އެފްރިކަން ޔުނިއަންގެ ސަމިޓުން އިސްރާއީލުގެ އޮބްޒާވަރު ބޭރުކޮށްލައިފި

އިތިއޯޕިޔާގެ އެޑިސް އަބާބާގައި މިދިޔަ ހޮނިހިރު ދުވަހު ފެށުނު އެފްރިކަން ޔުނިއަންގެ ވެރިންގެ ބައްދަލުވުމުގައި ސައުތު އަފްރިކާއާއި އަލްޖަޒާއިރުގެ ބޭނުންކޮށްގެން އިސްރާއީލުގެ ޑިޕްލޯމެޓަކު ބޭރުކުރަން އީރާނުން މަސައްކަތް ކުރިކަމަށް އިސްރާއީލުން ތުޙުމަތު ކުރުމުން އެ ބައްދަލުވުމުގައި ހުޅު ފަޅައިގެން ހިނގައްޖެއެވެ.  މި މައްސަލަ ކުރިމަތިވީ ބައްދަލުވުމުގެ ފުރަތަމަ ދުވަހު އެފްރިކާ ބައްރުގައި މެދުވެރިވެފައިވާބަނޑުހައިހޫނުކަން ފަދަ ބޮޑެތި މައްސަލަތަކާއި ދޭތެރޭ ވާހަކަފުޅު ދެއްކެވުމުގެ ތެރޭގައެވެ.މީޑިއާއަށް ހާމަވެފައިވާ ވީޑިއޯގައި ފެންނަނީ އެ ބައްދަލުވުމުގެ ސަލާމަތީ ކަންތައް ބަލަހައްޓަވާ ގާރޑުން އިސްރާއީލުން އެފްރިކާއަށް ކަނޑައަޅުއްވާފައި ހުންނަ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޝެރޯން […]

ސަމަދުބެއަށް ޖޯކު ޖައްސަވައި މާރިޔާ ވާހަކަދެއްކެވީ ބީޖޭޕީ ރުއްސަން: އިދިކޮޅު

ދާދިފަހުން އިންޑިއާއަށް ދުރުވެ އުޅުއްވަނިކޮށް އެ ޤައުމުން ޑީޕޯޓުކޮށްލި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު (ސަމަދުބެ) އަށް ޖޯކު ޖައްސަވައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ ވާހަކަ ދެއްކެވީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީކަމަށްވާ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ރުއްސަންވެގެން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބުނެފިއެވެ. ވެރިކަން ކުރާ މައި ޕާޓީ, އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ރޭ ކާނިވަލުގައި ބޭއްވި […]

ތުރުކީގެ އިންޓީރިއަރ މިނިސްޓަރު އެމެރިކާގެ ސަފީރަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައިފި

ތުރުކީގެ އިންޓީރިއަރ މިނިސްޓަރ، ސުލޭމާން ސޮއިލޫ، އެމެރިކާއިން ތުރުކީ އަށް އައްޔަންކޮށް އަންކާރާގައި ހުންނަވާ ސަފީރު ޖެފްރީ ފްލޭކް އަށް ބަހުގެ ހޫނު ޙަމަލާތަކެއް ދެއްވައިފިއެވެ.  ހަބާރްޓާރކް ނޫހާއި ޙަވާލާދީ، ސުލޭމާން ސޮއިލޫވަނީ ”ތިޔަ މުޑުދާރު އަތުން ތުރުކީގައި އަތްނުލާތި“ މިހެން ވިދާޅުވެ ބަހުގެ ޙަމާލަތަކެއް ދެއްވާފައެވެ. އެނޫހުގައި އިތުރަށް ވިދާޅުވެފައިވަނީ ތުރުކީއަށް އައްޔަން ކުރާ ކޮންމެ އެމެރިކާ ސަފީރެއްވެސް އަވަސްވެގަންނަނީ ތުރުކީގައި ޤާނޫނާއި ދެކޮޅު ބަޣާވާތެއް ކުރުމަށްކަމަށެވެ.  ސޮއިލޫ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެމެރިކާގެ ސަފީރުންގެ ވިސްނުމަކީ އަބަދުވެސް ތުރުކީ ހަލަބޮލިކޮށްލުން ކަމަށެވެ. އަދި މި އެޖެންޑާއަކީ އެންމެނަށްވެސް […]

އެމެރިކާއިން ޔޫރަޕް ދިފާއުކޮށެއް ނުދެވޭނެ،  އިނގިރޭސި ވިލާތުންް ޖެހޭނީ އިސްނަގަން

2017 އިން 2018 އަށް އެމެރިކާގެ އެސިސްޓެންޓް  ސެކްރެޓަރީ ފޯރ ޑިފެންސްގެ މަގާމުގައި ހުންނެވި އެލްބްރިޖް ކޮލްބީ ދެކިވަޑައިގަންނަވާ ގޮތުގައި ދުނިޔޭގެ މަސްރަހަށް އަންނަމުން މިދާ ކޯޅުން ތަކާއި މިލިޓްރީ ބަދަލު ތަކުގައި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސިޔާސީ ބޭފުޅުން ވަރަށް ހަރުދަނާ ނިންމުން  ތަކެއް ނިންމަންވީ ވަގުތު ކުޑަތަން ވެއްޖެއެވެ. އެމެރިކާގެ ވަރަށް އިސް މިލިޓްރީ ބޭފުޅަކު ވަނަވަރު ސިއްރުކުރުން ޝަރުތުކޮށް މައުލޫމާތު ދެއްވާގޮތުގައި އިގިރޭސި ވިލާތުގެ ހަތިޔާރު ގުދަންތައް މިހާރު އޮތީ ހުދުފޮތި ލައިގެން ދޮންނަން ވެއްޖެ ހިސާބުގައެވެ. މިކަން ރަނގަޅުކުރަން އެއްވެސް […]

ދުބާއިގެ ހިންދު ސިޓީގެ ހަގީގަތަކީ ކޮބާ !

އެސޯޝިއޭޓެޑް ޕްރެސް އިންޑިއާއިން އިއްޔެ ޚަބަރު ދީފައިވާ ގޮތުގައި 84 ކިލޯމީޓަރަށް ފެތުރިފައިވާ ދުބާއި ގެ އަލްމިންހާދު ސަރަޙައްދުގެ ނަން ހިންދު ސިޓީއަށް ބަދަލުކުރުމާއި ގުޅިގެން ދުބާއިގެ ވެރިޔާ މުޙަންމަދު ބިން ރާޝިދު އަލް މަކްތޫމުގެ މި ނިންމެވުމަކީ އިންޑިއާއާއި ހިންދޫންގެ ދީން ޝަރަފްވެރިކުރުމުގެ ގޮތުންނާއި ހިންދޫ ދީނުގެ އަހުލުވެރިން އިންސާނިއްޔަތަށް ޓަކައި ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ފާހަގަކުރެއްވުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ކަމަށްބުނެ ހިންދޫންގެ އަޣްލަބިއްޔަތު އޮންނަ އިންޑިއާގެ ސޯޝަލް މީޑިއާގައި ގިނަ ޕޯސްޓް ތަކެއް ކުރެވިގެންދާތަން ފެންނަން ފަށައިފިއެވެ. ހަމަ އެއާއިއެކު އިންޑިއާގައި […]

ރައީސް އަކީ ފައިސަލް، ނައިބު ރައީސް އެއް ނެތް!

ޤާނޫނު އަސާސީގެ ހަތަރުވަނަ ބާބުގައި 106 ވަނަ މާއްދާއިން ފެށިގެން 128 ވަނަ މާއްދާގެ ނިޔަލަށް 14 ޞަފްޙާ އަށް ވުރެ އިތުރަށް ލިޔެފައި އެވަނީ ރައީސުލްޖުމްހޫރިއްޔާގެ ވާހަަކަ ތަކާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ބެހޭ ވާހަަކަ ތަކެވެ.  އެއީ ކީއްކުރާ ކޮން ބައެއް ކަމާއި، އިންތިޚާބު ކުރާނޭ ގޮތާއި، ބާރުތަކާއި، މަސްއޫލިއްޔަތުގެ ވާހަަކައެވެ. މަޤާމަށް ނުކުޅެދުމާއި އިސްތިއުފާ ދިނުމާއި، ނާއިބު ރައީސް ރައީސުލްޖުމްހޫރިއްޔާ އަކަށް ބަދަލުވާ ގޮތެވެ.  އެކްސިޑެންޓުން ނުވަތަ ކާރިސާއަކުން ނަމަވެސް މި ދެ މަޤާމް […]

ނޭޓޯއިން ހަނގުރާމައިގެ ތެރަށް ވަދެފި، ދެން ދާނީ ގޯހުން ގޯހަށް :ރަޝިޔާ

ސަންދާނުގެ ކިއުންތެރިންނަށް ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގެ ޚަބަރުތައް ގެނެސްދޭން ބޭނުންވަނީ މި ހަނގުރާމައަކީ އާދައިގެ ހަނގުރާމައެއް ކަމުގައި ދުނިޔެ ނުދެކޭތީއެވެ.  މިހާރުވެސް އެ ހަނގުރާމައިގެ ނުރައްކާތެރި އަސަރުތައް މުޅިދުނިޔެ މިއޮތީ ތަޖުރިބާ ކުރަންޖެހިފައެވެ. ހުޅަނގުގެ އެންމެ މުއްސަނދި ގައުމުތަކުގައި ވެސް އާންމު ދިރިއުޅުމަށް ބޭނުންކުރަންޖެހޭ އަސާސީ ތަކެތީ އަގުތައްވެސް އެވްރެޖް ގޮތެއްގައި %25 އަށްވުރެން މައްޗަށް އުފުލިއްޖެއެވެ.  ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދުލުކޮޅަށްވެސް ގެންނަން ނުވާވަރަށް ދަށަށް ހިނގައްޖެއެވެ. ހަނގުރާމައަކީ ބިރުހުރި ކަމެކެވެ. ހަނގުރާމައަކީ ފަނާކުރުމެކެވެ. މިކަމާމެދު އަޅުގަނޑުމެން ވިސްނާ […]

އީރާނުގައި އަލަށް ހުޅުވި އެއަރބޭސް ދައްކާލުމުން މަސްރަޙް ހޫނުވެއްޖެ

އީރާނުގެ ފުރަތަމަ ބިމުއަޑީގެ އެއަރބޭސް އީގަލް 44 މި މަހު 8 ވަނަދުވަހު ދައްކާލައިފިއެވެ. އީރާނުގެ ރަސްމީ އިދާރާތަކުން ހާމަކުރާ ގޮތުގައި އެތަނުގައިފައިޓަރ ޖެޓާއި ދުރުރާސްތާ ކުރޫޒް މިސައިލް ފުރިހަމައަށް ރައްކާ ކުރެވޭނެއެވެ.     އެއަރބޭސް ހުޅުވުމުގެ ރަސްމިއްޔާތުގައި އީރާނުގެ ސިފައިންގެ އިސް ވެރިންނާއިއެކު ސިފައިންގެ އެންމެ އިސްވެރިޔާ  މޭޖަރ ޖެނެރަލް މުޙައްމަދު ބާޣޭރީ އާއި ސިފައިންގެ ކޮމާންޑަރ މޭޖަރ ޖެނެރަލް އަބްދުއްރަހީމް މޫސާވީ ބައިވެރިވެ ވަޑައިގަތެވެ. އެއަރބޭސްގެ ވަސީލަތްތަކުގެ އިތުރުން އެތަނުގެ ސަބަބުން އިސްރާއީލަށް ހަމަ ނިދި ނުލިބޭނެ ބަހުރުވައަކުން އެބޭފުޅުން ވާހަކަ ދެއްކެވިއެވެ.     […]

އިންޑިއާގެ ތެޔޮ ކާރުޚާނާތައް އެމެރިކާ ޑޮލަރާ ދުރަށް

ބަރާތު ޕެޓްރޯލިއަމް އާއި ރިލަޔަންސް އިންޑަސްޓްރީޒް އަދި ނަވާރާ އެނަރޖީއިން ރަޝިޔާގެ ތެޔޮ ގަތުމުގެ މުޢާމަލާތް ތަކުގައި އެމެރިކާ ޑޮލަރު އެއްފަރާތްކޮށް ޔުނިއިޓެޑް ޢަރަބް އިމެރޭޓްސްގެ ދިރްހަމް ޚިޔާރުކުރިކަން އެނގިވަޑައިގަންނަވާތޯ ބުލޫމްބާރގް އިން އިންޑިއާގެ ތެލާބެހޭ ވަޒީރު ހަރްދީޕް ސިންގް ޕޫރީ އަށް ދެންނެވުމުން ޖަވާބުގައި ވިދާޅުވީ ރަސްމީ ޙައިސިއްޔަތުން އެނގިވަޑައި ނުގަންނަވާ ކަމުގައެވެ.  އެހެންނަމަވެސް އިންޑިއާއިން ތިޔަ މައްސަލާގައި އެހެން ގައުމުތަކާއެކުވެސްވާހަކަދައްކަން އޮތީ ތައްޔާރަށްކަމަށެވެ. އިންޑިއާގެ ވިޔަފާރީގައި މުދަލުގެ ބާވަތްތަކާއި ގުޅިގެން ބޭނުންކުރާނެ ފައިސާއެއް އިޚްތިޔާރު ކުރުމުގައި ވިޔަފާރިވެރިން ބޭނުންވާގޮތް އެއީ ގޮތްތައް ނިންމުމުގައި ވަރަށް ބޮޑު ރޯލެއް ކުޅޭނެ ކަމެއް ކަމަށެވެ.             […]

ތުރުކީއަށް އައި ބާރުގަދަ ބިންހެލުން ، މިއީ އެނހީތެރިކަން ފޯރުކޮށް ދޭންވީ ވަގުތު

އިއްޔެ ( 2023 ފެބްރުއަރީ 6 ހޯމަ ) ހެނދުނު ތުރުކީގެ އިރުދެކުނު ކަހްރަމަންމާރަސް ސަރަޙައްދަށް 7.8 މެގްނެޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެކަމަށް އެސޯޝިއޭޓެޑް ޕްރެސް އިން ރިޕޯރޓް ކޮށްފިއެވެ. މި ބިންހެލުމުގައި އިރުދެކުނު ތުރުކީއާއި ސީރިއާއަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ބައިވަރު ޢިމާރާތް ތަކެއް ވަނީ ބިމާހަމަވެފައެވެ. ބިންހެލުން އައިވަގުތު ދިމިޝްގާއި ބޭރޫތުގައިވެސް ރައްޔިތުން ބިރުން މަގުތަކަށް ނުކުތް ކަމަށާއި ބިންހެލުމުގެ ލޮޅުން ގާހިރާއަށްވެސް އެރިކަމަށް ވެއެވެ.މިހާތަނަށް 3400 މީހުން މަރުވެފައިވާކަން އެނގިފައިވާއިރު ރެސްކިއުޓީމު ތަކުން ގެންދަނީ މިޙާދިސާގައި ދިރިތިބިމީހުން ހޯދުމަށް […]