އެމެރިކާއިން ޔޫރަޕް ދިފާއުކޮށެއް ނުދެވޭނެ،  އިނގިރޭސި ވިލާތުންް ޖެހޭނީ އިސްނަގަން

Loading

Facebook
Twitter
WhatsApp

2017 އިން 2018 އަށް އެމެރިކާގެ އެސިސްޓެންޓް  ސެކްރެޓަރީ ފޯރ ޑިފެންސްގެ މަގާމުގައި ހުންނެވި އެލްބްރިޖް ކޮލްބީ ދެކިވަޑައިގަންނަވާ ގޮތުގައި ދުނިޔޭގެ މަސްރަހަށް އަންނަމުން މިދާ ކޯޅުން ތަކާއި މިލިޓްރީ ބަދަލު ތަކުގައި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސިޔާސީ ބޭފުޅުން ވަރަށް ހަރުދަނާ ނިންމުން  ތަކެއް ނިންމަންވީ ވަގުތު ކުޑަތަން ވެއްޖެއެވެ.

އެމެރިކާގެ ވަރަށް އިސް މިލިޓްރީ ބޭފުޅަކު ވަނަވަރު ސިއްރުކުރުން ޝަރުތުކޮށް މައުލޫމާތު ދެއްވާގޮތުގައި އިގިރޭސި ވިލާތުގެ ހަތިޔާރު ގުދަންތައް މިހާރު އޮތީ ހުދުފޮތި ލައިގެން ދޮންނަން ވެއްޖެ ހިސާބުގައެވެ.

މިކަން ރަނގަޅުކުރަން އެއްވެސް މަސައްކަތެއް ކުރާތަނެއްވެސް ނުފެނެއެވެ. މި މެސެޖަކީ މިހާރު އެމެރިކާއިންވެސް އެންމެ ގިނައިން އިވޭ އަޑު ކަމުގައި ވެއްޖެއެވެ. ޗައިނާއާއި ތައިވާނުގެ ކުރިމަތިލުމެއްގައި އެމެރިކާއިން ކުރެވިދާނެ މާބޮޑުކަމެއް ނޯންނާނެ ކަމުގެ ބިރު މިލިޓްރީ އިންޑަސްޓްރީ ތަކުންވެސް އެގެންދަނީ ތަކުރާރު ކުރަމުންނެވެ. މިޙާލަތުގައި ސަރުކާރުގެ ސިޔާސަތު އޮތްގޮތް ރައްޔިތުން ނަށް ސާފުކޮށްދޭން ޖެހެއެވެ. ޗާރޗިލް ވިދާޅުވެފައިވާ ފަދައިން މިފަދަ ޙާލަތުތަކުގައި އެއްވެސް ޝުމާރެއްނެތި ފައިސާ ޚަރަދުކުރެވޭކަށް ނޯންނާނެއެވެ. އަޅަން ގަސްދުކުރާ ކޮންމެ ފިޔަވަޅަކާއި ދޭތެރޭ އެތައް ފަހަރަކު ވިސްނަން ޖެހޭނެއެވެ. އަދި އެވިސްނުން އަންނަންޖެހޭނީ އަހަރެމެންގެ ބައިވެރިންނާއިވެސް އެކުގައެވެ.                           

އެމެރިކާއިން މިހާރު އެންމެ ބޮޑަށް ވިސްނަންޖެހޭނީ އޭޝިޔާއާއި ދޭތެރޭގައެވެ. ޗައިނާއިން މާގިނަ ވާހަކަތަކެއް ނުދެއްކިޔަސް އެމީހުންގެ ބިޔަ މިލިޓްރީއާއި އެމީހުންގެ ޖާސޫސްކުރުން މުޅި ދުނިޔޭގެ ކަންކޮޅުތަކަށް ފުޅާވެގެން އެދަނީ އަތްއުރާލައިގެން ތިބެވިދާނެ ދުވަސްތަކަކަށް ނޫނެވެ. 

އެމެރިކާގައި ފަހުން ކުރެވުނު މިލިޓްރީ ދެ ދިރާސާއަކަށް ބަލާއިރު އެންމެފުރަތަމަ އެމެރިކާއިން ޔަގީން ކަށަވަރު ކުރަންޖެހޭނީ ޗައިނާއެކު ކުރިމަތިލާންޖެހޭ ކުރިމަތި ލުމެއްގައި ޗައިނާ ބަލިކުރުމަށެވެ. އެކަމަކު މިހާރުގެ ޙަގީގަތަކީ އެމެރިކާއަށް ދެ ހަނގުރާމައެއް އެކުއެކުގައި ކުރުމުގެ ގާބިލުކަން ލިބިފައި އެބަ އޮތް ބާވައެވެ؟ ތެދު ތެދަށް ބުނާނަމަ މިހާރު މިއޮތް ފެންވަރުގައި ޔޫރަޕް ދިފާއުކުރަމުން އޭޝިޔާގައި އެކަށީގެންވާ ރަނގަޅު ދިފާއެއް ގާއިމުކުރުމުގެ ހަކަތައެއް އެމެރިކާގައި ނެތެވެ.

އެމެރިކާގެ ސިޔާސީ ބޭފުޅުން ކިތަންމެ ބޮޑު ޔަގީން ކަމެއްދިނަސް މިއަދު ނޫނީ މާދަމާ އޭޝިޔާގައި އެމެރިކާއަށް ކުރިމަތިލުން ތަކެއް މެދުވެރިވާނެއެވެ. ހަމަ މި ދަނޑިވަޅުގައި ޔޫރަޕަށްވެސް ބޮޑު ހަނގުރާމައެއް މިއޮތީ ކުރިމަތި ވެފައެވެ. ކުރިޔަށް އޮތް މުސްތަގްބަލްގައި ރަޝިޔާއަކީ ޔޫރަޕްގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއްކަން ގަބޫލުކުރަން ޖެހޭނެއެވެ. ރަޝިޔާގެ ބާރުގަދަ ޙަމަލާތައް ޔޫރަޕްގެ ގައުމުތައް ގުޅިގެން ނޫނީ ދިފާއުކުރެވޭނެ ގޮތެއް ނޯންނާނެއެވެ.                                                             

މި ވިސްނުމުގައި ކުރިއަށް ދާއިރު ފިނި ހަނގުރާމައަށްފަހު ފިނިވެފާއޮތް އިނގިރޭސި ވިލާތުގެ މިލިޓްރީއަކީ ޔޫރަޕްގެ ޒިންމާތައް ކޮނޑުގައި އަޅައިގެން ހިންދެމިލެވޭފަދަ ބަޔަކަށް ވާން ޖެހޭނެއެވެ. ޔޫރަޕްގެ ގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަން އެމެރިކާގެ އަތްމައްޗަށް ދޫކޮށްލައިގެން ތިބެވޭކަށް ނޯންނާނެއެވެ. ޕެސިފިކް ކަނޑުގައި އެމެރިކާގެ ޒިންމާއޮތް މިންވަރަށް ބަލާއިރު އެހެންބަޔަކާދޭތެރޭ ވިސްނުމަށް ފުރުސަތެއް ނުދެވެއެވެ.

އެހެންވީމާ ޔޫރަޕްގެ ހިމާޔަތުގައި ލީޑަރޝިޕް ނަގަން ޖެހޭނީ އިނގިރޭސި ވިލާތުންނެވެ. އިނގިރޭސި މިލިޓްރީން ކަނޑުމަގުން އުތުރު އެޓްލާންޓިކް ދިފާއުކުރަމުން ގެންދާއިރު ނޭޓޯގެ ޔޫރަޕްގެ ބައިވެރިން އެއްގަމު މަގުން އިރުމަތީ ޔޫރަޕް ދިފާއުކުރަން ޖެހޭނެއެވެ. މިލިޓްރީ ގޮތުން މިހާރު ޖަރުމަނުގެ ބަލިކަށިކަމާއިހުރެ ޖަރުމަނުން ލީޑަރޝިޕް ނެގިދާނެކަމަށް ބަލައިގެން ނުވާނެއެވެ.                                                               

މިކަންތައް ޙަގީގަތަކަށް ހެދޭނީ ރަނގަޅު ރޭވުންތެރި ކަމެއްގެ ތެރޭންނެވެ. މިހާރު ފެންނަ މަންޒަރުތަކުން އިނގިރޭސި މިލިޓްރީ ޕެސިފިކް ކަނޑަށް ލެނބިފައި އޮތްއޮތުމުގައި އެގައުމުގެ މަގްސަދެއް އޮވެދާނެއެވެ. 

އެކަމަކު ދެނެގަންނަން ޖެހޭ ޙަގީގަތަކީ އޭޝިޔާގެ މިލިޓްރީ ގާބިލުކަމާއި އަޅާ ކިޔާއިރު އިނގިރޭސިވިލާތުން އެކަނި ނިކުމެ ރަނގަޅު ނަތީޖާއެއް ލިބުމަކީ ނާދިރު ކަމެކެވެ. އަދި އެއީ އެހާމެ ނުރައްކާތެރި ކަމެކެވެ.               

ލަންޑަނާއި ވޯޝިންގްޓަން އަދި ނޭޓޯގެ ބައިވެރިން ކުރިމަތިލާން ޖެހޭނީ ވަރަށް ނުރައްކާތެރި ދުޝްމަނުން ތަކަކާއިއެވެ. 

އެޙާލަތުގައި އެމެރިކާއަށްވެސް އެކަނި ކުރެވިދާ މާބޮޑު ކަމެއް ނޯންނާނެއެވެ. ނޭޓޯގެ މުޅި ފައުޖު ތަކަކީ އެކުގައި ޙަރަކާތްތެރިވާ ބަޔަކަށް ވެގެން ނޫނީ އުދަރެސް ފެންނަނީ ވަރަށް ބަނަކޮށެވެ.          

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް