ބޭރުގެ 4 ގައުމެއް ހިމެނޭހެން ބައެއް ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭރުގެ ހަތަރު ގައުމެއް ހިމެނޭހެން ބައެއް ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓާ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެެވެ. އީސީއިން ބުނީ ބައެއް ތަންތަނުގައި ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން ބައެއް ތަންތަނުގައި ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާތީ އެ ތަންތަނުގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެ ތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ މީހުން ވޯޓުލުމަށްޓަކައި މާދަމާ ހަވީރު 04:00 ގެ ކުރިން ރީ ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. ވޯޓު […]

މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގައިިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި ނައިބު ރައީސް އަޙްމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީއެންސީއިން އަނބުރާ ގެންގޮސްފިއެވެ. ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މޫސާ ސިރާޖު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މިވަގުތު ކުރިޔަށް ގެންދަން ބޭނުންނުވާތީ އެކަން ރައްޔިތުންގެ މަޖިލީހަށް މިހާރު އަންގާފައިވާ ކަަމަަށެވެ. ޖުމްލަ 23 މެންބަރުންގެ ސޮޔާއެކު މި މައްސަލަ މަޖިލީހަށް ހުށަހެޅީ ޖެނުއަރީ 28 ގައެވެ. އެއީ ސަރުކާރުގެ […]

ކުރީ ސަރުކާރުން އާންމުކުރި ފްލެޓް ލިސްޓު ބާތިލުކޮށް، އަލުން އިއުލާން ނުކުރާނެކަމުގެ ޔަޤީންކަން މިނިސްޓްރީން ދިން: އެޗްއާރްސީއެމް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ފަށާފައިވާ ގެދޮރުވެރިޔާ ސްކީމުން ދޫކުރި ފުލެޓުތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުން ކަމަށް ކުރީ ސަރުކާރުން އާންމުކޮށްފައިވާ ލިސްޓު ބާތިލުކޮށް، އަލުން އިއުލާން ނުކުރާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ދިން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ. އެޗްއާރްސީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި މިހެން ބުނެފައި މިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމުތައް […]

މެންބަރުންގެ އަދަދު ގުނުމާ ގުޅޭ ގޮތުން ސްޕްރީމް ކޯޓުން ނެރުނު އަމުރަށް އަމަލު ނުކުރަން މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމާ ގުޅޭ ގޮތުން ސްޕްރީމް ކޯޓުން ނެރުނު އަމުރަށް އަމަލު ނުކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމާ ގުޅޭ މާއްދާތަކަށް މަޖިލީހުން ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސައިލުމަށް ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާއިރު ހުސްވެފައިވާ ދާއިރާތައް ގުނާ ގޮތަށް އަމަލު ނުކުރަން ނިންމީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ވޯޓާއެކުއެވެ. މި ހުށަހެޅުމާ ދެކޮޅަށް […]

މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ބާއްވާ “ލ.ގަން ކައުންސިލް އައުޓް ރީފް މަސް ރޭސް“ މާޗު 2 ގައި

ލ.ގަމު އައުޓް ރީފް ސްޕޯޓްސް ކްލަބުން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދަން ނިންމާފައިވާ މަސް ރޭސް އަންނަ މާޗު މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. މިއީ އައުޓް ރީފް ސްޕޯޓްސް ކްލަބުން މަސް ރޭސް ބާއްވާ ދެވަނަ ފަހަރެވެ. މުޅި ލ.އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މަސް ރޭހާ ގުޅޭ ގޮތުން “ސަންދާނު“ އާ މައުލޫމާާތު ހިއްސާ ކުރަމުން އައުޓް ރީފް ސްޕޯޓްސް ކްލަބުން ބުނީ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ތިމާވެށްޓާ ރަށްޓެހި އާދަތަކާއި ކަނޑުތަކުގެ […]

ރައީސް މާދަމާ ޔޫއޭއީއަށް ފުރާވަޑައިގަންނަވަނީ

ރައީސް ޑރ.މުޙައްމަދު މުޢިއްޒު މާދަމާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ވެރިރަށް ދުބާއީގައި މި މަހުގެ 12 އިން 14 އަށް ކުރިއަށްގެންދާ ވޯލްޑް ގަވަރމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެއިތުރުން ބައެއް ނޫސްވެރިން ވެސް ބައިވެރިވާނެއެވެ. މި ދަތުރުފުޅަށްފަހު ރައީސް މުޢިއްޒު އެނބުރި މާލެ ވަޑައިގަންނަވާނީ މި މަހުގެ 15 ވަނަ […]

އިންތިޚާބުގެ ތާރީޚަށް ބަދަލެއް އަޔަސް ކުރިމަތިލުމަށް ދެން އިތުރު މުއްދަތެއް ނުލިބޭނެ: އީސީ

އިންތިޚާބަށް ކުރިމަތިލުމަށް ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. މަޖިލިސް އިންތިޚާބު ބާއްވަން ނިންމާފައިވަނީ މާޗު 17 ގައި ނަމަވެސް އިންތިޚާބުތަކާބެހޭ ގުޅޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކާ ގުޅިގެން މި ތާރީޚު ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ އިންތިޚާބުގެ ތާރީޚަށް ބަދަލެއް އަޔަސް، އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަށާއި ފޯމު ބަލައިގަތުމުގެ އެންމެ […]

ކުރީގެ ރައީސް ޞާލިޙްގެ ކެމްޕޭން ދަތުރުތަކަށް އެމްޑީޕީން ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ހޯދަން މޯލްޑިވިއަންއިން ކޯޓަށް ދަނީ

އެމްޑީޕީން މޯލްޑިވިއަންއަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ހޯދަން ކޯޓަށް ދާނެކަމަށް އެ ކުންފުނިން ބުނެފިއެވެ. މޯލްޑިވިއަންއިން އެމްޑީޕީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެމްޑީޕީން ނަގާފައިވާ ޓިކެޓާއި ޗާޓަރު ފުލައިޓުތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 5,629,861 ރ. އަށް އަރާ ކަމަށެވެ. މޯލްޑިވިއަންއިން ބުނީ ދެ ފަރާތުން އެއްބަސްވީ ޚިދުމަތް ހޯދާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ގޮތަށް ކަމަށާއި ނަމަވެސް އެކި ފަހަރު މަތިން ސިޓީ ފޮނުވައިގެން ވެސް ފައިސަ ދައްކާފައި ނުވާކަމަށެވެ. […]

ރައީސްގެ ކޮޅުމަޑުލު ދަތުރުފުޅުގެ އުސްއަލިތައް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅު ނިންމަވައިލެއްވީ އިއްޔެގައެވެ. ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ތ.ގުރައިދުއަށެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ތ. އަތޮޅުގެ ދިޔަމިގިލި، މަޑިފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ އަދި ގާދިއްފުށްޓަށް ވަޑައިގެންފައެވެ. ރައީސް ވަނީ އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލުތަކާއި އަންހެންނުގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުންވެސް ތ. އަތޮޅު ކައުންސިލާއި ތ. ވިލުފުށީ ކައުންސިލާއި […]

ރިޔާސީ ކެމްޕޭންގައި ރައީސް ދެއްކެވި ވާހަކަފުޅުތަކުގެ ފޮތް، ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރައްވައިފި

މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ ފޮތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރައްވައިފިއެވެ. ރިޔާސީ އިންތިޚާބުގައި ދައްކަވާ ހުރިހާ ވާހަކަފުޅުތަކާއި ވެވަޑައިގަންނަވާ ހުރިހާ ވައުދެއް އެއްފޮތެއްގެ ސިފައިގާ ޝާއިއު ކުރައްވައި އާންމުކުރެއްވުމަކީރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 53 ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި، ހުރިހާ ސިޓީތަކަށް ޒިޔާރަތްކުރައްވައި ތަފާތު އެކި ހަރަކާތްތަކުގައި، […]