ޕްރައިމަރީގެ ވޯޓާ ދިމާކޮށް ފޭދޫން ގޯތި ދޫކުރަން ކުރި އިއުލާނު ކެންސަލްކޮށްފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، އިއުލާން ކުރި އައްޑޫ ސިޓީ ފޭދޫން ގޯތި ދޫކުރުމަށް ކުރި އިއުލާން ކެންސަލްކޮށް، ގޯއްޗަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ބަންދުކޮށްފިއެވެ. ފޭދޫ އަވަށު އޮފީހުން މިއަދު ބުނީ، ގޯތި ދޫކުރުމަށް ފޯމް ހުށަހެޅުން މިހާރު ބަންދު ކޮށްފައިވާ ކަމަށާއި ފޯމް ހުށަހެޅުމުގެ ފުރުސަތު ބަންދުކުރީ ފޯމްގައި މައްސަލައެއް އޮތުމުން ފޯމް އިސްލާހް ކުރުމަށް ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ފޭދޫން 300 ގޯތި ދޫކުރަން އިއުލާނުކޮށްފައެވެ. އޭގެތެރެއިން […]

މިންނަގަން ގޮސް، އަންހެން ކުއްޖެއްގެ އުރަމަތީގައި ބިދޭސީއަކު ހިފިކަމަށްބުނާ މައްސަލަ ސާބިތެއް ނުވި

ހެދުމެއް ފަތިޖަހަން ކުއްޖާގެ މިންނަގަން ޖެހޭކަމަށް ބުނެ ކުއްޖަކާ ބެހުނު ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މިއީ، ބަންގްލަދޭޝް މީހަކު 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދުވަހެއްގެ މެންދުރު ފަހު، ގެއަކަށް ގޮސް ކުޑަ އަންހެން ކުއްޖެއްގެ ހެދުމެއްގެ ފަތި ޖަހަން، އެ ކުއްޖާގެ މިން ނަގަން ޖެހޭ ކަމަށް ބުނެ އެ ކުއްޖާގެ އުރަމަތީގައި ހިފައި ކުއްޖާ ހިފެހެއްޓުމަށްފަހު އުރަމައްޗަށް ފިއްތިކަމަށް ބުނާ މައްސަލައެކެވެ. ކުޑަ ކުދިންނަށް ޖިންސީ […]

ބަލިތައް ގިނަވެ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ، ގިނައީ ބޭރަށްހިންގުން!

އެކި ވަށްތަރުތަކުގެ ބަލިތައް ގިނަވެ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޓު އެއްކޮށް ފުރިއްޖެ އެވެ. އައިޖީއެމްއެޗުގެ އޮފިޝަލަކު ”ސަންދާނަށް“ މިއަދު ވިދާޅުވީ، ކުޑަކުދިންގެ މެދުގައި މި ދުވަސްވަރު އެންމެ ގިނައީ ނިއުމޯނިއާ ބޭރަށް ހިންގުން އަދި ހޮޑުލެވުން ކަމަށެވެ. އޮފިޝަލް ވިދާޅުވީ، އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު އެއްކޮށް ފުރިފައިވާ ކަމަށެވެ. އެ ވޯޑުގައި 33 އެނދު ހުރެއެވެ. މިފަހަކަށް އައިސް ރާއްޖޭގައި އެކި ކަހަލަ ބަލިތައް ފެތުރުން ވަނީ އިތުރު ވެފައެވެ. އެގޮތުން ބޭރަށް ހިނގުމާއި އަރިދަފުސް ރޯގާ […]