ޕެރިހުގައި ”ބެޑްބަގްސް“ އާލާވެ ފެތުރުން: ދަތުރު ކުރުމުގައި ސަމާލުވާންޖެހޭ ކަންކަން

ދަތުރުވެރިންގެ މެދުގައި މަގުބޫލު ޕެރިހުގެ ހޮޓެލްތަކާއި ރޭލުތަކާއި ސިނަމާތަކަށް ދާންދެން ޕެރިހުގައި އާލާވެ ފެތުރެމުންދާ ”ބެޑްބަގްސް“ގެ ޝިކާރައަކަށް ވަނީ ވެފައެވެ. ފްރާންސްގެ ވެރިކަންކުރާ ޕެރިހުގައި ސޫފީގެ ބޮޑު މައްސަލަތަކެއް ފެތުރެން ފަށާފައި މިވަނީ 2024 ވަނަ އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރުގައި އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ”2024 ސަމަރ އޮލިމްޕިކްސް“ ކުޅިވަރަށް 10 މަސްދުވަހަށް ކުރުވެފައި ވަނިކޮށެވެ.  ޕެރިހަށް ނުވަތަ ބެޑްބަގްސްގެ މައްސަލަ ކުރިމަތިވެފައިވާ އެހެން ހިސާބަކަށް ނަމަވެސް ދަތުރުކުރާއިރު ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ބައެއް […]

ގަވާއިދުން ސައިބުއިމަކީ ހަކުރުބަލިން ރައްކާތެރިވުމަށް އޮތް މަގެއް ހެއްޔެވެ؟

ޓައިޕް-ޓޫ ޑައިބިޓީސް ނުވަތަ ޓައިޕް-ދޭއް ހަކުރުބައްޔަކީ ބްލަޑް ޝުގަރ ނުވަތަ ހަށިގަނޑުގެ ލޭގެ ގްލޫކޯޒް މިންގަނޑު ބަލަހައްޓާ ކޮންޓްރޯލް ކުރާ ހޯމޯން ކަމުގައިވާ އިންސިއުލިންގެ މަސައްކަތަށް ހުރަސްއެޅުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ހަކުރުބަލި ކޮންޓްރޯލް ނުކުރެވިއްޖެނަމަ ލޭގެ ޕްރެޝަރު މައްޗަށް ދިޔުމާއި، ހިތުގެ ބަލިތަކަށް މަގުފަހިވުމާއި، ނާރުގެ ބަލިތައް ޖެހުމުގެ އިތުރުން، ލޮލުގެ ފެނުމަށް އަސަރުކޮށް ކިޑްނީގެ ބަލިތަކަށް ވެސް މީހާ ހުޅުވާލައެވެ.  ދުނިޔޭގައި ހަކުރުބަލި ޖެހިފައި ތިބި 462 މިލިއަން މީހުން ތިބިއިރު، މި އަދަދު […]

ހުޅަނގުގެ ސެކިއުރިޓީއަށް ގެއްލުމާ ކުރިމަތިލާން ޖެހެނީ ޖަރުމަނާހެދި

ޔޫރަޕްގެ އެންމެ ބާރުގަދަ ގައުމުކަމުގައި ޖަރުމަނު އޮންނަންޖެހޭނަމަވެސް ފެންނަމުންދަނީ ޖަރުމަނުން އަބަދުވެސް ޔޫރަޕާ ދެކޮޅުފަރާތްތަކާ ގުޅުންބަދަހި ކުރަމުންގެންދާތަނެވެ. ދުނިޔޭގައި ވެރިކަން ކުރަމުންގެންދާ އަނިޔާވެރި ސިޔާސަތު ދެނެގަނެ ޖަރުމަނަށް އެންމެ ފައިދާބޮޑީ ކޮން ގޮތަކަށް ސިޔާސަތު ބިނާކުރުމާއި ބައިވެރިން ކަނޑައެޅުމުންކަން ޖަރުމަނަށްވެސް އެނގެންޖެހޭނެއެވެ.                                       މިފަހަރު ޔޫކްރެއިން- ރަޝިޔާގެ ހަނގުރާނައިގާވެސް ވަކިފަރާތަކަށް ޖެހުން ޖަރުމަނަށް އޮތީ ނުކުޅެދިފައެވެ. ރަޝިޔާގެ ހަކަތައަށް […]

ޗައިނާގެ ޚާރިޖީ ވަޒީރުގެ ވަޒީފާ ގެއްލުނީ ކަސްބީ އަންހެނަކާ މަންޖޯޅި ޖެހުނީތީ – ޗައިނާ

މަޢުލޫމާތު އެނގޭ މީހުންގެފަރާތުން ހާމަކޮށްފައިވާކަމަށް ވޯލްސްޓްރީޓް ޖާރނަލް އަށް ޙަވާލާދީ ރޮއިޓާރސް އިން ޚަބަރު ދީފައިވާ ގޮތުގައި މީގެ ކުރިން ހުންނެވި ޗައިނާގެ ޚާރިޖީ ވަޒީރު ވަޒީފާއިން ވަކިކުރައްވާފައިވަނީ އެމަނިކުފާނަކީ ޗައިނާއިން އެމެރިކާއަށް ކަނޑައަޅުއްވާފައިހުރިސަފީރު ކަމުގެ ދުވަސްވަރު ކަސްބީ އަންހެނަކާއިއެކު ގުޅުން ބާއްވަވައި އަދި އެ ގުޅުމަށް ދަރިއަކުވެސް ލިބިވަޑައިގެންފައިވާކަން ފަޅާއެރުމުންނެވެ. ސީނިއަރ ޗައިނީޒް އޮފިޝަލުން ކޮމިއުނިސްޓް ޕާރޓީގެ އެތެރޭގެ ތަޙްގީގަށް މަޢުލޫމާތު ދީފައިވާގޮތުގައި ޚާރިޖީ ވަޒީރު، ކިން ގާންގް އެމެރިކާގައި ހުންނަވާ ޗައިނާގެ ސަފީރުކަމުގައި ހުންނެވި މުއްދަތުގައި އެގުޅުން ދެމެހެއްޓެވިކަމަށް ތަޙުގީގުގައި އެއްބަސްވެ ވަޑާއިގެންފާވެއެވެ. އަދި ތަޙްގީގުގައި އެމަނިކުފާނު ގެންދަވަނީ […]

ބިންހެލުމުގެކުރިން އުޑުމަތިން ފެނިގެންދިޔަ އަޖައިބުކުރުވަނިވިއަލިކަން

މިދިޔަ ހުކުރު ދުވަހު މޮރޮކޯގެ މައްރަކޭޝް ސަރަހައްދަށް އައި ބިންހެލުމުގައި އެތައްބަޔަކު މަރުވެ އިމާރާތްތައް  ބިމާހަމަވެ އެތައް ބަޔަކު ވިއްސިވިހާލިވެ މުޅި ދިރިއުޅުން ވަނީ އަލުން އިއާދަނުކުރެވޭ ބަރަށް ބަނގުރޫޓު ވެފައެވެ.  މި ބިންހެލުމުގެ ކުރިން އެސަރަޙައްދުގެ އުޑުމަތިން ފެނިގެންދިޔަ އަޖައިބުން ފުރިފައިވާ އަލިކަމުގެ ސަބަބު، އޮޅުންފިލުވާދިނުން މިއަދާހަމަޔަށްވެސް ސައެންސުވެރިން ވަނީ ނުކުޅެދިފައެވެ.ބިންހެލުމާބެހޭ ތަޖްރިބާކާރުންވެސް ބުނަމުންގެންދަނީ އެ އަލިކަން ދިރާސާ ކުރުމަށްވެސް ހުރަސްތަކެއް ކުރިމަތިވެފައި ވާކަމަށެވެ.                    ރޮއިޓާރސް އިން މަޢުލޫމާތު ދީފައިވާގޮތުގައި […]

ޔުކްރެއިނުން ކަންތައް ކުރާގޮތާއި ދޭތެރޭ އެމެރިކާ ނުރުހިއްޖެ

ނިއުޔޯރކް ޓައިމްސްއިން ބުނެފައިވާ ގޮތުގައި ޔޫކްރެއިނުން ހަނގުރާމަ ކުރަމުންގެންދާގޮތާ ދޭތެރޭ އެމެރިކާ ނުރުހިއްޖެއެވެ. އަދި މިހާރު ކަންތައް ވަމުންދާގޮތުން ޔޫކްރެއިންގެ ކައުންޓަރ އޮފެންސިވް ވައިވެގެން ހިނގާދާނެ ކަމަށް ބުނެފިއެވެ. އެމެރިކާގެ އޮފިޝަލުން ބުނާގޮތުގައި ޔޫކްރެއިންގެ ލަޝްކަރުން ކާމިޔާބު ހޯދަން ބޭނުންނަމަ ޙަރަކާތްތެރިވުން އިތުރު ކުރަން ޖެހޭނެއެވެ. އެމެރިކާގެ އޮފިޝަލުންދެކޭ ގޮތުގައި މުހިންމު ދާއިރާތަކުގައި ޔޫކްރެއިންގެ ސިފައިންގެ ލަޝްކަރުތައް ޙަރަކާތްތެރިވުން ވަރަށް ކުޑައެވެ.   ޔޫކްރެއިނުން ހަނގުރާމައިގާ ގެންގުޅޭ އުސޫލުތަކާއި އަދި ހަނގުރާމައިގެ މައިދާނުގެ ކުރީސަފުގައި ޙަރަކާތްތެރި ކުރުވަނީ ކޮން ދިމަ ދިމާލަކުންތޯއާއި އަދި އެއީ ކޮންފެންވަރެއްގެ ލަޝްކަރުތަކެއްތޯ އެމެރިކާގެ ވަރަށް ގިނަ […]

އިރާގާއި އީރާން ރޭލުގެ މަގުން ގުޅާލަނީ

ސިޔާސީ އަދި އިގްތިސާދީ ގޮތުން ވަރުގަދަ ގުޅުންތަކެއް މިހާރު ގާއިމް ކޮށްފައިވާ އިރާގާއި އީރާން ރޭލުގެ މަގުން ގުޅާލުމުގެ މަސައްކަތުގެ ފެށުން މި ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހު އިރާގުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާ އަލް ސުދާނީ އާއި އީރާނުގެ ނައިބު ރައީސް މުޙައްމަދު މުޚްބާރް ބިންގާ އަޅުއްވާ ދެއްވައިފިއެވެ. މިއީ ވަރަށް ތާރީޚީ ގުޅުމެއްކަމުގައި ވެގެންދާ ސަބަބަކީ އެމެރިކާއާއި އެމެރިކާގެ ވާގިވެރިވާ ޔޫރަޕްގެ ގައުމުތަކުންވަނީ 30 އަހަރު މިދެގައުމުގައި ފިތުނަ އުފަށްދުވައި ތޮޅުވައި ސުންނާފަތި ކޮށްލާފަކަމަށް ވާތީއެވެ. މިއީ އަވަށްޓެރި […]

ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަ ކުރަން ދުނިޔެއިން ދެފަހަރަށް ވިސްނާތި!

މިދިޔަ ހުކުރުދުވަހު ރޮސްކޮސްމޯސް ޖައްވީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާއިން ސަރްމަތު އިންޓަރކޮންޓިނެންޓަލް ބެލިސަޓިކް މިސައިލް މަގާމުތަކަށް ގެނައުމަށްފަހު ބުނެފާވަނީ ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ ކުރިން ދުނިޔެއިން ދެފަހަރަށް ވިސްނަން ޖެހޭނެ ކަމަށް ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ. ސަރްމަތު ސްޓްރާޓީޖިކް ކޮމްޕްލެކްސް މިހާރު ހަނގުރާމައިގެ މައިދާނަށް ނެރެވިއްޖެކަމަށް ރޮސްކޮސްމޯސްގެ ޑިރެކްޓަރ ޖެނެރަލް ޔޫރީ ބޮރިސޯވް ބުނެފައިވާކަމަށް މޮސްކޯ ޓައިމްސް އާ ޙަވާލާދީ ރަޝިޔާގެ އާރް އައި އޭ ނޮވޯސްޓީ ނިއުސް އޭޖެންސީއިން ޚަބަރުދީފައިވެއެވެ.             […]

އީރާނުގެ ޑްރޯން މުހާޖިރު 10 ދައްކާލައިފި

އީރާނުގެ ރަސްމީ މީޑިއާއާއި ޙަވާލާދީ އޭ. އެފް. ޕީ. އިން ޚަބަރުދީފައިވާގޮތުގައި އީރާނުން އަލަށް އުފެއްދި މުހާޖިރ 10 މަރުކާގެ ޑްރޯން ދައްކާލައިފިއެވެ. އެ ނޫހުން ހާމަކޮށްފައިވާ ގޮތުގައި މުހާޖިރު 10 ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި އީރާނުގެ ރައީސް އިބްރާހިމް ރައީސީވެސް ބައިވެރިވެ ވަޑައިގަތެވެ.  މި ޑްރޯނަކީ އީރާނުން ރަޝިޔާއަށް ފޯރުކޮށްދިން މުހާޖިރު 6 އިތުރަށް ތަރައްގީކޮށް އުފެއްދި ޑްރޯނެއް ކަމަށް ބުނެއެވެ. ރަޝިޔާއަށް ޑްރޯން ފޯރުކޮށްދިނުމުގެ ތުޙުމަތުގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ގެންދަނީ ތަފާތު ގޮތްގޮތުން އީރާނަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.                     […]

ބައިނަލް އަގްވާމީ ފޯރަމްތަކުގައި ޗައިނާއާއި އީރާނު ދާނީ އަތުގުޅާލައިގެން

ބައިނަލް އަގްވާމީ މައިދާނުގައި ޗައިނާއާއި އީރާނު ހިނގަމުންދާނީ އަތުގުޅާލައިގެން ކަމަށް އެ ދެ ގައުމުގެ ރައީސުން ވިދާޅުވެއްޖެއެވެ. ބްރިކްސް ސަމިޓުން އީރާން އެ ބްލޮކްގައި ބައިވެރިކުރަން ނިންމުމާއިގުޅިގެން ހަމަ އެ ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިން އީރާނުގެ ރައީސް އިބްރާހިމް ރައީސީއާއި ބައްދަލުކުރައްވައި ވިދާޅުވީ ބްރިކްސް ތެރެއިންނާއި އަދި އެހެނިހެން ބައިނަލް އަގްވާމީ މަގާމު ތަކުގައިވެސްއަހަރެމެން އީރާނާއެކު ގުޅުން ބަދަހިކުރާނެ ކަމަށެވެ. ޗައިނާއިން އީރާނާއެކު ގުޅުންތައް ބަދަހި ކުރަމުން ގެންދާނެ ކަމަށާއި އަދި ދެގައުމުން ޝައުގުވެރިވާ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ […]