ކިނޮޅަހު ނެރުނު ބެދުނު މައްސަލަ ހައްލުކޮށް އާ ބަނދަރެއް އަޅަނީ

ރ.ކިނޮޅަހު ބަނދަރަށް ވެލިވަދެ ނެރު ބެދުނު މައްސަލަ ހައްލުކޮށް އެރަށުގައި އާބަނދަރެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. ކިނޮޅަހު ބަނދަރަށް ވެލި ވަދެ ޒަރޫރީ ބޭނުންތަކަށް ވެސް އެ ރަށުން ފައިބަން އުދަގޫވެގެން ރަށުގެ ރައްޔިތުން ވަނީ މިދިޔަ އޮކްޓޫބަރު މަހު މުޒާހަރާ ވެސް ކޮށްފައެވެ. ކިނޮޅަހު ބަނދަރަށް ވެލި ވަދެ ދޭތެރެ ދޭތެރެއިން ބަންދުވާ މައްސަލަ އަކީ 2011 ވަނަ އަހަރުން ފެށިގެން އެ ރަށަށް ދިމާވަމުންދާ މައްސަލައެއް ކަމަށް ވެއެވެ. އެރަށު ކައުންސިލުން ބުނީ […]
ބްރިޖް ސާވޭގެ މަސައްކަތް ކުރާތީ ކަނޑު ދަތުރު ކުރާ ފަރާތްތައް ސަމާލުވާން އެދެފި

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅައިލާ ބްރިޖް، ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރާތީ އެ ސަރަހައްދުން ކަނޑުގައި ދަތުރު ކުރާ ފަރާތްތައް ސަމާލުވާން ޓްރާންސްޕޯޓް މިނިސްޓްރީން އެދެފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މާލެ-ތިލަފުށި ލިންކް މަޝްރޫއުގެ ދަށުން، މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނު ފަރާތުގެ މޫދާއި ހަމައަށް އަދި ތިލަފުށީގެ އިރު ދެކުނު ކޮޅާއި ދެމެދުގެ ސަރަހައްދެއްގައި ޕްލެޓްފޯމްތަކެއް ބަހައްޓައިގެން އިއްޔެއިން ފެށިގެން މަސައްކަތްތަކެއް ކުރަމުންއަންނަ ކަމަށެވެ. […]
އޮޑިޓް ދާއިރާ ހަރުދަނާ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ އޮޑިޓް ދާއިރާ ހަރުދަނާ ކުރުމަށް މެލޭޝިއާގެ ނޭޝަނަލް އޮޑިޓް ޑިޕާޓްމަންޓާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނީ މި އެއްބަސްވުމަކީ ރާއްޖޭގ ޕަބްލިކް ސެކްޓާ ގަވާނަންސް އާއި ޕަބްލިކް ސެކްޓާ އޮޑިޓްކުރުމުގެ ދާއިރާ ހަރުދަނާ ކުރުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރަން އެއްބަސްވި އެއްބަސްވުމެއްކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މެދުގައި ތަމްރީނުގެ ފުރުސަތުތަކާއި އިލްމާއި ތަޖުރިބާ އާއި ބެސްޓް ޕްރެކްޓިސް ހިއްސާ ކުރެވިގެން ދާނެ ކަމަށް […]
ސައުދީ-ތައިލޭންޑް ގުޅުން އިހު އޮތްގޮތަށް ރުޖޫއަ ކުރެވިއްޖެ

ސައޫދީ އަރަބިޔާއަށް މަސައްކަތް ކުރަން ގޮސްހުރި ތައިލޭންޑް މީހަކު ސައޫދީ ޝާހީ ގަޑުވަރަކުން މީގެ ތިރީސް އަހަރު ކުރިން ގިނަ އަދަދެއްގެ އަގުބޮޑު ގަހަނާތަކަކާ ޖަވާހިރު ވަގަށް ނެގުމާގުޅިގެން ދެގައުމުގެ ދެމެދު އޮތް ގުޅުންތައް ކެޑިފައި އޮތުމަށްފަހު ޚާރިޖީ ގުޅުންތައް އަލުން ގާއިމު ކުރުމަށް ނިންމައިފިއެވެ. މިކަމަށް އެއްބަސް ވެފައިވަނީ ތައިލޭންޑްގެ ބޮޑުވަޒީރު ޕްރަޔުތު ޗަން އުޗާ ސައޫދީ އަރަބިޔާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރޭންނެވެ. މިދަތުރުފުޅުގައ ބޮޑުވަޒީރު ޕްރަޔުތު ޗަން އުޗާ ވަނީ ސައޫދީ ވަލީޢަހްދު މުޙައްމަދު […]
ދުނިޔޭގެ ކޮރަޕްޝަން ދަރަޖަ ކުރުމުގައި މެލޭޝިއާ އިތުރަށް ދަށަށް ހިނގައްޖެ

މެލޭޝިއާގެ ކޮރަޕްޝަންގެ މައްސަލަތައް ވަނީ ކުރިޔާ އަޅައި ބަލާއިރު އަނެއްކާވެސް އިތުރުވެފައެވެ. ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލުން 2021ވަނަ އަހަރު މެލޭޝިއާ ރޭންކްކޮށްފައިވަނީ ދުނިޔޭގެ ކޮރަޕްޝަން ލެޑަރުގެ 62 ވަނައިގައެވެ. މިއީ އޭގެ ކުރީ އަހަރަށްވުރެ 5 ލެވެލް ދަށް ވަނައެކެވެ. ބުދަދުވަހު ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައި ޓްރާންސްޕޭރަންސީ އިންޓަނެޝަނަލުން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސްގައި މެލޭޝިއާއަށް ލިބިފައިވަނީ 48 އެވެ. މިއީ 2012ވަނަ އަހަރުއްސުރެ 50އަށް ވުރެ ދަށުން މެލޭޝިއާއަށް ލިބުނު ފުރަތަމަ ފަހަރެވެ. ނަމަވެސް […]
ކޮވިޑް-19 ވެކްސިން ނުޖަހާ ހުރުމުގެ ސަބަބުން ހިތް ބަދަލު ކޮށް ނުދިން

އެމެރިކާގެ ބޮސްޓަންގައި ހިތްބަދަލު ކުރުމުގެ އޮޕަރޭޝަނަކަށް ތައްޔާރު ވަމުންދިޔަ މީހަކު، ކޮވިޑް-19 ވެކްސިން ނުޖަހާ ހުރުމުގެ ސަބަބުން އެއޮޕަރޭޝަން ނުކުރެވޭނެ ކަން އަންގައިފިއެވެ. ބަލިމީހާ، އުމުރުން31 އަހަރުގެ ޑީ ޖޭ ފާރގަސަން އަށް ހިތުގެ ސީރިއަސް މައްސަލަ ތަކެއް ކުރިމަތި ވުމުގެ ސަބަބުން އޭނާ އައީ ބޮސްޓަން ގެ ބްރިގްހަމް އެންޑް ވިމެންސް ހޮސްޕިޓަލްގައި އެޑްމިޓްވެގެން ފަރުވާ ހޯދަމުންނެވެ. އަދި ހިތް ބަދަލު ކުރުމުގެ އޮޕަރޭޝަން ބޭނުންވާކަމަށް ޑޮކްޓަރުން ނިންމުމަށްފަހު އޭނާ އައީ އެކަމަށް ތައްޔާރުވަމުންނެވެ. ނަމަވެސް […]
ރަޝިއާ ޔޫކްރޭނަށް އަރައިފިނަމަ ހުޅަނގުގެ ގައުމުތަކުން ގިނަ ފިޔަވަޅުތަކެއް އަޅަން ތައްޔާރަށް

ހުޅަނގުގެ ގައުމުތަކުގެ އިސްވެރިން ވަނީ ރަޝިއާއިން ޔޫކްރޭނަށް އަރާނެކަމުގެ ބިރުހީވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން އަވަސްކޮށްފައެވެ. އެމެރިކާއިން ވަނީ ރަޝިއާ ޔޫކްރޭނަށް އަރައިފިނަމަ ޔޫރަޕް ސަރަހައްދުގެ ކަރަންޓް ހިފަހައްޓަން އެހީ ވާނެކަމަށް ބުނެފައެވެ. އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ރަޝިއާގެ ރައީސް ވްލަޑިމިރް ޕުޓިންއަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވިދާޅުވެފައެވެ. ޔޫކްރޭނަށް ރަޝިއާއިން އަރާނެކަމަށް ބަލައި އެފަދަ ހާލަތަކަށް ސިފައިން ތައްޔާރަށް ބައިތިއްބާނެ ކަމަށް ނޭޓޯއިން ހޯމަދުވަހު ވަނީ ހާމަކޮށްފައެވެ. އަދި […]
ދެކުނު ސޫދާންގައި ހިނގި ހަމަނުޖެހުން ތަކުގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ

ދެކުނު ސުދާންގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ޖޮންގްލޭއަށް ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާ ތަކުގައި މަރުވި 32 މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭކަމަށް އދ އިން ހާމަކޮށްފިއެވެ. މި ހަމަލާތައް ދީފައި ވަނީ ހަތިޔާރުއެޅި މާރްލެ އެތުނިކް ގްރޫޕަށް ނިސްބަތްވާ ޒުވާނުންތަކެކެވެ. އެމީހުން ވަނީ ޖޮންގްލޭގެ އަވަށްތަކަށް އަރައި ގެތައް އަންދައި މީހުންގެ ގަޔަށް ބަޑިޖަހާފައެވެ. މި ހަމަލާގެ ސަބަބުން ދިންކަ ބޫރްއަށް ނިސްބަތްވާ ގިނަ ފަރާތްތަކުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ. […]
ޝިލްޕާ ޝެޓީގެ ނަން ހުތުރު ނުވެ ސަލާމަތްވެއްޖެ

އާންމުތަނެއްގައި ބަދު އަޚުލާގީ އަމަލެއްހިންގިކަމަށް އިންޑިޔާގެ ފިލްމީ ތަރި ޝިލްޕާޝެޓީގެ މައްޗަށް އުފުނު ދައުވާގައި އޭނަ ކުށްވެރިނުވާކަމަށް އިންޑިޔާގެ ކޯޓަކުން އެންމެ ފަހުން ނިންމައިފިއެވެ. ޝިލްޕާއާ ދެކޮޅަށް ބަޔަކު ކޯޓަށް މައްސަލަ ވެއްދީ މީގެ ފަނަރަ އަހަރު ކުރިން، 2007 ވަނަ އަހަރު ހޮލީވުޑް ގެ މަޝްހޫރު ފިލްމީ ތަރި ރިޗަރޑް ގިއަރ، އާންމު ތަނެއްގައި ޝިލްޕާގެ ގައިގައި ބައްދާލުމަށްފަހު ދޮނެއް ދިނުމާގުޅިގެންނެވެ. މިކަން ހިނގީ ދެތަރިން ބައިވެރިވަމުން ގެންދިޔަ، އެއިޑްސް ބައްޔާމެދު ހޭލުންތެރިކަން އުފެއްދުމަށް އިންޑިޔާގެ […]
ހައްދުޖެހުން އަދިވެސް ކުރިޔަށް އެބަދޭ

އަޅުގަޑުމެން ކުޑައިރު ގެޔަށް އަންނަ އަންހެނަކު އެއްދުވަހަކު މަންމަގާތު އިނދެގެން ރޯތަން ދުށީމެވެ. އަދި އެގޮތަށް ރޯން ފެށުމުން މަންމަ އޭނާ ކޮޓަރިޔަށް ވައްދައިގެން ކޮންމެވެސް ތަނެއްގަ ބާމު އުގުޅާދީ ހެދިކަން އެނގެއެވެ. އޭނާ ދިއުމުން މަންމަގާތު އަހާލީމެވެ. އޭނަ ރުއީ ކީއްވެގެން ހެއްޔެވެ؟ މަންމަ ބުންޏެވެ. ނުހަލާލަށް ވިހެއުމުން އޭނާގެ ގައިގައި ހައްދު ޖެހީޔޯލައެވެ. ފައިގެ ފަލަމަސްގަޑުގެ ފަހަތުން ހުރީ ވަރަށް ބޮޑަށް ރަތްވެ ދުޅަވެފައެވެ. މަންމަ ދެރަވެން ބޮނޑިތާން ކޮށްފައި ބާމު އުނގުޅާ ދިނީ […]