ނަޝީދުގެ މައްސަލައަކީ ރައީސް ޞާލިޙް “ޕަޕެޓަކަށް“ ނުވުން: މަހްލޫފް

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް މައްސަލައަކަށްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެ މަނިކުފާނު ވިދާޅުވާހައި ގޮތަކަށް ޕަޕެޓެއްހެން ވެރިކަން ކުރައްމުން ނުގެންދެވުން ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެއެވެ. އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާގައި މަހްލޫފް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ. މަހްލޫފް ވިދާޅުވީ މައްސަލައަކީ ވަކި ބޭފުޅަކު ވިދާޅުވާ ގޮތަށް ކެބިނެޓަށާއި ސިޔާސީ ހުރިހާ މަޤާމުތަކަށް މީހުން އައްޔަން ނުކުރެއްވުން […]

ރައީސް ނަޝީދު ވެރިކަމަށް އައުމަށް ރައީސް ޔާމީނާއެކު ކޯލިޝަން ހަދާފާނެތީ ބިރުގަނޭ: މާރިޔާ

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއެކު ކޯލިޝަން ހައްދަވާފާނެކަމުގެ ބިރުހީވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ. އާޓިފިޝަލް ބީޗުގައި މިރޭ ބާއްވަމުންދާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި މާރިޔާ ވިދާޅުވީ މިހާރަކަށް އައިސް އިވެނީ ރައީސް ނަޝީދު ރައީސް ޔާމީނަށް ތަޢުރީފު ކުރައްވާ އަޑު ކަމަށާއި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ […]

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަކީ ސަރުކާރުގެ ފަރުވާކުޑަކަމާ އަޅައިނުލުމުގެ ނަތީޖާ: ޙަސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ ސަރުކާރުގެ ފަރުވާކުޑަކަމާ އަޅައިނުލުމުގެ ނަތީޖަާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މިއަދު ވިދާޅުވެއްޖެެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އިއްޔެ ގއ.ދެއްވަދޫގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކުގެ ސަބަބުން ހަށިކޮޅުގައި ލީ ލަކުނުތަކާއެކު ވެސް ޕްރައިމަރީގައި ވާދަކުރައްވަން ޖެހިވަޑައިގަތީ ޤައުމަށާއި ޕާޓީއަށް […]

ޝިޢާގެ މަރުގެ މައްސަލައިގެ ޝަރީޢަތް ސިއްރުކޮށްގެން އާދިއްތަ ދުވަހު ފަށަނީ

މިދިޔަ އަހަރުގެ އޮގަސްޓުމަހުގައި އަނިޔާވެރި ގޮތަކަށް މަރައިލި ފުވައްމުލަކު/ކުރި, މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) ގެ މަރުގެ މައްސަލައިގެ ޝަރީޢަތް އަންނަ އާދިއްތަ ދުވަހު ފަށާ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖައްސަވައިފިއެވެ. މި މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދަވަން ނިންމަވާފައިވަނީ ސިއްރުކޮށްގެންނެވެ. ސިއްރުކޮށްގެން ޝަރީޢަތް ކުރިއަށް ގެންދަވަން ކޯޓުން ނިންމަވާފައިވަނީ ދައުލަތުން ވެސް އެކަމަށް އެދިފައިވަނިކޮށެވެ. މިދިޔަ އޮގަސްޓު ހަވަނަ ދުވަހުގެ ރޭ ހ.ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ތޫނު އެއްޗަކުން ހަމަލާދީ ޢުމުރުން 22 އަހަރުގެ […]

އެމިރެޓްސްއިން ޑޮލަރު އެއްފަރާތްކޮށް އިންޑިއާ ރުޕީސް އާ ދިމާލަށް

ރޮއިޓާރސް އިން ޚަބަރު ދޭ ގޮތުގައި ޔުނައިޓެޑް އެރެބް އެމިރެޓްސް އާއި އިންޑިއާ އާއި ދެމެދު ތެލުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުގައި އެމެރިކާ ޑޮލަރު އެއްފަރާތްކޮށް އިންޑިއަން ރުޕީސް އިން އަގު އަދާކުރުމުގެ ވާހަކަތައް ކުރިއަށް އެބަގެންދެއެވެ.  އެމިރެޓްސްގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން ޓްރޭޑް ވިދާޅުވީ އޭޝިޔާގެ ގައުމުތަކާއެކު ކުރަމުން އަންނަ ވިޔަފާރި އިތުރުކުރުމަށް އެ ގައުމުން ވަރަށް ބޮޑަށް ވިސްނަމުން ގެންދާކަމަށެވެ. މިހާތަނަށްވެސް ގަލްފުގެ ވިޔަފާރި ބިނާކޮށްފައި އޮތީ އެމެރިކާ ޑޮލަރުން އަގުއަދާކުރާ ގޮތަށެވެ.  ނަމަވެސް އެމިރެޓްސް އާއި […]

ހުރަވީ ދުވަސްގެ ބަދަލުގައި ދޮންބަންޑާރައިންގެ ދުވަސް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ޖީލުތަކަށް ދިވެހިރާއްޖޭގެ ތާރީޚް ކިޔަވައިނުދިނުމުގެ އެންމެބޮޑު އަޞްލަކީ ދިވެހިރާއްޖޭގެ ދަރީންގެ ކިބައިގައި ޤައުމިއްޔަތު ފުހެލުމެވެ. އެކަމުގެ އެއްހެއްކަކީ ހުރަވީ ދުވަސްކިޔާ ދުވަހުގެ އަޞްލަކީ ކޮބައިކަން ރަނގަޅަށް ކިޔަވައި ނުދިނުމެވެ. އެހެން ޤައުމުތަކުގައި ސްކޫލް ކުދީންނަށް އެޤައުމުތަކުގެ ތާރީޚް ކިޔަވައިދެއެވެ. އެއީ އެޤައުމުތަކުގެ ޤައުމިއްޔަތާއި ޡަޤާފަތް ދިރުވުމަށްޓަކައެވެ. އަދިވަކީން ނުރައްކާތެރިކަމަކީ ޤައުމުގެ ރައްޔިތުންނަށް ތަޢުލީމުގެ ފުރުޞަތު ނުދިނުމެވެ.  ދިވެހިރާއްޖޭގައި ހުރާގޭ މޮހޮނދުން ފެށިގެން ފަރީދޭ ޙަސަނަކީ (ޙަސަން ފަރީދު) އާހަމައަށް މިކަން ދެމިގެން ދިޔައެވެ. ހުރާގޭ އެހެންމީހުނާ ޚީލާފަށް ފަރީދޭ ޙަސަނަކީ އެޒަމާނުގައި […]

އިސްރާއީލުން ހިންގަމުންގެންދާ އުދުވާނާމެދު ދުނިޔޭގެ ކަންބޮޑުވުން

އިސްރާއީލުން އަތުލާގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ފައި ހިއްޕާލައިގެން ތިބުމުގެ އިންސާފަކީ ކޮބައިތޯ ޔުނައިޓެޑް ނޭޝަންސް އިން ދުނިޔޭގެ ކޯޓުގައި އިސްތިޝާރީ ލަފައަކަށް އެދިފައިވާ މިދަނޑިވަޅުގައި ފަލަސްތީނުން އަތުލާގެންފައިވާ އެ ބިންތަކުގައި ފަލަސްތީނުންނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ އުދުވާނާދޭތެރޭ އިންތިހާއަށް ކަންބޮޑުވުން ހާމަކޮށް ނުވަދިހައަށަކަށްވުރެން ގިނަ ގައުމާއި މަދަނީ ޖަމާއަތްތަކުން އަޑު އުފުލަމުން އެބަ ގެންދެއެވެ. އެގައުމުތަކުގެ ތެރޭގައި އަރަބި ގައުމުތަކާއި އަދި އޯ. އައި. ސީ. ގެ މެމްބަރު ގައުމުތައް ހިމެނެއެވެ. އޭގެ އިތުރުން ޖަރުމަނާއި ފަރަންސޭސި ވިލާތާއި އިޓަލީވެސް […]

ނިއުޒީލޭންޑުގެ ބޮޑުވަޒީރުގެ ޙައިރާންކުރަނިވި އިސްތިއުފާ

ނިއުޒީލޭންޑުގެ ބޮޑުވަޒީރު ޖަސިންދާ އާރޑާރން މިއަހަރު އޮކްޓޯބަރުގައި އޮންނަ އާންމު އިންތިޚާބޔގައި ވާދަކުރައްވަން ބޭނުންފުޅު ނޫންކަމަށް ވިދާޅުވެ އެކަމަނާ ނިސްބަތްވާ ލޭބަރ ޕާރޓީން މިދިޔަ ބުރާސްފަތިދުވަހު ބޭއްވި ބައްދަލުމުގައި ވިދާޅުވުމުން ޕާރޓީއަށް ކުއްލި ޙައިރާންކަމެއް ލިބިގެން ދިޔައެވެ. އިންތިޚާބު ބޭއްވުމަށް އެކަމަނާ ކަނޑައަޅުއްވައި ޢިއްލާން ކުރެއްވީ އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހެވެ.                          އުމުރު ފުޅުން 42 އަހަރުގެ ޖަސިންދާ ވިދާޅުވީ އެކަމަނާގެ ކިބައިގާ ދެން […]

ޖީއެމްއާރްގެ ބަދަލު މި ނަގަނީ “ޕަޕެޓަކު“ ގޮނޑީގައި ބަައިންދާފައި: ސަޢީދު

ޖީއެމްއާރްގެ ބަދަލު އިންޑިއާއިން ނަގަމުން އެދަނީ “ޕަޕެޓަކު ގޮނޑީގައި ބަައިންދާފައި“ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރޭ ފެށުމާ ގުޅިގެން އެކަމަށް ޢިޝާރަތްކުރައްވައި ކުރެއްވި ޓުވީޓެއްގައި ސަޢީދު ވިދާޅުވީ ހަނިމާދުއަކީ އިންޑިއާގެ މަސްލަހަތަށް ބޮޑުކުރާ ތަނެއް ކަމަށާއި ޖީއެމްއާރްގެ ބަދަލު މި ނަގަނީ ޕަޕެޓަކު ގޮނޑީގައި ބަައިންދާފައި […]

ރައީސް ޔާމީންގެ މެސެޖު: ރައްޔިތުން މާޔޫސްނުވޭ, މައުސޫމުކަން ސާބިތުކޮށް ދޭނަން

މާފުށީ ޖަލުގައި 11 އަހަރުގެ ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ހުންނެވީ ފިސާރި ގަދަކޮށް ކަމަށް އެ ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެެއެވެ. ކޯލިޝަނުގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން އިއްޔެ ވަނީ މާފުށީ ޖަލަށް ވަަޑައިގެން ރައީސް ޔާމީނާ ބައްދަލުކުރައްވައިފައެވެ.  އެ ބައްދަލުވުމަށްފަހު އަދުރޭ ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ފިސާރި ގަދަކޮށް ކަމަށާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ […]