އެމެރިކާއާއި ޗައިނާއާއި ނުލައި ޔޫރަޕުގެ ގައުމިއްޔަތެއް އޮންނަން ޖެހޭނެ

ޖަރުމަނުގެ ޑްރެސްޑެންގައި ވާހަކަފުޅުދައްކަވަމުން ފަރަންސޭސި ރައީސް އިމެނުއެލް މެކްރޯން ވިދާޅުވެފައިވަނީ އެމެރިކާއާއި ޗައިނާއާއި ވަކިން ޔޫރަޕުގެ ގައުމިއްޔަތެއް ތައާރުފް ވެފައި އޮންނަން ޖެހޭނެ ކަމަށެވެ.        ޑްރެސްޑެން ސިޓީގެ ޗާރޗް އޮފް އަވަރ ލޭޑީ ގެ ކުރިމަތީގައި ހުންނަވާފައި މެކްރޯން ވިދާޅުވީ ޔޫރަޕުގައި ވަރުގަދަ ގައުމީ ޝަޚްސިއްޔަތެއް އޮންނަން ޖެހޭނެކަމަށާއި ޔޫރަޕަކީ ސުލްޙައާއި ރައްޔިތުންނަށް ޓަކައި ވެރިކަން ކުރުމުގެ ނަމޫނާއެއްކަން ދުނިޔެއަށް ހާމަކޮށްދޭން ޖެހޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިވަގުތު ޔޫރަޕުގެ މިހުރިހާ ސިފަތަކެއް މިއޮތީ ހަތަރު އަގޮޅިއަކަށް ނެރެފައި […]

ސިއްރު ލިއުމެއް އިމްރާން ޚާން އާންމު ކުރިކަމުގެ ޙުކުމް ފަސްކޮށްފި

ބުލޫމްބާރގުން ހާމަކޮށްފައިވާ ޚަބަރުތަކުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އެ ގައުމުގެ ސަލާމަތީ ގާނޫނާ ޚިލާފު ވުމުގެ ސަބަބުން 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ޙުކުމް ފަސްކޮށްފިއެވެ.  އެހެންނަމަވެސް އެމަނިކުފާނު މިނިވަނެއް ނުވާނެއެވެ. ޑިޕްލޯމެޓިކް މެސެޖެއް އާންމު ކުރުމުގެ ކުށުގައި މިދިޔަ އަހަރު ޖަނަވަރީ މަހު ކޮށްފައިވާ ޙުކުމް ޕާކިސްތާނުގެ ޚާއްސަ ކޯޓަކުން ވަގުތީ ގޮތުން އެއްފަރާތް ކޮށްފައިވާކަން އިމްރާން ޚަންގެ ގާނޫނީ ވަކީލު ސައްޔިދު ޒުލްފީ ބުޚާރީ ވަނީ ކަށަވަރުކޮށް ދީފައެވެ.  ޑިޕްލޯމެޓިކް މެސެޖެއް އާންމު ކުރުމުގެ ކުށުގައި އިމްރާން ޚާންގެ މައްޗަށް ކޮށްފައިވާ ޙުކުމް […]

ތުރުކީން ބްރިކްސްގައި ބައިވެރިވުމުގެ ވިސްނުމަށް ރަޝިޔާ މަރުޙަބާ ކިޔައިފި

ތުރުކީން ބްރިކްސް ޖަމާއަތުގައި ބައިވެރިވުމުގެ ވިސްނުމަށް ރަޝިޔާއިން މަރުހަބާ ކިޔައިފިކަން ހާމަކޮށްފިއެވެ. ތުރުކީން ބްރިކްސްގައި ބައިވެރިވުން އެ ޖަމާއަތުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ހިމެނޭނެކަމަށް ކްރެމްލިންގެ ސްޕޯކްސްމަން ދިމިތުރީ ޕެސްކޯވް ވަނީ މިދިޔަ އަންގާރަ ދުވަހު ހާމަކޮށްފައެވެ. ބްރިކްސްގެ އެންމެ އިސްވެރިންގެ ސަމިޓް އޮންނާނީ މިއަންނަ ޖުލައި މަހުގެ ތެރޭގައެވެ.                                               ދިމިތުރީ ޕެސްކޯވް ގެ ބަޔާނުގައި އެހެން ގައުމުތަކަކުންވެސް ބްރިކްސް ގައި ބައިވެރި ވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށް އެ ޖަމާއަތަށް ހުށައަޅާފައެވެ. އެހެންނަމަވެސް މި ފަހަރުގެ […]

ބައިޑަންއަށް އިސްރާއީލް- ފަލަސްތީނުގެ  ހަނގުރާމަ ހުއްޓުވިދާނެތަ

ޚަބަރުތަކުގެ ފަލަސުރުޚީ ތަކުން ބުނެފައިވަނީ އިސްރާއީލް-ގައްޒާގެ ހަނގުރާ ހުއްޓާލުމުން އިސްރާއީލާއި ޙަމާސްގެ އިސްވެރިން ވެއްޓިގެން ދާނީ ގޮތްނޭންގޭ އޮޅުންބޮޅުން ގަޑެއްގެ ތެރެއަށް ކަމަށެވެ.        ރައީސް ބައިޑަން އިސްރާއީލަށްޓަކައި ޢަރަބި ބޮޑުންގެ ތިން ގައުމެއްގެ އެއްބާރު ލުމާއިއެކު ހަނގުރާމަ ހުއްޓާލުމުގެ ހުށަހަޅިފައިވާ ޝަރުތުތަކުގެ ތެރޭގައި ޙަމާސްގެ އިސް ވެރިއެއް ކަމުގައިވާ ޔަހްޔާ ސިންވާރަށް ލިބިވަޑައިގެންފައިވާ ބާރާއި އަދި އެމަނިކުފާނުގެ ޖިސްމާނީ ރައްކާތެރިކަންވެސް ސުވާލެއްގެ ތެރެއަށް ވެއްޓިފާ ވެއެވެ. އަނެއްކޮޅުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ ބޭނުންވާގޮތަށް އެތިއެތިކޮޅުން މި ހުށައެޅުން ކުރިއަށް ގެންދިއުމަކީވެސް ފަސޭހަކަމަކަށް ނުވެއެވެ. އަދި ޔަހޫދީ ފާރ-ރައިޓް ވަޒީރުންގެ […]

ބައިޑްންގެ ހުށައެޅުން ރަނގަޅެއް ނޫން އެކަމަކު ގަބޫލު ކުރާނަން – އިސްރާއީލް

ގައްޒާގެ ހަނގުރާމަ ހުއްޓުމަށް ރައީސް ބައިޑްން ހުށައަޅުއްވާފައިވާ ހުށައެޅުން ރަނގަޅެއް ނޫންކަމަށާއި އެކަމަކު އެ ހުށައެޅުން އިސްރާއީލުން ގަބޫލު ކޮށްފިކަމަށް ބުނެފިއެވެ.  ނަތަންޔާހޫގެ ޚާރިޖީ މުޝީރު އޯފިރް ފާލްކް އިނގިރޭސިވިލާތުގެ ސަންޑޭ ޓައިމްސްއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ ރައީސް ބައިޑްންގެ ހުށައެޅުއްވުން ރަނގަޅެއް ނޫން ކަމަށާއި އެހެންނަމަވެސް އަސީރުން މިނިވަންކުރަން ބޭނުންވާތީ އެ ހުށައެޅުން އިސްރާއީލުން ގަބޫލުކުރަން ނިންމީ ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި އަސީރުން މިނިވަން ކުރުމާއި އަދި ޙަމާސްއަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް އިސްރާއީލުން ގަބޫލުކުރުން ބަދަލު ނުކުރާނެ ކަމަށެވެ.   […]

އިސްރާއީލުގެ ވީޑިއޯއިން އެނގެނީ ލަދުޙަޔާތް ނެތް މިންވަރު : ސްޕެއިން

ސްޕެއިނުން ފަލަސްތީނުގެ ދައުލަތް ގަބޫލު ކުރުމުން ފަލަސްތީނުން ޝުކުރުވެރިވާނެ ކަމަށްބުނެ އިސްރާއީލުގެ ޚާރިޖީ ވަޒީރު އެކްސްގައި ކޮށްފައިވާ ޕޯސްޓަކީ އިސްރާއީލުގެ ލަދު ޙަޔާތްނެތް މިންވަރު ހާމަކޮށްދޭ ދަލީލެކެވެ. ސްޕެއިންގެ ޚާރިޖީ ވަޒީރު އިސްރާޢީލަށް ރައްދު ދެއްވައި ވިދާޅުވީ ދެ ގައުމުގެ މެދުގައި އެފެދެމުންދާ ދުރުމިން އިތުރަށް ފުޅާކުރައްވައިފި ކަމަށެވެ.    މިދިޔަ ހަފުތާގައި ސްޕެއިނުން ޢިއުލާން ކޮށްފައިވަނީ އެގައުމުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރާނެ ކަމަށާއި ރަސްމީގޮތުން މިމަހުގެ 28 ވަނަ ދުވަހު އެކަން ނިމި ޢިއުލާން ކުރެވިގެންދާނެ ކަމަށެވެ. އެކެން އެގޮތަށް މިހާރުވަނީ ނިމިފައެެވެ. އިސްރާއީލުން ގައްޒާގައި ހިންގަމުން […]

ރަފާހްގެ ކޭމްޕަކަށް ބޮން އަޅައި އެތައްބަޔަކު ދިރި ތިއްބާ އަންދާލީ

ރަފާހްގެ ކޭމްޕަކަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ އިސްރާއީލުން ބޮން އަޅައި އެތަނުގައިތިބި އަންހެނުންނާއި ކުޑަކުދިންގެ ތެރެއިން ގިނަ ބަޔަކު ދިރިދިރި ތިއްބާ އަންދާ އަޅިޔަށް ހަދާލައިފިއެވެ.  މި މައްސަލާގައި ދުނިޔޭގެ ކަންކޮޅުތަކުން ގެންދަނީ ދުނިޔޭގެ އަދުލު އިންސާފުގެ އެންމެ އިސް ކޯޓުގެ ޙުކުމް ތަންފީޒުކުރުމަށާއި ރަފާހް އަށް ޙަމަލާދިނުން ހުއްޓާލަން އިސްރާއީލަށް ގޮވާލަމުންނެވެ. އިސްރާއީލުން ބުނެފައިވަނީ އެ ކޭމްޕަށް ޙަމަލާދީފައިވަނީ ރަފާހް އިން އިސްރާއީލުގެ ވިޔަފާރީގެ މައި މަރުކަޒު ތެލް އަވީވަށް މިސައިލް ޙަމަލާތަކެއް ދިނުމާގުޅިގެން ކަމަށެވެ.       […]

އިސްރާއީލުގެ ދިފާއީ ވަޒީރު އާއި ނަތަންޔާހޫގެ ތޮޅުންގަނޑު ހޫނުވެފާ

އިސްރާއީލުގެ ރިޒާވް ސިފައިންގެ ފަރާތުން އާންމުކޮށްފައިވާވީޑިއޯއެގައި ދިފާއީ ވަޒީރު ޔޯ ގަލަންޓް އާއި ދެކޮޅަށް ނިކުތުމަށް ގޮވާލާފައިވާތީ އިސްރާއީލުގެ މިލިޓްރީން އެކަން ތަޙުގީގު ކުރަން ފަށައިފިއެވެ.        މިދިޔަ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި އާންމު ވެފައިވާ އެ ވީޑިއޯގައި ގޮވާލާފައިވަނީ ދިފާއީ ވަޒީރާ ދެކޮޅަށް ނިކުތުމަށެވެ.އަދި ހަމަ އެހެންމެ ތެލްއަވީވްގެ މަގުތައް ފުރާލައި ހަނގުރާމަ ހުށްޓާލުމަށް ގޮވަމުން ދަނީއެވެ.         އިސްރާއީލުގެ ޑިފެންސް ފޯސަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑުވަޒީރު […]

ޔޫކްރެއިންގެ ހަނގުރާމަ ސީ އެން އެން ގެ ކެމެރާއިން

ކޮންމެ ހަނގުރާމައަކާއި ދެކޮޅުވެރިކަމެއްގައިވެސް ލަނޑުދަނޑި އަކަށް ވެފާ އޮންނަނީ ”އަހަރެންގެ“ ކާމިޔާބީއެވެ. އޭގެ އަގު އަދާކުރަން ޖެހެނީ އަދި މުޅިން އެހެން ބައެވެ.  ގިނަ ފަހަރަށް މައުސޫމް އާންމު ރައްޔިތުންނެވެ. އަހަރެހެންގެ ކާމިޔާބީ އަށްޓަކައި މީޑިއާތައް ގަނެލާނެއެވެ. އެއަށްފަހު އެ މީޑިއާތަކުން މަޢުލޫމާތު ފަތުރަމުން ގެންދާނީ އަހަރެން ބުނާގޮތަކަށެވެ. މިފަދަގޮތަކަށް ދުނިޔޭގެ މަސްރަޙް އަހަރެންގެ ބާރާއި ނުފޫޒުގެ ދަށަށް ގެނެވިފައިވާ އިރު އެ ޙާލަތު ބަދަލު ކުރުމަށްޓަކައި އަނެއްކާވެސް އަގުއަދާ ކުރަންތިބެނީ ހަމަ އެ މައުސޫމް ރައްޔިތުންނެވެ.  މިއަދުގެ ފަލަސްތީނަކީ އަހަރެންގެ ބާރު ކަނޑުވާލުމުގައި މައުސޫމް […]

އިސްރާއީލު އެކަހެރިވުމުގެ ކޮޅުމަތި މިފެންނަން ފަށައިފި

މިއަދުގެ ޚަބަރުގައި އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ ދުނިޔޭގެ ގައުމުތަކުގައި އިސްރާއީލު އެކަހެރިވަމުން ދިއުމުގެ ކޮޅުމަތި ފެންނަން ފަށައިފިކަމެވެ. މިއަދުގެ ދުނިޔެއިން އަޅުވެތިކަމާއި އިސްތިޢުމާރަށް ޖާގަ ނުލިބޭނެކަން ހާމަކުރުމެވެ. ދާދި އަވަހަށް ގަދަބާރުން ދުނިޔޭގައި ވެރިކަން ކުރި ޒަމާން ފާއިތުވެގެން ހިނގައިދާނެ ކަމުގެ އެންމެ ފަހުގެ އަލާމާތްވެސް މިވަނީ ފެންނަށް ފަށާފައެވެ. މިއަދުގެ ދުނިޔޭގައި ގަދަފަދަ ކަމާއި ގޮތްދޫނުކުރުމުގައި ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެ ގަނެގެން އުޅޭ ޔަހޫދީންގެ ދައުލަތް އިސްރާޢީލު އެކަހެރިވެގެން ހިނގައިދާނެ ކަމުގެ އަލާމާތްތަކެވެ. އެމެރިކާގެ ބާރުގައިވިޔަސް އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން ދާއިމަށް ނުތިބެވޭނެ ކަމެވެ. […]