ބަޔަކު ހުރަސްއެޅީ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތަކަށްފަހު ވަޑައިގަތުމަށްފަހު އެނބުރި މާލެ ވަޑައިގެން ޕީޕީއެމްގެ އޮފީސް ހުންނަ ސަރަހައްދުން ވަޑައިގެންނެވި މަގުމަތީގައެވެ.  އެ ހާދިސާ ހިނގިއިރު ކާނަލް ރޭންކުގައި ހުންނެވި ޢަބްދުﷲ އިބްރާހިމަކީ ރައީސްގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ އެމްއެންޑީއެފްގެ ޕްރެޒިޑެންޝިއަލް ގާޑްސް […]

ފުރަތަމަ ވެސް ދޫކޮށްލީ ކުޑަކުއްޖަކާ ބެހުނު މީހެއް: މިއަދު ވިދާޅުވަނީ ކުދިންނަށް ގޯނާ ނުކުރުމަށް

ކުޑަކުއްޖަކަށް އެއްވެސް ގޯނާއެއް ނުވަތަ އަނިޔާއެއް ނުދިނުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމާ ގުޅިފައިވާ އެއްކަމަކީ އާއިލާގެ ތެރެއިންނާއި މުޖުތަމައުގެ ތެރެއިން އެ ކުދިންނަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި މުޖުތަމައުގައި ހިމެނޭ އެންމެ ނާޒުކު ބަޔަކީ އެ ތަނެއްގައި ދިރިއުޅޭ ކުޑަކުދިންކަން ފާހަގަކުރައްވައި ރައީސް […]

ޕާކިސްތާން ހައިކޯޓުތެރޭގައި ހުންނވަނިކޮށް އިމްރާން ޚާން ޖަހައިގެންފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވަޒީފާއިން ވަކިކުރިފަހުން އެމަނިކުފާނާ ދެކޮޅަށް ހުށައަޅާފައިވާ ދައުވާތަކަކާއި ގުޅިގެން ޕާކިސްތާނުގެ ހައިކޯޓުގައި ހުންނަވަނިކޮށް ފަނޑިޔާރުންނަށްވެސް އެނގުމަކާއި ނުލައި ޕަރަޓުރޫޕާސްގެ ފައުޖެއް ނިކުމެ ހައްޔަރުކޮށްގެން ގެންގޮސްފިއެވެ. އެމަނިކުފާނު މިހާރު ހުންނެވީ ހައިކޯޓުގެ އިމާރާތުގެތެރޭގައިކަން ނުވަތަ އެހެންތަނަކަށް ގެންގޮސްފިކަން އޮޅުންފިލާނެ ގޮތެއްވެސް ވަނީ ނުވަފައެވެ. އެމަނިކުފާނު ހައްޔަރުކުރުމާ ގުޅިގެން ޕާކިސްތާން ތަހްރީކޭ އިންސާފު ޕާރޓީގެފަރާތުން ރައްޔިތުންނަށް ގޮވާލަމުން ގެންދަނީ އެމަނިކުފާނު އެގޮތައް ވަގަށް ރަހީނުކުރުމާއި ދެކޮޅަށް މަގުތަކަށް ނުކުތުމަށެވެ. ެހެންނަމަވެސް ފުލުހުންދީފައިވާ އިންޒާރުގައި […]

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އިސް ގާޒީން އައްޔަން ކުރައްވައިފި

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އިސް ގާޒީން އައްޔަން ކުރައްވައި ފަތްކޮޅު އަރުވައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ވިދާޅުވީ ސިވިލް ކޯޓުގެ އިސް ގާޒީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމަށް އެ ކޮމިޝަނުން ކޮށްފައިވާ 02 އިއުލާންގެ ދަށުން މި ދެ މަގާމަށް ކުރިމަތިލީ ފަރާތްތަކާ ”ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ“ އިން އިންޓަރވިއުކުރެއްވުމަށްފަހު, ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ޅ.ހިންނަވަރު/މާތިލަ އާދަމް މުޙައްމަދު އަދި ސިވިލް ކޯޓުގެ […]

ބްރޯޑްކޮމްގެ މެންބަރުކަމަށް ޞަފާ އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމުގެ މަގާމަށް ދ.މީދޫ ބިއްލޫރިވިލާ ޞަފާ ޝަފީޤު އައްޔަން ކުރައްވައިފިއެވެ.  ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމަށް ޞަފާ އައްޔަން ކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިއަދު މެންދުރުކުރީގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޞަފާ އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓަރ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައި ބޭފުޅެކެވެ. […]