ދެކުނު ޗައިނާކަނޑުގެ މައްސަލާގައި ޗައިނާއާއެކު ވާހަކަދައްކަން ތައްޔާރު – މެލޭޝިޔާ

މެލޭޝިޔާއިން ހިންގަމުންގެންދާ ހަކަތަ ހޯދުމުގެ މަސައްކަތަށް މަގުފަހިކުރުމުގެ ގޮތުން ދެކުނު ޗައިނާކަނޑު މިލްކުވެރި ކަމާއިމެދު އުފެދިފައިވާ މައްސަލަތަކުގައި ޗައިނާއާއި އެކު މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމުގައި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.                            ޗައިނާއިން ބުނަމުން ގެންދަނީ މުޅި ދެކުނު ޗައިނާ ކަނޑަކީ އެގައުމުގެ މިލްކެއް ކަމަށެވެ.އެ ކަނޑާ ބެހޭގޮތުން މިހާތަނަށް ދުނިޔޭގެ ކޯޓުން ނިންމާފައިވާ ނިންމުންތައް ޗައިނާއިން ގަބޫލެއއ ނުކުރެއެވެ. ކޮންމެ އަހަރަކު އެތައް ޓްރިލިއަން ޑޮލަރުގެ […]

ޔޫކްރެއިން ހަނގުރާމަ އިތުރަށް ފުޅާވެގެން ދިއުމުގެ ބިރުބޮޑު

ދުނިޔޭގެ މަސްރަހަށް މިއަންނަ ބަދަލުތަކާމެދު ނުވިސްނާ ތިބެން ހެޔޮނުވާނެއެވެ. ދެކެވެމުންދާ ވާހަކަތަކާއި ދެމުންދާ އިންޒާރުތަކަކީ މީގެކުރިން ދުނިޔެ އަޑުއަހަމުން ދިޔަ ވާހަކަތަކެއް ނުވަތަ އިންޒާރުތަކެއް ނޫނެވެ. ދެވަނަ ބޮޑު ހަނގުރާމައިގާ ޖަޕާނުގެ ހީރޯޝިމާއަށާއި ނާގަސާކީއަށް އެމެރިކާއިން ނިއުކްލިއަރ އެންމެ ބޮމެއް ވައްޓާލުމުން ވީރާނާވެގެން ދިޔަ މިންވަރު މިހާރުވެސް އެއޮތީ ތާރީޚަށްޓަކައި ރައްކާތެރި ކޮށްފައެވެ.  މިއަދު ނިއުކްލިއަރ ބާރު ލިބިފައިވާ ގައުމުތަކުން އެންމެ ފުރަތަމަ އިންޒާރު ދެމުން އެގެންދަނީ ނިއުކްލިއަރު ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެ ކަމަށެވެ.                 […]

އީރާނުގެ ފައިސާއާއި މިލްކިއްޔާތު ހިފާއްޓާފައިވަނީ ގާނޫނާ ޚިލާފަށް

1979 ގައި އީރާނުގައި މިހާރުގެ އިންގިލާބީ ސަރުކާރު އުފެދުމުގެ މާކުރިން 1950 ގައި އޭރުގެ އީރާނުގެ ޝަހެންޝާހު މުޙައްމަދު ރިޒާ ޕަހެލަވީގެ ޒަމާނުގައި އެމެރިކާއާއި އެކު ރަޙްމަތްތެރިކަމުގެ މުޢާހަދާއެއްގައި އީރާނާއި އެމެރިކާއިން ސޮއިކުރިއެވެ.ނަމަވެސް އިސްލާމިކް އިންގިލާބީ ސަރުކާރު އައުމާއިއެކު އެމެރިކާއާއި އީރާނުގެ ރަޙުމަތްތެރިކަމުގެ ގުޅުންތައް ވީދެން ފަށީއެއެވެ.  އެންމެ ފަހުން 2018 ވަނައަހަރު އެމެރިކާއިން އެ މުޢާހަދާއިން އެކަހެރިވިކަން ޢިއުލާންކުރިއެވެ.                                 […]

ސަޢޫދީއާއި އީރާނުގެ ވާހަކަތަކަށް ޗައިނާ މަރުޙަބާ

ބެއިޖިންގުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ޗައިނާގެ ރައީސް އާއި ސަޢޫދީ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނު ފޯނުން ދެއްކެވި ވާހަކަފުޅުގައި ސަޢޫދީ އާއި އީރާނުން ދެގައުމުގެކުރިމަގާ ދޭތެރޭ ވާހަކަދައްކަން ބޭނުންވާކަން ހާމަކުރުމުން މަރުޙަބާ ވިދާޅުވެއްޖެއެވެ. މިމަހުގެ ކުރީކޮޅު ޗައިނާގެ އިސްނެގުމާއިއެކު ކާމިޔާބު ކުރެވުނު ސަޢޫދީ އީރާނުގެ ސުލްޙައިގެ ވާހަކަތަކަށްފަހު ގަލްފު ސަރަހައްދުގައި ޗައިނާގެ ނުފޫޒު ފެތުރެމުންދާ މިންވަރު އެމެރިކާއިން ގެންދަނީ ފާރަލަމުންނެވެ. މުޙައްމަދުގެ ވާހަކަފުޅުގައި އަވަށްޓެރިނާއިއެކު ސުލްޙަވެރި ގުޅުމެއް ގާއިމްކުރަން ޗައިނާއިން ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވައި ތައުރީފް […]

ބްރެޒިލް އާއި ޗައިނާގެ ވިޔަފާރީގައި އެމެރިކާ ޑޮލަރު ކަފުންކޮށް

ބައިނަލް އަގްވާމީ މީޑިއާއިން ޚަބަރުލިބޭގޮތުގައި ބްރެޒިލް އާއި ޗައިނާއިން ކުރާ ވިޔަފާރީގައި އެމެރިކާޑޮލަރު އެއްފަރާތްކޮށް އެދެ ގައުމުގެ ފައިސާއިން މުޢާމަލާތުކުރުމަށް މާރޗް 29 ވަނަދުވަހު ދެގައުމުން އެއްބަސް  ވެއްޖެއެވެ. ބްރެޒިލްގެ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ޕްރޮމޯޝަން އޭޖެންސީ ( އެޕެކްސް ބްރެޒިލް ) އިން ބުނެފައިވަނީ މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ވިޔަފާރި އިތުރަށް ފުޅާވެގެން ދާނެކަމަށާއި މުދަލުގެ އަގުވެސް ދަށަށް ދާނެކަމަށެވެ.ޗައިނާއަކީ ބްރެޒިލްގެ ވިޔަފާރީގެ އެންމެބޮޑު ބައިވެރިޔާއެވެ.  ބްރެޒިލްއަށް އެތެރެކުރެވޭ މުދަލުގެ ވިހި އިން ސައްތަ އެތެރެކުރެވެނީ ޗައިނާއިންނެވެ. އަދި ބްރެޒިލްގެ އެކްސްޕޯރޓް މާކެޓްގައިވެސް އެއްވަނައިގާ އުޅެނީ ޗައިނާއެވެ. ހަމައެއާއެކު […]

ސުލްޙައިގެ ވާހަކަތަކަށް ޖާގައެއްނެތް – ޔޫކްރެއިން

ރަޝިޔާގެ ސިފައިންނަށް ޔޫކްރެއިން ހަނގުރާމަ ކާމިޔާބު ކުރެވުމުގެ ފުރުސަތު ނެތް ކަމުގައިވިޔަސް ރައީސް ޕޫޓިން އެކަން ގަބޫލެއް ނުކުރައްވައެވެ. ހަމައެމޭރުމުން ޔޫކްރެއިނަށް ތިން ފުރުސަތެއް ހުޅުވިފާ އޮތްކަމަށް ތަޖްރިބާ ކާރުން ދެކިވަޑައިގަތަސް އޭގެތެރޭގައި ސުލްޙައިގެ ވާހަކަތަކަށް މޭޒެއް ބަހައްޓާނެ ޖާގަނެތްކަމަށް ޔޫކްރެއިނުން ބުނެއެވެ. އެހެންވީމާ ހަނގުރާމަ ކޮށްގެން ރަޝިޔާ ބަލިކުރުން އެއީ ޔޫކްރެއިންގެ މަގްސަދެވެ. ބުނެލަން ފަސޭހަ މޮޅު ބަސްކޮޅެއްކެވެ.                ހަނގުރާމަ ދިރާސާކުރާ ފަރާތްތަކުން ހާމަކުރަމުން ގެންދާ ގޮތުގައި އަހަރު ދުވަހަށްވުރެން ދިގުލައިގެންދާ މި ހަނގުރާމާގައި ދެފަރާތަށްވެސް ބޮޑެތި […]

ދަރަނިވެރިވެފައިވާ ގައުމުތަކަށް ޗައިނާގެ އެހީ

ރޮއިޓަސް މަޢުލޫމާތު ދޭގޮތުގައި 2008 ން 2021 ށް ތަރައްގީ ވަމުންއަންނަ 22 ގައުމަކުން މަގުހެދުންފަދަ ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާއިން ދަރަންޏަށް ނަގާފައިވާ ފައިސާގެ ތެރެއިން 240 ބިލިއަން އެމެރިކާ ޑޮލަރު ނުދެއްކިއޮތުމުން އެ ދަރަނި އަދާކުރެވޭނެ ލުއިގޮތަތަކެއް ހޯދާދިނުމަށް ޗައިނާއިން މަސައްކަތްފަށައިފިއެވެ.  މިފަދަ ދަރަނީގެ ތެރެއިން %80 އިން ސައްތަ ނަގާފައިވަނީ 2016 ން 2021  ގެ ތެރޭގައެވެ. ވޯލްޑް ބާންކުގެ ރިޕޯރޓުގައި ބުނެފައިވަނީ އާންމުގޮތެއްގައި ދަރަނި ނަގާފައިވަނީ މެދުމިނުގެ އާމްދަނީ ލިބޭ ގައުމުތަކުންނެވެ. އޭގެތެރޭގައި މޮންގޯލިއާ އާއި އާރޖެންޓީނާއާއި ޕާކިސްތާނުވެސް ހިމެނެއެވެ.       […]

ސީރިޔާއާއި ސަޢޫދީ އެރޭބިޔާ އަލުން ގުޅުން ގާއިމް ކުރަނީ

ރިޔާޒާއި ބެއިރޫތުން ރޮއިޓާސް ޚަބަރު ދޭގޮތުގައި ސަޢޫދީ އެރޭބިޔާއާއި ސީރިޔާއިން ދެ ގައުމުގެ އެމްބަސީ އަލުން ހުޅުވަން އެއްބަސްވެއްޖެއެވެ. އަދި މަޢުލޫމާތު އެނގޭ ގަލްފުގެ ރަސްމީ އިދާރާއަކުން މައުލޫމާތު ދީފައިވާ ގޮތުގައި ދެގައުމުގެ ވަރަށް އިސް ބޭފުޅުންގެ މަޝްވަރާ ތަކަކަށްފަހު ދެގައުމުންވެސް މިހާރު ގަސްދުކޮށްފައިވަނީ އަންނަ ފިތުރު އީދު ދުވަހު އެމްބަސީ ރަސްމީގޮތުން ހުޅުވުމަށެވެ.  އެހެންނަމަވެސް ސަޢޫދީ އަދި ސީރިޔާގެ ރަސްމީ ދާއިރާއަކުން މިކަމާއި ގުޅޭގޮތުން މިހާތަނަށް ވާހަކައެއް ނުދައްކައެވެ. މަޢުލޫމާތު އެނގޭ މުޢުތަބަރު ތިން ދާއިރާއަކާއިޙަވާލާދީ ރޮއިޓާސް އިންބުނަނީ މިއީ އަރަބިންގެ ސަފަށް ދިމިޝްގު […]

ލަންޑަންގައި ހިނގާދިޔަ މުޒާހަރާއަށްފަހު އިނގިރޭސި ޑިޕްލޯމެޓަށް ސުވާލު

ލަންޑަންގައި ހުންނަ އިންޑިއަން ހައިކޮމިޝަން ކައިރީގައި ބަޔަކު ހަމަނުޖެހުން ހިންގުމާއި ގުޅިގެން ނިއުދިއްލީގައި ހުންނަ އިނގިރޭސި ވިލާތުގެ ސިޔާސީ އިސްބޭފުޅަކު އިންޑިއާގެ ޚާރިޖިއްޔާއަށް ގެނުވައިފިއެވެ. އެ މުއައްސަސާއިން ހާމަކުރިގޮތުގައި އިނގިރޭސި ޑިޕްލޯމެޓް ހާޒިރުކުރެވުނީ އިންޑިއާގެ ހައިކޮމިޝަންގައި ސެކިއުރިޓީ ނެތި ދިޔައީ ކީއްވެގެންތޯ އޮޅުންފިލިވުމަށްޓަކައެވެ.  ލަންޑަންގެ ވެސްޓްމިންސްޓަރުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންކައިރިއަށް އާދީއްތަ ދުވަހު އެއްވިމީހުންތައް އެ އިމާރާތުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައްވެސް ތަޅާލިއެވެ. އަދި މިހާދިސާގައި ސެކިއުރިޓީ ގާރޑުންގެ ދެމީހަކު ޒަޚަމްވިއެވެ. އެއްވިމީހުންތަކުގެ ތެރެއިން ފުލުހުންނަށް ކިޔަމަންނުވި މީހަކު ވަނީ ތަހުގީގަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. ފަހުން އެމީހާވަނީ […]

އިސްރާއީލުގެ ރައްޔިތުން ގަބޫލުކުރާގޮތުގައި ގައުމު މިދަނީ ހަލާކުގެ މަގުން

https://sandhaanu.today/27989/  އާއި ގުޅޭ ނަތަންޔާހޫގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމާދެކޮޅަށް ކުރަމުންގެންދާ މުޒާހަރާއަށް 11 ހަފްތާ ފުރުނީއެވެ. މުޒާހަރާގެ ބައިވެރިންގެ ބިރަކީ މިހާރު ޕާލަމެންޓުގައި ބަހުސް ކުރެވެމުންދާ ބިލްތައް އެމީހުންގެ އަޣްލަބިއްޔަތާއި އެކު ފާސްވުމެވެ.  އެހެންވެއްޖެނަމަ ޝަރުއީ މަރުޙަލާ ތަކުގައި ސިޔާސީ ވެރިންގެ އަތް ގަދަވެގެން ދާނެއެވެ. އޭރުން އިސްރާއީލުގައި ޑިމޮރެސީ ނިތި ދިޔައީކަމަށް މުޒާހަރާގެ ބައިވެރީން ބުނެއެވެ. އުފެދިގެންއުޅޭ މައްސަލަތަކަށް ރަނގަޅު ޙައްލެއް ގެނައުމުގެ ބޭނުމުގައި އިސްރާއީލުގެ ރައީސް އައިޒާކް ހަރޒޯގް ސަރުކާރަށް ތަޖްވީޒެއް ހުށައެޅުއްވިއެވެ. އެހެންނަމަވެސް އެ ހުށައެޅުން ސަރުކާރަށް […]