ކަރަންޓްގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއް ހެއްޔެވެ؟

ކޯވިޑްގެ ޢާލަމީ މުޞީބާތާ ވިދިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި ރައްޔިތުންގެ މާލީ ޙާލަތު ވަނީ ނުހަނު ދަށަށް ގޮސްފައެވެ. މިހެން ދިމާވުމުން އަސާސީ ޚިދުމަތުގެ ނަމުގައި ދައުލަތުން ދެއްވާ ކަރަންޓްގެ ޚިދުމަތަށް ދޭންޖެހިފައިވާ ފައިސާ ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް ވަނީ ދެއްކޭނެ ގޮތް ނުވެ ސްޓެލްކޯއަށް ދަރާފައެވެ. އަޅުގަނޑު މިވާހަކަ މިދަންނަވަނީ ސްޓެލްކޯގެ ވެރިންނާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ރުޅިވެރިކަމެއް ނުވަތަ ނަފްރަތު ކަމެއްވެސް ނެތްކަން ހާމަ ކުރަމުންނެވެ. ނިކަމެތި ފަގީރުންގެ ޙާލަތުގެ މައްޗަށް ބަލައި […]
އިމްރާނަކީ ރިޝްވަތަށް ގުޑާލެވޭނެ ބޭފުޅެއް ނޫން: އިޔާޒް

ހޯމް މިނިސްޓަރު އިމްރާން އަބްދުއްލާ އަކީ ރިޝްވަތަށް ގުޑާލެވޭނެ ބޭފުޅެއް ނޫންކަމަށް ވިދާޅުވެ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އިމްރާން ދިފާއުކުރައްވައިވައި ވާހަކަފުޅު ދައްކަވައިފިއެވެ. ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭނުގައި މިނިސްޓަރު އިމްރާން ބައިވެރިވެ ވަޑައިގެންނެވީ ރިޝްވަތު ނަންގަވައިގެންކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ގިނަ ފާޑުކިއުންތަކެއް އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ. އެކަމާ ގުޅިގެން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީސްމީހުންގެ ބޮލުގައި އިލްޒާމް އަޅުވަންވާނީ ސާބިތު ހެކި ހުރެގެން ކަމަށާ […]
އިޒުރޭލާ ބެހޭ ގޮތުން އެމްނެސްޓީން ނެރުނު ރިޕޯޓަކަށް އެމެރިކާއިން ފާޑުކިޔައިފި

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަލުން ނެރެފައިވާ ރިޕޯޓެއްގައި އިޒްރޭލުން ހަދާ ގާނޫނުތައް ހަދަނީ ނަސްލީ ގޮތުން ތަފާތުކޮށް ފަލަސްތީން ރައްޔިތުންގެ ހައްގުތައް ގެއްލޭގޮތަށް ކަމަށް ސިފަކުރުމާ ގުޅިގެން އެމެރިކާގެ ގިނަ އަދަދެއްގެ ސިޔާސީ ވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެމެރިކާގެ ގިނަ އަދަދެއްގެ ސެނޭޓް މެމްބަރުންނާއި، ލެޖިސްލޭޓަރުންގެ އިތުރުންހައުސް އޮފް ރެޕްރެސެންޓޭޓިވްސްގެ ގިނަ ވެރިންވެސް ވަނީ އެމްނެސްޓީން ނެރެފައިވާ ރިޕޯޓް ދޮގުކޮށް ވާހަކަ ދައްކަވާފައެވެ. ބައެއް ފަރާތްތަކުން ވަނީ އެމްނެސްޓީން ޔަހޫދީންނާ މެދު […]
ލަތާމަންގޭޝްކަރު މަރުވެއްޖެ

އިންޑިޔާގެ ނައިޓިންގގޭލްގެ ނަމުން މަޝްހޫރުވެފައިވާ ލަވަކިއުންތެރިޔާ ލަތާމަންގޭޝްކަރު މަރުވެއްޖެ އެވެ. އުމުން 92 އަހަރުގައި އާދީއްތަ ދުވަހު މަރުވިއިރު ލަތާ އަކީ އިންޑިޔާ އަދި މުޅި ދެކުނުއޭޝިޔާގައިވެސް ލަވަކިއުމާ މިޔުޒިކްގެ ރޮގުން އެފަދަ ދެވަނަ އެއްނުވާ ، އެތައް ޖީލްތަކަކަށް ދެމިގެންދިޔަ ރީތި ވަރަށްވެސް ގިނަ ލަވަތަކެއް ދޫކޮށްފައިވާ ލަވަކިއުންތެރިއެކެވެ. ކޮވިޑް 19 ޖެހުމުގެ ސަބަބުން ލަތާމަންގޭޝްކަރު ޖެނުއަރީ 11 ވަނަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވެއެވެ. ނަމަވެސް މުމްބާއީ ބްރީޗް ކެންޑީ ހޮސްޕިޓަލްގައި މިއަދު […]
ރަޔަން ވަޅުން ނެގިއިރު އޮތީ ނިޔާވެފައި!

މޮރޮކޯގައި 100 ފޫޓު ފުން ވަޅެއްގެ ތެރޭގައި 5 ދުވަސް ވަންދެން ތާށިވެފައި އޮއްވައި ސަލާމަތް ކުރި ރަޔަން ނިޔާވެއްޖެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ރަޔަން ވަޅުން ނެގި އިރުވެސް އޮތީ ނިޔާވެފައެވެ. މޮރޮކޯގެ އޮފިޝަލުން ރަޔަންގެ މަރު ކޮންފާމްކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. ރަޔަންގެ ގެ ކައިރީ ހުރި ވަޅަކަށް އޭނާ ވެއްޓި ތާށިވުމާއި އެކު ކަމާބެހޭ ފަރާތްތަކުން ވަނީ ކެނޑިނޭޅި ރަޔަން ސަލާމަތް ކުރުމަށް މަސައްކަތް ކޮށްފައެވެ. ރަޔަން ވެއްޓުނު ވަޅަކީ ވަރަށް […]
ލަންކާއިން ގެއްލުނު ދިވެހި ޒުވާނާ ޒަޚަމްތަކަކާއެކު މަރާލާފަ އޮއްވާ ފެނިއްޖެ!

ސްރީލަންކާއިން ގެއްލިގެން ހޯދި ދ. މީދޫ، މާކޯނި، އަފްހަމް ނަސީރު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ މަރާލާފައި އޮއްވާ ފެނިފައިވަނީ، ލަންކާގެ ދެހިވަލަ ބީޗްގެ ލޭރު ދަގަނޑުގެ ކައިރިންނެވެ. އޭނާގެ ހަށިގަނޑު ފެނުނު އިރު އަތުގައި ވަޅިއެއް އޮތް ކަމަށް ލަންކާގެ ފުލުހުން ވަނީ ބުނެފައެވެ. އަފްހާމް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ވެއްލަވައްތަ ގޮނޑުދޮށުން މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އޭގެ ތެރޭގައި އަފްހަމްގެ ހަށިގަނޑު އޮތްކަމަށް […]
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން: އެމްޑީޕީން ގޮނޑި ދިފާއުކޮށްފި

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަށްޑޫދާއިރާގެ ބައި އިލެކްޝަން ގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބުކޮށް އެމްޑީޕީން ގޮނޑި ދިފާއުކޮށްފިއެވެ. ވާދާވެރި ކެމްޕޭނަކަށްފަހު މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކުރި ހޯއްދަވާފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓު ރާޝިދެވެ. ކޮމަންޑޫ ދާއިރާގެ ވޯޓުލުމަށް ހަތް ވޯޓުފޮއްޓެއް ބަހައްޓާފައިވާއިރު އެއް ފޮށި ފިޔަވައި އެހެން ހުރިހާ ފޮށީިގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާއިރު, ރާޝިދުއާ އެންމެ ގާތުން ވާދަކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމެވެ. ވަގުތީ […]
ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން 4.263 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ އިއްޔެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. ކަސްޓަމްސްއިން އިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ ރާއްޖެ އައި އުމުރުން 21 އަހަރުގެ ބްރެޒިލް ފިރިހެނަކާއި އެ ގައުމަށް ނިސްބަތްވާ 23 އަހަރުގެ އަންހެނަކު ހުއްޓުވާ ލަގެޖް ފާސްކުރިއިރު ލަގެޖްގެ ތެރެއިން ފެނިގެންކަމަށެވެ. އެ ތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ […]
ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާ ފޮއްޓަކަށް ލައިގެން ހޮސްޓެލްއަށް ވައްދަން އުޅެފި

އިންޑިއާގެ ކޮލެޖެއްގައި ކިޔަވަމުންދާ ފިރިހެންކުއްޖަކު އޭނާ ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާ ފޮއްޓަކަށް ލައިގެން ހޮސްޓެލްގެ ކޮޓަރިއަށްވައްދަން އުޅެނިކޮށް ފަޅާ އަރައިފިއެވެ ކަރަނާޓަކާގެ މަނިޕާލް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީގައި އިންޖިނިއަރިން ކިޔަވަމުންގެންދާ މި ފިރިހެން ކުއްޖާ ދިރިއުޅެނީ އެ ކޮލެޖްގެ ފިރިހެން ކުދިންގެ ބައިތިއްބާ ހޮސްޓެލްގައެވެ. އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ އަކީވެސް އެ ކޮލެޖްގެ ކުއްޖެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ މިހާދިސާ ދިމާވެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްކަމަށް ވެއެވެ. މި ހާދިސާހގެ ވީޑިއޯއެއްވެސް […]
ރަޝިއާ އާއި ޔޫކްރޭނާ ދެމެދު ސުލްހައިގެ ވާހަކަތައް ފެށުމަށް ފުރާންސުން އިސްނަގައިފި

ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން ރަޝިއާއަށް ޒިޔާރާތް ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ. މި ދަތުރުފުޅަކީ ރަޝިއާ އާއި ޔޫކްރޭނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސުލްހައިގެ ވާހަކަތައް ފެށުމަށް ހުޅަނގުގެ ގައުމަކުން ފެށި މުހިންމު މަސައްކަތެކެވެ. މޮސްކޯއަށް މެކްރޯން ޒިޔާރާތްކުރެއްވުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުއެވެ. މިދަތުރުފުޅުގައި ރަޝިއާގެ ރައީސް ވްލަޑިމިރް ޕުޓިން އާ މެކުރޯން ބައްދަލުކުރައްވާނެއެވެ. އެއަށް ފަހު އަންގާރަ ދުވަހު މެކްރޯން ޔޫކްރޭނަށް ޒިޔާރާތްކުރައްވައި ޔޫކްރޭނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާއެކު މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. ފްރާންސްގެ ރައީސް […]