ނޭޓޯގެ މެމްބަރޝިޕް ގެ އަގަކަށް ބެލްގޮރޯޑް ރަޝިޔާއަށް ދީފާނަން – ޒެލެންސްކީ

ނޭޓޯގެ މެމްބަރުކަން ލިބިދިނުމަށްޓާކައި ޔޫކްރެއިނުގެ ބައެއް ސަޙަރައްދުތައް ރަޝިޔާއަށް ދޭންޖެހޭނެކަމަށް ނޭޓޯގެ ބާރުގަދަ މެމްބަރަކު ހާމަކުރެއްވުމާއި ގުޅިގެން އުފެދިފައިވާ ސުވާލަށް ޖަވާބު ދިނުމުގެގޮތުން ރަޝިޔާއާއި ޔޫކްރެއިނާ އިންވެގެން އޮންނަ ބެލްގޮރޯޑް ސަރަޙައްދު ދީފާނެކަމަށް ރައީސް ޒެލެންސްކީ މާބޮޑު ޖެހިލުމެއްނެތި ވިދާޅުވެއްޖެއެވެ. ޔޫކުރެއިންގެ ރައީސް ޒެލެންސްކީ މިހެން ވިދާޅުވެފައިވަނީ ޑެންމާރކުގެ ބޮޑުވަޒީރާއެކު ބޭއްވުނު ގުުޅިފައިވާ ނިއުސް ކޮންފަރެންސެއް ގައެވެ.         ޑެންމާރކުގެ ބޮޑުވަޒީރު ވިދާޅުވީ ސުލްޙައިގެ ވާހަކަ ދެއްކުމާއި ނުދެއްކުމަކީ ޔޫކްރެއިންގެ އިޚްތިޔާރެއް ކަމަށެވެ. ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ޔޫކްރެއިންގެ ސިފައިން އަތުގައި ބޭނުންކުރާނެ ރަނގަޅު […]

އީރާނުގެ އެންމެއިސް ޑިޕްލޯމެޓް ސަޢޫދީ އެރޭބިޔާގެ ވަލީއަޙްދާއި ބައްދަލު ކުރައްވައިފި

ސަޢޫދީއެރޭބިޔާގެ ޚާރިޖީވަޒީރުގެ ދައުވަތަކަށް އެއްދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ބުރާސްފަތިދުވަހު ރިޔާޒަށް ވަޑައިގެން އުޅުއްވާ އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން ޢަބްދުއްލާ އަން ގެ ދަތުރުފުޅުގެ މުއްދަތު އިތުރު ކުރައްވައި ޖިއްދާގައި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނާއި ބައްދަލު ކުރައްވައިފިއެވެ. ދެބޭފުޅުންގެ ބައްދަލު ކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ދިރާސާ ކުރައްވައި ކުރިއަށް އޮތްތަނުކައި ދެގައުމަށް ފައިދާކުރަނިވި ގޮތުގައި ކުރެވިދާނެ ކަންތައްތަކާއި އޭގެ އިތުރުން ސަރަޙައްދީ އަދި ބައިނަލް އަގްވާމީ މައްސަލަތަކުގައި މަޝްވަރާކުރެއްވިކަމަށް ސަޢޫދީ އެރޭބިޔާގެ ޚާރިޖިއްޔާއާއި ޙަވާލާދީ އެކްސް ( ކުރީގެ ޓްވިޓަރ ) އިން ހާމަކޮށްފައިވެއެވެ. […]

މަންމައެއްގެ އިންޒާރު

ރަމަޟާން މަހުގައި އަހަރެންގެ އާއިލާއަށް ދިމާވި ކަމެއްގެ ވާހަކަ އެހެން މީހުންނަށް އިންޒާރެއްގެ ގޮތުގައި ހިއްސާކޮށްލަން ބޭނުމެވެ. އަހަރެމެން ދިރިއުޅުނީ ނެދަރލެންޑްސްގައެވެ. އެއީ އާންމުގޮތެއްގައިވެސް ފިރިހެނުން ދެކެ ފިރިހެނުން ލޯބިވުމާއި، އަންހެނުންދެކެ އަންހެނުން ލޯބިވުމަކީ އެންމެ ރަނގަޅުކަމެއްގެ ގޮތުގައި ސްކޫލްތަކުގައިވެސް ކުޑަކުދިންނަށް ދަސްކޮށްދޭ ތަނެކެވެ. އަދި މިހާރު މިކަންކަން ގަދަވެ، އެލްޖީބީޓީކިއު ދިދައެއް ނުފެންނަ ސަރަހައްދެއް މަދުވާނެއެވެ. އަހަރެމެން ދިރިއުޅެމުން އައީ ކުޑަ އަވަށެއްގައެވެ. އަދި ކުދިން ސްކޫލަށް ވެއްދުމަށްފަހުވެސް، ނެދަރލެންޑްސްއަކީ މުސްލިމުން ގަބޫލުކުރާ ގަބޫލުކުރުންތަކަށް ރިއާޔަތްކުރާ […]

ރަޝިޔާއިން ޔޫކްރެއިނަށް އެންމެފަހުންދިން ޙަމަލާތައް ވަރަށް ގެއްލުންބޮޑު-ޔޫ.އެން

ދާދިފަހުން ރަޝިޔާއިން ޔޫކްރެއިންގެ އޮޑެއްސާގެ ބަނދަރަށް ދިން ޙަމަލާތަކަކީ ދޭން ހެޔޮނުވާވަރުގެ ގެއްލުންބޮޑު ޙަމަލާތަކެއް ކަމުގައި ޔޫ. އެން.ގެ ވަރަށް އިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ. ޔޫ. އެން. ގެ ސެކިއުރިޓީ ކައުންސިލްގައި ޔޫކްރެއިންގެ ހަނގުރާމައާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޚާލިދު ޚިޔާރީ ވިދާޅުވީ އެމިންވަރަށް ދެވޭ ފަނާކުރަނިވި ޙަމަލާތައް ވަގުތުން ހުއްޓާލުމަށާއި އެހެންނޫނީ މި ހަނގުރާމައަކީ އަލުން އިއާދަނުކުރެވޭ މިންވަރަށް ގެއްލުންބޮޑު ހަނގުރާމަ އަކަށް ބަދަލުވެގެން ހިނގައިދާނެ ބިރުބޮޑު ވެއްޖެކަމަށެވެ. ޔޫކްރެއިންގެ ގޮވާން އެކްސްޕޯރޓް ކުރުމުގެ ވަސީލަތް ތަކަށާއި އާންމު ރައްޔިތުންނަށްވެސް ބޮޑެތި ގެއްލުންތަކެއް […]

މަޙްމޫދު އައްބާސް އާއި އިސްމާޢީލް ހަނިއްޔާއާއެކު އުރުދުޣާން

ތުރުކީގެ ރައީސް އުރުދުޣާންގެ ރަސްމީ އޮފީހުގައި ފަލަސްތީނުގެ ބޮޑުވަޒީރު މަޙުމޫދު އައްބާސްއާއި ފަލަސްތީނުގެ އިސްލާމީ ޖަމާއަތުގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ އާއި ދެބޭފުޅުންނާއި އެކުއެކީގައި ބައްދަލު ކުރައްވައިފިއެވެ.  އައްބާސް ތުރުކީ އަށް ކުރެއްވި ދަތުރުފުޅުގައި މީގެކުރިންވެސް ވަނީ ރައީސް އުރުދުޣާން އާއި ބައްދަލު ކުރައްވައި ފަލަސްތީނުގައި ސުލްޙަ ގާއިމްކުރުމާއި ބެހޭ މަޝްވަރާތައް ކުރައްވާފައެވެ.                މަޙްމޫދު އައްބާސްއާއި އިސްމާޢީލް ހަނިއްޔާއާއި ދެބޭފުޅުންނަކީވެސް ފަލަސްތީނުގެ ދެ ބަތޮލުންނެވެ. އަދި ސިޔާސީ ދެ ތަރިންނެވެ. އެހެންނަމަވެސް އިސްރާޢީލުގެ މައްސަލާގައި […]

ބޮޑުވަޒީރު މަގާމުން ދުރުވެ ދަރިފުޅަށް ޙަވާލުކުރުން – ކެމްބޯޑިއާ

ކެމްބޯޑިއާގެ ވެރިރަށް ޕެނޮމްޕެން އިން އޭ.އެފް.ޕީ. ޚަބަރު ދީފައިވާ ގޮތުގައި ސާޅީސް އަހަރުވަންދެން ވެރިކަން ކުރުމަށްފަހު މިއަންނަ އޯގަސްމަހުގެ 22 ވަނަ ދުވަހުގެ ހަވީރު ވެރިކަމުން ދުރުވެ ދޮށީ ފިރިހެން ދަރިފުޅު 45 އަހަރުފުޅުގެ ހަތަރު ތަރީގެ ޖެނެރަލް ހުން މަނެޓް އަށް ވެރިކަން ޙަވާލު ކުރައްވާނެ ކަމަށް ކެމްބޯޑިޔާގެ ބޮޑުވަޒީރު ހުން ސެން ވިދާޅުވެއްޖެއެވެ.  ކުރީގެ ހުމޭރްރޫޝް ގެ ހަނގުރާމައިގެ ލަޝްކަރުގައި ކޮމާންޑަރަކަށް ހުރި ހުން ސެން ވިދާޅުވީ ވެރިކަން ހިންގާ ޕީޕަލްސް ޕާރޓީން އިންތިޚާބަށް ކުރިމަތިލި އޭނާގެ ފިރިހެންދަރިފުޅަށް އިންތިޚާބުގައި ވޯޓުދިން މީހުންގެ %82 ވޯޓު ލިބިފައިވުމާއެކު […]

ޔޫކްރެއިންގެ ކައެންޓަރ-އޮފެންސިވްތަކަށް މިވަނީ ކީތް!

ކޮންމެ ދެކޮޅުވެރިކަމަކާއި ހަނގުރާމައަކީ ފަނާކުރުމެކެވެ. ދެކޮޅުވެރިކަމުގައި ނުވަތަ ހަނގުރާމައިގާ ބައިވެރިވާ ކޮންމެފަރާތަކަށްވެސް ތާއީދު ކުރާ ބަޔަކާއި ނަފްރަތު ކުރާ ބަޔަކު ތިބެއެވެ. ހަމަ އެފަދައިން ކާމިޔާބުކުރުން އެދޭ ބަޔަކާއި ނާކާމިޔާބަށް އެދޭބަޔަކުވެސް ތިބޭނެއެވެ. އޭގެތެރޭގައި މީޑިއާއިން ކުޅޭ ދައުރު ފާހަގަކުރެވޭނެއެވެ. މީޑިއާއިން ވަރަށް ގިނަފަހަރަށް ކުޅެމުން ގެންދާނީ ހަކުރު ދެންޏާ ބޮޑުބޭބެގެ ރޯލެވެ. ޔޫކްރެއިންގެ ހަނގުރާމައިގާވެސް އާންމު ގޮތެއްގައި ގިނަ މީޑިއާތަކުގެ ހާމަކުރުންތައް ހުންނަނީ  ޔޫކްރެއިނަށް މޮޅުވާގޮތަށް ބުރަވެފައެވެ. މިބަލަނީ ވަކިފަރާތަކަށް ބުރަނުވެތިބެ ސަންދާނުގެ ކިއުންތެރިންނަށް ޔޫކްރެއިން-ރަޝިޔާ […]

މާލެ ސަރަހައްދުން މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

މާލެ ސަރަހައްދުން ދިވެއްސަކު ހިމަބިއްސަށް (މީސްލްސް)  ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިއަދު ބުނެފިއެވެ. އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 25 ގައި މާލެ ސަރަހައްދުން ދިވެއްސަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާއަށް ބަލިޖެހިފައިވަނީ ރާއްޖެއިން ބޭރުން ކަމަށެވެ. އެޗްޕީއޭއިން ބުނީ ބަލިޖެހުނު ފަރާތުގެ ސިއްހީ ހާލަތު ހުރި ގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އޭނާއަކީ މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހެއް […]

ވޯޝިންގްޓަންގައި އަދަމުންދާ އަލިފާން ހުއްޓުވޭނެގޮތެއް އަދި ނުފެނޭ

އެމެރިކާގެ ވޯޝިންޓަނުގެ ކްލިކިޓަޓް ކައުންޓީގައި ރޯވެފައިވާ އަލިފާނުން ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ތިރީސްހާސް އޭކަރުގެ ބިން އަނދާހުލިވެގެން  ހިގައްޖެއެވެ.  އެކަމުން ސަރަޙައްދުގައި ދިރިއުޅޭ މީހުން އެހެން ތަންތަނަށް ހިޖުރަކުރަން މަޖުބޫރު ވެއްޖެކަމަށް ބުނެފިއެވެ. އަލިފާންނިންވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ގެންދާ މީހުން މަޢުލޫމާތު ދެމުން ބުނެފައިވަނީ އަނދަމުންދާ އަލިފާންގަނޑު ހުއްޓުވޭނެ ގޮތެއް އަދި ނުފެންނަ ކަމަށާއި މިއީ މިހާތަނަށް ދިމާވެފައިވާ އަލިފާނުގެ އެންމެ ނުރައްކާތެރި ހާދިސާ ކަމަށެވެ. ވައިގަދަވަމުންދާއިރު ޖައްވުތެރޭގެ ފިނިހޫނުމިންވެސް ދަނީ ވެއްޓެމުންނެވެ. އަލިފާން […]

ޕާކިސްތާނުގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރަކަށް މާލީ ވަޒީރު

ޕާކިސްތާނުގެ އާންމު އިންތިޚާބަށް މަގުފަހިކޮށް ދިނުމަށާއި އައި އެމް އެފް އާއި ގުޅިގެން އިގްތިސާދީ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ އެންމެހާ މަސްއޫލިއްޔަތާއެކު ވަގުތީ ބޮޑުވަޒީރަކަށް މިހާރުގެ ގުޅިފައިވާ ސަރުކާރުގައި ހިމެނޭ ބާރުގަދަ ޕާރޓީއަކަށް ނިސްބަތްކުރެވޭ އިސްޙާގް ދަރް ގެ ނަންފުޅު ހުށައަޅައިފިއެވެ.  ޕާކިސްތާނުގެ މުސްލިމް ލީގް- ނަވާޒް ގެ ފަރާތުން ވަނަވަރު ހާމަ ނުކުރުން ޝަރުތުކޮށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވެފައިވަނީ އެކަމާއި ގުޅޭގޮތުން އަދި އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށެވެ. އެހެންނަމަވެސް އިސްޙާގް ދަރް އަކީ މިހާރުގެ […]