އަމްރު މަގާމުން ވަކިކޮށް އެސްޓީއޯ ހިންގުން ސީއެފްއޯ ނިޒާމަށް
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު މަގާމުން ވަކިކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން މިއަދު ފާސްކޮށްފިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބަދަލު ގެނައުމުގެ ތެރެއިން ކަމަށް ވިދާޅުވެ, އެސްޓީއޯގެ އެމްޑީގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުން އަމްރު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޕީ.ސީ.ބީ އަށް ފޮނުއްވީ މިއަދުގެ ވަގުތެއްގައެވެ. އެ ގޮތުން ޕީސީބީއިން މިއަދު ހަވީރު ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ވަނީ އަމްރު މަގާމުން ވަކިކުރަން […]
އަމްރު މަގާމުން ވަކިކުރަން ރައީސް ޞާލިޙް އަންގަވައިފި
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދު މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަންގަވައިފިއެވެ. އެސްޓީއޯގެ އެމްޑީގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުން އަމްރު ވަކިކުރުމަށް ރައީސް ޞާލިޙް މިއަދު ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އަށް އަންގަވައިފައެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސް ޞާލިޙް އެ ގޮތަށް ނިންމެވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބަދަލު ގެނައުމުގެ ތެރެއިންނެވެ. އަމްރު މަގާމުން ވަކިކޮށްފައިވާރު އެސްޓީއޯ ހިންގުން ހަވާލުކުރެއްވި ބޭފުޅެއް […]
ފަތުރަނީ ދޮގު ޚަބަރެއް, ޖޭޕީއާއެކު އިތުރު ބައްދަލުވުމެއް ނުބާއްވަން: ސަލަފް
ޖަމްއިއްޔަތުއްސަލަފުގެ އިސް ބޭފުޅުން ސަން އައިލެންޑް ރިސޯޓުގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ޖަމްއިއްޔާއިން ދޮގުކޮށްފިއެވެ. ސަލަފުގެ އިސް ބޭފުޅުން މިދިޔަ ހަފުތާގައި ސަން އައިލެންޑް ރިސޯޓުގައި ޖޭޕީގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށް ބުނެ ބައެއް ނޫސްތަކުން އިއްޔެ ވަނީ ރިޕޯޓުކޮށްފައެވެ. ސަލަފުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޭޕީގެ އެދިލެއްވުމަކަށް މި މަހުގެ 20 ވަނަ ދުވަހު އެ ޖަމްއިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުން ފިޔަވައި […]
އިސްތިއުމާރީންގެ ކިބައިން މިނިވަންވެ ޑިމޮކްރަސީއަށް ކުރި ދަތުރު
އިސްތިއުމާރީންގެ ކިބައިން މިނިވަންވެ, ރައްޔިތުން އުފެއްދި ރައްޔިތުންގެ ސަރުކާރާމެދު ނުވަތަ އެ ސަރުކާރު ގެނައުމަށް ކުރި ދަތުރުގެ ވާހަކައަކީ ދިގު ވާހަކައެކެވެ. އެހެންވީމާ ކިޔުންތެރިން ނަށްވެސް ބުރައަކަށް ނުވާވަރަށް ޚުލާސާ ގޮތެއްގައި ލިޔަން ގަސްދު ކުރަމެވެ. އެ ނިޒާމުގެ މޮޅުކަން ކިޔައިދިންއިރު އަޅުގަނޑުމެންނަށް އޮޅުންފިލުވާނުދީ ހުރި ގިނަ ކަންތައްތައް އެގޮތުގައި ބޭއްވޭކަށް (ތަޖުރިބާ ކުރުމަށް ފަހު) މިއަދަކު ނެތެވެ. ދުނިޔޭގެ ތާރީޚުން ހެކި ލިބޭގޮތުގައި އިސްތިއުމާރު ކުރުމުގެ ބޭނުމަކީ ގަދަބާރުން ގައުމުތަކަށް ވެރިވެގަނެގެން ތިބެ އެ ގައުމެއްގެ […]
މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ޕީޕީއެމްއިން މިއަދު ބުނީ ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އެ ޕާޓީގެ މެންބަރު މުޙައްމަދު ޢައްބާސް ހައްޔަރުކޮށް ހުޅުމާލޭ ކޯޓުން މިއަދު އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައިވާ ކަމަށެވެ. މިވމައްސަލައިގައި މީގެކުރިން ވެސް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކުރީ ތިން ފިރިހެނުންނާއި އަންހެނެކެވެ. އޭގެތެރެއިން ދެ މީހެއްގެ ބަންދަށް 15 ދުވަަސް ޖަހާފައިވާއިރު, އަނެއް ދެ މީހުންގެ ބަންދަށްޖެހީ 5 […]
ރިޔާސީ އިންތިޚާބު މޮނިޓާކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި
އަންނަ ރިޔާސީ އިންތިޚާބު މޮނިޓާކުރަން ބޭނުންވާ ބޭރުގެ ޖަމްއިއްޔާތަކަށް އެކަމަށް އެދި ހުށަހެޅުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ފުރުސަތު ހުޅުވާލައިފިއެވެ. އީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބު މޮނިޓާ ނުވަތަ އޮބްޒާވްކުރަން ބޭނުންވާ ޖަމްއިއްޔާތަކާއި އެސޯސިއޭޝަންތަކާއި އެހެނިހެން ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ޖުލައިމަހުގެ 25 ގެ ނިޔަލަށް ކަމަށެވެ. ރިޔާސީ އިންތިޚާބު ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު 09 ވަނަ ދުވަހަށެވެ. ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓުލުން […]
ހެޔޮވެރިކަމެއް ޤާއިމު ކުރެވޭނީ ފާޑުކިޔައިގެން
ހެޔޮވެރިކަމެއް ކުރަން މިލިބުނު ފުރުޞަތުގައި މިއަދުގެ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއް އަޅަންޖެހިފައިވަނީ ނުހަނު ވިސްނައިގެނެވެ. ސަރުކާރެއް ހިންގުމަށް މިލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި ރަނގަޅަށް ހިންދެމިލާނެ ފުރުޞަތެއް ނުދިނުމަށް އަޒުމު ކަނޑައަޅައިގެން ތިބި މީހުން ފާރަވެރިކަމާއެކު އެބަތިއްބެވެ. އަދި ކިއެއްތަ، ޕާޓީގެ އެތެރެއިންވެސްމެއެވެ. މިއަދު ރައީސްކަމުގައި ހުންނެވި އިބްރާހިމް އަށް ދިމާވެފައިވާ ގޮންޖެހުންތައް ނުހަނު ގިނައެވެ. ރައީސް ބޭނުންވެ ލައްވާހާ ގޮތަކަށް ވެރިކަން ކުރުމަށް ފުރުޞަތު ދިނުމަށްވުރެ ބޮޑަށް މިވެރިކަން ވާންޖެހޭނީ ރައްޔިތުން ބޭނުންވާފަދައިން ކުރާ ވެރިކަމެއް ކަމުގައެވެ.ދެރައީ އެހެން ނުވިކަމެވެ. އިންޑިއާގެ ފަރސްޓް ޕޮލިސީ ދިވެހީންނަށް […]
ރައީސް ޞާލިޙް އިންތިޒާރުގައި ހުއްޓާ ޤާސިމް ކެމްޕޭން ފަށަނީ
އަންނަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރައްވަން ނިންމަވާފައިވާ ޖުމްހޫރީ ޕާޓީން ކެމްޕެއިން ކުރުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރުމުގެ ތައްޔާރީތައް ވަމުން އަންނަކަން އިއުލާނުކުރެއްވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އެ ޕާޓީގެ ކައުންސިލް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. ޤާސިމްގެ މެސެޖުގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބާ ގުޅުންހުރި މަސައްކަތްތައް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާ ހަވާލުކޮށްފައިވާތީ އަމީނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ޖޭޕީއިން އިންތިޚާބުގައި […]
ޤާސިމަށް އިއްވެވި ފޮނި ބަސްތަކާއެކު ނަޝީދަށް “ހުކުރު ހައްޖެއް“
އަންނަ ރިިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީއާ ގުޅިގެން ކުރިއަށް ދިއުމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން“ ފެކްޝަނުން ނިންމައިފިއެވެ. ރައީސް ނަޝީދުގެ މަންދޫބުން ރޭ ވަނީ ޖުމްހޫރީ ޕާޓީއާއެކު އެ ޕާޓީގެ މައި އިދާރާކަމަށްވާ މާފަންނު ކުނޫޒުގައި ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި “ފިކުރެއްގެ ދިރުން“ ފެކްޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރުއެވެ. ޖޭޕީގެ […]
“ފިކުރެއްގެ ދިރުން“ ފެކްޝަނުން މިރޭ ޖޭޕީއާ ބައްދަލުކުރަނީ
އަންނަ ރިޔާަސީ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އެމްޑީީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން މިރޭ ޖުމްހޫރީ ޕާޓީއާ ބައްދަލު ކުރުމަށް ނިންމައިފިއެވެ. ރައީސް ނަޝީދުގެ “ފިކުރެއްގެ ދިރުން“ ފެކްޝަނުގައި އިސްކޮށް ހަރަކާތްތެެރިވެވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް އެމްޑީޕީގެ ފަރާތުން އޭނާއާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު މިރޭ ޖޭޕީއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކު […]