ދުބާއިގެ ހިންދު ސިޓީގެ ހަގީގަތަކީ ކޮބާ !

Loading

Facebook
Twitter
WhatsApp

އެސޯޝިއޭޓެޑް ޕްރެސް އިންޑިއާއިން އިއްޔެ ޚަބަރު ދީފައިވާ ގޮތުގައި 84 ކިލޯމީޓަރަށް ފެތުރިފައިވާ ދުބާއި ގެ އަލްމިންހާދު ސަރަޙައްދުގެ ނަން ހިންދު ސިޓީއަށް ބަދަލުކުރުމާއި ގުޅިގެން ދުބާއިގެ ވެރިޔާ މުޙަންމަދު ބިން ރާޝިދު އަލް މަކްތޫމުގެ މި ނިންމެވުމަކީ އިންޑިއާއާއި ހިންދޫންގެ ދީން ޝަރަފްވެރިކުރުމުގެ ގޮތުންނާއި ހިންދޫ ދީނުގެ އަހުލުވެރިން އިންސާނިއްޔަތަށް ޓަކައި ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ފާހަގަކުރެއްވުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ކަމަށްބުނެ ހިންދޫންގެ އަޣްލަބިއްޔަތު އޮންނަ އިންޑިއާގެ ސޯޝަލް މީޑިއާގައި ގިނަ ޕޯސްޓް ތަކެއް ކުރެވިގެންދާތަން ފެންނަން ފަށައިފިއެވެ.

ހަމަ އެއާއިއެކު އިންޑިއާގައި ދިރިއުޅޭ ޕާކިސްތާނަށް ތާއީދު ކުރާ މީހުންނަށް ވެސް މިއީ ރަނގަޅު ބޮލުރިހުމަކަށް ވެއްޖެއެވެ. ފޭސްބުކްގެ ގިނަ ސަފްހާ ތަކުގައިވެސް ހިންދީބަހުން ދުބާއިގެ ވެރިޔާ އަދި އެމިރޭޓްސްގެ ބޮޑުވަޒީރު ޝޭޚް މުޙައްމަދު ބިން ރާޝިދު އަލްމަކްތޫމް ދުބާއިގެ އަލްމިންހާދު ސަރަޙައްދުގެ ނަން ހިންދުސިޓީއަށް ބަދަލުކޮށްފި ކަމަށް ލިއެފިއެވެ.                             

ސޯޝަލް މީޑިއާއަށް އިތުބާރު ކުރުމަކީ މިހާރު ހެޔޮވާވަރުގެ ކަމެއްނޫނެވެ. ކިތަންމެ ރަނގަޅު ސުރުޚީއެއް ގައިވެސް އެމީހަކު ލިޔާނެއެއްޗެއް ލިޔެ މީޑިއާއަށް އޮއްސާލެވިދާނެއެވެ. 

ދެން މީޑިއާގެ ރާޅުތަކާއިއެކު އެ ޚަބަރު ދުނިޔޭގެ ގޮނޑުދޮށްތަކަށް އިސާހިތަކު ވާސިލު ވެދެއެވެ. ކޮންމެކޮންމެ މީހަކު ވަގުތު ހޭދަކޮށްލަން ލިއެފާއޮތް އެއްޗެއް ކިޔައި އެއަށް ރައްދުދޭން ބޭނުން ނުވެދާނެއެވެ. ރައްދުދިނަސް ދިވެހިން ބުނެއުޅޭ ފަދައިން ވަކަރުގޭ ކުދިންގެ އަނގަޔަކުން ނޭރޭނެއެވެ.                                                    

މިފަހަރު މިއޮތީ ދުބާއިގެ ސަރުކާރުން ސޯޝަލްމީޑިއާގައި ފަތުރަމުން ގެންދާ ޚަބަރުގައި ވަރުގަދަ ތަފާލެއް ޖަހާފައެވެ. އަލް މިންހާދުގެ ނަން ހިންދޫސިޓީއަށް ބަދަލުކުރެއްވި ވާހަކަ ގެނެސްދިން ބައިނަލް އަގްވާމީ އަދި އެމިރޭޓްސް ނިއުސް އޭޖެންސީއާއި ގަލްފް ނިއުސް އަދި އިންޑިއާގެ އޭ އެން އައި ފަދަ ލޯކަލް ނިއުސް އައުޓްލެޓް ތަކުގައިވެސް އެ ނަން ބަދަލުކުރުމުގައި އިންޑިއާ ނުވަތަ ހިންދޫންގެ ދީން ޝަރަފްވެރިކުރުމުގެ އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނެތެވެ. 

އަދި މިހާރު ސޯޝަލް މީޑިއާގައި މަގްސަދު އޮޅުވާލާފައި އޮތުމުގެ ސަބަބުން ދުބާއި ސަރުކާރުން އެކަންތައް މިއޮތީ ސާފުކޮށްދީފައެވެ. އަލްމިންހާދުގެ ނަން ހިންދޫސިޓީއަށް ބަދަލު ކުރައްވާފައިވަނީ ޝޭޚް މަކްތޫމުގެ އަނބިކަނބަލުން ޝޭޚާ ހިންދު ބިންތި އަލް މަކްތޫމުގެ ނަންފުޅަށް ނިސްބަތް ކޮށްފައިކަމުގައި ޝޭޚް މަކްތޫމުގެ އޮފީހުން ހާމަކޮށްފިއެވެ. 

ހިންދު މިނަމަކީ އަރަބިކަރައިގެ އިސްވެދިޔަ ސިވިލައިޒާޝަން ތަކުންސުރެން އެމީހުން އަންހެން ދަރިންނަށް ދެމުން އަންނަ ވަރަށް މަޝްހޫރު ނަމެއް ކަމުގައި ނިއު ދިއްލީގެ ޖަވާހިރުލާލް ނެހްރޫ ޔުނިވަރސިޓީގެ ސެންޓަރ ފޯރ އެރެބިކް އެންޑް އެފްރިކަން ސްޓަޑީޒްގެ ޕްރޮފެސަރ މުޖީބުއްރަޙްމާނު ވެސް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އަލްހިންދުގެ މާނައަކީ އަރަބި ބަހުން އިންޑިއާއެވެ. އެހެންނަމަވެސް އަލް އުނިކޮށްފައި ހަމައެކަނި ހިންދު އެއީ އަރަބިންގެ އަންކުދިންނަށް ކިޔާ ނަމެކެވެ. އޭރުން އިންޑިއާއަކާއި އެއްވެސް ގުޅުމެއް ނޯންނާނެއެވެ.

އިމެރެޓްސްގައި މިހާރު ވަނީ ފައްޅިއެޅުން ހުއްދަކޮށް އަދި ބޮޑެތި ފައްޅިތައް އަޅަންފަށައިފައެވެ.                                                          

Loading

2 Responses

  1. ރާއްޖޭގައިވެސް އަޅާނެއެވެ. ހަމައެކަނި ފައްޅި ނޭޅޭނީ ދީނަށް ލޯބިކުރާ މީހުންގިނަވެ ދީންނަށްޓަކާ ﷲ އަށް ބިރުވެތިވާފަދަ ކެރޭ ވެރިޔަކަށް ރައްޔަރުން ސަޕޯޓްދީގެނެވެ. އެހެނަސް އެފަދަ ވެރިޔަކު ކޮބައިހެއްޔެވެ. އަދާލަތުވެސް ދީނޭ ގައުމޭ ރައްޔަތުންނޭކިޔާފަ ރޮއިފާ އެމްޑީޕީ ލާދީނޭ ގޮވަގޮވައިފަ މައުމޫނު ކާފަރެއްކަމަށް ފަތުވެ ނެރެފާ ބޮޑެތި މަގާމުތަކެއް ލިބިދީ އަދި ދައުލތުގެ ޚަޒަނާ ލޫޓްވާ ބަޔަކު ލޫޓުވައި އޭގެންވެސް ބައި އެޅޭތީ އިންޑިޔާގެ ބޮޑު ދޮލަގުން ކައިގެން ޢިލްމެވެރީންގެ ނަން ޚަރާބުކޮށް ނިމްމީއެވެ. ދެން މިހާރު ދީނޭ ދީނޭ ގޮވިޔަސް ރެއްސްޕެކްޓް ކުރާ މީހުންވެސް މަދުވެ ދީނީ ޢިލްމުވެރިންނަށްވެސް ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ. ވީމާ ދުބާއިގާ ތި އަޅާ ފައްޅިއާއި ޗާރޗް ތައް ރާއްޖޭގައިވެސް އަޅާނެއެވެ. ބިންގާވެސް އަޅައިދެނީ އަދާލަތުގެ އިމްރާނު ނޫންކަމެއްވެސް ނޭންގެއެވެ. ދުބައިގާވެސް އެންމެ ބޮޑު ފައްޅީގެ ބިންގާ އެޅުމުގެ ރަސްމިއްޔާގުވެސް އެ އިފްތިތާހްކުރެއްވީ އެކިޔާ ރޯޔަލް ފެމިލީގެ ވެރީންގެ ބޮޑުންނެވެ.
    އެފަދަ ނަޖިސް ބިމަކަސް ދިވެހި ފަސްގަނދު ނުވުންއެދި ދުޢާކުރައްވާށެވެ. އާމީން!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް