މާލެއާއި ވިލިމާލެ ކަނޑުއޮޅިން ދަތުރު ކުރާނަމަ ލައިސަންސް ހިފަހައްޓާނޭ ކަމުގެ އިންޒާރު ދީފިއެވެ.
ތިލަމާލެ ބުރިޖް އެޅުމުގެ މަސަކަތް ކުރަމުންދާތީ އެސަރަޙައްދުގެ ކަނޑުއޮޅިން ދަތުރު ނުކުރުމަށާއި މާލެ ވިލިމާލެ ތިލަމާލެ ހިމެނޭ ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އަޅާ ކަމަށް ޓްރާންސްޕޯޓު އެން ސިލްއޭވިޝަން މިނިސްޓްރީއިން ބުނެފައި ވެއެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރަމުން ދާތީ މާލެ ވިލިމާލެ ތިލަމާލެއާއި ގުޅުފައިވާ ކަނޑުއޮޅިތަކުން ދަތުނުކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިއޭވިއޭޝަނުނުން ވަނީ މީގެކުރިންވެސް އެއީ މަނާ ކަމެއްކަމުގައި އަންގާފައެވެ.
އެހެން ނަމަވެސް އެ ކަނޑުއޮތަކުން ދަރުރުކުން އިތުވަމުން އަންނަކަމަށްވެސް އެމިނިސްޓްރީ ނެރުނު ބަޔާނުގައި ހާމަކުރައްވާފައި ވެއެވެ.
މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުފައި ވަނީ ހުސްވި އަހަރުގެ އޯގަސްޓް މަހުގެ 15 އިން ފެށިގެން އެސަރައްދުން ދަރުކުރުން ވާނީ މަނާ ކޮށްފައި ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ދަތުރު ކުރާ ލޯކަލް އުޅުފަހަރާއިބެހޭ ގަވާޢިދުގެ ދަށުން އެސަރަޙައްދުން ދަރުކުރާ ފަރާތްތަކުގެ ލައިސަންސް އެއްމަސްދުވަހަށް ހިފަހައްޓާނޭ ކަމުގެ އިންޒާރުވެސް އެމިނިސްޓްރީއިން ވަނީ ދެއްވާފައެވެ.
މިސަޙައްދު ބަންދުކޮށްފައި ވީނަމަވެސް މިހާރަކަށް އައިސް ގިނައުޅަނދު ފަހަރު މިސަޙައްދުން ދަރުކުރާތީ އެކަމުގެ ޝަކުވާ ލިބެމުންދާ ކަމުގައިވެސް އެމިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ތިލަމާލެ ބުރިޖް އެޅުމުގެ މަޝްރޫގެ ދަށުން މިހާރު ކުރިއަށް ދަނީ ތަނބު ޖެހުމުގެ މަސައްކަތް ކަމާށާއެ މާލޭގެ އެއްގަމުގައި ޖަހާ ތިންތަނބު މިހާރު ނިމިފައިވާކަމަށާއި މީގެއިތުރުން ކަނޑުގައި ޖަހާ ދެތަނބުގެ ފައިލިންގް މަސައްކަތް ވަރަށްބާރަށް ކުރިއަށް އެބަދާކަމަށް ބުނެއެވެ.
މީގެ އިތުރުން ތިލަމާލޭގެ އެއްގަމުގައި ޖަހާ7 ތަބުގެ ޕައިލިންގ މަސައްކަތް ވެސް ވަނީ ފަށާއެވެ. މި މަސައްކަތް ޙަވާލުކުރެވިފާވަނީ އިންޑިޔާގެ ކުންފުޏަކާއެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބަށް ބުރިޖް ނިންމޭނެ ކަމަށް ކުރިންވަނީ ބުނެފައެވެ.
One Response
ތި ބުރިޖްނިމެނީ 2027 ގައެވެ. އެވެސް މިސަރުކަރު ބަދަލުވެ ޗައިނާ މީހުންނާއި ތިބުރިޖް އެޅުން ޙަވާލު ކުރެވިގެނެވެ. އެކަމެއް ކުރަން ދަންނަބަޔަކުލައްވާ ނޫނީ އެފަދަކަމެއް ކިހިނެއްތޯ ކުރާނީ ވިސްނަމާބަހީއެވެ! އިންޑީޔާ ދެރަކުރާކަށެއްނޫނެވެ. މިފަދަ ކަމެއް ކޮށްފާނެތްބަޔަކަށް އެކެމެއް ނުވާނެތީއެވެ. އިންޑިޔާއިން ލޯންދިނަކަސް އިންޑިޔާ ކުން[ފުންޏެއްލައްވާ އިންޑިޔާ މީހުންގެނަސް އިންޑިޔާއިން ހުރިހާ ބޭނުންވާ ކޮލިޓީނޫން ސަމާނުގެނެސްގެން ދިވެހިންނަށް ލިބޭފައިދާއަކީ ލޯންދެއްކުންތޯއެވެ. މިވަރަށް ހަމަބުއްދިފިލާ ދާންހެޔޮނުވާނެއެވެ.